މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވެ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު، ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން އެމެރިކާ ޑޮލަރު (77.1 މިލިއަން ދިވެހި ރުފިޔާ) އިން އެމަނިކުފާނު ޖޫރިމަނާ ކުރުމަށް ޙުކުމް ކޮށްފިއެވެ.

ޔާމީންގެ މައްޗަށް އިއްވި ޙުކުމުގައި ވަނީ ޔާމީންގެ މައްޗަށް ކުރި ދައުވާގައި ބުނާ އެއްމިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމާއި، އެފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް ޕްލަސް އެކައުންޓަށް ޖަމާކޮށް އިންވެސްޓް ކޮށްފައިވާ ކަމާއި، އެފައިސާ އަކީ އޭސީސީ އިން ތަޙްޤީޤު ކުރާ މައްސަލައެއް ކަން އެނގި އެފައިސާ ޝައްކު ކުރެވޭ ހާލަތުގައި ހުރި ފައިސާ ކަން ދައުލަތުން ހުށަހެޅި ހެކިބަހުން ސާބިތުވާތީ މަނީ ލޯންޑްރިން ކުށުން ޔާމީން ކުށްވެރިވާ ކަމަށް ކަނޑައަޅާ ޔާމީން ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކުރާކަމަށެވެ.

ޙުކުމުގައި ވަނީ މަނީ ލޯންޑްރިންގެ ގާނޫނު އޮންނަ ގޮތުން މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވުމުގައި ދެ ރުކުނެއް ފުރިހަމަވާން ޖެހޭނެ އެވެ. އެއީ ވަކި މުދަލަކީ ނުވަތަ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަން ނުވަތަ ފައިސާއެއް ކަން ޝައްކު ކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން އަދި އެކަން އެނގިހުރެ އެ ފައިސާ ބޭނުން ކުރުން ނުވަތަ އޭގެ އަސްލު އޮޅުވާލުން ކަމަށެވެ.

ޖޫރިމަނާގެ ފައިސާ ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ހުކުމުގައި ވެއެވެ.

މަނީ ލޯންޑްރިންގ ގެ ދަޢުވާއުފުލުން

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން މައްސަލައިގައި ދައުވާ އުފުލީ މިއަހަރުގެ ފެބްރިއަރީ މަހުގެ 13 ވަނަ ދުވަހުއެވެ، މަނީ ލޯންޑާ ކުރުމުގެ ތުހުމަތު ޔާމީންގެ މައްޗަށް ފުލުހުން ކޮށްފައި ވަނީ އެމްއެމްއެޕީއާރްސީގެ ފައިސާ އެންމެ ގިނައިން ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރު އޭސީސީ އާއި ހަވާލު ނުކުރިކަމަށް ބުނެއެވެ.

ޝަރީޢަތް ނިމެންދެން ބަންދުކުރުން

މަނީ ލޯންޑްރިންގެ ދަޢުވާ އާއި ގުޅިގެން، ހެކި ނައްތަލާފާނެ ކަމުގެ ތުޙުމަތުގައި ރައީސް ޔާމީން ހައްޔަރުކުރުމަށް، ކްރިމިނަލް ކޯޓުން ޢަމުރު ކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނެރޭ އަމުރުތަކަށް، ޖަލު މީހުން ކިޔަނީ "ވާނުވާ ޖެހުން" އެވެ. މި މައްސަލައާއި ގުޅިގެން، ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މި މައްސަލަ އިސްތިޢުނާފް ކުރުމަށް ދިވެހި ރާއްޖޭގެ ހައިކޯޓަށްވެސް ހުށަހެޅިއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުންވެސް، ރައީސް ޔާމީން މިނިވަން ކުރުމަށް ވަނީ ގޮވާލިއެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙިމްވެސް ހިމެނިވަޑައިގަންނެވިއެވެ.

ރައީސް ޔާމީން ދޫކޮށްލަން ހައިކޯޓުން އަމުރު ކުރުން

ޝަރީޢަތް ނިމެންދެން ރައީސް ޔާމީން ހައްޔަރުކުރި މައްސަލަ، ދިވެހި ރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފް ކުރުމުން، ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު، ރައީސް ޔާމީން ދޫކޮށްލަން ޢަމުރުކޮށްފައިވަނީ، މިއަހަރުގެ މާރޗް މަހުގެ 28 ވަނަ ދުވަހުއެވެ. ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ހުށަހެޅި ހުށަހެޅުމާއި ގުޅިގެން ހައިކޯޓުން ނިންމާފައިވަނީ އެ މައްސަލައިގައި ޔާމީން ބަންދުކޮށްފައި ބެހެއްޓޭނީ ގިނަވެގެން 30 ދުވަހަށް ކަމުގައި އާއި އެ މުއްދަތު މާރޗް މަހުގެ 18 ވަނަ ދުވަހަށް ހަމަވެފައިވާ ކަމަށެވެ. ޔާމީން ހައްޔަރު ކޮށްފައި ބަހައްޓަން ނެރުނު އަމުރު އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފް ކުރުމުން ކުރިއަށް ގެންދިޔަ ޝަރީޢަތުގެ އަޑުއެހުންތައް ނިންމާލީ މާރޗް މަހުގެ 12 ވަނަ ދުވަހު އެވެ. ނަމަވެސް ސިއްހީ ސަބަބުތަކަކާ ގުޅިގެން މާރޗް މަހުގެ 13 ވަނަ ދުވަހުން ފެށިފެން އެމަނިކުފާނު ހުންނެވީ ގޭގަ އެވެ.

ޝަރީޢަތުގެ އަޑު އެހުންތައް

ކުރީގެ ރަައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު، އޭގެ ތެރެއިން ގިނަ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ، ޓީވީން ލައިވް ކޮށްގެންނެވެ. ރައީސް ޔާމީންގެ މައްޗަށް މި މައްސަލަ ސާބިތު ކުރުމަށްޓަކައި، ދަޢުލަތުން 8 ހެއްކެއް ހުށަހެޅިއެވެ. އެގޮތުން އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒު ރަޝީދާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ކުރީގެ ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ، އަބްދުﷲ ޒިޔަތާއި، ބީއެމްއެލްގެ ބޯޑް މެމްބަރު މުހައްމަދު ލުވެއިޒްގެ އިތުރުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ހިމެނެއެވެ. މީގެ ތެރެއިން ޙަސަން ލުޠުފީ ވަނީ މި މައްސަލަ އާއި ގުޅިގެން ހެކިބަސް ދިނުމަށް ދެކޮޅު ހަދާފައެވެ.

ލުތުފީގެ ހެކިބަސް ނުނެގުނީ އޭނާއަށް މަޖުބޫރު ކޮށްފައިވާ ކަމަށްބުނެ ހެކިބަސް ދިނުމަށް އިންކާރު ކުރެއްވުމުނެވެ. އެހެން ކަމުން ދައުލަތުން ވަނީ ލުތުފީގެ ހެކިބަހާ ނުލާ ވެސް މައްސަލަ ކުރިއަށްގެންދަންޖެހޭ ހާލަތެއްގައި ކުރިއަށް ގެންދެވޭނެ ކަން ފާހަގަ ކޮށް އެފަދަ ހާލަތެއްގައި ލުތުފީ ފުލުހުންގެ އިދާރާއަށް ދީފައިވާ ވީޑިއޯ އިންޓަވިއު "ލައިޓް ހެކިބަހެއްގެ" ގޮތުގައި ބުރަދަނެއް ދީގެން ނެގިދާނެ ކަމަށް ބުނެ ޝަރީއަތަށް ހުށައަޅާފައެވެ. އަދި އެ ވީޑިއޯއިން މަޖުބޫރުން ކޮށްފައިވާ އިންޓަވިއުއެއް ނަމަ އެކަން ބޮޑީ ލެންގުއޭޖާއި ޓެކްސްޗަރ އިން ފާހަގަވާނެ ކަމަށް ދައުލަތުން ފާހަގަ ކުރިއެވެ.

ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުން ތަކުގެ ތެރެއިން، ފޫނުބެދޭ ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާކަމަށް އެމަނިކުފާނުގެ ވަކީލުން އަބަދުވެސް ގެންދިޔައީ ވިދާޅުވަމުންނެވެ. އެގޮތުން ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯއެފު އެކައުންޓުން ވަދެފައިވާ 1 މިލިއަން ޑޮލަރަކީ ވޮޑަމުލާގެ އަގުގެ ގޮތުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 1 މިލިއަން ޑޮލަރު ނޫންކަން އެސްއޯއެފުގެ މާލީ ބަޔާންތަކުން ފާހަގަކުރެވޭ ކަމަށާއި، އެސްއޯއެފުގެ މާލީ ބަޔާނުގެ 175 ވަނަ ޞަފުޙާގައި ހުރީ މިމައްސަލައާ ގުޅޭ މުޢާމަލާތްތަކުގެ ތާރީޚުތަކާއި ރެކޯޑުތައް ކަމާއި، އެތަފުޞީލުތަކަށް ބަލާއިރު 5 ލައްކަ ޑޮލަރު ޖަމާ ކުރުމަށް އެސްއޯއެފް އިން ބޭންކަށް ޗެކު ހުށަހެޅި އިރު އެސްއޯއެފް ގެ އެކައުންޓުގައި 831،645.41 ޑޮލަރު ހުރި ކަމަށް އެސްއޯއެފްގެ ބޭންކު ސްޓޭޓްމެންޓުން ދައްކާ ކަމަށް، ރައީސް ޔާމީންގެ ދިފާޢީ ވަކީލުން ގެންދިޔައީ ވިދާޅުވަމުންނެވެ.

މީގެ އިތުރުން ޤާނޫނީ ގޮތުންވެސް، މި ދަޢުވާ އަކީ ބަލައިނުގަނެވޭނެ ދަޢުވާއެއްކަން ފާހަގަކުރައްވަމުން، ރައީސް ޔާމީންގެ ދިފާޢީ ވަކީލުން ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެއްމައްސަލައެއްގައި ތުހުމަތުކުރެވޭ ދެމުއްތަހަމެއް އެކަކު އަނެކަކަކާ ދެކޮޅަށް ނުވަތަ އެއްކޮޅަށްވެސް ޝަރީޢަތުގައި ހެކި ދިނުން ބަލައިނުގަނެވުމަކީ ދުނިޔޭގެ ތަފާތު ޖޫރިސްޑިކްޝަންތަކާއި ޤާނޫނީ ނިޒާމުތަކުގައި ޢަމަލުކުރެވެމުން އަންނަ އުޞޫލެއް ކަމަށެވެ.

މީގެ އިތުރުން، އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ އުޞޫލުތަކުގެ މަތިން ފާސިޤުންގެ ހެކިބަސް ޤަބޫލުނުކުރެވޭނެ ކަމަށާއި، ކޯޓުތަކުން ކަންކަން ނިންމުމުގައި މަތީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވާންޖެހޭނެ ކަމަށް، ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގައިވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

މައްސަލަ ބެލި ޤާޟީ އަށް ނުފޫޒުފޯރުވި ކަމުގެ ތުޙުމަތު

މި މައްސަލަ ފެށުނު ގޮތާއި، އަދި މި މައްސަލައާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ކުރި ދަޢުވާ އަށް ނަޒަރުކުރާއިރު، މިއީ ކުރެވޭނެ ދައުވާއެއް ނޫންކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ގިނަ ވަކީލުން ދިޔައީ އަބަދުވެސް ފާހަގަކުރަމުންނެވެ. ހުދު ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންވެސް މި މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވާކަން އެނގެއެވެ. އެހެން ކަމުން ފުރިހަމަ ނުވާ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ދައުވާ ކުރުމަކީ ޖިނާއީ އަދުލުގެ ނިޒާމު ދަންނަ ކަމެއް ނޫނެވެ.

ކަން މިހެން ހުރި ކަމުގައި ވީ ނަމަވެސް، މި މައްސަލަ ކްރިމިނަލް ކޯޓަށް ބަލައިގަނެ، މައްސަލައިގެ ޙުކުމް މިވަނީކޮށްފައެވެ. މި މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއްވެސް ނިންމެވި، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙުމަދު ހައިލަމަށް، ސަރުކާރުގެ އިސް ފަރާތްތަކުން ބިރު ދައްކާ އިންޒާރު ދީ ހެދިކަމުގެ ތުހުމަތު ގިނަ ފަރާތްތަކުން ކުރިއެވެ. އަދި ޝަރީއަތުގެ މެދުތެރެއިން ގާޒީ ހައިލަމްގެ މައްސަލައެއް ފެންމަތިކޮށް އެ މައްސަލަ ޖޭއެސްސީގައި ޕާކުކޮށްފައި ބޭއްވުމުންވެސް ގާޒީއަށް ބިރު ދެއްކި ކަމަށް ބުނާ ބުނުމަށް އިތުރަށް ބާރު ލިބެއެވެ.

މައްސަލަ ބެއްލެވި ޤާޟީ ސަސްޕެންޑް ކުރުން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވާކުރާ މައްސަލަ ބެއްލެވި، ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަހުމަދު ހައިލަމް ސަޕްޕެންޑް ކޮށްފައިވަނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އެއީ މި މައްސަލައިގެ ޙުކުމް ކުރުމަށް ތާވަލްކޮށްފައި އޮތް ދުވަހެވެ. ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުންތައް ނިންމާލައި، އެ މައްސަލައިގެ ހުކުމް އިއްވަން އެދުވަހުގެ މެންދުރު ފަހު 1:00 އަށް އޮތީ ތާވަލްކޮށްފަ އެވެ. އެކަމަކު އެ މައްސަލަ ބައްލަވާ އިސް ގާޒީ ހައިލަމް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަ އެދުވަހު ނިންމުމާ އެކު، ހުކުމް ކުރުމުގެ މަޖިލިސް ވަނީ ކެންސަލްކޮށްފައެވެ.

އިސް ގާޒީ ހައިލަމް ސަސްޕެންޑްކުރީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ކިޔުމަށް އޭނާ ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުވި ފޮޓޯއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ވާ ޖަހާފައިވާ ފޮޓޯއެއް ފޮނުއްވި މައްސަލަ ހޫނުވެ، އެ މައްސަލަ ޖޭއެސްސީން ބަލަން ފެށުމަށް ފަހު އެވެ. އެ މައްސަލާގައި އެދުވަހު ހެނދުނު ޖޭއެސްސީ އަށް ހާޒިރުވާން އިސް ގާޒީ ހައިލަމަށް އެންގި ނަމަވެސް، އޭނާ އެ ކޮމިޝަނަށް ހާޒިރުވެ ވަޑައިގެންފައި ނުވާ ކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ. ހާޒިރުވެ ވަޑައިނުގަތް ސަބަބެއް ކަމަށް ހައިލަމް ޖޭއެސްސީ އަށް ފޮނުއްވި ސިޓީއެއްގައި އަންގަވާފައި ވަނީ، މައްސަލަޔާ ގުޅޭ ގޮތުން ބަޔާނެއް ނެރުއްވައި ވީ ގޮތް ސާފުކޮށްދެއްވާފައިވާ ވުމެވެ. އެއީ ޖޭއެސްސީ އަށް ވެސް ދޭން ބޭނުންވާ މައުލޫމާތު ކަމަށް ހައިލަމް ވިދާޅުވެފައިވާ ކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.

މައްސަލަ ބައްލަވަން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލުމަށްފަހު ޙުކުމް ކުރުން

ކިޔުންތެރިންގެ ހިޔާލު

85 ކޮމެންޓް

  1. ދަންބެރު

    5 މިލިޔަން ޑޮލަރުން ސަރުކާރު ހިންގޭތޯ ބަލާތި.

    146
    23
    • މަހާ ރެހެންދި

      ފަސް މިލިޔަން ޑޮލަރުން ރައީސް ޔާމީނު އަލާފިލާވަރުވާނެ.

      21
      83
      • އެކަމަކު

        އަޅުގަޑު ކުޑައިރު މިނިކާވަގު ފެންބޯއޮތް ކޯރަުން ފެނަބޯންއޮތް ފުއްލާއަކަށް މިނިކާވަގު ކުރިހުކުމްގެ ވާހަކަ އަޑުއެހީމެވެ

        46
        5
    • ރޮނޑާ

      ޔާމީން މާބޮޑަށް ހިތްތިރިވީމަ ވާނީ މިހެން. މިހައުމުން ނައްތާލަން ޖެހޭ ފަނިފަކުސާތަކާމެދު އަޅާލުމެއް ނެތި ރައްޔިތުންނަށް ފަހިކަން ގެނެސް ދެއްވުމުގަ އަވަދިނެތި އުޅުއްވުމުން ތެޔޮހަމެއް ލިބުނީ. ގަޔަށްބޮލަށް އަރައިގަތުމުގެ ކުރިން ނައްތާ ފަނާ ކޮށްލަންޖެހޭ ސުންޕާ ޖަނަވާރުތައް ނައްތާލިނަމަ މިހެނެއް ނުވީސް.

      7
      4
  2. Anonymous

    ކުށްވެރިން ހެކިވެރިންނަށް ވީމާ ވާނޭގޮތް މާކުރިންވެސް އެނގޭ. ރ. ޔާމީންގެ ހިތްވަރުފުޅަށް ހަމަ އައްސަރި ބަހުން ސާބަސް.
    އެމަނިކުފާނުގެ ހިތްވަރު ފުޅު ހުންނާނެ އުމުރަށް ޖަލުގައި ހުންނަވަން ޖެހިވަޑައި ގަތަސް. ރައްޔިތުން ބަލަން ތިބޭ . ދީން ފުޑާލާތަން މެކުހަށް ޖަހާލާނެ.

    179
    42
    • މޮޔައެނޮނިމަސް

      ދީނާ މިކަމާ ހުރި ގުޅުމަކީ ކޮބާ

      24
      65
      • ކަނަމަނަ

        ޅާދީނީމީހުންގެ ނުފޫޒްގައިޖެހި ކުރިހުކުމަކައްވާތީ

        92
        12
    • ސަގަރު

      ކަލޭގެ ދީން މަގޭ ވެސް ދީން. ވަގުން ދާނީ ޖަލައް. ޖަޒުބާތުގަ ޖެހިގެން ވާނުވާ ކޮމެންޓު ނުކުރޭ.

      5
      9
  3. ބިޖޫ

    ކަލޯގަޔާ ބިރުނހަލާކު ސަދޫމްގެ އަމަލްތައްމިހާރު. މި މާލޭސިޓީގައި. ބަދަލްވީ ސަދޫމް ސިޓީއައް

    149
    34
  4. ޓިނު

    ތާހިރު ވެއްޖެއެއްނު

    75
    22
  5. ޞަމީ

    ހުރި ހިތާމައެއްގެ ބޮޑުކަމާ! މިއަދު ބޭބޭ ފުޅު ހާދަ އުފާވާނެއޭ، ބޭނުންވި ކަންތައް ވެނިމުނީ ވިއްޔަ، ދެން ޤައުމުގެ ހާލަތު ދާގޮތެއްވެސް ބަލާނަން އަހަރުނވެސް، ރައީސް ޔާމީނާ އެކު އެންމެ ފަހުނޭވަޔަށް ދާންދެން ހުރި ވާހަކަ ބުނެލަން

    152
    34
  6. ހުސެން

    ދެން ލަލަލާ... ހާދަ އުފާވެރި ދުވަހެކޭ

    58
    189
    • ކެކެކެ

      އުފާވެރި ދުވަސް އެބައޮތް ދާދި ގާތުގަ. ރޮއިހޭރެމުން ބާޣީ ގޮޗަމުން އޮރިޔާން ހާލުގަ މަގުމަތީގަ ދުވަން ފިސާރި ތައްޔާރަށް ހުރޭ.

      21
      5
      • ލޮލް

        ހާދަ ޖަރުބާތެއްގަ. ހެހެހެހެ

        3
        2
  7. ގާއްޑޭ

    ޤާސިމް ދައްޖާލު ވެރިކަން މަތިން ހަނދާން ނައްތާލާ

    133
    22
  8. ޓިނު

    އެއްވެސް މީހެއްގެ ދިފާއީ ވަކީލަކު ބުނާނެތަ މީނައެ ކުއްކުރީ

    47
    24
  9. ޢަލިފުޅު

    ކ5 ގާޒީންނަށް ކޮންމެ ގާޒީ އަ ކަށް 1 މިލިޔަން ވަރަށްސާފް

    114
    18
  10. ދަންސޫރަ

    ސާބަސް ޔާމީން

    91
    17
  11. ސަލާމް

    އަނިޠާވެރިއަކު ތޭރީގެ ފުރަގަހަށް

    52
    110
  12. ބަކުރު

    ކަރަޕުސަނަށްމަގު ފަހިވާގޮތަށް ޖީއެމްއާރަށް ދިވެހިރާއްޖޭގެ މައި އެއަރޕޯ ކެނެރީގޭ ނަޝީދު ދިންމައްސަލައިގެ ދައުވާއާއި ސޯލިހުގެ 800 މިލިއަންޑޮލަރަށް ހިޔާނާތް ތެރިވި މައްސަލަ ލައިވު ކޮށް ދައްކާން ޖެހޭނެ .

    115
    17
    • ގަންޖާބޯ

      ކިހިނެއް ލައިވް ކުރާނީ ކޯޓުރޫމްތެރޭ ފަނޑިޔާރުމީހާއާ ދެނީހުން އެކަނި ތިބެގެން ޝަރިއަތް ކުރާއިރުވެސް ހޭނެތިގެން ވެއްޓި ހަތަރެސްފައި ބުޅިކޮށް އަނގައިން ފޮނު އަރުވާ ބައެއް އެއުޅެނީ. ލައިވް ނުކުރާތި މަވާ ބިރުގަނޭ. ޖިންނި އަވަލާފަ ތިބޭ ބައެއް

      19
      2
  13. ރައްޔިތުމީހާ

    މީ ސަރުކާރު ހިންގުމަށް ބަޖެޓުން މަދުވާ ޢަދަދުތޯ؟

    63
    11
  14. މަވެސް

    ސާބަސް5++++77

    23
    29
  15. ޓްވީޓް

    ޑަވަލްޕްމެންޓް ބިހައިންޑް ދަ ބާސް.

    10
    36
  16. Anonymous

    ޢުފަލުގެކޮޅެއްނެތް

    40
    101
    • Anonymous

      ލާދީނީ ބައިގަނޑު އުފަލުން ތެޅިބޭލިޔަސް ޔާމީން މިޤައުމަށް ކޮއްދެއްވި ތަރައްޤީއެއް ރަންނަމާރި ސަރުކާރަކަށް ނުކޮއްދެވޭނެ. ހަމައެކަނި ކުރަން އެނގޭނެ ކަމަކީ ޤައުމު ފަނާކުރުން.

      114
      23
      • ޢައި

        ހާދަ ހުތު ބަހުން؟ ތި ގޯސް

        4
        15
        • އަލާފިލާވަރު

          އުފާފާޅު ކުރަން ޖަޒުބާތުތައް ބަންޑުން ކުރަން މިނޫން ތަނެއްވެސް ކަލޭ މެންނަކަށް ނުފެނުނު؟

          9
          2
  17. Anonymous

    އެމަނިކުފާނު ކެތްތެރިކަމާއި ސާބިތުކަމާއިއެކު ފުރިހަމަ ޞިއްޙަތުގައި ގައި ލަހައްޓަވާނދޭވެ. އާމީން . ލޮބުވެތި އަނބިކަނބަލުން ނާއި ބޭފުޅުންގެ ހިތްޕުޅަށް ތަސައްލީ މިންވަރު ކުރަށްވާނދޭވެ. އާމީން

    109
    15
  18. ޢަހަންމާ

    ދުވަހެއް އޮތް ކަން ހަދާން ކުރާތި.

    85
    13
  19. އަހުން

    ތިލާރިތަށް އެމްޑީޕީގެ އެކުޓިވިސްޓުންނަށް ނުބަހާ ވިލިގިިއްޔާ މާލެއާއި ދޭތެރޭގައި ބުރިޖެއްއެޅުން ވަރަށް މުހިއްމު ސޯލިހުއަށް މިކަންވާނެތަ.

    65
    11
    • Anonymous

      ތީ ވާނެކަމެއްނޫން.

      53
      11
    • ސުލޯލިހުވަގު

      މަށަކަށް ނުވާނެ. މަ މިއުޅެނީ ބާގައި ކުދިންނަށް ދޭންވީ އެތިކޮޅު ނުދެވިގެން އެމީހުން ބޮލަށް އަރާވަރުން ބޯނުހިކިގެން. ތިޔަވަރަކުންވެސް އެކަމެއް ނިމޭކަށް ގާތެއްވެސް ވާކަށް ނެތް. އައްދޯއި މަފަކީރަމޯއި.

      4
      2
  20. އައްޑޫ މީހާ

    ޔާމީނަށް ތާއީދު ކުރާތީކީ ނޫން މިހެން މިބުނީ އަަހަރެންނަކީ ވަކި ޕާޓީއަކަށް ނިސްބަތްވާ މީހެއްވެސްނޫން އެކަމަކު ޔާމީނަށް އިއްވި ހުކުމަކީ އަހަރެން ދެކޭ ގޮތުގައި ދިވެހިރާއްޖޭގެ ތާރީހުގައި ފާޅުކަން ބޮޑުކޮށް ދުވާލާއި ރޭގަނޑު އެނގޭފަދައިން ބަޔަކު ހިންގި އެންމެ ބޮޑު ޖަރީމާ މިކަން އެންމެ ވައްތަރީ އިންޑިއާގައި ހިންގާނެ މިކަހަލަ ޕޮލިޓިކްސް ޑާރޓީ ގޭމްތައް ހަމަސީދާ ސަދޫމުގެ ރަސްކަން މީކީ ރަނގަޅު ގޮތެއްނޫން ޒާތީ ހަސަދަވެިކަމުގެ ތެރެއަށް މިގައުމުގެ ރައްޔިތުން ގެނބިގެން ގޮސްފި އެމް.ޑީ.ޕީގެ ސަޕޯޓަރުން މިކަމުގައި އުފާ ފާޅުކުރަމުން ގެންދާއިރު މިކަމާއިމެދު އެމް.ޑީ.ޕީގެ ވެސް އެހެނިހެން ސިޔާސީ ފިކުރުތަކުގެ މީހުންވެސް ފުންކޮށް ވިސްނައިގެން އުޅުމަށް ނަސޭހަތްތެރިވެ ވަސިއްޔަތްކުރަން

    83
    14
    • ހެހެ

      އަހަރެން ވެސް ޕާޓީއަކަށް ތާއީދެއް ނުކުރަން. އެކަމު ޔާމީން ވައްކަން ކުރިކަން ދެނަހުރި މީހެއް. ފާތުމަ އަސްލު ވަގަކީ ޔަމީނަކީ ހެޔޮ މީހެއް.

      3
      17
      • އައްޑޫ މީހާ

        ބަލަ ފިނޑިޔާ ޔާމީނު ވައްކަން ކުރިކަމަކަށް ނޫނޭ ހުކުމް ކުރީ ވާނުވާގަތަ؟

        16
        3
        • ދޮގެއް؟

          މީ އަނެއްކާ އަނެކަކު. އެއީ ރީނދޫ ގަންޖާއެއް. ކިހިނެއް ތަންދޮރު ފިލާނީ!

          11
          3
    • 😂

      ހެހެ..ޕީޕީއެމްގެ ސަޕޯޓަރެއް ނޫން ދެއްތޯ؟. އެކަމް އެމްޑީޕީގެ އެންޓި ފޭނެއް..ހަހަަަހަހަހަހަހަ...ޖޯކު🤣🤣

  21. ސަހީނާ

    ތި ރުފިޔާ ހުރިހާ ރައްޔިތުންނަށް ބަހާލާ

    27
    8
  22. Anonymous

    ހުންނާނެ ރާކަނި ކެވިފަ. ދެން ޖަލުގަ ކުނިވޭ

    26
    70
  23. މޭއްޑަމް

    ދިންކަ ޗިކާ ދިންކަ ޗިކާ ދިންކަ ޗިކާ

    15
    34
  24. Anonymous

    އެމްއެމްޕީއާރސީގެ ފައިސާ ބޭނުންކުރި ލިސްޓުގައިވާ މަޖިލިސް މެމްބަރުންނާއި އެހެންމީހުންނަށް ޝަރީއަށް ނުހިންގާ އެއްމެމީހަކަށް ޝަރީއަތްހިންގުމަކީ ބޭއިންސާފު ލާއިންސާނީ ޖަރީމާއެއް އަދި އެކަމުގެ މައިވަގު އަދީބުއާއި ޒިޔަތު މިހާރު ހަދާފައިވަނީ މައުސޫމު ހުދު ކާފޫރުކޮޅަކަށް،، މިޝަރީއަތްހިންގި ސަރުކާރާއި ހުކުމްއިއްވި ފަނޑިޔާރުންނަށް ދެދުނިޔޭގައި ﷲގެ ކޯފާއިގެރަހަ ނުފޮނުއްވާނެކަމަށް ނުވިސްނާތި!!

    66
    5
  25. ރޯނު އެދުރު

    ދިވެހިރާއްޖޭގަ ވެރި ކަން ކުރާ ކޮންމެ ބަޔަ ކީ ކުއްވެރީން ކަމަށް ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ވެއްޖެ އެއްނުން

    48
    5
  26. ރޮނޑާ

    ކަލޯ ބޮޑާބެ ސައިޒު ކޮއްލައިފިޔޯ. އަޑީގަ ތިބީ ނިހާނާއި އަބުދުއްރަހީމޯ. އުމަރު ނަސީރު ލީޑަރަކައް ނެރެނީ..... . . ބޮނޑާބެ ގޮޅިއައް ނުގެންދެވެނީސް ޕީޕީ އެމް ބައި އަޅައިފިޔޯ ކިޔާ އަޑު އިވޭ. ގާސިމްބެ ގެ ރުހުން ހޯދަން އެބައުޅެޔޯވެސް ކިޔާ އަޑު އިވޭ. ކިހިނެއްބާ މިވާން އުޅެނީ

    15
    41
    • އުނިޔަ

      ތީ ހަމަ ރޮނޑުގެ އަމިއްލަ ޚިޔާލް.

      30
      3
      • ރޮޑާލި

        ރޮޑުގަ ވަރަށް ވަސްދުވާނެ.. ކައިރިވިޔަސް ދުވާދަހުން ސަލާމަތެނުވާނެ.. ރޮޑުމަސް ކާންތިބޭ.. ﷲގެ ވާގިފުޅާއެކު ކަނޑުގުރުވަ ކާނެދުވަސް އަހަރެމެންނަ ދެއްވާނެ..

        28
        6
    • އައްޑޫ މީހާ

      މިވާން އުޅޭ އެތި ކަލޯ ހުރޭ ބަލަން މިވާން އުޅޭ ގޮތަކީ އެ މް. ޑީ.ޕީ މިހުން އަނެއްފަހަރު ގައު މުގެ ތަންތަން ރޯކޮށް ހަލާކުކުރަން ތައްޔާރުވަނީ

      34
      4
    • ދޮގެއް؟

      ރީނދޫ ގުންޑާ ރޮނޑެއް ދޯ؟ ނޭނގޭނެ ވާނުވާއެއް. އެކަމާ ނޫޅޭ. ކިޔާދިނުންވެސް ވާނީ ބޭކާރު

      9
      2
  27. Anonymous

    އެމްއެމްޕީއާރސީގެ ފައިސާ ބޭނުންކުރި ލިސްޓުގައިވާ މަޖިލިސް މެމްބަރުންނާއި އެހެނިހެން މީހުންނަށް ޝަރީއަށް ނުހިންގާ އެއްމެމީހަކަށް ޝަރީއަތްހިންގުމަކީ ބޭއިންސާފު ލާއިންސާނީ ޖަރީމާއެއް އަދި އެކަމުގެ މައިވަގުން އަދީބުއާއި ޒިޔަތު މިހާރު އެއްވެސް ކުށެއްނެތް ސާފު ހުދު ކާފޫރުކޮޅަކަށް ހަދާފައި،، މިޝަރީއަތްހިންގި ސަރުކާރާއި ހުކުމްއިއްވި ފަނޑިޔާރުންނަށް ދެދުނިޔޭގައި ﷲ ދެއްވާންހުރި ކޯފާއިގެރަހަ އަވަސް ފުރުޞަތެއްގައި ދެއްވާށި އާމީން.

    46
    5
  28. 42 ބިލިޔަން ދަވާލީމަ

    42 ބިލިޔަން ދަވާލީމަ 5 އަހަރު އެއްރކޯން ކޮޓަރީގަ! ތުއްތޮންބޭ ހެލްޕް!

    9
    36
  29. ޖިންނި

    ސޮދޫމަށް ވުރެ ނުބައި ވެރިކަމެއް މި ޤައުމުގަ މި ވަގުތު މިއޮތީ ކީރިތި ޤުރްއާން ކުރިމަތީގަ އޮއްވާ ޔަހޫދީންނާއި ހިންދޫންނަށް ބައިއަތު ހިފާ ޤުރްއާނަށް ހިތުހުރި ގޮތެއް ހަދަމުންދަނީ

    47
    8
  30. ޖަހާންގީރު

    ﷲ ތަޢާލާގެ ގަދަފަދަ ކޯފާ އަންނިއާއި އޭނަގެ މުރުތައްދު ބައިގަނޑަށް ފޮނުއްވާނދޭވެ އާމީން

    51
    12
    • އަޒޫ

      ‎آمِيْنْ يَارَبُّ

      16
      1
  31. ދޮހިކަރު

    ދެން ސުރުޚީ ރަނގަޅު ކޮއްލައްވާ

    11
    1
  32. ކަނަމަނަ

    މިހުކުމްއިއްވި ބެންޗްގައި ހިމެނޭ ފަސްފަޑިޔާރުން ތައްޔާރުވެ ތިބޭތި މަހުޝަރުބިމުގައި ޖަވާބުދޭން އެމް އެމް ޕީ ރ ސީ އެއޮއް ބޮޑު ޙިޔާނާތުން ޔާމީނު އައް ލިބުނީ ހަމައެއްމެ އެއްމިލިއަންތަ ތިޔަފަޑިޔާރުން ނައްވެސް ފިޔަވަޅުއެޅޭނެ ދުވަސް އައްނާނެ ތައްޔާރުވެ ތިބޭ

    44
    6
  33. ޢަލީ

    ފަޓާސްބަރި އެންހެން ޔާމީން ސަރުކާރުގައި މީހުން ޖަލައްލަމުން ދިޔައިރު މަގޭހިތައް އެރި ޔާމީނުވެސް ހަމަ ކޮންމެވެސް ދުވަހަކުން ޖަލައްލާނެއޭ. ޚޮންމެމީހަކުވެސް ކުރި ކުށުގެ ޖަޒާލިބޭނެ

    16
    33
  34. ރޮނޑާ

    ޔާމީން މިސްކިތުގައި ތަސްބީހަ ފަތި ހިފަހައްޓައި ގެން ހުއްޓާ ދަމާހަލާފަ ގެންގޮސް ޖަލައްލީތަ؟ ވައްކަން ފޮރުވަން ބައިވަރު މަސައްކަތް ކުރިކަން އެގެން އެބަހުރި. ހިކްމަތްވަންތަ ﷲ އައް އެކަކައްވެސް އޮޅުވައެއް ނު ލެވޭނެ. .ޔާމީންގެ ސަޕޯރޓު ކުރާނެ މީހަކު ހުރި ނަމަ އޭނަ އައް ނަސޭހަތްދީ ވައްކަމާއި ދުރައް ގެންދެވޭތޯ މަސައްކަތްކުރޭ. ޔާމީނަކީ ވައްކަންކުރަން ދެވިހިފާފަ ހުންނަ މީހެއް. ބޮނޑު އަދަދެއް ވެއްޖިއްޔާމު އޭނަ ދެކެނީ އެއީ ވައްކަމެއް ނޫންކަމައް. ރައިއްޔަތުންނައް މިއަދު ލިބުނު އުފަލެއް ނުބައި ނުލަފާ ވަގެއްގެ ކިބައިން ގައުމު ސަލާމަތް ކުރެވުނު ކަން. ވަގަކައް ހާސްދުވަސް. ޥެރިޔަކައް ދުވަހެއް. ހިކަންޖަކައްވެސް ދުވަހެއް އަންނާނެ. މާދަމާ ޔާމީނައް ސަނާކިޔާނެ އެކަކުވެސް ނުހުންނާނެ. ހުލްގު ހެއު މީހެއްނަމަތާ އަތުން ބައިވަރު ތަކެއް ނުލިބުނަސް. ބަޔަކު ފަހަތުގައި ތިބޭނީ.

    11
    33
  35. ާމަރީ

    ކިތަންމެ ވަރެއް ކުރިޔަސް ރައީސް ޔާމިން ވަރުގެ ވެރިއެއް މި ގައުމަކަށް ނާންނާނެ

    43
    12
  36. ޏަމްޏަމް

    ސަޅި

    11
    14
  37. ވަޒީރެއާލާ

    މިހުކުމުގެ ސަބަބުން ވަކި އެކައުންޓެއްގައި ބެހެއްޓި އެބުނާ 1މިލިއަން ޑޮލަރު ޔާމީނަށް ހައްގުވީ.

    26
    4
  38. ހިތާމަ

    ޔާމީނަށް ކަމަކު ޙައްޤު އަދަބު ލިބެންޖެހޭނެ، ޝައްކެތް ނެތްމިންވަރަށް އެފައިސާ އަކީ ދަޢުލަތުގެ ފައިސާ

    12
    22
    • ÷

      ދައުލަތުގެ ފައިސާއިން ވައްކަންކޮށް ބްރިޖު އެޅީ. ދަރުމަވަންތަ ހޮސްޕިޓަލް އެޅީ. ޓްރީޓޮޕް ވެސް. ޔާމިންގެ ނުލަފާކަން ދޯ. ދައުލަތުގެ ފައިސާ އަކީ ރައްޔިތުންގެ ފައިސާ. އަޅެ ރައްޔިތުންގެ ފައިސާ އިން ވައްކަން ކޮށް ރައްޔިތުންނަށް ދޭކަށް ނުވާނު 😂

      16
      1
      • Anonymous

        މި ރާއްޖޭގަ ވެރިކަން ކުރަނީ ހުސް ކުއްވެރިންތާ. މިހާރު ސަރުކާރުގެ ބައި މީހުން ވެސް އެ މީހުންގެ ރައީސްގެ އަބުރު ކަތި ލަނީ ހަ މަ އެގޮތައް 😂

        11
        2
  39. ވަހުތާނު އަހުމަދު

    ޔާމީނުވެރިކަކުގާހުރެގެން ނުހައްގުން ބައެއްބޭފުޅުން ޝަރީއަތަކާނުލާ ޖަލުގަތިބިއިރު މިފަދަދުވަހެއް ދައްކަވާތޯ ދުއާވެސްކުރިން .. އަދި މިފަދަދުވަހެއް ފެނިއްޖެނަމަ މަގައްނިކުމެ ބެރުޖަމުންދާނެވާހަކަވެސް އެކުވެރިންކައިރީގަ ވާނީބުނިވިފަ .. ވީމާ މިއަދުބަރަށްއުފާކޮށްފިން

    5
    17
  40. އިންތިޔާޒު

    އެގޯނީގައިވާ ފައިސާ މިފައިސާ. ބަދަލުދޭ ފައިސާ މިފައިސާ. ކޯޓްތަކުން ކުރާ ސިޔާސީ ދައުވާ ތަކުގައިވެސް ޑޮލަރުން ފައިސާ އެދި ގޮވަނީ. ނޫނޭ ފޯރި އެބަހުރި އަދީބު އަތުން އެމްއެމްޕީއާރު ފައިސާ ފެލާގެންނާ ޖާބިރު ގަޅަ ހައްދާގެން ލާރި ހޯދައިގެން އައިސް ތިބި ބަޔަކު ދެން އުޅޭނެ ގޮތް މިދަނީ ފެންނަމުން

    20
    2
  41. ސަހަރޯ

    ވެރިކަމަށްފަހު ކޮންމެ މީހަކު ޖަލަށް..މިވެސް ގަވައިދެއްތަ؟ ބޮއެހަލާކު..

    14
    2
  42. ކޮމޮލިކާ

    ވެރިކަމުގައި ހުރެ މަޖިލީސް ފާރުމަތިން މެމްބަރުންތައް އުކާ ފާތުމަ ނޭހިޔަސް ގެއަށް ހަރާމް ފައިސާ ނުވައްދާ އުޅުއްވިނަމަ އަދިވެސް ވެރިކަމުގައި ހުންނާނީ ޔާމީނު ދުނިޔޭގެ އެދުންވެރިކަން ހައްދުފަހަނައަޅާ ދިޔައީމަ ވާނީ ތިކަހަލަ ގޮތެއް

    4
    17
  43. މަކޯނީ

    5 އަހަރުން ޖަލަށް ބޮޑެތި ކުރިއެރުންތައް ގެނެސްދެއްވާ ދެން އޮތް 5 އަހަރު ޖަލުގެ ރައީސްކަމާ އަދަމް ޝަރީފުގެ ހިތުގެ ރާނީކަން ހޯއްދަވާ

    4
    14
  44. ޚަރުން

    ޙިންނަވަރު ވަގު އިބްރާހިމް އިސްތިއުފާދީ .ރައީސޭކޯ..ޖާހިލު ކަލޭގެ ލާނީ 77 އަހަރަށް ފޯ އޮބްސްޓްރަކްޝަން އޮފް ޖަސްޓިސް....

    20
    4
  45. ހާޝިމް

    ފެންކަޅިވާނެތާ؟ މިރާއްޖޭގެ އިންސާނިއްޔަތުގެ ކަންފުޅެއް ނެތް މީހުން ގިނައީ. ރައީސް ޔާމީނު ދިވެހި ރައްޔިތުންނަށްޓަކައި 5 އަހަރު ވީއިރު ނުކޮށްދެނީ ކޮންކަމެއްތޯ؟
    1- މާލެ އަދި ހުޅުމާލެ ބުރިޖަކުން ގުޅާލުން.
    2- ރާއްޖޭގެ ރައްޔިތުންނަށް ބޭސްފަރުވާ ކުރުމަށްޓަކއި ހުޅުމާލޭގެ ޓްރީ ހޮސްޕިޓަލެއް އަޅާ ދިވެހި ރައްޔިތުންނަށް އެޚިދުމަށް ލިބުން.
    3- އައި.ޖީ.އެމް.އެޗް ގެ 25 ބުރީގެ އިމާރާތްކުރުން.
    4- ދިވެހިރައްޔިތުންޓަކައި މާލޭގެ އެކިސަރަޙައްދުތަކުގައި މަޑުކޮށްލާނެ ތަންތަން ހެދުމުގެ އިތުރުން ރަސްފަންނުގެ ހެދުން.
    4- ދިވެހިރައްޔިތުންގެ ހައްޤުގައި ހުޅުމާލެއިން ތަނެއް ހިއްކުމަށް ފަހު އެތައް ހާސް ފުލެޓުއެޅުން... މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި ނުކުރެވުނު އެތައް ކަމެއް ކޮށްދިނުމަށް ފަހު ޖަލަށް ދާންޖެހުން... މިއީތޯ އިންސާފަކީ؟؟؟

    20
    3
  46. ބޮކި

    އަހަ ކިހިނެއް މިވީ ؟ ކޮބާ އެއްކަލަ ގަޓު ރައީސް !

    5
    13
    • ރައީސް

      5އަހަރަށް ބެޓެރި ލޯވީ...

      1
      2
  47. އަހުމަދު

    1- މާލެ އަދި ހުޅުމާލެ ބުރިޖަކުން ގުޅާލުން.
    2- ރާއްޖޭގެ ރައްޔިތުންނަށް ބޭސްފަރުވާ ކުރުމަށްޓަކއި ހުޅުމާލޭގެ ޓްރީ ހޮސްޕިޓަލެއް އަޅާ ދިވެހި ރައްޔިތުންނަށް އެޚިދުމަށް ލިބުން.
    3- އައި.ޖީ.އެމް.އެޗް ގެ 25 ބުރީގެ އިމާރާތްކުރުން.
    4- ދިވެހިރައްޔިތުންޓަކައި މާލޭގެ އެކިސަރަޙައްދުތަކުގައި މަޑުކޮށްލާނެ ތަންތަން ހެދުމުގެ އިތުރުން ރަސްފަންނުގެ ހެދުން.
    4- ދިވެހިރައްޔިތުންގެ ހައްޤުގައި ހުޅުމާލެއިން ތަނެއް ހިއްކުމަށް ފަހު އެތައް ހާސް ފުލެޓުއެޅުން... މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި ނުކުރެވުނު އެތައް ކަމެއް ކޮށްދިނުމަށް ފަހު ޖަލަށް ދާންޖެހުން... މިއީތޯ އިންސާފަކީ؟؟؟
    މައްސަލައަކީ މިގައުމުން ނައްތާލަންޖެހޭ ބައެއްކަންތައްތައް ނައްތާނުލާ ދޫކޮއްލެވުން.

    14
    1
  48. ކިނބޫ

    ސުލޯލިހު ވަގާއި ގަންޖާ ވަގާއި ފަސްމާމުލު ފަހެތީގެ ގޮހޮރު ފުރޭނެތަ އެވަރުން؟

    14
    1
  49. މަކިނބޫ

    އޯކޭދެން ބުނަން އޮތީ. ފަސް ފަަނޑިޔާރުންނޭ ގޮވަންވީ ކިއްކުރަން. ފަސް މާވަލު ފަސް ވަގުންނޭ ކިޔާބަލަ. އެއޮތީ އަދަދު ހަ މައަކަށް ނޫންތަ 😂 މެދުގަ އިނީ ބާއު ކަލޯ އާކާ ބޭޑް ބޯއި ޗަޝް މމމިސް ވާލާ. 😂

    11
    1
  50. އެޑިޓް

    ފަހަކުން ހުރިހާ ކަމެއް ހަމަ ޖެހިފަ މިއޮތީ.. ދެން ފަހެ... ފަސް އަހަރު މިރާއްޖޭ ގެ ވެރިކަން ކުރި މީހަކު.. ފަސް ފަޑިޔާރުންގެ، ފަސް އިއްތިފާގުން ، ފަސް މިލިއަން ޑޮލަރުން ، ފަސް އަހަރަށް ޖަލައްލުމައް، ފަސް މަހުން ފައިސާ ދައްކަށް .. ފަސް މަހުން ހުކުމް ކޮށްފިއޭ.. މި ކަމުގައި ވިސްނާ ފިކުރު ކުރާ ބަޔަކަށް ހެކިތަކެއް ވާ ކަން ކަށަވަރެވެ...

    9
    2
  51. ނަރެލް

    ކުރިން ވަރަށް ދިގުމުއްދަތަށް ސިޔާސީ ލީޑަރުންނަށް ޖަލުހުކުން އިއްވީމަ ކުށްސާބިތުވިއްޔޭ އެމީހަކު ކުރި ކުށެއްވިއްޔާ ހައްގު އަދަބުލިބެންވާނޭ ގާނޫނު އަރާހަމަކުރާނޭ ބުނި ކުދިންނަށް ހީވާކަހަލަ ގާނޫނަށްވުރެ މަތީގަ ރައީސް ޔާމީންއަށް ތާއަބަދު ހުރެވެންޖެހޭނޭ ހަޖަމު ނުވިޔަސް މިއަދު އެއޮތީ ތިބުނާގާނޫނު އަރާހަމަކޮށްފަ

    2
    3
  52. މަމިންހާޖް

    ގެއްލުނު 73 މިލިއަން ޑޮލަރުން 5 މިލިއަން ޑަލޮރަކީ ވ މަދު މިންވަރެއް

    1
    1
  53. އަޒީމާބިން

    މިރާއްޖޭގައި ވެރިކަން ކުރަންޖެހޭ އެންމެ އެކަށީގެންވާގޮތައް ވެރިކަން ކުރަން އެނގެނީ ރައީސް ޔާމީނަ އެކަނި، ދެން ތިބީ ހިންގުމުގެ ކެޕޭސިޓީއެއް ނެތް ބަޔެއް. މިއީ ބޭރުގެ އިންވެސްޓަރަކުގެ އަނގައިން އަޑުއެހި ވާހަކައެއް. މިއީ ހަގީގަތެއް.

    3
    1
  54. ޙުސެން

    ގާނޫނާ އެއްގޮތައް ކުރާހުކުމައްދޯ ފައިސާ ދޭން ޖެހޭނީ ހަމަ ގާނޫނޭކިޔާ އެމީހަކު ހިތުހުރިގޮތައް ކުރާ ހުކުމަކައް ޖަލަކައްވެސް ދާކައްނުޖޭ..ދެން ކީއްކުރާ ގާނޫނެއް..އެއްބަޔަކު އެޔައް ކޮޅުފައިން އަޜާ އެގާނޫނައް ކުރާއެއްވެސް އިހުތިރާމެއްނެއް..މިދެން ހާދަ ދެރަވަރުގެ ކަންކަމޭ

    2
    1
  55. ޖާބިރު

    ތިއަނެއްކާ ކީއްކުރަން އަވަސް އަރުވާލައިގެން ހޯދަން އުޅޭ 5 މިލިއަން ޑޮލަރެއްބާ ތިޔައްހަދާގޮތް މާތްކަލާކޯ ހުރިހާރައްޔިތުންނޭ ބަލާތި..މަނަމަ ހަރާންދޭނެލާރިއެއް..ބޭނުންހާގޮތަކައް ސަރިއަތްކޮށް ހުކުންކުރީމަ ބުނާހާ އެއްޗެއްދޭންޖެހޭތަ

  56. ކޮށާރު

    ގާސިމް، ނަޝީދު، އިމްރާންގެ ޕާޓީ ރައީސްކަން ގެއްލުވާލަން ހެދި ގާނޫނު އަދިވެސް ހަމަ އެގޮތަށް އެބަ އޮތް. ގާނޫނީ ގޮތުން ދެން ޔާމީނަށް ޕީޕީއެމްގެ ރައީސްކަން ލިބޭނީ ހުކުމުން ސަލާމަތްވެގެން. މިއަށް ދިވެހިން ކިޔާ އުޅެނީ ތިމާ ފޭހުނު އިލޮށިގަޑު ތިމާގެ ލޮލަށް ހެރުން.

  57. އިންސާފް

    އިންސާފް ހުރިވަރަކީ ރިހާކުރުފުޅި ވަގަށްނެގި މީހާގެ ހުކުން ފައިސާ އޮޅުވާލިކަ މަށް ބުނާ ހުކު މުގައިވެސް. ދެން މީހެއްގެ އެކައުންޓަށް ފައިސާ ޖަ މާކުރިކަ މަށް ދެތިން މީހުން ބުނެފިނަ މަ، އެ މީހަކާ އެކަ މާ ނުބެހުނަސް އެއޮތީ ފައިސާ އޮޅިފަ. ކަލޯގަޔާ ސިފައިންނާއި ފުލުހުން ހައްދައިގެން ޢާއިލީވެރިކަން ކުރެވިދާނެ

  58. ޭުިޔުމި

    ޢަލްހަމދުﷲ

  59. ބައޮކަލޯ

    ބަލަ މިޕާޓީ މީހުންނަށް މިތިބެނީ ބައްޔެއް ޖެހިފައިތަ އަޅެ، ވެރިކަމުގައި ހުރެ ހުރިހާ ބާރުތައް މުށުުގައި ލާ ފިއްތާ ފުލުހުންނާ ސިފައިންނާ ރމަޖިލިހާ ކޯޓުތަކުގަ އޮބިއަލާފަ ބަޔަކު ލައްވާ ޖަރީމާތަކެއް ހިންގުވަން އެމީހުން ބޮޑުންނަށް ހަދާ ގާނޫނުތައް ބަދަލުކޮށް ކުރިހާ ކަމަކަށް ފާޅުގަ އެއްބަސް ވީމަވެސް މިކިޔަނީ ފްރޭމޭ މނޖ.ހުރިހާ އިންތިހާބެއްވެސް ފޭކު، ހުކުން ވެސް ފޭކު، ކައިރީތިބެގެން އަތްޖެހި މީހުންވެސް މިހާރު ފޭކު. އޭރު ބަރާބަރު..ދެން އެމް.ޑީ.ޕީގެ ވަގުންތަކަށް ހުކުމް ކުރާ ދުވަހަކުން ހަމަގައިމުވެސް އުފާވެރިކަމާއެކު މަ ނޭވާލާނަން. ކޮންމެ ޕާޓީއަކަސް ހެވާއި ނުބައި ވަކިވާން ޖެހޭ.. ގޯސްކަމެއް ކުރީމާ ހަމްދަރުދީވާކަށް ނުޖެހޭ.