"ވަގުތު" ނޫހުގެ ކިޔުންތެރިންގެ ހައްޤުތައް ހިމާޔަތްކޮށް، ގާނޫނު އަސާސީގައި ކަށަވަރު ކޮށްދީފައިވާ ޙިޔާލްފާޅު ކުރުމުގެ މިނިވަންކަން އެންމެ ފުޅާ މިނުގައި ބޭނުން ކުރުމުގައި "ވަގުތު"ން ދެމިތިބޭނެ ކަމަށް "ވަގުތު" ނޫހުން ބުނެފިއެވެ.

"ވަގުތު" ނޫހުން މިހެން ބުނެފައި ވަނީ ކްރިމިނަލް ކޯޓުން މި މަހުގެ 21ވަނަ ދުވަހު "ވަގުތު"ގެ މައްޗައް ނެރުނު އަމުރާއި ގުޅިގެން އެކަންތައް ހިނގާފައިވާ ގޮތް ސާފު ކޮށްދިނުމުގެ ގޮތުން ނެރުނު ނޫސް ބަޔާނެއްގައެވެ.

ކްރިމިނަލް ކޯޓުން "ވަގުތު"ގެ މައްޗައް ނެރުނު އަމުރުގައި ވިދާޅުވެފައި ވަނީ ނޫހުގައި ޝާއިއު ކުރި ހަބަރަކަށް މީހަކު ކޮށްފައިވާ ކޮމެންޓުގެ އައިޕީ އެޑްރެސް އާއި، އެ އައިޑީ އާއި ބެހޭ އިތުރު މައުލޫމާތު 48 ގަޑިއިރު ތެރޭ ފުލުހުންނަށް ދިނުމަށެވެ.

ނޫސް ބަޔާނުގައި "ވަގުތު" އިން ބުނެފައި ވަނީ ނޫހުގައި ކޮމެންޓު ކުރަނީ ވަކި ޔޫސާ އެކައުންޓެއް ހަދައިގެން ކަމުގައި ނުވާތީ، އެ މައުލޫމާތު "ވަގުތު"ގައި ނުހުންނާނެ ކަމަށެވެ.

އަދި ކްރިމިނަލް ކޯޓުގެ އަމުރުގައި ހޯދަން އެދިފައިވާ މައުލޫމާތު ތަކަކީ "ވަގުތު"ގެ ސާވާ ތަކުގައި ރައްކާ ކުރެވިފައިވާ މައުލޫމާތު ތަކެއް ނޫން ކަމަށްވެސް "ވަގުތު"ން ބުންޏެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަށް ބޯލެނބުމުގެ ގޮތުން "ވަގުތު" އިން ވާނީ "ވަގުތު" އިން އެޑްރެސްތައް ލޮގް ކުރުމުގައި އަމަލު ކުރަމުންދާ އުސޫލު ފުލުހުންނާއި ހިއްސާ ކޮށްފައި ކަމަށް "ވަގުތު" އިން ބުންޏެވެ.

"މި މައްސަލާގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް "ވަގުތު" އިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވަމެވެ"

"ވަގުތުގެ ކިޔުންތެރިންގެ ހައްޤުތައް ހިމާޔަތްކޮށް، ޙިޔާލްފާޅު ކުރުމުގެ މިނިވަންކަން ގާނޫނު އަސާސީގައި ކަށަވަރު ކޮށްދީފައިވާ އެންމެ ފުޅާމިނުގައި ބޭނުންކުރުމުގައި "ވަގުތު" ދެމި އޮންނާނެ ކަމުގެ ކަށަވަރު ކަމާއި ޔަގީންކަން އެންމެހައި ކިޔުންތެރިންނާއި ހުރިހާ މުވައްސަސާތަކަށް އަރުވަމެވެ"

"ވަގުތު" ގައި ޝާއިއު ކުރެވުނު ކޮމެންޓާއި ގުޅިގެން ކިޔުންތެރިންނާއި ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދެމުން "ވަގުތު" އިން ބުނީ ކޮމެންޓު އެޕްރޫވް ކުރި މުވައްޒަފާއި މެދު އިދާރީ ފިޔަވަޅު އަޅައި، މިހާރު އެފަދަ ކަމެއް ތަކުރާރު ނުވާނޭ ގޮތަކަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.

"މަރުގެ އިންޒާރު ދިނުމާއި، އެއްވެސް މީހެއްގެ ނަފްސަށް ގެއްލުން ދިނުމަކީ އަދި އެފަދަ ކަންކަމަށް ގޮވާލުމަކީ "ވަގުތު" އިން ހިތްވަރުދޭ ކަމެއް ނޫނެވެ. އަދި އިންތިހާ ދަރަޖަ އަށް "ވަގުތު" އިން ކުށްވެރި ކުރާ ކަންތަކެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. އަލް ނޫރު

    ސާބަހޭ ވަގުތު ތިވަރެއް ނެތް

    112
    8
  2. ދދދދ

    ކިހިނެތް ދެމިތިބޭވާހަކަ. ނުތިބެވޭނެ

    31
    244
  3. ޖަހާންގީރު

    ޝުކުރަން ވަޤުތު ލާދީނީއްޔަތަށް ނުސިހޭތި ނުވިކޭތި !

    109
    14
    • ކަނބުޅޮ

      އަހާ ވަޤުތު ނޫހަކީ ލާދީނީ ނޫހެކޭތަ ތިބުނީ!ހާދަހާ މާނަ ފުން ވާހަކަ އެކޭ ތިޔަ ބުނީ ދޮތަ!

      2
      11
  4. މައިކާލޯ

    ސާބަހޭ ވަގުތު ނޫސް ހަމަ 1 👍👍👍👌👌👌👍

    87
    10
  5. ކުޅުދުއްފުށީ މުސްކުޅި ބޭގަނޑު

    ވަރަށް ރަނގަޅު ވަގުތު ނޫސް ، އެކަމަކު ވަގުތު ނޫހާ އެހެން އޮންލައިން ނޫސް ތަކުގައި މައުލޫމާތު ގެ އާރޓިކަލް ތަކުގައި ކުއް ވަރަށް ގިނަ އެކަން ރަނގަޅު ކޮއްލަނިކޮށް ބަރާބަރު ވާނެ އާރޓިކަލް ބަހުން ބަހަށް ތަރުޖަމާ ނުކޮށް ކުޑަކޮށް ނަމަވެސް ރިސާރޗް ކޮއްލާފަ ލިޔާނަމަ އެހެން ނުވާނެ.

    77
    6
    • ގަމާރު

      ގޫގަލް އަށް ނުވަދެ ކިހިނެއް ކުރާ ދިރާސާއެއްގެ ވާހަކަ ތިބުނަނީ؟

  6. ތޮރާ

    ސާބަހޭ ވަގުތުގެ ހުރިހާ ކުދިން ވަގުތު ވަރެއްނެތް

    72
    9
  7. ައައިސް

    ސާބަހޭ ވަގުތު ހަމައަށްރި ބަހާސާބަސް

    69
    8
  8. ފަލަސީން

    ވަގުތުގެ ސާރވަރ މައުލޫމާތު ދިނުމުން ވަގުތައް ކޮމެންޓް ކުރާ މީހުންގެ މައުލޫމާތު ފުލުހުން ނަގައި ސަރުކާރުން ބޭނުންވާ ބަޔަކަށްދީ އެމީހުނަށް ޖެއްސުން ފަށާނީ...ވަގުތައް ކޮމެންޓް ކުރަނީ އާއްމުކޮށް އެމްޑީޕީ ފިކުރާ ދެކޮޅުމީހުން..

    66
    8
  9. ޒާހިދު

    ވަގުތު ނޫހުން ތިޔަ ކޮށްފައި އޮތީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް. ސަބަބަކީ ދިވެހިރާއްޖޭގައި މީހުންގެ ފުރާނަޔަށް ދޭ ގެއްލުންތަށް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ދާ ދުވަސްވަރެއްގައި ކަނަޑަ އެޅިގެން ކުށެއްކުރިމީހެއްގެ ހައްގުތަށް ހިމާޔަށް ކުރުމުގައި ދެމިތިބޭނެ ކަމަށް ބުނި އިރު އެ އިންޒާރު ލިބުނު މީހާގެ ހައްގަށް ރައްކާތެރި ނުވެނުކަން. އިންޒާރު ދިންމީހާގެ ހައްގު އޮންނަގޮތަށް އިންޒާރު ރައްދުވީމީހާގެވެސް ހައްގު އޮންނާނެ!

    15
    242
    • ބޯކިބާ

      "ފުރާނަޔަށް ދޭ ގެއްލުންތަށް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ދާ ދުވަސްވަރެއްގައި" ތިޔައީ ކަނޑައެޅިގެން ދޮގެއް، ގިނައެއްނޫން ވަނީ، މަދުވަމުން ދަނީ، ކަލޭ ފުލުސްއޮފީހަށް ގުޅާފަ ބަލާ ތިކަންތައް އިތުރުތޯ ވަނީ މަދުތޯ ވަނީ. ދެންހަމަ ބޮޑުދާދާ ޑަބިޔާގަނޑު ތަޅައިގަތީމަ ކަލޭމެންވެސް ތަޅުވައިގަންނަނީ އެއެއްމިއެއްނުބަލާ.

      46
      8
  10. ބޯކިބާ

    އައިޕީ ދެވޭނެގޮތެއްނެތޭބުނީމަ ތާއީދު. އެކަމަކު ކަލޭމެންވެސް ކޮމެންޓު ޖެހުމުގައި ތަންކޮޅެއް ޒިންމާދާރުވާންވެސް އެބަޖެހޭ.

    48
    10
  11. Anonymous

    ސާބަހޭ ވަގުތު ޓީމަށް. ލާދީނީ ފިކުރާ ދެކޮޅަށް މަސައްކަތް ކުރާ މީހުންގެ އިޙްސާސްތައް ބަންޑުންކޮށްލާނެ ފުރުސަތު ހަމައެކަނިިލިބޭ ނޫހަކީ ވަގުތު ނޫސް. ޝުކުރިއްޔާ ވަގުތު. ދީނާއި ޤައުމު ގެ ޙައްޤުގައި ތިޔަ ކުރައްވާ ބުރަމަސައްކަތްޕުޅަށް.ވ. ޅަފަތުގެ ނޫހެއް ތަޖްރިބާ ކާރު ދުވަސްވީ ނޫސްތަކަށް ގޮންޖަހާލައިފަ އަރާ ބޮންތީގައި ހިފައިފި. ލާދީނީ ރިޕޯޓް ނެރުނީމަވެސް އެހެން ނޫސްތަކަށް ރޭކާލީ ވ. ފަހުން. އަނެއްކާ ކުށެއް ކުރެވުނީމައި މަޢާފަށް އެދުމަކީ އިސްލާމީ އަޚްލާޤުގެ ވ ރީތި ނަމޫނާ ސިފައެއް. ޚަބަރު ގެނައުމުގައި ޒިންމާދާރުވުމަކީ ކުރަން ޖެހޭނެ ކަމެއް . ގޯސް ކަންކަމަށް ހިތްވަރު ލިބޭ ކޮމެންޓު ނުޖަހަންވީ.

    42
    3
  12. ހުވަދޫ ޑޮކް

    ސާބަހޭ ވަގުތު !! ތިޔަގޮތަށް ބަޔަކަށް ނުވިކި ތިހެން ތިބެންވާނެ !! ރައީސް އޮފީހަށް އެންމެހައި ނޫސްވެރިން ހާޒިރުކޮށް " ނޫސްވެރިކަން ކުރިއެރުވުމަށް " ބޭއްވި ބައްދަލުވުން ދޫކޮށް " ވަގުތު " ނީހުން އެތަން ދޫކޮށް ނުކިތް ވާހަކަ އަޑުއިފައިވެސް ހިތަށް އެރި " އާނ ވަގުތު " ގައި ގަޓް އެބަހުއްޓޭ !! ކީޕް އަޕް ގައިސް ...

    38
    4
  13. ތުއްތު ބެ

    އެހެންވީމާ މިމީހުން ދެމި ތިބީ ޖަރީމާ ކޮމެންޓުުގެ ފަހަތުގައިދޯ

    5
    82
  14. ޒާހިދުައަށް

    ޒާހިދޫ ކާކުތަބުނީ ވަގުތު ހަބަރުކިޔާށޭހ ހަޖަމުނުވައްޏާ ނުކިޔަބަލަ އހަރެންމީ ވަރަށް ސިޔާސީމީހެއް ވީމަ ވަގުތު ނޫސްކިޔްންހަމައެކަނި ވަގުތުހަމަ ވަގުތުން ގެނެސް ދެނީ އަބަދު ވސް ތެދުވާހަކަ އެންމެ ތާޒާ ހަބަރު އަދި އެހާމެ ފުރިހަ ހަމަ ވވވަރަށް ހަބޭސް ވަގުތަށް ބުނެލާނީ ފަހަތައް ނުބަލާށޭ އަޒުމާއުއްމީދާ އެކުރިޔަށް ދާށޭ

    38
    3
  15. ހުސޭނުބޭ

    ސާބަސްދެން ވަގުތު ނޫހަށް! އަހަރެމެން ކޮމެންޓްކުރުން މަތީ ދެމިތިބޭނަން!

    36
    4
  16. ހޮޅިވާހަކަ

    ސާވާގައި ރައްކާ ނުކުރިޔަސް ކޮމެންޓް ކުރި ސިސްޓަމްގެ އައިޕީ އެނގޭނެ. މިނޫހަކީ ކޮމެންޓް އެޕްރޫވް ކުރަން ވަކި އުސޫލެއް ގެންގުޅޭ ބައެއް ނޫން. ނަފުރަތު އުފައްދަން އަމިއްލައަށްވެސް ކޮމެންޓު ކުރާ ބައެއް. އައިޕީ ނުދޭނަމަ ކޮމެންޓް އެޕްރޫވް ކުރި ފަރާތް ހާޒިރުކުރުމަށް ކޯޓު އަމުރެއް ނެރެންވީ

    2
    26
  17. ޝުކުރިޔާ

    ސާބަހޭ ވަޤުތުނޫސްވެރިންނައް މިކޮމެންޓް ތަކައްބަލާލީމަވެސް އިނގޭނެ ވަޤުތުނޫހައްރައްޔިތުންކުރާތާއީދު ވަކިފަރާތެއްގެ އިންޒާރައްބެލުމެއްނެތި ވަކިފަރާތަކައްބުރަނުވެ ސީދާތެދު ޙަބަރު ވަގުތުން ވަގުތައް ރައްޔިތުންނާހަމައައް ފޯރުކޮއްދިނުމުގަ ދެމިތިބޭނެކަމައް އުއްމީދުކުރަން

    16
  18. މަކިނބޫ

    އައިޕީ ނިތްކުރީގަ އެބައިން.

    11
  19. ނަރެލް

    ކުރިން ރާއްޖޭގެ ޓީވީ ސްޓޭޝަނެއް ޖޫރިމަނާކުރުމުން ނޫސްވެރިކަމުގެެ މިނިވަންކަމުގަވެސް މިންގަނޑެއް އޮންނަން ޖެހޭނެކަމާ މީހުންގެ އަބުރު ކަތިލާ ހިސާބަަށް ދާނަމަ އަދިވެސް ޖޫރިމަނާ ކުޑަކަމަށް ބުނެ ފޮނުއެރުވި މީހުން މިއަދު ތިކިޔަނީ ކޮންލަވައެއް

    12
  20. ނަރެލް

    ނަރެލް ތިބުނީ ވަށްހަބޭސް ތެދުހަބަރެއް ތިކަން ނުދަންނަ ދިވެއްސެއް ނުހުންނާނެ ތިކޮމެން ޓުޖެހީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ

    3
    1