މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ވެގެންދާނީ ސިޔާސީ މައިދާނަށް ބަދަލު ގެންނާނެ ޕާޓީއަކަށް ކަމަށް އެޕާޓީގެ ވަގުތީ ރައީސް، ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ އެމްއާރްއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްއާރުއެމްގެ ކޮންމެ ހަރަކާތެއްގައި ދެ ޖިންސުގެ ހަމަހަމަކަން ގާއިމު ކުރައްވާނެ ކަމަށާ އެމްއާރްއެމްގެ ކޮންމެ ގުނަވަނެއްގެ 25 އިންސައްތަ ޒުވާނުންނަށް ހާއްސަ ކުރުމަށް ނިންމާފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ އެމްއާރުއެމް ވާނީ ގައުމުގެ އެންމެން އެކުވެރިކޮށް، އެއްބައިވަންތަ ކުރުމަށް މަސައްކަތް ކުރާ ޕާޓީއަކަށެވެ.
އެ މަނިކުފާނު ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރެޓިކް ނިޒާމެއްގެ އެއް ތަނބު ނަމަވެސް، ހިިޔާލުފާޅުކުރުމުގެ މާނައިގައި، ސިޔާސީ ޕާޓީތަކުގެ މެދުގައި މެދުކެނޑުމެއް ނެތި ބަހުގެ ހަމަލާތައް ބަދަލުކުރުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ. އަދި އޭގެ ނަތީޖާ ވެސް ރަނގަޅު ނުވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ހިޔާލުތަފާތުވުން އޮންނަ ކަންކަމުގައި، އެންމެންގެ ބައިވެރިވުން އޮންނަ ވަކި ސަރަހައްދެއް ނުވަތަ ކޮމަން ގްރައުންޑެއް ހޯދުމެވެ.
"އެންމެން ހިއްސާ ކުރާ ވަކި ސަރަހައްދެއް އޮތުމަކީ ގައުމަށް ހަމަޖެހުން އަންނާނެ ކަމެއް،" މައުމޫން ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސް ޞާލިހް ބައިވެރިވެ ވަޑައިގެންނެވުމުން މައުމޫން ވަނީ އެކަން ފާހަގަ ކުރައްވާ ރައީސް ޞާލިހަށް ޝުކުރު އަދާކުރައްވާފައެވެ.
"އެމަނިކުފާނު މި ޖަލްސާއަށް ވަޑައިގެންނެވިކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. ރައީސުލްޖުމްހޫރިއްޔާ މި ޖަލްސާއަށް ވަޑައިގަތުމުން އަޅުގަނޑުމެންނަށް ފެނިގެން ދަނީ އަޅުގަނޑުމެން އެމްއާރުއެމާމެދު ބަހައްޓަވާ ގާތްކަން. އަދި ސަރުކާރު ކޯލިޝަނަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތު. ހަމަ އެހެންމެ ރާއްޖޭގެ ދިމިގްރާތީ ނިޒާމް ހަރުދަނާ ކުރުމަށް އެމަނިކުފާނު ދެއްވާ ޚާއްސަ އަހަންމިއްޔަތުކަން." ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ އެމްއާރްއެމް ރަޖިސްޓްރީ ކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ. މިހަފްތާގައި އެމްއާރްއެމްގެ ރަޖިސްޓްރީ އެޕާޓީ އާއި ހަވާލު ކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އެމްއާރުއެމް ވެގެންދާނީ ސިޔާސީ މައިދާނަށް ބަދަލު ގެންނާނެ ޕާޓީއަކަށް - މައުމޫން
އެއީ ރައިސްނަޝީދު ބޭނުންފުޅުވަފަދަ ދެއްތޯ؟
ބަދަލު ގެނެވިފަ ތިހުރީ އިތުރައްގެނާނެ ބަދަލެއްނެއް
މި އޮތްހާދު ވަހު ޚަބަރެއް މިނު ވީ ނުކުމެ ބުނާނެ މޮޅު އެއްޗެއް ނު ވިސްނިގެން ދެއްތޯ! އޯކޭ ގަދަ.
'ޢަދި ވެސް ތި ވަރެއް ހަމަނެތޭ ދެންނެ ވޭނީ.'
ޝުކުރިއްޔާ
މާއްދީއްޔަތާއިގެން ބޫތު ކައިފައި ސާބަސް ބެއްޔާ !
އަދިވެސް މި ބޭ މިކަން ހުއްޓާލާކަށް ނޫޅޭ ދޯ.
30 އަހަރުގެ ޒައީމު ދައްކާވާހަކައިން ހަމަ ހިނިއަންނަނީ.
މުސްކުޅިހާލުގާ ގޭގާއިންނަވަން ނޭގުނުބޭ ފުޅެން މިއިީ.
ގައުމަށް ދިމާވެ ފާހުރި އެއް ނުހޮރޮށްޕާން. ދެންހުރީ
ތިވަރުގެ އަނެއްބޭ ފުޅާ..
އޭނާވެސް ތިކަލަ ކޮސްވާހަކަ ފަތިވަރު ގަނާ.
ކާފަ ފުވަކޭ ބިލަތޭ ހުންޏޭ ކަރަންފުލޭ ދުވާތަބަކޭ ނުކިޔަބަލަ! ތިހެން ބައިސާ ކަނޑާ ނޫސްތަކާއި ޓީވީތަކުގެ ޚަބަރަށް ސުރުޚީ އަރުވާތާ 41 އަހަރު ފުރިއްޖެ. ވީކަމެއް ހަރާން
ޢައްނިއައް އިސްލާމް ދީނައް ގޮވާލަން ދަޢުވަތު ނުދޭތި ވަރައް ރުޅިގަދަވާނެ ޑައިވިންދާންދައުވަތު އަރުވާ.
އެމްއާރުއެމް ވެގެންދާނީ އަނެއްކާވެސް މިގައުމުން ދެފަޅިވާނެ ޕާޓީއަށް
ދިވެހިންނަށް މިހާރު ހަނޑުލު ގުޅައަށް ވުރެ މީރު އެއްޗެހި އެބަހުރި
ބައްޕާފުޅު އެ ހުންނެވީ ނަސީދު އުފެއްދި ފިކުރެއްގެ ތެރޭގައި. ޔުމްނާމައުމޫނު
އެހެންވީމާ ނަސީދު ބުނިހާގޮތެއް ހަދައިގެން ގައުމު ފަސާދަ ކުރުމުގެ ބޮޑު ބަދަލެއް ގެންނަން ޖެހޭނެ. މައުމޫނު
ދިވެހިން ވަރަށް ރަގަޅަށް ދަންނަ އެއްޗެއް ޗިލީސޯސްއަކީ .ދެން ޗިލީސޯސް ބޭނުމެއްނުން.
ޙިނިއަންނަނީ
ޑިމޮކްރަސީ އަކީ ދުނިޔޭގެ އެއްމެ ބޮޑު ފިތުނަ. އިސްލާމުންގެ އެއްބައިވަންތަ ކަން ނަގާލި އެއްޗެއް
ޢައްބާސް އިބްރާހީމް ، އިލްޔާސް އިބްރާހީމް ، ޢުމަރުޒާހިރު ، ނާދިރާ ، ޔުމްނާ ، ދުންޔާ ، އެދެމީހުންގެ ފިރިން ، ނަޞްރީނާ ، ފާރިޝް ލައިގެން ބާރަށް ކުރިޔަށް! 300 މީހުންގެ ޖަލްސާއަށް މީހުން ހަމަކުރެވުނީ ދޮޅުގަޑިފަހުން އެތަކެއް ކޯލްތަކެއް އާދޭސްކޮށްގެން. ޖަލްސާ ނުނިމެނިސް ތިންބައިކުޅަ ދެބައި ބޭރުވެއްޖެ! ނިމުނު އިރު ތިބީ ފަސްދޮޅަހަކަށްމީހުން! ކީކޭ ތި ކިޔެނީ؟
ބެއްޔާ އަށް އިނގޭނީ ހިބަރު ވަދު ދުއްވަން.
އެންމެ އަމިއްލަ އެދުން ބޮޑު ޕާޓާ...
ތިގޮތައް މީހުން ގުނބޯ ހެއްދުނު ޒަމާން ހިނގައްޖެ ދެނެއް ތިކަމެއް ނުކުރެވޭނެ މޮޔަނުވޭ ކަލެއަކައް އެއްބައިވަންތަ ކަމަކައް ކަމެއް ނުކުރެވޭނޭ އަނެއްކާވެސް ތިޔަޕާޓީވެސް ފުނޑާލެވިދާނެ އަމިއްލަ އެދުމުން ފޯވެ ފަ ހުރިމީހަކައް ކިހިނެއް ކަމެއްކުރެވޭނީ