ފުލުހުން ވެހިކަލްތަކުގައި ސްޓިކާ ޖަހާ އަދަދު މިދިޔަ އަހަރު ފެބްރުއަރީ މަހު އާއްމު ކުރަން ފެށިފަހުން އެންމެ ގިނައިން އެއް ހަފްތާ ތެރޭގައި ސްޓިކާ ޖެހީ މިދިޔަ ހަފްތާގައި ކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހާއި ދެމެދު ފުލުހުން ވަނީ 1672 ވެހިކަލެއްގައި ސްޓިކާ ޖަހާފައެވެ.

ޕާކިންގ ވަޔަލޭޝަނސް ސްޓިކާ ޖެހުމުން، ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ފަހަރު ނަމަ ދައްކަން ޖެހެނީ 250 ރުފިޔާއެވެ. ދެވަނަ ފަހަރު ނަމަ 500 ދައްކަން ޖެހޭއިރު، ތިން ވަނަ ފަހަރު ނަމަ ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހެއެވެ.

ފުލުހުން ސްޓިކާ ޖެހި ވެހިކަލްގެ އަދަދާއި، އެވެހިކަލްތަކުގެ ތެރެއިން ކޮންމެ ވެހިކަލެއް 750 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ބަލައިގެން ހިސާބު ހަދައިފި ނަމަ ހަފްތާއެއްގެ ތެރޭގައި ފުލުހުން ވަނީ ވެހިކަލްތަކުގައި ސްޓިކާ ޖަހައިގެން ދައުލަތައް 1.2 މިލިއަން ރުފިޔާ ހޯދައި ދީފައެވެ.

ފުލުހުން އާއްމު ކުރަމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރު މީގެ ކުރިން ހަފްތާއެއްގެ ތެރޭގައި ފުލުހުން އެންމެ ގިނައިން ވެސް ސްޓިކާ ޖަހާފައި ވަނީ 1300 އުޅަނދުގައެވެ.

ގިނަ އަދަދެއްގެ ވެހިކަލްތަކުގައި ޖޫރިމަނާ ކުރުމުގެ އިތުރުން ފުލުހުން ވަނީ މިދިޔަ ހަފްތާގައި ގިނަ އަދަދެއްގެ ވެހިކަލް ޓޯވ ވެސް ކޮށްފައެވެ. މިދިޔަ ހަފްތާގައި ފުލުހުން 123 ވެހިކަލް ޓޯވ ކުރިއެވެ.

ވެހިކަލްތައް ޓޯވ ކުރުމުން އެހާތަނަށް ދައްކަން ޖެހިފައި ހުރި ހުރިހާ ޓްރެފިކް ޖޫރިމަނާ ފައިސާއެއްގެ އިތުރުން ޓޯވ ކޮށްފައި ވަނީ ފުރަތަމަ ފަހަރަށްނަމަ، 250 ރުފިޔާ، ދެވަނަ ފަހަރަށްނަމަ 500 ރުފިޔާ، ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 750 ރުފިޔާގެ ޖޫރިމަނާ އެއް އަދި ޤަވައިދާއި ހިލާފަށް ޕާކް ކުރި މައްސަލައިގައި ފުރަތަމަ ފަހަރަށްނަމަ، 250 ރުފިޔާ، ދެވަނަ ފަހަރަށްނަމަ 500 ރުފިޔާ، ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 750 ރުފިޔާގެ ޖޫރިމަނާއެއް ނުދައްކަނީސް އަނބުރާ ވެހިކަލެއް ނުލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ރަސީދު

    ބަޖެޓަށް ފައިސާ ހޯދަން މީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކުރާކަމެއް ބާވައެވެ، އިބޫ ސޯލިހު ކިޔެވީ ކޮން ރޮނގަކުން ކޮން ޔުނިވަސިޓީ ގަބާވައެ

  2. ކާފަރ

    ސަރުކާރުގެ އޯގާވެރިކަން ހުރި މިންވަރު. ސްޓިކާ ޖަހަންހުންނަ ފުލުސް ސޮރުވެސް އެނގުމަކާއި ލައިގެން ނުވަތަ ނުލައިވެސް ސްޓިކާ ޖަހާލާއިރު ހިތަށްއަރާނެދޯ ސްޓާޖަހާ ތަނުގެ ތިމާގެ ނިކަމެތި ބައްޕަ/ބޭބެ/ކޮއްކޮ/އާއިލާގެ މީހެއް/ރައްޓެއްސެއްގެ ސައިކަލްވެސް ހުރެދާނެއޭ. ނުދަންނަ ދިވެހިރައްޔިތަކަށް ކުލުނެއް ނެތަސް!!!!!!

  3. ާައަސްލަމް

    ރަށްޔިތުން ފެލާ ސަރުކާރެއް

  4. ސަންފައްތަ

    ސްޓިކާޖަހައިގެން އާމްދަނީ ލިބޭނެކަމަށް ލަފާކުރާވަރު ބަޖެޓުގައި އޮތީ ޖަހާފަ. އެހެންވީމާ އެއީ ފުލުހުންގެ ޒިންމާއެއް.

    15
    1
  5. ފާނަ

    މިސަރުކާރު ލާރިހޯދަނި ރައްޔިތުން ފެލައިގެން..އެއްވެސް މަސައްކަތެއް ނުކޮށް މިމީހުން ޕޮލިހުން ލައްވާ ކުރާކަމަކީ ހަމައެކަނި ތިކަންތައް...ހެޔޮވާނެތަ ޓެކްސް ދައްކައިގެން އެކާބައިވަރު އަދި އެވަރުން މިވެގެން..ދެންތިހަމަ ރައްޔަތުންގެ ލޭބޮނީދޯ .....

    12
    2
  6. Alibe

    ތިޔައީ މިސަރުކާރުން ދައުލަތަށް އާމްދަނީ ހޯދުމަށް ބަޖެޓުގަ ޖަހާ ފަ އޮތްކަމެއް. އެހެންވީމަ ޖެހޭނެ ހުރިހާ މަގެއްގަ ޕާކުނުކުރެވޭ ގޮތަށް ދަވާދުލާ ފަ ރައްޔިތުން ފެލަން.

    14
    2
  7. އިބްރާހީމު

    އަޅުގަނޑުގެ ސައިކަލުގައި ދެ ސްޓިކާ ޖަހައިފި. އެކަމަކު އެއީ ނުގަވައިދުން ޕާކުކުރީމަ. އެހެންވެ ނެތް އަނގަހުޅުވާލެވޭކަށް. ގަވައިދަށް ހުރުމަތްތެރިކޮށް ހިތަން ދަސްކުރަން އެބަޖެހޭ. ވަރިހަމަ ކޮންމެ ޕާޓީއެއް ވެރިކަން ކުރިޔަސް. ހިތުހުރިތާކު ޕާކުކުރަންޏާ ސްޓިކާ ޖަހާނެ. ޓޯވެސް ކުރާނެ. އެހެންވެ ހައްޕުކިޔައިގެން މިހިރީ.

    7
    12
  8. ބަކުރުބެ

    ވެން މަސް ވެނަށް ކާންދިނުން

  9. ޝަމް

    ޕާކިންގް ސްޓިކަރ ޖުރިމަނާ ތަންކޮޅެއްބޮޑީ. 750 ރުފިޔާ ދުވާލަކަށް ލިބޭނީ އާންމުންގެ ތެރެއިން މަދުމީހަކަށް.

  10. ބަޒުރާ

    ސްޕްރީމް ކޯޓު ދޮރުމަތީގަ އޮންނަ ދަންޑެހެލު ޕާކިންގ ސަރަހައްދުގައި ޕާކު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފަވެސް އެދިމާ މަގުމަތީގަ ޕާކުކުރެވޭގޮތަށް ޕާކިންގ ޒޯނެއް ހަދާފަ އެއޮތީ ކީއްވެބާއޭ ހިތަށްއަރާ. ދަންނަހެލުޕާކުގަ ބޯކޮށް ހުސްތަން އޮންނައިރުވެސް މަގުމަތި އޮންނަނީ ފުރިފަ އަދި ނުވިތާކަށް ބަންޑާރަ މިސްކިތްކައިރީ ޕޭމަންޓަށް އެއްފަޅި އަރުވާފަ އޮންނަ ކާރުތައްވެސް އެހާގިނަ. ޕާކިންގ ޒޯން ހެދުމުން ކުރަނީ ކޮން ފައިދާއެއް؟ މަގަށް ލުޔެއް ނުލިބޭ.

  11. ޢިބޫ ސޯލިހު

    ޢަޅުގަނޑުމެންގެ ސަރުކާރަކު ސްޓިކާ ނުޖަހާނެވާހަކަ އަޑުއެހިން. ޢަނެއްކާ ޕޮލިހުންގެ އިސްބޭފުޅަކު ބުނުއްވާ އަޑުއެހިން " އަޅުގަނޑުމެންނަށް ވެސް އެންގޭ މިހާރު މާލޭގައި ޕާކްކުރާނެ ޖާގަ ނެއްކަން އެހެންވީމަ އަދި ގަވާއިދާ ހިލާފަށް ޕާކްކުރި ކަމުގައި ވިޔަސް މަގަށް ދަތިނުވާ ގޮތަށް ޕާކްކޮށްފަ ހުންނަ ވެހިކަލްތަކުގަ ސްޓިކާ ނުޖަހާނަން " މިހެން ބުނި އެކަމަކުވެސް މަގަށް ދަތި ނުވިޔަސް ސްޓިކާ ޖަހާ . ދެރައީ ބުނާބަހާ އަމަލާ ދިމާނުވާތީ

  12. ރޮނޑާ

    މާލޭގެ މަގުތައް އަދިވެސް އިތުރައް ހަނިކޮއްފަ މަގުމަތީގަ ކުދިޕާކު ތައް ހަދަންވީ. އޭގެފަހުން ރައިއްޔަތުންނައް ވިސްނަދޭންވީ މަގުމަތީގަ ދުއްވާބަޔަކު އެއްގޮތަކައްވެސް ގަވާއިދަކައް ހުރުމަތްތެރިކޮއް ނުހިތާވާހަކަ. ރައިއްޔަތުންނައް އުދަގޫވާގޮތައް ވެހިކަލްތަ ޕާކު ކޮއްފައި ހުރުމުގެސަބަބުން ހިނގާ ބިނގާ ވާމީހުންނަ ވަރައް އުދަގޫވެއޭ. އެެިރުން އިސްޓިކާ މަތިމައްޗައް ޖެހުމަކުން މައްސަލައެއްނެތެއްނުން
    މިކަހަލަ ހާސަރުތަކެއް ކިޔާފަ ވެހިކަލްތަކުގެ އިމްޕޯޓު ޑިއުޓީ ބޮޑުކުރީވެސް. ... ...ބާކާރުގަނޑެއް އެތެރެކުރީމަ އޭތި ގަންނަ އަގައްވުރެން އެތައްގުނައެއް އިތުރައް އެބަނަގާ. ކިހާމޮޅު. އޭތިއުފައްދާ ފެކްޓަރީޢައްވުރެ ލިބޭ ފައިދާބޮޑު. މިއައްވުރެވަކި މޮޅު ވިޔަފާރިއެއް ދައުލަތަކުން ކުރާނެތަ. ބައެއްގައުމު ތަކުން އަނެއްގައުމަކައް ދަތިކުރުމުގެ ގޮތުން މިފާޑުގެ ސިޔާދަތު ކަޑައަޅާ. ދިވެހި ވެރިންގެ ވިސްނުން ހުންނަނީ ކޮންމިސުރާބަކައްކަމެއް ނޭގޭ. ސީ ސީ މަތި ސައި ކަލެއް ވެއްޖެއްޔާމު އޭގެ ޑިއުޓީ އިތުރައް ބޮޑު. އެކަމަކު ދުއްވަން ހުއްދަ ދީފަ އިންނަ ސްޕީޑެއް ތަފާތެއްނުވޭ. މަގުމަތީގަ ޕާކު ކުރަން ވަކިހާއްސަކަމެއް ދީފަހުންނަނީކީނޫން. ބޮޑުސައިކަލް އަށް ދައުލަތުން ޕެޓރޯލް އަޅާދެނީ އެއްނޫން. .ރައިއްޔަތުންގެ މައްޗައް ހަދާގާނޫނެއް ވެއްޖިޔާމު ހަމަތަކާއި މިންގަޑުތަކެއް ކަޑަ އެޅި ބުއްދިއައް ބަލައިގަނެވޭނެ އުސޫލުތަކެއް ހަމަޖެހިފައި އޮންނަންވާނެނުންތަ؟ބުރާންޗަކު ހުރެފަ މިހެން ހަދާ ގަވާއިދަކައް ބަދަލެއްގެންނަންވެސް އަންނަ އާސަރުކާރަކުން އުޅެނީއެއްވެސްނޫން.

  13. އެންދެރި

    މިކަން ހުއްޓަލާށެވެ.

  14. ހޯމް އެފެއާޒް

    ފުލުހުންގެ ބޮޑުން ތިލާރިގަނޑުތައް ނުކައިފިއްޔާ ކިތައްމެހާވެސް ރަގަޅު.