ކޯޓަށް މީހަކު ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމާއި ގުޅިގެން އޭނާ ހޯދަން ފުލުހުން މިއަދު އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ގދ.ފިޔޯރީ، ހެވެންލީހޭވަން، ނާޒިލު ޢަފީފް (39އ) އެވެ.

ނާޒިލު ޢަފީފް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރުމަށް ބޭނުންވެ ޙާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2019 ނޮވެމްބަރު 26 ވަނަ ދުވަހުގެ 10:00 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ނާޒިލު ޢަފީފާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެންދެރި

    މީރާ އަދި ބީއެމްއެލް އަށް ގިނަ ގަޔަކު ދަރާފަ އެވެ. ޖޫރިމަނާ އަދި އިންޓްރެސްޓް ނުދެއްކި ގެންނެވެ.

  2. ހެހެހެ

    ތީ ވަރަށް ފައްކާ ގޮލައެއް.

    • ޚިޔާލު

      ތިގޮލާ ވަރަށް ދުވަސް ވެއްޖެ ތި ބޮނޑި ބޯން އުޅޭތާ..މީހުން އަތުން މަކަރާއި ޙީލަތުން ހަރާން ގޮތުގައި ލާރި ހޯދައިގެން އަނބި ދަރިންނަށް ކާންދީގެން އުޅެނީ..ބައެއްފަހަރު އުޅޭނެ ބަންގާޅު ކޮށްޓަކުން ކޮޓަރިއެއް ހިފައިގެން އަނބިދަރިން ގޮވައިގެން ފިލަން ވެގެން. ސައިކަލް ވެސް ޕާރކު ކުރާނީ އެ ކޮށީގެ އަނެއް ފަރާތުގަ..މަވެސް ވަރަށް ހޯދައިފިން ތި ކަލޭގެ!..