އިސްލާމް ދީން ގަބޫލު ނުކުރާ މީހުން ޝެއިހުން ދެކެ ރުޅި އަންނަނީ ޝެއިހުންނަކީ އިސްލާމް ދީނާއި ހިލާފު އެއްވެސް ކޮޅަކަށް ޖެހޭ ބަޔަކަށް ނުވުމުން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިހް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޑޮޓު ތަކްފީރީ މީހުންނާއި، ލާދީނީ މީހުން ހިންގާ ހުރިހާ އަމަލުތަކުން ޝެއިހުން ބަރީއަވެގެންވާ ކަމަށާއި، އެދެބައިމީހުންވެސް އެންމެ ރުޅި އަންނަ ބަޔަކީ ޝެއިހުން ކަމަށެވެ. ސަބަބަކީ ޝެއިހުންނަކީ އިސްލާމް ދީނުގެ އަދާވާތްތެރިިންގެ ކޮޅަށް ޖެހޭ ބަޔަކަށް ނުވުމުން ކަމަށާއި އިސްލާމް ދީނުގެ އަދުއްވުންނާ ދެކޮޅުވާކަން ފާޅުގައި އިއުލާން ކުރާ ކަމަށް ޝޭހް ޒައިދުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

 

ޝޭހް ޒައިދު މިހެން ވިދާޅުވެފައި ވަނީ ލ. ގަމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށުގެ އެމްޑީޕީ ހަރުގޭގެ ދިދަނެގުމުގެ ރަސްމިއްޔާތުގައި ދެކެވުނު ވާހަކަތަކެއްގެ ސަބަބުން މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި ވަނީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށާއި، އެހިސާބުން އެކަން ނިމުނީ ކަަމަށާއި އިތުރައް މިގައުމުގައި ދީނަށް ގޮވާލުމަކީ ބޭނުންތެރި ކަމެއް ނޫންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޑ

    ނިސާ ސޫރަތުގެ 88 ން 94 ކަށް. މާނަ ކިޔާލަބާ.
    އެމީހުން ރުޅި އަންނަނީ ކީއްވެކަން އެނގޭނެ.

  2. ދަންނަ

    ޝެއިޚުންނަށްވެސް އުޅެވޭގޮތަކުން އިސްލާމްދީނުގެ މަތިވެރިކަން ކިލަނބުކުރެވެމުން އެބަ ދޭ. ދެރަ ކަންކަން އެބަ ހިގާ ޝެއިޚުންގެ ސަބަބުންވެސް.

  3. ކަޅުބެ

    ޒައިދު މެން މިހާރަކު މާތާހިރެއް ނޫން ތިވާހަކަތައް ދައްކާކައް ކަލޭމެންނައް ރަނގަޅައް އެނގެންވާނެ މީމިކަހަލަ ބައެއްކަން އެކަމަކު ކަލޭމެން އެންމެން ވެސް ބޭނުން ވީކީ ދީނާ ގައުމެއްނޫން ކަލޭމެން ކުރިއައް ނެރުނީ ދަހިވެތި ކަމާ ހަސަދަ ވެރިކަން އޭގެ ނަތީޖާ މިހާރު ފެންނަމުން މިދަނީ.

  4. އަބުޅޮ

    މި ރާއްޖޭގައި މުރުތަދުން އުޅޭތޯ؟

    • ފަރުމަސް

      އާނ. އުޅޭ. މިސާލަކަށް އެމްޑީއެންގެ ރިޕޯޓް ލިޔުނު ބައިގަނޑު. އެރިޕޯޓް ދިފާއުކުރަން އެންމެ އިސްކޮށް ހަރަކާތްތެރިވި ބަައިގަނޑު. އިސްލާމްދީނުގެ ޝަރީއަތަށް ކޮންމެހެން އުޅެން ނުޖެހެޔޭ ބުނާ ބައިގަނޑު. ދީނުން ބޭރުވުމަކީ ކުށެއް ނޫންކަމަށް ދެކޭ، އެކަމުގެ މިނިވަންކަން އޮންނަންޖެހޭކަމަށް ގޮވާ ބައިގަނޑު. މިސްކިތްތަށް ތަޅާލުމަށް ގޮވާލާ ބައިގަނޑު. މުޖޫނައީމަށާއި އޭނަގެ ލާދީނީ ހިޔާލަށް ތާއިދުކުރާ ބައިގަނޑު. ޓްވިޓާގަޔާއި ފޭސްބުކް ހާވާލީމަ ފެންނާނެ މިފަދަ މުރުތައްދުން.

      14
  5. އަލީ

    ޒައިދު އަދިވެސް މިސަރުކާރުން އިސްތިއުފާ ދޭކަށް ނުވޭތޯ؟

  6. ބޯބުރި

    މަށަށް އަދި މި އެނގުނީ މީ ޝޭހެއްކަން