ޝައިހް އިމްރާން އަބްދުﷲ

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި އެވެ.

ޝައިހް އިމްރާން މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު ވެސް މާލެ ގެނެސް އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް ދައްކާ ސްކޭނެއް ހަދާފައިވެ އެވެ.

ޝައިހް އިމްރާންގެ އާއިލާއިންނާއި އެމަނިކުފާނު ނިސްބަތްވާ އަދާލަތު ޕާޓީން ގެންދަނީ އިމްރާނަށް އެކަށީގެންވާ ސިއްހީ ފަރުވާ ލިބެމުން ނުދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިމްރާނަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ، މެއި 1، 2015 ގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި ބޮޑު މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި މައްސަލައިގަ އެވެ. އިމްރާނަށް ހުކުމް އިއްވީ ބޭއިންސާފުން ކަމަށް ބުނެ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް މައްސަލަ ހުށަހެޅުމުން އެ ގްރޫޕުން ނިންމީ އިމްރާނާ އެއްކޮޅަށެވެ.

އިމްރާން ވަގުތުން މިނިވަންކޮށް، މިހާތަނަށް އޭނާ އަށް ގެއްލުނު ހައްގުތަކުގެ ބަދަލު ދޭން ވެސް ޔޫއޭން ވޯކިން ގްރޫޕުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިމްރާން ދޯކޮއްލާ