ދިވެހިރާއްޖޭގައި ކާފަރުންނެއް ނެތް ކަމަށާއި، ހަރުކަށި ފިކުރުގެ މީހުން ދަޢުވަތު ދެނީ ހަނގުރާމައަށް ދިޔުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ ރޭ ލ. ފޮނަދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި ރައީސް ނަޝީދު އެމަނިކުފާނުގެ ވާހަކަފުޅު ބިނާކުރެއްވީ މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަނުން ޑރ. އަފްރާޝީމް އަވަހާރަކޮށްލި ގޮތާ ބެހޭގޮތުން ނެރުއްވާފައިވާ ރިޕޯޓަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެއީ ވަރަށް "ސާފް ރިޕޯޓެއް" ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ ހަނގުރާމަޔަށް މީހުން ފޮނުވާ ދިވެހި ޖަމާޢަތުން ކަމަށާއި، އެއީ އަލްޤައިދާ ޖަމާޢަތުގެ ދިވެހި ގޮފި ކަމަށެވެ. ދިވެހި ރާއްޖޭގައި އެ ޖަމިއްޔާގައި އޮޕަރޭޓް ކުރަނީ ސެލްތަކެއްގެ ގޮތުގައި، ބަހާލައިގެން ކަމަށާއި، އެމީހުންގެ މަސައްކަތް ކުރިއަށް ދަނީ 3 ބަޔަކަށް ބަހާލައިގެން ކަމަށާއި، އެއީ ދަޢުވަތު ދޭ މީހުންނާއި، ފައިސާ ދޭ މީހުންނާއި، ޖަރީމާ ހިންގާ މީހުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީހުންގެ ފުރާނަ ހިފުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި، ފައިސާ ވަގަށް ނެގުމަކީ ހަލާލް ކަމެއް ކަމަށް ރާއްޖޭގައި ހިންގާ އަލްޤައިދާގެ ހަރުކަށި ފިކުރުގެ މީހުން ޤަބޫލުކުރާ ކަމަށް ކޮމިޝަނުގެ ރިޕޯޓުން ހާމަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ދާދިފަހުން އއ. މާޅޮހު ބޭރުން ހުއިފިލަނޑާ ނަގާ ދޯންޔެއްގައި ހިނގި ހަމަނުޖެހުމަކީވެސް އޭގެ ތެރެއިން ސެލް އެއްގެ ބަޔަކުގެ މެދުގައި ހިނގި ކަމަކަށް ވެދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ ސެލްތަކުން ދަޢުވަތު ދެނީ ހަނގުރާމަޔަށް ދިޔުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު މި ލަފާކުރަނީ ސެލް އެއްގެ މެމްބަރަކަށް ވާނީ. އިހަކަށް ދުވަހު މަޑުއްވަރީ ދޯންޔެއްގައި، މާޅޮހު ބޭރުގައި އަޅާފައި އޮތް. ބައިއަތު ނުހިފީމާ، މަރާލަން ޖެހި އެތިފަހަރު، މާތް ރަސްކަލާނގެ އިރާދަފުޅުން އޭނާ ސަލާމަތްވީ، ކަނދުރާގައި ޖެހިފައި ހުރީ. އެސޮރުގެ ކަރު ބުރިއެއް ނުވި، އޭނާ އެބައޮތް އައިޖީއެމްއެޗް ހޮސްޕިޓަލުގައި. އޭނާ ބައިއަތު ނުހިފީ ކޮން ކަމެއް ކުރަން ކަމެއް އަދި ނޭނގޭ، ސަހަލު ކަމަކަށް ނުވާނެ،"
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ހަނގުރާމަވެރި ޖަމާޢަތުގެ ސެލްތަކުން ގިނަ އަދަދެއްގެ ދިވެހި ކުދިން ލީބިޔާ، ސީރިޔާ އަދި އަފްޢާނިސްތާނަށް ހަނގުރާމައަށް ކަމަށް ބުނެ ގެންގޮސްފައިވާ ކަމަށެވެ.
"ރަނގަޅު ކައުންސިލެއް އުފެއްދޭހާ ކުދިން އެބަތިބި ހަނގުރާމައިގެ މައިދާނަށް ވިއްސާފައި. އަޅުގަނޑުމެންގެ ޖިންސުއްލަތީފުން ޖާރިޔާއިންގެ ގޮތުގައި މުޅި މެދުއިރުމަތީގައި ވިއްކައިފި. އަޅުގަނޑުމެންގެ ރާއްޖެ ނުރައްކަލުގެ ތުންފަތަށް އެމީހުން ގެނެސްފި. މިއީ އަޅުގަނޑުމެން ވަރިހަމަކޮށްގެން ތިބެން ވާނެ ކަމެއް ނޫން. މި ރާއްޖެ އަޅުގަނޑުމެންނަށް ހޯދަން ޖެހޭނެ. މި ރާއްޖެ އޮންނަން ޖެހޭނީ ދިވެހިން ބޭނުންވާ ގޮތަށް. މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކާ އެއްގޮތަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޖޭގަތިބީ ނަމުން މުސްލިމް ގިނައިން ދީނުގަ މަނާކަމެއް ވިޔާ ކުރާ މުސްލިމް
ރާ ވިއްކޭ
ރިބާ އޯކޭ
އައުރަނި ވާނު ވިޔަސް އޯކޭ
ލަ ވަޔާ މިއުޒިކު އޯކޭ
ޕްލޭނަކާއި ވައްތަރުވާންފަށައިފި ، ސަބަބަކީ ސިފައިންނަށްވެސް ތުހުމަތުކުރީމަ މިސޮރު...
އެލްޖީބީޓީ ،އެމްޑީއެން،މުޖޫ މިއީ ސޮހަލުންތަ؟ ސިއުޓު ކިޔާފަ އަންހެން އަންހެނުންނާ ކައިވެނިވެގެން އުޅުމަކީ ކޮންކަހަލަ ކަމެއްތޯ؟ އިސްލާމީ ޟަރީއަތަށް އިންކާރުކުރުމަކީ ކޮންކަހަލަކަމެއްތޯ ޕްރޮފުސެރު ނަޟީދު އަކަ ކެނެރީ ސައްތާރު ގެ ދަރި
މިހާރު ބޯ ކޮށް ލާދީނީ މީހުން އެބަ އުޅޭ. ތީވެސް އޭގެ މީހެއް
މުޖޫނަޢީމް އަކީވެސް ދިވެހި ޕާސްޕޯރޓު ގެންގުޅޭ ކާފަރެއް.
ހަނގުރާމަޔަށް މީހުން ފޮނުވާ ދިވެހި ޖަމާޢަތަށް ވުރެ އެއްލައްކަ ގުނަ ނުރައްކަލީ، ދިވެހިރައްޔިތުންގެ ނަމުގައި ދެއުޅިއެއް ނުވާ ރުވައިބިޟާއިން ކުރީގެ ގަލޮޅު ބަކަރި ކޮށި ހުންނަތަނުގައި ފާޑެއްގެ ސައްލާކުރާ ގެއެއްހަދައިގެން އުޅޭއިރު،
ހީވަނީ ތާރީޚު އިޢާދަވަނީހެން، ހަމަ ބަކަރިކޮށި، އެބަކަރިކޮށީގައި ތިބި ބަކަރި ތަކަށްވުރެ، މިބުނާ ސައްލާކުރާ ގޭގައި މިހާރު މިއުޅޭ ދެއުޅިއެއްނުވާ ރުވައިބިޟާއިންގެ މަގުފުރެދުން މާބޮޑު. ﷲ ސުބްޙާނަހޫ ވަތަޢާލާ މޮޅަށް ދެނޮވޮޑިގެންވަނީ.
ރަސްމީ ގޮތުން ކާފަރެކެ ނުބުންޏަސް މަނިކުފާނު ވިދާޅުވިކަމަށް ޔޫޓިއުބުގާ އެބައޮތް މަނިކުފާނު އޭނަގާތު ވިދާޅުވިއޭ މުހަންމަދު ގެފާނު އެއީ ރަސޫލެއްނޫން ކީރިތި ގުރްއާން އެއީ މާތްﷲ ބާވައިލެއްވި އެކަލާނގެ ކަލާމް ފުޅެއްނޫނޭ މަނިކުފާނު އެހެން ވިދާޅުވި ކަމަށް ވާނަމަ މަނިކުފާނު ވާހުށީ ކާފަރަކަށް. މިހާރުވެސް ޔޫޓިއުބުގާ އެހުރީ ދި ޓީވީގެ ވީޑިޔޯ . ވީމާ މ،ަނިކުފާނަށް ވާޖިބު އަލުން އިސްލާމްދީނަށް ވަނުމަށް ދިންދައުވަތު ގަބޫލުކޮށް މުސްލިމަކަށް ވާން. މަނިކުފާނު އެވާހަކަ ވިދާޅުވިކަމަށް ދިޓީވީގެ އެވާހަކަ ދައްކާފަ ވަނީ އެންމެ މީހެއްގެ ހާޒިރަކު ނޫން. އެހުރީ މިހާރުވެސް އެ ވީޑިޔޯ ބައްލަވާލައްވާ.
ނަސިދަކީ ކާފަރެކޭ ބުނެލެވޭ މިންވަށް ލާދީނީ ނަސީދު ޖައްސަވާ ޔޫޓިއުބްގާ ސާޗް ކުރުމުންނާ ހައްދުތަކަށް ދެކޮޅުހެދި ކަމަށް ވިދާޅުވި ވީޑިއޯ ތައް ބެއްލެވުމުން ކަނޑައަޅަން ފަސޭހަވެގެންދާނެ. އަދި ތއުބާ ސޫރަތުގެ 65،66 އާޔަތް ވިދާޅުވޭ އެގޭ މުސްލިމަކު ކާފަރު ވެދާނެކަމާ އެކަމާބެހޭ މައުލޫމާތު
ބުނާ ބަހަކުން ކުރާކަމަކުން.މީހާ މުރުތައްދު ވެދާނެ އެވެ. 50 އަހަރު ވިއަސް ދީން ކިޔަވާ ދޭން ވީ އެވެ.
ކޮބާ މައްސަލަޔަކީ ހަނގުރާމަޔަށް ދިއުމުން މުސްލިމުން ކަމުގަ ވަންޔާ ؟
ޢެއީ ތެދެއް އޭނަ ކާފަރު ވެފައެއްނުން ހުރީކީ! އޭނަ ގަބޫލުކުރާ ނަސާރާދީން އެއީ ދީނެއް ކަމަށް ގަބޫލުކޮށްގެން ހުރީމަ އޭނައަކަށް ނޭގޭ އެހެރީ އިސްލާމް ދީނުން ބޭރުވެފަ މުރުތައްދު ވެފަކަމެއް
ލާދީނީރިޕޯޓު ނެރެނީ އި ގިރޭސިވިލާތައް ކުފުރުވާންދާންތޯ؟؟؟؟؟؟؟؟؟؟؟؟؟ #ބޭންއެމޑީއެން