ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ނިމިދިޔަ ލީޑަރޝިޕްގެ އިންތިޚާބުގެ ނަތީޖާ ޤަބޫލު ނުކުރައްވާ ކަމަށާއި، ވޯޓު އޮޅުވާލާފައިވާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން "އައްޑޫލައިވް" އަށް އަސްލަމް ވިދާޅުވީ، ނަތީޖާ ޤަބޫލު ނުކުރައްވާކަން ޕާޓީއަށް ވެސް މިހާރު އަންގާފައިވާނެ ކަމަށާއި، ނަތީޖާ ޤަބޫލު ނުކުރައްވަނީ ވޯޓުގެ ކަންކަމުގައި އޮޅުވާލުންތަކާއި އެހެންވެސް ބައެއް ކަހަލަ ޝައްކު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

އަސްލަމް ވިދާޅުވީ އިންތިޚާބު ޤަބޫލުނުކުރައްވާ ސަބަބުތައް ބަޔާންކޮށް، ޕާޓީގެ ސެކްރެޓޭރިއެޓަށް ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށެވެ. އަސްލަމްވަނީ މި އިންތިޚާބުން ފާހަގަކުރެވުނު 11 މައްސަލައެއް ހުށަހަޅާފައެވެ.

އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ޤަބޫލުކުރެވޭ ކަމަށް މެމްބަރު އަސްލަމް ވިދާޅުވެފައިވާއިރު، އިންތިޚާބުގައި ޝައްކު އުފެދޭ ގިނަ ކަންކަން ހިނގާފައިވާ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބަޔަކުވެސް ދަނީ ބުނަމުންނެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އެމްޑީޕީން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި އިންތިޚާބާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު، މުހައްމަދު މުސްތަފާ ވެސް ވަނީ އިންތިޚާބާއި މެދު ގިނަ ސުވާލުތަކެއް އުފައްދާފައެވެ. މުސްތަފާ ވިދާޅުވީ، ބައެއް ރަށްރަށުން އެއްވެސް "ހަމައެއްނެތި ވޯޓު އަޅާލީ ޝިފާޒްގެ ނަމުގައި، އިލެކްޝަން ރާވާ ހިންގީ ވޯޓުން ވައްކަން ކުރަން" ކަމަށެވެ. އަދި އެ ވައްކަންތައް "ވަރަށް ރީއްޗަށް، ވަރަށް އަވަހަށް" ފަޅާ އަރާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

އެމްޑީޕީ ލީޑަރޝިޕް އިންތިޚާބުގައި ވޯޓުލާފައިވަނީވެސް އާދަޔާއި ޚިލާފަށް މަދު ބައެކެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި، އެ ޕާޓީގެ ރަޖިސްޓްރީގައި 87،439 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރު، މި އިންތިޚާބުގައި ވޯޓުލާފައި ވަނީ 23،584 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 26.97 އިންސައްތައެވެ.

މި އިންތިޚާބުގައި އިންތިޚާބުގައި ރައީސް ނަޝީދު އެމްޑީޕީގެ ރައީސަކަށް އިންތިޚާބުވެވަޑައިގަތް އިރު، އެ މަޤާމަށް ކުރިމަތިލެއްވީ ވެސް ހަމަ އެކަނި އެމަނިކުފާނެވެ. އަދި ޕާޓީގެ ނައިބު ރައީސް ކަމަށް، އަސްލަމާއި ވާދަކޮށް ޝިފާޒް ވަނީ ހޮވިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ފަންސުރު

    ޙަމަރަގަޅައް ތިބުނީ ވޯޓް އޮޅުވާ ލާ ފަ އެ އޮތީ

    56
    2
  2. ޖިންނި

    މަހާ ވޯޓްވަގު އެމް ޑީ ޕީ

    56
  3. ސަލާމާ

    ރިޔާސީ އިންތިޚާބުގެ ނަތީޖާ އީސީ ން އޮޅުވަލިކަން އަސްލަމަށް ޤަބޫލުކުރެވިއްޖެއްޔާ އަލްޙަމްދު ލިﷲ އެވެ. ނަތީޖަ އޮޅުވައިލުމުން ވާދަވެރިޔާއަށް ކުރެވޭނޭ ފުން އިޙްސާސް މިއަދު އަސްލަމަށްވެސް ކުރެވިއްޖެއެވެ.

    84
    1
  4. ލ.

    ރުޅި އަންނަ ވައްތަރު ދައްކާނެ ކަމެއްނެ ތިއުޅެނީ އިއްތިހާބައް ރަށްޔިތުްން ގުބޯހައް ދަންވެގެން ތީއެއްކަލަ ކުރިޔައް ހަކުޅިކުޅޭ ގުރޫޕްމީހެއްނު ތީއަހަރެމެންވސް ދައްނަކުޅިއެއް ތިކުޅިކުޅެގެން ވަގުތީ އުފަލެއް ލިބިދާނެ ނަމަވެސް ދާއިމީއުފަލެއް ނުލިބޭނެ ދިވެހީންނައް ނޭގޭކުޅިޔެއްދެން ނުކުޅެވޭނެ ތިގުބޯހެއް ދުންދެން ހުއްޓާލާ

    54
  5. އެންދެރި

    އަންނި އަކީ ހުދު މުހްތާރު މީހެކެވެ. ނަން ވާނީ މައުމޫން އެވެ .

    76
    1
  6. ާަޕޮގުބާ

    ވަގުގަ ވަގު ހި ފީ

    58
  7. ނާނު

    ހަހަހާ މިކާރު ކަލޭމެން ކުރިކަންތަށް ކަލޭމެންގެ އަތަށް ގޮވީ.

    64
  8. ސަންފާދިޔެގެ ޝިނާޒް

    އަސްލަމް އަށް މުޅިންވެސް ދެނީ ލަނޑު.
    ފާދިރީ ކަލޭގެ ކިތައްމެވަރަކަށް އަސްލަމާއި އެއްކޮޅަށް ހުރިކަމަށް ބުންޏަސް އެކަން އޮތީ އެގޮތަކަށް ނޫން.
    ދެވަނަ ލަނޑު ބައިކޮޅަށް ތިވަނީ.

    63
    1
  9. ދޮންބެ

    ކަށީގަ ހިފާފަހުރިކަމެއް އުންދަގޫވާނެ ދޯ ހުއްޓާލަން.

    56
  10. މާނިއު

    އެމްޑީޕީގެ އެއް ވެސް އިންތިޚާބެއް ޑިމޮކްރަސީ އުސޫލަކުން ނުހިނގާ މިހާތަނަށް. އަބަދު ވެސް އޮންނާނީ މީހުން ގުނބޯ ހެއްދުމާއި އަންނި ފެންނަ ގޮތަކަށް ނިންމުން. ނަން ވާނީ އަބަދު ވެސް މައުމޫން. ކަން ވަމުން ދާނީ ޚުދުމުޚުތާރު ވެރިން ކަންކުރާގޮތައް.މި ހަގީގަތް އެމްޑީޕީ މީހުންނަށް ނޭނގެނީކީ އެއް ވެސް ނޫން

    50
    1
  11. މުހައްމަދު

    ޑިމޮކްރަސީގެ މުނި ކާފަ، ކާފަ، އައްޕަ ނަންވާނީ މައުމޫން އަދި ޔާމީން.

    52
    1
  12. ާަޕޮގުބާ

    ވަގު ވޯޓް ވަގުގަ ވަގު ހިފައިފި

    29
  13. ޛޭމަސްކާ

    87000 އަކީފޭކު

    27
  14. ދަންސޫރަ

    އެމްޑީޕީ އަކީ ޑިމޮކްރަސީގެ މުނާފިގުން ތިބޭ ޕާޓީއެއް

    27
  15. ށަވިޔަނި

    ލާދީނީ ދޮންފަޅޯޑިމޮކްރެސީ???

    27
  16. ބަރުގޮނު

    އެއްވެސް ތަނެއްގައި ރައީސެއް ހުންނަންޖެހޭނަމަ ނަޝީދު ބަހައްޓާ. އެމް،ޑީ،ޕީ ގެ ރައީސަކަށް ޕާޓީގެ އެހެން މެމްބަރަކު ކުރިމަތިނުލުމަކީ ވަރަށް ބޮޑު ސުވާލެއް. ޕާޓީ އެތެރޭ އިންތިޚާބުތަކުގައި " އޮޅުވާލުން " އަންނަކަމަށް ވާނަމަ ޑިމޮކްރެސީގައި ތިޔަ ފަނިއެޅީ.

    22
    • ޖުއްބާ

      ޖަމިއްޔާއެއް ވިޔަސް ކުލަބެއްވިޔަސް އަދިސްކޫލެއްގެ ޕީޓީއޭ ވިޔަސް ރައީސަކަށް އިޢުލާނު ކޮށްފިއްޔާ ބަލާތި "އޭނަ" ކުރިމަތިލާނެ....

      21
  17. އައިސް

    ނަމުން ސޯލިހު ކަމުން ޖާހިލު ވީމަވާ ގޮތްތީ ކީއްކުރާނީ އެއް ވަގުހަދާ ގޮތްއަނަނެތް ވަގައްނޭގޭ ބުނާތީ އަޑުއަހަން އެމީހަަކު ފޭހިއިލޮށި ހެރޭނީ އެމީހެއްގެ ލޮލަށޭ މިއަދުމިފެންނަނީ އެހަގީގަތް އަދިވސް ގަބޫލު ކޮއްބަލަ ކަލަކުވޮޑިގެންވާކަން

    20
  18. މުހައްމަދު

    ވޯޓް އޮޅުވާލާ ސަރުކާރު، މިހާރުގެ ސަރުކާރު . ވަގުހަދާ ސަރުކާރު، މިހާރުގެ ސަރުކާރު.

    18
    1
  19. ވާނުވާ

    ތިހިރިއްޔޭ އެތެރޭގެ އިންތިހާބުތަކުގަ އޮޅުވާލާ ވަރު، ދެން އަދި އެހެން އިންތިހާބު ތަކުގަ ކިހާ ވަރެއް ވާނެ

    21
  20. އައިސް

    އެހެން ވީމައެއްނު ހަމައެއް ލަމައެއް ނެތި ހަރާމެއް ހަލާލެއް ނުބަލާ އެމީހަކައްކެވުނު ވަރަކައް އެތިބަކަނީ އެއީހަމަ ޖާހިލުން ނެވެ.

  21. ފޯއު

    ހެއުކޮށް އިމަކަށްވީ. ތަމެންނަށް ހަދާއްވީލެއް ތޭ. ތަގޭ ބައިގަނޑަކީ ވޯޓުން ވިޔަސް އެހެން ކަމަކުން ވިޔަސް ވައްކަން ކެރާ ވަގާމެއްޔަ. ދެން ކޮންތަކާއު ތަ ކޭނީ. އައްޑޫ މީހުން އެވެރިން ބާނެއި ވަކި ހިސާބަކި. ތެހިށީ އެހިސާބި. ހިތްހަމަޖައްސަގަން އެބިހިށު. ހަމަ ހެއުކޮށްވީ.

  22. އައްޑޫ މީހާ

    ކަލޯ ތިކަން ގަބޫލު ކުރީތީ ހިނި އަންނަނީ ! ކަލޯ ތިޔައީ އައްޑޫ މިހެއްނުންތަ؟ ކަލޯ ގުނބޯ ހައްދާފަ އަބަދު ބަހައްޓާނީ ވޯޓުން ވައްކަން ކުރާ މީހުން އެކަން އަބަދު ކުރާނެ އެމީހުންނަކަށް ލާހިކެއްނޫން ސައްހަ ވޯޓަކުން މިގައުމުގެ ސިޔާސީ އެއްވެސް ރޮނގަކުން ކާމިޔާބު ހޯދާކަށް ހަމަ ވޯޓްވަގުން ބަޖެޓް ވަގުން ދެންވެސް ވައްކަން ކުރެވެން ހުރި ހުރިހާ ދިމާލަކުން ވައްކަން ކުރަނީ ދެން އަސްލަމް ޕާޓް ތިހެން ކިޔަކިޔާ ހުރޭ ތިވާހަކަ އަޑު އަހާނެ މީހަކު ނެތް އެމް.ޑީ.ޕީއަކު

  23. އައްޑީބޮޑީ

    ކެރެނީ ބާޣީ ވެރިކަމާ ހެދި އަސްލަމަށް ކެހިދިނީ............އައްޑޫ މީހަކަށް ބާރެއް ލިބުނަކަ ނުދޭނެ....ދެން އައްޑޫސްތައް ހޭއަރާބަލަ............

  24. ލެއްގި ކޮމިޝަނަރ

    2008 އަހަރު މިގައުމުގަބޭވި ރިޔާސީ އިންތިޚާބުންފެށިގެން ހުރިހާފަހަރަކުވެސް އެމްޑީޕީން ވޯޓާކުޅެ މަކަރުހަދާ. ޕާޓީގެ އެތެރޭ އިންތިޚާބަކަސް ޤައުމީ އިންތިޚާބަކަސް މިކަން ހިގަމުންދަނީ މިބުނިމަގުން