ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާނެ ފަނޑިޔާރުންގެ ލިސްޓެއް އިލްމުވެރިން ރައީސުލްުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެއްވުމަކީ ޤިޔާމަތުގެ އަލާމާތެއް ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާ ފަނޑިޔާރުންގެ ކިބައިގައި ހުންނަން ވާނެ ކަމަށް އިލްމުވެރިންގެ ޖަމިއްޔާއެއް ކަމަށްވާ "އިލްމުވެރިން ގުޅުމަށް" ފެންނަ ޝަރުތުތައް ހިމަނައިގެން ބަޔާނެއް ނެރެ، އަދި އެޖަމިއްޔާ އަށް ފެންނަ ބައެއް ބޭފުޅުންގެ ނަންތައް ރައީސް ޞާލިހަށް ފޮނުވުމުން ކުރެއްވި ޓްވީޓެއްގައެވެ.

އިންތި ނުރުހުން ފާޅުކުރެއްވީ މީގެ ކުރިން ޝަރުޢީ ދާއިރާ އާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވެ ތިއްބެވުމަށް ފަހު މިހާރު ފަނޑިޔާރުންގެ ލިސްޓެއް އިލްމުވެރިން ފޮނުވުމުންނެވެ. "ސަދޫމްގެ ފަނޑިޔާރުގެއެއް މިގައުމުގައި އޮތް އިރު އަނގައިން ބުނި އެކަކު ވެސް ތީގެ ތެރޭގައި ނެތް އިރު، ޝަރުތު ހަމަވާ ފަނޑިޔާރުންގެ ލިސްޓެއް ފޮނުވީޔޯ" އިންތި ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް އިލްމުވެރިން ރައީސް ޞާލިހަށް ފޮނުވި ލިސްޓް އާއްމު ކޮށްފައެއް ނުވެއެވެ.

އިލްމުވެރިން އިއްޔެ ނެރުއްވި ބަޔާނުގައި ވިދާޅުވީ ދިވެހިރާއްޖެ އިސްލާހުކުރެއްވުމަށާއި ދިވެހިރާއްޖޭގެ މިސްރާބުކުރެއްވުމަށް ރައީސް ސޯލިހުއަށް ލިބިވަޑައިގެންފައިވާ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިއްޕަވާ، އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށް ކުރައްވަންޖެހިވަޑައިގެންނަވާ ކަންކަމުގައި ފަސްޖެހިވެޑައިނުގެންނެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާނެ ފަނޑިޔާރުންގެ ލިސްޓެއް އިލްމުވެރިން ރައީސް އަށް ފޮނުވާފައި ވާއިރު އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތައް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މަގާމު މިހާރު ވަނީ ހުސްވެފައެވެ. ޖޭއެސްސީ އިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައެވެ. ސުޕްރީމް ކޯޓަށް އައްޔަން ކުރާނެ ފަނޑިޔާރުންގެ ލިސްޓެއް ޖޭއެސްސީ އަށް ފޮނުވުމުގެ ބާރު ރައީސް އަށް ވެސް ލިބިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

52 ކޮމެންޓް

 1. މަރަސް

  ބަލަ އިންތި މެންނަކީ ނަޝީދު ވިދާޅުވާގޮތައް މަސައްކަތްކުރާ އަދި ދީނާ ؟؟ މުޅި ބައިގަޑުވެސް ދައްކަނީ ދީނާ ؟؟ ދެން އިލްމު ވެރިންގެ ބަސްގަބޫލުކުރާނެތަ؟؟ ދުނިޔަނިމުުމުގެ އަލާމާތައް؟؟

  123
  2
 2. ކޮރަލް

  ދީނައް ފުރައްސާރަ ކުރާ މީހަކު ފަނޑިޔާރު ކަމަށް ހޮވާނަމަ ހައްގު ބަސް ބުނުމަކީ އިލްމް ވެރީންގެ ވާޖިބް އެކެވެ. ދިން ނޭނގޭ މީހަކަށް އެކަން ވާނީ ޖޯކަކަށެވެ.

  178
  2
 3. ރޯނުއެދުރު

  ދެންހަމަ ގިޔާމަތުގެ އަލާމާތެކޭ ބުނާއިރަކަށް ގަބޫލެއް ނުކުރެވޭ.. ކޮބާ ދަލީލު؟

  134
  1
 4. އަރީ

  އިންތި ދުނިޔެއަށް އުފަންވުމީވެސް ގިޔާމަތުގެ އަލާމާތެއް

  146
  2
 5. މުހައްމަދު

  ގޮތް އެނގި ގޮތް ބެލި ގޮތްކުޑަ ގޮތުގައި.. 😂😂 އިންތިހާބުގެ ކެންޕޭނުގައި އުފުލި ޝިޔާރު ވ ސާފު

  119
 6. ބައްޕަގެ ދޮންކަމަނަ

  ދަސްކުރޭ ތަސައްރަފު ނުފުދޭ މީހުން ކަންކަމަށް އިސްކުރުން ގިޔާމަތުގެ އަލާމާތަކީ ދަސްކުރޭ ކޮއްކޯ

  151
 7. ޝާހް،ރ.ވާދޫ

  އިސްލާހުގެ ނަމުގަ ތިޔަކަހަލަ ނުބައި ނުލަފާ ޝައިތާނުން ފާޅުވުމަކީވެސް ގިޔާމަތުގެ އަލާމާތެއް!

  153
  1
 8. އައްޑޫސިޓީ

  އިންތިޔާޒް މެނަށްވޯޓް ދިންމީހުނަށްވެ ސް ފާފަވާނެ. މިއީހާދަހާނުބައި ނުލަފާބައެކޭ

  125
  2
 9. ޖޫން

  ތިކަހަލަ ޖާހިލަކު މިދުނިޔެއްއަށް އުފަންވުން ޤިޔާމަތުގެ އަލާމާތަކަށް ނުވޭތޯ. ތިމަންނަމެން މީ މުސްލިމުންނޭ ބުނަންލަދު ގަންނަންޖެހޭ. މުނާފިގުން ގިނަވެއްޖެ

  129
  2
 10. ޖެހޭނެ

  މަ ޤާމްތަކަށް ކުފޫހަމަނުވާމީހުން އައުން އެއީ ޤިޔާމަތުގެ އަލާމާތެއް

  112
 11. ޗީޗީ

  އިންތިއަށް

  ތިބާ ތިޔަ ފުއްޕަނީ ﷲ ދެއްވި ކޮން ނިއުމަތެއް މަދުވެގެން ހެއްޔެވެ
  ވިސްނުމާ
  އަޑުއެހުން
  ފެނުން ހިއްސުތަށް
  ރަގަޅު ނޫން ހެއްޔެވެ.

  އެއިން އެންމެ ކަމެއް ގެންދިޔަޔަސް އެކަން އަބުރާ ގެނެވޭނެ ހެއްޔެވެ،
  މިހެން މިކަން އޮތް އިރު ދީނީ އިލްމުވެރިން ދީނީ ކަންކަމަށް އެދި ގޮވާލާ ހައްޤުގެ މަގުން ދިއުމަށް ވަލީއުލް އަމުރަށް އެންގުމަކީ އެބޭފުޅުންގެ ވާޖިބެއްކަން ނޭގެނީ ހެއްޔެވެ ، ނުވަތަ ހަމަ ޤަމާރީ ހެއްޔެވެ ، ނުވަތަ އެކަމުގެ އިލްމު ނެތީހެއްޔެވެ

  132
  • ޙައްޤްބަސް އަބަދުވެސް ބުނޭ

   ޗީޗީކުރެން އަހާލަންބޭނުމީ ތިބުނާ ދީނީއިލްމުވެރިން ދުނިޔެއަށް އުފަންވީ އިބޫ ވެރިކަމާ ހަވާލުވީފަހުންތޯ؟ ނިމިދިޔަ ފަސްއަހަރު ތިވެރިންކޮބައިތޯ؟ ވައްކަމާ، ކޮރަޕްޝަނާ، އަނިޔާވެރިކަމާ، ބޭއިންސާފުން ޙުކުމްތައް ކުރަމުންދިޔައިރު ޗުއްޕްވެސް ނުބުނެތިބީ ލިބެމުންދިޔަ މާލީ މަންފާތަކާ ބޮޑެތި ހަދިޔާ ތަކު ގެސަބަބުންދެއްތޯ

   1
   11
 12. ހުސެން

  ތިކަހަލަ މުރައްކަބުން ޤާނޫނު ހަދާ މަޖުލީހަށް ހޮވިފައި ތިބިކަމީ ޤިޔާމަތަށް ކައިރިވުމުގެ އަލާމާތެއް.ބޭކާރު ވާހަކަ ނުދައްކާ.އަދުލު ގެ ދާއިރާ ހަރާބު ކުރާ އެކެއް މިއީ ،މިއީ ސިއެސްޓާ އެއް ނުން އިނގޭތޯ؟މިއީ އިސްލާމީ ޤައުމެއް.އިސްލާމީ ޤައުމެއްގައި ހިގަން ޖެހޭނީ އިސްލާމީ ޟަރީއަތް.އެ ޟަރީއަތް އެގޭ މީހުން ތިބެން ޖެހޭނީ ޢަދުލުގެ ނިޒާމުގައި އިނގޭ

  101
 13. އެމީހާ

  އިސްލާމް ދީނުގެ ކަންއޮތްގޮތް ބަޔާންކޮށް ޢިލްމުވެރިން އެއްޗެކޭވިދާޅުވާއިރައް މިބައިގަޑަށް ދެފަޔައް ހިނިއަރައިގެން ތެޅިގަންނައިރު މީހަމަމުސްލިމުން ބާއޭހިތަށްއަރާ.

  95
  • ކަނބާ

   ފުރިހަމަ މުސްލިމަކު ޢިލްމުވެރިން ދީނުގައި އޮންނަގޮތް ހާމާކުރީމާ އެއާ ދެކޮޅަށް ވާހަކައެއް ނުދައްކާނެ.

   14
 14. ޔޫލީ

  ގިޔާމަތުގެ އަލާމާތްތައް މާކުރިންށުރެވެސް އެއޮތީ ޤުރުޢާންގަ ވަރައް ސާފުކޮއް އިގެން...ދެން އިންތިމެން މޭފުއްޕާލާފަ ތިހެން ބުންޏަކަސް ގަބޫލެއް ނުކުރެވޭނެ....

  77
 15. ބޯހަލާކު

  އެހެންވެ ތިހާސޯލިހީ ތިލާދީނީމީހުންގެހުންނާނީތިޔަގޮތް ބިރުގެކަންފުޅެއްވެސްނެތް އަބަދުތިޔައޯންނަނީ ސަޖިދައިގަތަ؟

  24
 16. ައަހްމަދު

  ތިވާހަކަ އޮތީ ކީރިތިޤުރްއާން ގެ ކޮން އާޔަތެއްގައިތޯ؟ ނުވަތަ ކީރިތިރަސޫލާގެ ކޮން ހަދީސެއް ގައިތޯ؟

  21
 17. ދިވެހިމީހާ

  އިންތި ފުރަތަމަ ބުނެދީބަލަ Subuhanalloa އެއީ އޮންނަ އެއްޗެއްތޯ؟ އެއަށް ފަހުން ދެން އެހެން ވާހަކައެއް ދައްކާނީ. ތިމާގެ ޖާހިލުކަން މި ފެންވަރަށް ދިޔައީމަ އެއިން އެނގެނީ ކިހާ ޖާހިލުކަން އެކަންޏެއް ނޫން. ކިހާ ފެންވަރުދަށްކަން ވެސްމެ.

  42
 18. ނުރަބޯ

  މީ ލާދީނީ ކެރަފާ ނަޝީދުގެ ޕަޕެޓެއް.

  34
 19. ވެރިން

  ތިގޮލާ ޓީވީ ޕްރޮގްރާމެއް ހަދާފަ ހުޝަހަޅަން އަރުވަން ރަނގަޅުވާނެ.

  23
 20. ކަނަމަނަ

  ޢެޔައައްވުރެ ބޮޑުއަލާމާތެއް ތީ

  24
  1
 21. މިއަދު

  ކީރިތި ޤްރުއާނުން ނުވަތަ މާތް ރަސޫލާގެ ސުންނަތުން ނޫންނަމަ އަޟްޙާބުބޭކަލުންގެ ބަސްފުޅުންވިއަސް އިންތިގެ ތިވާހަކައަށް ބާރުދޭ އެއްވެސް ހެއްކެއް ދައްކަދީފަނަންތޯ؟ ޢިލްމުވެރިންގެ ޒިންމާއެއް އަދުލުވެރިކަމަށް މަގުދެއްކުމަކީ ރައިސްސާލިހުއަކީ ދީނީ ތަޢުލީމެއް ލިބިފައިނެތްތާ ޤާނޫނީ ގޮތުންވެސް ބުރަދަނެއްހުރި ބޭފުޅެއްނޫން އެހެންނަމަވެސް ރަޢިއްޔަތުން އެމަނިކުފަނު ނަގައެގޮޑީގައި ބެއިންދީ އެހެންވީމަ ކަންއޮތް ރަގަޅުގޮތް ބުނެދިނުމަކީ އެއިލްމުވެރިންގެ ޒިންމާއެއް އިންތިގެ ތިބުނުން ކުއްވެރިކުރަން އަދި އަނބުރާ ގެންދިއުމަށް ގޮވަލަން މިހާރު ތިދެވުނީ ނަޝީދުގެ ދަރަޖައަށް

  28
 22. ދދދދދދ

  ގިޔާމަތްދުވަސް އެއީ އަންނާނެ ދުވަހެއްކަން އެންގްރީބާރޑްގެ ދުލުކޮޅުން ބުނެވުންވެސް ލައްކަ ބޮޑުވަރެއް. ޝުކުރިއްޔާ އިލްމުވެރިން.

  28
 23. ކާފަ

  ޤިޔާމަތުގެ އަލާމަތް ތައް އިންތިއަށް އެނގޭތަ؟

  27
 24. ކާފަ

  އިންތިއަށް ރާފުޅިއެއްދިނީމަ އެނގޭނެ ގިޔާމަތުގެ އަލާމާތްތައް

  29
 25. ރާހި ޢަލީ

  ޤިޔާމަތުގެ ބައެއް ޢަލާމާތްތައް ލިޔެލަމެވެ.
  1. ޖާހިލުން ޢިލްމުވެރިންނަށް ގޮތް ބުނެދިނުން 2. ޢަދުލު އިންޞާފް ނެތިދިޔުން . 3. ބަޔެއްގެ ވެރިޔަކަށް ޖާހިލަކު އިސްވުން . 4. ފިރިހެނުންގެ މައްޗަށް އަންހެނުން ޙުކުމްކުރުން. 5. ރިޝްވަތާ ވައްކަމާ ފޭރުން މާޑަށްއެރުން. 6. ފައިސާއަށް މަޤާމު ގަތުން. މި ހުރިހަ ކަމެއް މިއޮތީ މިވެރިކަމުގައި ފެންނާށެވެ.

  48
 26. ހަސަނު

  ދުނިޔެ ނިމުމުގެ ޢަލާމާތަކީ ތިޔަބައިގަނޑު.އޭﷲ މި ބައިގަނޑުގެ ކިބައިން އަވަސް ގޮތަކަށް އަޅަމެންސަލާމަތް ކުރައްވާދޭވެ. އާމީން.

  40
 27. އަލީރާޖާ

  އިލްމުވެރިން ގެ ޖަމާއަތެއްގައި ޕްރޮފެސަރ އުގައިލް، ޑރ ހަސަން ހަމީދު ނުހިމެނެންޏާ އެއީ އިލްމުވެރިންގެ ޖަމާއަތެއް ނޫން.

  2
  27
 28. ހައްގުމިންވަރު

  އިންތިޔާޒު ވަރުގެ އިލުމުވެރިޔެއް އަދި ވަކީލެއް މިދުނިޔޭގައި ނޫޅޭނެ! ނަޝީދު އާއި މިކަލޭގެ އަށް އިންގޭނީ ބައިނާޅި އާއި ހައްގުމިންވަރު އެކަނި... ރޯނުއެދުރުވެގެން ތެޅިއަރުވަނީ...

  29
 29. Anonymous

  ކަލޭމެން މޑޕ މީހުން އުޅެނީ ހަމަ ހޭގަތަ؟ ކޮން އިންތި އެއް ބިންތިއެއް. ކަލޭމެން ވަރަށް އިސްލާމްދީނޭ ކިޔަސް ރުޅި އާދޭ. އެޖެންޑާ ނަވާރައިގަ އޮތް ހަމައެކަނި ކަމަކީ އިސްލާމްދީން ފޮހެލުން. މާ ފުއްޕާލާފަ މިހާރު އުޅެވިދާނެ.

  27
 30. ކަނބާ

  މިކަހަލަ ނާޤާބިލް މީހުން މިފަދަ މަޤާމުތަކަށް ގޮވުމަކީ ޤިޔާމަތް ކައިރިވެއްޖެކަމުގެ ބޮޑުވެގެންވާ ޢަލާމާތެކެވެ.

  32
 31. އަޙްމަދު

  ފާޅުގައި އިސްލާމް ދީނަށާއި އެދީނުގެ ދައުވާތު ދޭމީހުންނަށް ފުރައްސާރަ ކުރާމީހުން ގިނަވުމަކީ ދުނިޔެ ޤިޔާމަތް ވުމުގެ ޢަލާމަތް!

 32. ޓިނު ވަގު

  ޤިޔާމަތް ޤާއިމު ވާނީ އިންތިގެ ގައިގަ އަނގަ ޙައްުދު ޖެހުމުން.. އިންޝާﷲ!!!!

 33. އައިޝާ

  މިރާހު ނާޤާބިލް މީހުން ވެރިކަމަށް އައުމުން މިމާބޮޑު ޤިޔާމަތް ވުމުގެ ޢަލާމާތެއް ކަންތިޔަބޭފުޅާއަށް އެމިވަޑައި ނުގަންނަވަނީތޯ. މިއީ ޭޢިލްމުމެރިންގެ ވާޖިބެއް

 34. ޝޮޓްގަން

  ހޮހޮހޯ! އެއްކަލަ ބޯއީ ދޯ!
  #ލާދީނީ

 35. މަމިޔޮކާކަ

  ކަލޭމެން އެމްޑީޕީ މީހުނޭ ނުބުނޭ ޕާޓީގެ ގިނަމީހުނަކީ ލީޑަރޝިޕުން ކުރާހާކަމަކަށް ރުހޭނެބައެއް ނޫންކަން މިފަހަރުގެ ވޯތުން އޮންނާނީދައްކާފަ.

 36. ޢިޔާބު

  މިމީހާ އަކި ފަސާދަ އުފާއްދާ މީހެއް.

 37. Anonymous

  ރާބޯ ބައިގަނޑަކާ ގައުމު ހަވާލުކުރީ އިޔާޒް އާ އިލިޔާސް އަދި ޒައިދު ގެ މަސައްކަތުން. އެ ބައިގަނޑުގެ ރައީސް އަކީ ރަލުން ތަތްތެޅިފައިހުރި ޖާހިލެއް ނައިބު ރައީސް އަކީ ރަލުން ތަތްތެޅިފަހުރި ލާދީނ8 އެއްޗެއް.! ދެން ކޮން އަނގައެއް ތަޅާ ކަށް!!

 38. ބިޖޫ

  އިންތިމެންކަހަލަ ދެއުޅި އެއްނުވާމީހުން މިގައުމުގަ ގިނަވުމަކީ އެންމެ ފަހުޒަމާންގެ އަޅާމާތް ތަކުގެތެރެއިން އަޅާމާތެއް މުސީބާތް ތަކުގެތެރެއިން އެންމެބޮޑު މުސީބާތް އިންތިއަކީ ހުރިގޮތައްހުރި އަނގަ ފދއ

 39. Anonymous

  ދަތްޖާލުން ފާޅުވާތަން ފެނޭތަ ޑރ. އިޔާޒޫ؟؟؟

 40. ސެއިހް އަލީ

  މީއަޅުގަނޑުމެން އަބަދުވެސް ދައްކާވާހަކަ، ވޭތުވެދިޔަ އަނިޔާވެރި 5 އަހަރު ޗުއްޕުވެސް ނުބުނެތިބެފަ މިހާރު އަނގަފަޅައިގެން ތިއުޅޭގޮތުން ތިބޭފުޅުންގެ ނިޔަތާ އިޙްލާސްތެރި ކަމާމެދު އެންމެ ތުއްތުކުއްޖާވެސް ސުވާލު އުފައްދާނެ. ނިމިދިޔަ ފަސްއަހަރު ސުޕްރީމް ކޯޓްގައި ބަރަހަނާ ފިލްމްކުޅުނު ފަނޑިޔާރުންނާ ރިސްވަތު ހިފާކަމަށް ތުޙްމަތުކުރެވޭ ފަނޑިޔާރުންތިބިއިރު މިޢިލްމުވެރިން ތިބީ ޖާހިލްކަމުގެ ނިދިންނިދާފައިތޯ؟ ނޫނީ ލިބެމުންދިޔަ މާލީމަންފާތަކާ ބޮޑެތި ހަދިޔާތަކުން ދުލުގައި ޗޭނުލެވިފައިތޯ؟

 41. ޙުސެން

  ކީއްކުރާނީ ދޯ މިރުނޒދި ނޒުން މީހަކު ހޮވާކައް މާފަންނު މީހުނަކައްވެސް ނޭނގުނިއްޔާ ބޮޑުވަރު..

 42. Anonymous

  ޙޭބައްޔާ ޤިޔާމަތުގެ ކުދި އަލާމާތްތައް ވެ ސް ލޮލުކުރި މަތިގަ ފެންނަމުންދާއިރު ބުރާންޗަކަށް ނޭގޭނެ އެފަަދަ ކަންތައް އެގޭނީ ވި ސް ނޭނީ ކިރިޔާވެ ސް އި ސްލާމް ދީނަށް ހޭލެވިފަ ތިބި

 43. ޙަމޭ

  ދީނަށް ހާދަ ޖޯކެކޭ މި މީހުން މި ޖަހަނީ. ގިޔާމަތް ވުމުގެ އަލާމަތްތަށް އެއޮތީ ޤްރުއާނުގައި ކަނޑައެޅި ބަޔާންކޮށްފައި.

 44. ބުރޯ

  ބަލަގަ ގިފިލި ބަލަން ދަސްކޮށްގެން އުޅޭ މީހުން ފަނޑިޔާރުންނަށް ކަމަކު ނުދާނެ . ދިވެހިރާއްޖެ އަކީ އިސްލާމީ ގައުމެއް . މިގައުމުގެ ފަނޑިޔާރުން ވާންޖެހެނީ އިސްލާމީ އިލްމުން މަތީފާސް ލިބިފަ ތިބޭ ދީނީ އިލްމުވެރިންނަށް ކަން އިންތިޔަށް ނޭގޭނަމަ މަޖިލީހުގެ ގޮނޑީގަ އިނުމުގެ ބޭނުމެއްނެތް.

 45. ހަމަހަމަ

  ގިޔާމަތަކީ މުސްތަ ގުބަލު ގައި ވާން އޮތް ކަމަކަށް ވީމާ އޭ ގެ އަލާމަތްތަކަކީ ގައިބު ގެ އިލްމެއް. ގައިބު ގެ އިލްމެއް ގެ ވާހަކަދެއްކޭނީ ގުރުއާނާއި ސުންނަތު ގެ ދަލީލާއި އެކު. ކޮބާ ދަލީލު ؟

 46. Anonymous

  ލާދީނީމހުންތައް ކޯޓުތަކަށް ލަނީ ދުނިޔެފެށުމުގެ އަލާމާތްތޯ؟؟؟؟؟؟؟؟؟؟؟؟؟؟؟

 47. ރާފަޅާ

  އިމްތިޔާޒު ދޭބަލަ ޓީވީއެމް ޕްލަސް އަށް ސިއެސްޓާ ހުށަހަޅަން

 48. ސަރީފް

  ބޭފުޅާ އައް މާބޮޑައް އެނގެ ނީި!!!

 49. ނކ

  މީ އިންސާނުންގެ ތެރޭގައި ގެންގުޅެން ހެޔޮވާނެ މީހެއް ނޫން، ދައްކަން ވަކި ވާހަކައެއް ނޯވޭ

 50. ޢަންސާރު

  ޥަޓް އަ ޖޯކް