އެމްއެންޑީއެފް އިން ހިންގާ ސެނަހިޔަގެ ނަން "ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލް" ގެ ނަމަށް ބަދަލުކޮށްފިއެވެ.

އިއްޔެ ހަވީރު މިކަމަށްޓަކައި ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލް ކުރިމަތީ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އަދި މިރަސްމިއްޔާތުގައި ޝަމާލް ވަނީ އެމްއެންޑީއެފް މެޑިކަލް ކޯރޕްސްގެ ދިދަ އިފްތިތާޙް ކޮށްދެއްވާފައެވެ.

މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް ވަނީ އެމްއެންޑީއެފް މެޑިކަލް ކޯރޕްސް އިން ހިންގާ ކޯސްތަކާ ގުޅޭ "ކޮމްބެޓް މެޑިކް މެނުއަލް" ފޮތް ނެރެދެއްވާފައެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފް މެޑިކަލް ކޯރޕްސްގެ ފަރާތުން ވަނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ޚާއްޞަ ކޮއިންއެއް އަރުވާފައެވެ. މި ކޮއިން، ޗީފް އޮފް ޑިފެންސް ފޯސްއަށް ހަވާލުކޮށްދެއްވީ މެޑިކަލް ކޯރޕްސްގެ ކޮމާންޑިންގ އޮފިސަރ، ކާނަލް ޑރ ޢަލީ ޝާހިދު މުޙައްމަދެވެ.

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ނަމަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް އާއި ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައން ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުއްތު

    ކަމެއްް ނެތިއްޔާ ތިކަހަލަ ކަންކަންކޮށްގެންވެސް ދައުލަތުގެ ބަޖެޓްގައިއޮތް ލާރިކޮޅު ހުސްކޮއްލާ

  2. 19 ނަވާރަ

    ވަރުގަދަ ޕްރިޖެޓެއް ހިންގާ ނިންމާލީ. ހާދައަވަހަށޭ މޮޅޭ އޮތަ. ހަހަހަހަހަ

  3. ސިދާތާގެ ބެޑްސީޓް

    އަޅެ ދެން ތަންތަނުގެ ނަންބަދަލުކުރީމާ އެތަނަށް އެއްވެސް ކުރިއެރުމެެއް ވަކި އާދޭތަ ހަ އެއްތާކު ޖެހެނޭ ތަނުގެނަމުންތަ ކަންތަށް ގޯސްވަނީ މަަަށަށް ހީވަނީ ތަންތަނުގެ ނަންބަދަލުކޮށްގެން އެތަނެެއްރަގަޅުވާނަމަ ފުރަތަމަވެސް އައި.ޖީ.އެމް.އެޗް ގެ ނަންހެން ބަދަލުކުރަންވީ

  4. ޒާ

    ތީވެސް ވެދާނެ މިސަރުކާރުން އަލަށް ހުޅުވި ހޮސްޕިޓަލަކަށް.