އެމްޑީޕީން ބުނާ މިންވަރާއި ގާތައް ވެސް އެޕާޓީގައި މެންބަރުންނެއް ނެތް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ އެތެރޭގެ އިންތިހާބާއި ގުޅޭގޮތުން އެ ޕާޓީން މިދިޔަ ހަފްތާގައި ބޭއްވި ނޫސްްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީން ބުނީ އެޕާޓީގެ މެންބަރުންގެ ގޮތުގައި 87439 މީހުން އެބަތިބި ކަމަށެވެ. ނަމަވެސް މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އެމްޑީޕީގައި ތިބީ 53693 މެންބަރުން ކަމަށެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ 10000 މީހުން ހަމަވާ އެންމެ ތިން ސިޔާސީ ޕާޓީކަމަށެވެ. އެއީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ އާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަދި ޖުމްހޫރީ ޕާޓީއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ މީހުން ގިނަ ޕާޓީކަމަށެވެ. އަދި އެއާއި ޖެހިގެން ދެން އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ ޕީޕަލްސް ޕްރޮގްރެސިވް ޕާޓީ (ޕީޕީއެމް) ކަމަށެވެ. އެ ޕާޓީގައި 36831 މެމްބަރުން ތިބި އިރު، ތިންވަނައިގައި އޮތް ޖުމްހޫރީ ޕާޓީގައި 10726 މެމްބަރުން ތިބި ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ދިހަހާސް މެމްބަރުން ހަމަވާން ދެން އެންމެ ގާތުގައި އޮތީ މޯލްޑިވްސް ދިވޮލިޕްމެންޓް އެލައެންސް، އެމްޑިއޭއެވެ. އެ ޕާޓީގައި ތިބީ ޖުމްލަ 8805 މެމްބަރުން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވަނީ ވިދާޅުވެފައެވެ. އަދި ލިސްޓުގެ ފަސްވަނައިގައި އޮތް އަދާލަތު ޕާޓީގައި ތިބީ 6554 މެމްބަރުންނެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ރެޖިސްޓެރޭޝަން މިއަދު އެ ޕާޓީއާއި ހަވާލުކޮށްފައި ވާއިރު، ޝަރީފް ވިދާޅުވީ އިތުރު ދެ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މިހާރުވެސް ދެ ފަރާތްކަށް ދީފައިވާ ކަމަށެވެ. އެގޮތުން ސަންރައިޒް ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ، މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ދީފައިވާނެ ކަމަށާއި، އަދި ދިވެހި އެންމެންގެ ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ، މި ހިނގާ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ދީފައިވާނެ ކަމަށެވެ.

ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު މޯލްޑިވްސް ރިފޯމް މޫވްމެންޓް ރެޖިސްޓްރީވުމާއު އެކު، މިހާރު ރާއްޖޭގައި ރެޖިސްޓާ ކުރެވިގެން ޖުމްލަ 10 ސިޔާސީ ޕާޓީއެއް ދަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހަހަ

    ކެނެރީގޭ ނަސީދަކަށް ތާއީދެއްނެތޯ! ހަހަ

    80
    3
    • ކކކ

      ހުސް ވައްކަން. ދެވަނަ ކަމެއް ނުކުރޭ.

      16
  2. ދަންސޫރަ

    ވަގުންގެ ޑިމޮކޮރެޓިކް ޕާޓީ

    79
    3
  3. މާލެ ބޭބެ

    ސިޔާސީޕާޓީތައް ހިންގަން ދައުލަތުން ކޮންމެ އަހަރަކު ބަޖެޓްގެ 1 % ދޭއިރު މިފަހަރު 20 މިލިއަން ލިބޭނެ. ޕާޓީތައް ހިންގޭނެ މާހައުލެއް ރާއްޖޭގަނެތް... އެއްވެސް އެއްވެއޔޅުމުގެ މިނިވަންކަމެއްނެތް؛ ވެދުމާއި ސަލާމްކިޔާ ސަލާމް ޖަހައިގެން ޕާޓީއެއްގެ ޖަލްސާއެއް ބޭއްވެނީ. ތަނަކަށް ސުލްހަވެރިކޮށް ހައެއްކަ މީހުން އެއްވެއްޖެނަމަ އެސްއޯ ޕޮލިސްފޯސް ގޮސް އެމީހުން ފަހާލާ... ރާއްޖޭގައި އޮންނަންވީ މިލިޓަރީ ސަރުކާރެއް... މިވައްތޜު ޑިމޮކްރެސީ އެއްބޭނުން ނުވޭ. 20 މިލިއަން ޕާޓީތަކަށް ދިނުމަށްވުރެ ޒުވާނުން ބިނާކުރަން ޚަރަދު ކުރުން މުހިންމު.

    56
    1
  4. އިސްއިސް

    އެމްޑީޕީ އިން އަބަދުވެސް ބުނަމުން ދަނީ އެ ޕާޓީގެ ދަފުތަރުގަ 87،000 މެމްބަރުން ތިބި ވާހަކަ

    51
    1
    • ކަނބާ

      އެއީ އެމީހުންގެ އަމިއްލަ ދަފްތަރުގައިވާ ޢަދަދު.

      29
    • ކެކެކެ

      އަހަރުމެންގެ ދަފްތަރުގަ އެބަތިބި 4 ލައްކައާ ގާތްކުރާހާ މީހުން.

      11
      1
  5. ހަމަ އަބުދުއްރަހީމް ގެ ހިސާބަށް މާލާމަތްކުރި މީހުންނަށް ހަމަ އެ ހިސާބު ދޯ މިހެދުނީ. ހެހެހެ

    90
    3
    • ާާާޢަލީ

      ހަހަހަހަހަ އަސްލުވެސްދޯ ހައްތާވެސް އަދުރޭތާ

      33
  6. ޕޮގުބާ

    ތިބޭނެ ސަރީފަށް އޮޅުނީ

    19
    4
  7. ސުޢޫދު

    ޢައްނި ސިޔާސީމައިދާނުގައިތެދު ހެދީއެއްމެފަހަރަކު އެއީއިސްތިއުފާދިންވަގުތު 12:54ގަ އަޅުގަނޑު ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ މަގާމުން މިވަގުތުންފެށިގެން އިސްތިއުފާދީފިން

    39
    2
  8. ޣ

    ބޮޑު އުދަގުލެއް ކަހަލަ ޕާޓީ އެއް.

  9. ޢެމްޑީޕީ

    ތީއެއްޥެސް ބުރަދަނެއް ހުރިތަނެއްނޫން ޕާޓީގެ ދަފްތަރުން މީހުން ޥަގަށްނަގާ ތަނެއް