ރާއްޖޭގެ "ރަށްތައް ހިފަމުންދާތީ" ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައިފިއެވެ.

މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައެއްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންގެ އަމަލުތައް އިތުރުވެ، ރާއްޖޭގެ ކަންކަން ވަރަށް ގޯސްވެފައިވާ ކަމަށެވެ. އެހެންކަމުން އިސްލާމް ދީނުގެ ނަމުގައި ހަރުކަށީ ފިކުރުގެ މީހުން މިހާރު ހިންގަމުންދާ އަމަލުތައް ހުއްޓުވުމަކީ ރައީސްގެ ޒިންމާއެއް ކަމުގައި ވީހިނދު، އެ އަމަލުތައް ހުއްޓުވުމަށް އެމަނިކުފާނަށް ގޮވާލާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލަނީ، ކުއްލި ހާލަތު އިއުލާން ކުރާ ވަގުތު ޖެހިއްޖެއޭ ރާއްޖޭގައި. ގައުމުގެ ރަށްތައް ހިފަމުންނޭ މި ދަނީ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ، ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ޖަމާޢަތް، އިސްލާމިކް ސްޓޭޓްސް (އައިއެސް) ގެ ދިދަ ޖެހި ދޯންޏެއްގައި ބަޔަކު ށ. މާއުނގޫދޫއަށް އަރައި، އެރަށުގެ އެކި ތަންތަނުގައި އެ ޖަމާޢަތުގެ ލޯގޯ ކުރަހަމުން ދިޔަ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

މިއަދު ދެއްކެވި ވާހަކަފުޅުގައި ޖާބިރު ވިދާޅުވީ، މާއުނގޫދޫގައި ހިނގައިދިޔަ ކަންކަމަކީ ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި، ރައީސަށް ލިބިލައްވާ ބާރުގެ ދަށުން އެފަދަ ކަންކަން ނުހުއްޓުވޭނެމަ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.

މާއުނގޫދޫގެ އެކި ތަންތަނުގައި އައިއެސްގެ ލޯގޯ ކުރެހި މައްސަލަ ބަލައި ތަހުޤީޤު ކުރުމަށް އެރަށަށް އިއްޔެ ވަނީ ފުލުހުންގެ ޓީމެއްވެސް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ސިދާތާގެ ބެޑްސީޓް

    މޮޔަ ޖާބިރު މީހަމަ ފައްކާ މޮޔައެއް

    32
    6
  2. އެންދެރި

    އަންނި މީނަގެ ބޯ ކާލައިފި އެވެ.

    35
    3
  3. ހަމަހަމަ

    ގޭން ގުތައް ފާރަށް ސްޕުރޭ ކުރީމަ ރަށް ހިފީއޭ ކިޔައި ބޮޑުކަމަކަށް ނަހަދަ ، އެއީ ކީއްވެ ؟

    24
    4
  4. ޣީހުޓާވރ

    ހީ ހީ ހަލާކުވެދާނެ ! މީ ކޮންވައްތަރެއްގެ މެމްބަރެއްތޯ

    21
    4
  5. ރަށްހިފުން

    ރަށްރަށް ބަޔަކު މީހުން ހިފާތާ މިހާރު އެތައް އަހަރެއް ވެއްޖެ. ރައްތައް އެކި ގޮތްގޮތަށް ހިފައިގެން ބޮޑު އަގުގައި މީސްމީހުންނަށް ވިއްކައިގެން ބައެއް މީހުން މުއްސަނދިވެސް ވެއްޖެ.

    26
    3
  6. ޖަރީމާ

    ހެޔޮކޮން ވިއްޔާ ހުތުބާ ތެރެއަށް ލިޔުން އަޅާ މީހާގެ ރޭވުމަކަށް ވާނީ، ދީނީ އިލްމުވެރިންގެ އަނގަބަންދުކުރަން. ދީނީގޮތުން އެއްޗެއް ބުނާއިރު ރައްދުވަނީ އޭނަޔަށް ކަމަށްވާތީ އެހާ ވަރެއް އެ އަރަނީ. އެހެން ނެރޭސަނެއް ހޯދަން އޭނަ ވަކާލަތުކުރުން މައްސަލައަކަށް ނުވޭ!

    36
    3
  7. ޖާހިލު ޖާބިރު

    ކަލޭ ކަނޑު އަޑީގައި ދިރިއުޅެން ފެނޭ އެތާ ވިލެޖެއް ހަދަާބަ ކެސިނޯ ތަކާ ކުލަބު ތަކާ ރިސޯޓަކާއި ދިޔާ އަށް ހާއްސަގަޑުވަރެއްވެސް ހަދާތި ބިންހެލުމާއި ސުނަަާމިީ ވެސް އެވިލެޖަށް އެރުން މަނާކުރާތި ކަލެޔަާ ނަރަކަޔަާ ދެމެދު ކޭބަލް ކަާރަކުން ގުޅަަާލާ ދެން ލަލަލާ

    11
    4
  8. ....

    ކަލޭ އަނގަ މައިތިރިކޮއްގެންް ހުރެބަަަަލަ.. މިރަށައް ހޮވިފަ ހުރި ބޮޑު މުސީބާތެއްމި ?

    37
    6
  9. އިފުރޭތު

    ކޮމެންޓް ކޮއްލާނެ މީހަކުވެސް ނެތީ؟ ކޮބާތަ އެނޯނިމަސް ކޮމެންޓެއް ކޮއްލާ ޕްލީޒް.

    21
    3
  10. ސަހޭ

    ބަޔަކު އެބައުޅޭތަ ރަށެއް ހިފަން... ކަލޭ ޖެހޭނެ ކޮންމެސް އެއްޗެއް ކިޔަން .. އޭރުންތާ ހަބަރުގެ ސުރުހީޔައް އަރާނީ ...

    13
    3
  11. ކަލާފާނު

    ކެނެރީގޭ ސޮރު ރާއްޖޭގައި ދީނީ ހަރުކަށި މީހުންގެ ވާހަކަ ހަމަ ދެއްކިތަނާ އައިއެސް ލޯގޯ އެތަށް މިތާ ޖެހީމައި އެކަމުގެ އަޑީގައި ހުރީ ކާކު ހެން ހީ ވަނީ ، ކާކު ދި ވެހިން ގައިގަ ތަކުރާރު ކޮށް ޓެރަރިސްޓުންގެ ލޭބަލް އަޅު ވަމުން ދަނީ.

    29
    1
  12. އަރީ

    ޜައްތަށް ހިފަމުން ދަނީ ނަޝީދު

    26
    2
  13. Anonymous

    މޮޔަ ޤަމާރެއް

    13
    4
  14. އަހުމަދު

    އަނދިރި އެޖެންޑާ 19 ގެ މަސައްކަތް ރަސްމީކޮށް ފެށުނީ

    20
    1
  15. ފަންސުރު

    ޖާބިރު އަބަދު ރައީސް ގެ އިސްތިއުފާ އައް ނުގޮވާ އިސްތިއުފާ ދޭންވީ ކަލޭ މިހާރު ބޮޑު އުދަގުލަކައް ވެއްޖެ ކަލެޔާ ހެދި

    22
    3
  16. ސަހީ

    މީނައައް ކާށިދޫ މީހުންގެ ގޮތް ނޭނގޭތީ އެ އުޅެނީ... ކާށިދޫ މީހުން ނުބައިވެއްޖެއްޔާ ވަރަށް ނުބައި ވާނެ ... ކަލޭ އަތުން އެވަރައް ލާރި ނެގީވެސް ކަލޭ ކުރީ ފަހަރު އެ ރަށައް ކަމެއް ނުކޮއް ހުރީމަ ... މީހުންގެ ބިންތައް ގަނެގެން އެމީހުނައް ލާރި ނުދީ ހުރީމަ. މި ބުރާންޗައް އެވަރު ނޭނގެ ...

    12
    1
  17. ނުރަބޯ

    ކެރަފާ ނަޝީދުގެ ޕަޕެޓް އަބްލާހި ޖާބިރު ހ. ތިމާވެށި ގެ ސިކުނޑި ހަމަތޯ ބަލަން ވެއްޖެއެއްނު؟

    12
    1
  18. ރާޅު ބޯއީ

    ފުލުހުން ބުނެފި ބަޔަކު އަރާ ރަށެއް ނުހިފަޔޭ. ފުލުހުންނާއި ޖެންޑާއިން ބުނެފި 13 އަހަރުގެ ކުއްޖާއާ މީހަކު ކައިވެންޏެއް ނުކުރެއޭ. މީދެން ކީކޭ ކިޔާ ހިމާރުންތަކެއް.

    14
    1
  19. ޣީހުޓާވރ

    ތިޔަކަންތައްތައް ކާމިޔާބު ކޮށްދީފިއްޔާ ހުރިހާ ދާއިރާއަކަށްވެސް ޖާބިރު ހޮވަން އާދޭސް ކުރަންފަށާނެ

    6
    1
  20. ބުރޯ

    ރަށް ތައް ހިފަމުން ދަނީ ކޮންބައެއް ؟ ނަސީދު ފޮނުވައިގެން އުޅޭ ބަޔަކަށް ވުން ގާތީ. ސަބަބަކީ އުސްފަސްގަނޑުގަ ބޭއްވި ބައްދަލު ވުމެއްގަ ރާވާ ނިންމި ނިންމުމެއްގެ ތެރެއިން އަފްރާސީމް އަވަހާރަ ކުރުމަށްފަހު ދީނީ މީހުންގެ ބޮލުގަ އަޅުވަން ނަސީދު ރާވަމުންދާތީ ހަގީގަތަކީ އެމްޑީޕީން އަފްރާސީމް އަވަހާރަ ކޮށްލީ އޭރު ނިންމީ ކޯނީ ގެ ރިޕ]ޯޓް އެމީހުންގެ ކޮޅަށް ނުނިމިއްޖެ ނަމަ މަޖިލީހުގެ މެމްބަރުން މަރާފަ އިންތިހާބު ން ކުރި ހޯދައިގެން މަޖިލީހުގެ މެޖޯރިޓީ ހޯދުން ނަސީދު ތެޅެމުންދާ މިންވަރުން މިކަން ޔަގީން ކުރެވޭ ވަރު އަދިވެސް ނުވޭތަ ؟.

    9
    1
  21. އަލީ

    ޖާބިރު މާ ރަގަޅުވާނެ އަލިދޫ ރިސޯޓުގެ މުއައްޒަފުންގެ މުސާރަ ދީފައި މަޖިލީހުގައި ރައްޔިތުންގެ ވާހަކަ ދައްކަން