މަރާލާފައި އޮއްވާ ފެނުނު މަޝްހޫރު ބްލޮގާ، ޔާމީން ރަޝީދު މަރުގެ މައްސަލައިގައި ސިއްރު ހެކިބަސް ނުނަގަން ނިންމައިފިއެވެ.

ދައުލަތުން ވިދާޅުވެފައި ވަނީ، މި މައްސަލައިގައި މިގޮތަށް ނިންމާފައި ވަނީ، ހެކިބަސް ދިނުމަށް އެމީހުން ފަސްޖެހޭތީ ކަމަށެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ސިއްރު ހެކިންގެ ގޮތުގައި ހުށަހެޅިފައިވާ 3 ހެއްކެއް ނުނެގުމަށް ނިންމީ، ހެކިބަސް ނެގުމަށް އެމީހުން އުޒުރުވެރި ވާތީ ކަމަށާއި ހެކިންނަށް ނުފޫޒު ފޯރުވަމުން ދާކަން މީގެ ކުރީގެ އަޑުއެހުން ތަކުގައިވެސް ފާހަގަކޮށްގައި ވާނޭ ކަމަށެވެ.

މީގެ އިތުރުން ދައުލަތުން ވިދާޅުވީ މިއަދު ހުށަހަޅާ ޝަފަހީ 2 ހެކީގެ ހެކިބަސް ނެގުމުން ދައުލަތުގެ ފަރާތުން ހުށަހަޅަން ހުރި ހުރިހާ ހެކިންގެ ހެކިބަސް ނިމުނީ ކަމަށާއި ދެން އޮތީ ކިތާބީ ހެކި ހުށަހެޅުން ކަމަށެވެ.