ކުރީގެ ރައީސް މުހައްމަދު ނަޝީދު، 2008 ވަނަ އަހަރު ވެވަޑައިގެންނެވި ދަތުރުފަތުރުގެ ވަޢުދާއި ގުޅިގެން، އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ ތެރެއިން 174 މިލިއަން ރުފިޔާ ދޫކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފި އެވެ.

ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ 348.10 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދޭށެވެ.

އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ، 348.10 މިލިއަން ރުފިޔާގެ ތެރެއިން ތިން ބައިކުޅަ އެއްބައަށްވާ، 116 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މި މަހުގެ ކުރީކޮޅުގައެވެ.

ނަމަވެސް ދައުލަތާ، ދީބާޖާ އާ ދައުލަތާ އެކު ކުރެވުނު ސެޓްލްމެންޓް މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ.

"ވަގުތު” މައުލޫމާތު ދެމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ރައީސް މިހާރު ވަނީ ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން ނިންމާފައި ކަމަށާއި އަދި އެފައިސާ ދޫކޮށްފައި ނުވާ ކަމަށެވެ.

ހޫދު ވިދާޅުވީ، އެފައިސާ ދައްކަން ޖެހޭގޮތް ސެޓުލްމަންޓް ކޮމިޓީއިން ރައީސް އަށް ލަފާ ދޭނެ ކަމަށެވެ.

"ދީބަޖާއާއި ނެގޯޝިއޭޓް ކޮށްފައި އެ ފައިސާ ދޫކުރާނީ ކިހިނެއްތޯ އެނގޭނީ. އިންސްޓޯލްމެންޓަށް ނޫނީ ގަނޑުކޮށްތޯ." ހޫދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    އެއީ މި ސަރުކާރު މަސްލަހަތު އޮންނަ ކުންފުންޏަކައް ވީމަ

    49
    1
    • ބޭބެ

      ދިވެހި ރައްޔިތުން ނަގާ ޓެކްސް ފައިސާ މިމީހުންގެ ގާތް މީހުންނަށާ އެކިއެކި ރައްޓެހިންނަށް ބަހާ ހުސްކުރަނީ! މިއީ ވަރަށް ދެރަކަމެއް! މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ބޮޑުބައެއް މިހެން ބަހާ ހުސްކޮށްފި! ރައްޔިތުންގެ ލާބައަށް ކުތިކަމެއް ނެތް! ދިވެހި ރައްޔިތުން ވިސްނަންޖެހޭ! މިދަނީ ހަމަ ހުރިހާކަމެއް ގޯހުން ގޯހަށް! މިކަން ހަމަ މަގަށް އެޅިވުމަށްޓަކައި މަސައްކަތްކުރަންޖެހޭ!

  2. ދދދދދދ

    މައިންބަފައިންގެ މުދާތަ މުށް ޖަހާފަ ވަގަށް ނަގަން؟ ދިވެހި ރައްޔިތުންނަށް ދިވެހިން ދެކެ ލޯބިވާ ދިވެހިންގެ ތައީސް ހޯއްދަވާދެއްވާފަ ހުރި ފައިސާ ތިހެން ވަގަށް ނަގައިގެ ނުބެޗޭނެ. ހިފާހައްޔަރު ކޮށްގެންވެސް ތިފައިސާ އަހަރުމެން އަތުލާނަމު. ނުކެރޭނެ މިފަހަރަކު ފިލާކަށް.

    42
    3
  3. ސދސ

    ތިގޮތައް ދައުލަތުގެ ފައިސާ ހުކުމެއް ކޮއްގެން ދޫކުރުމަކީ މައްސަލައެއް

    26
    2
  4. ސަމިި

    ރޯމަ ދުވާލު ވައްކަން ކުރުން ތިޔަށް ކިޔަނީ

    30
    2
  5. މާލެ ބޭބެ

    ދިވެހިންގެ ޓެކްސް ފައިސާއިން ވައްކަން ކުރަނީ؛ ދީވާޖާ އަށްޓަކާ ފައިސާ ހޯދުމަށް ޤާނޫނީގޮތުން ފުރިހަމަ ކުރަންޖެހޭ 3 މަރުހަލާ ނުނިންމާ ރައީސަށް ކާކުދިން ބާރެއްތޯ.. ރައީސަކީ ބަދަލު ދޭން އައްޔަނުކޮށްފައިވާ މީހެއްނޫން... ދައުލަތުގެ ފައިސާއިން ވައްކަންކުރީމަ ބެލެވޭ ދުވަސް އަންނާނެ؛ ދައުވާގައި ހުށެހެޅި ލިއުންތަކުގެ ސައްހަ ކަމާއި އެޕޮރޮޖެކެޓް ހިންގަން ބަން އުޅަނދު ކޮބާތޯ .. މިއީ ޖަރީމާއެއް؛؛؛؛ ސޯ ސޭޑް؛

    28
    1
  6. ........

    ސޯލިހުވަގެކޭ ޖާބިރު ބުނީމަ ގޯސްވަނީ އޭނަ.

    16
  7. ރަންނަ

    އަދި ފަސްއަހަރުފަހުން ދީބާޖާކުންފުންޏާ ސޯލިހުއާ ގޮވައިގެން ކޯޓުގައި ޝަރީއަތްކުރެވޭނެ މިއީ ދުވާލު ރައްޔަތުން އެއްކޮށްގެން ރައްޔަތުން ކުރިމަތީ ކޮށްފައިވާ ވައްކަމެއް.

    17
  8. ނަސީދު

    މިނޫންގިތަކައް ދިރުވައިލަން އިޅުނުނަމަ އޯކޭ ވާނެ

  9. ފަޅުވެރިން

    ދިވެހިން ނުވެސް ދަންނަ ކުންފުނިތަކަށް އެތައް ސަތޭކަ މިލިއަނުން ރުފިޔާ އެތިބަގެން ބަހަނީ އެއީ ދިވެހިންނަށް ކޮން ކަމެއް ކޮށްދިން ބައެއްތަ؟ އަޅެ ކިހާ ބޮޑުކަމެއް ޖެހިފައި މިއޮތީ؟ މި ސަރުކާރު އެރީއްސުރެ ބަދަލުދިނުން ނޫން ކަމެއް ނުކުރެއޭ! ޙަޤީޤަތުގައި ބަދަލު ދެނީކީވެސް ނޫނޭ، މި ސަރުކާރުގެ ބޮޑުންނަށް ބައި އެޅޭ ގޮތަށް ރައްޔިތުންގެ ފައިސާ އިން ކުރާ ވައްކަމޭ ތިއީ!

  10. ހަމަބުއްދިފިލާ

    ރަގަޅު އަދި ވެސް މާމަދު އަދި500މިލިއަންދީ އޭރުންއި ންސާފު ވާނީ

  11. ކާފަރ

    އެފައިސާ ދޭންވެސް ވާނެތާ. މަރްޙޫމް ޑރ. އަފްރާޝީމް އަވަހާރަކޮށްލަން ފަންޑްކުރިކަމަށް ހުމާމް ބުނެފައިވާ ޖާގެ ކުންފުނި ވިއްޔާ.

  12. މީހާ

    މިކަންވެސް ނިންމަނީ ރައީސްތަ؟