ސަރަހައްދީ ހަމަޖެހުން ގާއިމްކުރަން ކުރާ މަސައްކަތްތަކުގައި ރާއްޖެ އިން ސައުދީ އަރަބިއްޔާ އެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށް ވިދާޅުވެ، އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް ރައީސް އަބްދުﷲ ޔާމީން މިއަދު މެސެޖެއް ފޮނުއްވައިފި އެވެ.
ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ދެކުނު ސަރަހައްދުތަކަށް، ޔަމަންގެ ހޫތީ ހަނގުރާމަވެރިން މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާ ކުށްވެރިކުރައްވައި، ރައީސް ޔާމީން ފޮނުއްވި މެސެޖުގައި ވިދާޅުވީ މި ޙަމަލާގެ ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި، ފުން ހިތާމައާއެކު ކަމަށެވެ.
އެއީ، ޓެރަރިޒަމްގެ ފިނޑި އަމަލެއް ކަމަށާއި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރައްވާ ކަމަށް ވެސް ރައީސްގެ މެސެޖުގައި ވިދާޅުވި އެވެ.
އަދި، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރާއި، ބައިނަލްއަޤުވާމީ ފަރާތްތަކުން ޓެރަރިޒަމާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް އެޤައުމާއެކު ސާބިތުކަންމަތީ އޮންނާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީން، ހިޔާލު ހޯދަން ޓީމުތަކާ ބައްދަލުކުރައްވަނީ ނަމަ މަމެން ޕިންކީން އެއިޓީން މޫން ސީންގް ރޭހުން މޮޅުވަނީއޭ ކުދިންނޭ އިޓްސް ބިގަން ބިގަން ނައު. މަމެން މިދަނީ އެއިޓީން މޫން ސީންގް ރޭސް ޖަހަންއޭ ޖަހަންއޭ ހުރިހާ ކުދިން ވެސް އަަވަހަށް އެދުވަހަށް ވާނެއޭ ބޮޑީ ޝޭޕް ވެސް ސްލިމް ކޮށްލަން ކަސްރަތު ކޮށްލާ ބޮޑީ ފިގަރ ނިކަގަހުގެ ބުޑުހެން ހީވާ ކުދިން މިރުސް ގަހުގެ ގޮފި ގަނޑެއް ހާ ތުނި ކޮށްލަން އިނގޭތޭ މަމެން މިދަނީ އެއިޓީން މޫން ސީންގް ރޭސް ދެކެން އޭ އެއިޓީން މޫން ސީންގް ރޭސް ދެކެންއޭ ކުދިންނޭ.
ޢައްސަރި ބަހާ ސާބަސް
ރައީސް ޔާމީން ވަރެއް ހަމަ ނެތީ އޭ ބުނެވޭނީ އޭ.