ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ފެހުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިގެންފިއެވެ.

މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުބަތުﷲ ގެފުޅުގެ އުރަކޮޅުގައި ހިމެނޭ އިބާރާތް ލިޔުމުގައި ބައިވެރިވެ ވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށްބޮޑު ޝަރަފަކާއި ފަހުރެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި އުރަކޮޅު ދެން އަންނަ ހައްޖު މޫސުމެއްގައި ކައުބަތުﷲ ގެފުޅުގައި ބޭނުންކުރާނެ ކަމަށެވެ.

ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ފެހުމުގައި މިނިސްޓަރ ޝާހިދު ބައިވެރިވެ ވަޑައިގަންނަވާ މަންޒަރު ފެންނަ ކުރު ވީޑިއޯ މިހާތަނަށް ހަހާހަށްވުރެ ގިނަ މީހުން ވަނީ ބަލާފައެވެ.

1927 ވަނަ އަހަރުން ފެށިގެން ގެފުޅުގެ އުރަކޮޅު ވިޔުމަށްޓަކައި މައްކާގައި ހާއްސަ ފެކްޓްރީގެއް ގާއިމުކޮށްފައި ހުރެއެވެ. އުރަކޮޅު ތައްޔާރުކުރުމަށް ގާތްގަނޑަކަށް 670 ކިލޯގެ ސިލްކާއި 120 ކިލޯގެ ރަންރިހި ބޭނުންކުރެ އެވެ.

އުރަކޮޅު ފެހުމަށް ސިލްކް ގެންނަނީ ސްވިޒަލޭންޑާއި އިޓަލީންނެވެ. ރަންރިހީގެ ރޮދި ގެންނަނީ ޖަނަރުމަނުންނެވެ. މި އުރަކޮޅި ފެހުމަށް ކޮންމެ އަހަރަކު ހަ މިލިއަން ޑޮލަރު ސައުދީ ސަރުކާރުން ހޭދަކުރެ އެވެ.

އުރަކޮޅު ވިޔުމަށް ގާތްގަނޑަކަށް 200 ވަރަކަށް މުވައްޒަފުން އުޅެ އެވެ. ކޮންމެ އަހަރަކުވެސް އުރަކޮޅު ހަދާ ނިމުމަށްފަހު، އަނެއް އަހަރުގެ އުރަކޮޅުގެ މަސައްކަތް މިކަމަށް ހާއްސަކުރެވިފައިވާ ފެކްޓްރީން ފަށަ އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ނަސިދު

    ދެން ނިމުނީނުން ހުރިހާކަމެއް

    36
    7
  2. ސީބޯ

    ސައޫދީ އަށާއި ޗައިނާ އައް ބަވާ އަދިވެސް

    17
    1
  3. ރައްޔިތުން

    ރަނގަޅު މަސައްކަތެއް. އެކަމަކު ދެއްވަދޫ މީހުން ތިބާވަތުގެ މަސައްކަތަށް ވަރަށް މޮޅު ބައެއް.

  4. ޢަފްލާ

    ހާ ހާ ހާ މިލާދީނީ ބެއްޔާގަނޑު އިމާމުވެ އުމްރާ ކުރިނަމަ މިއައްވުރެ ދެއްކުންތެރިކަން މޮޅުވާނެ

    21
    3
  5. މަހޭޝް

    ޕްރިޕއްިޑްގެ ކަންތައް ދެން ތި ފޮހެވުނީ

    18
    1
  6. ޓުގުވަ

    ތީގަޢަތްލަން ހެޔޮވާވަރު މީހެއްނޫން

    21
    3
  7. ފެންބޯޅަ

    ގަވާއިދުން އަލީ އާޒިމްއާއި ދެބޭފުޅުން ރެއަކު ބަނގުރާފުޅިއެއް ހިއްޕަވާފަ މަންޒަރު ތަފާތު ކޮށްލަން ސައުދީއަށްތޯ ތިޔަ ވަޑައިގަތީ. ތިޔަ ފޮޓޯ ނެގުމާއި ސަލާމް ޖަހައިގެން ފައިސާ ފޮއްޗެއް ލިބޭތޯ ބެލުމާއި ކަޓް ނަގާ ގަމީހު ޖީބަށް ފައިސާ ކޮޅު ކަހާލުން ޝާހިދު އެބަޖެހޭ ހުއްޓާލަން

    23
    2
  8. ހުސޭނުބޭ

    ތި އުރަކޮޅު މިހާރުވެސް ހަޑިކޮށްފި! ރަގަޅަށް ބަލާލަބަލަ! ފަހަމުން އެދަނީ ފަހަން ޖެހޭ ލައިނުގެ ބޭރުން!

    18
    2
  9. ރާޅު ބޯއީ

    މިއީ މި ސަރުކާރުގެ ލާދީނީ ކަން ކަނޑުވަން ކުރާ ކަމެއް. ހެޔޮ ނިޔަތެއް ނެތް.

  10. ޒާ

    ޔާމީނުގެ ވެރިކަމުގައި އިންޑިއާ ސިފައިން ރާއްޖެ ހިފަން ގޮވި ގައުމަށް ޣައްދާރެއް. ހީވަނީތޯ އުރަކޮޅު ފެހީމާ ހުރިހާކަމެއް ފޮހެވުނީކަމަށް؟

  11. ކެޔޮޅު

    ސާހިދުމެންކަހަލަ ޖާހިލުން ފަހަންވީއުރަކޮޅެއްވެސްނޫން ވާންވީ ގެފުޅުގެ އިމާމައް!

  12. އާމިރު

    އުރަކޮޅުގެ އެތަންކޮޅު ކަތުރުފަނި ނުކައިފިއްޔާ ކިތަންމެހާވެސް ރަނގަޅު

  13. ބިޖޫ

    ސައުދީ މީހުންނައް ސާހިދުއަކީކާކުކަން އިނގޭނަމަ އޭނަ އެއުރަކޮޅާ ގާތްވިޔަވެސް ނުދިނީސް ސައުދީމީހުންނައް ތިޖެހުނީ އަނެއްހައުނދަގު ހެޔޮނުވާނެ ެެެެެ. ޢެވަރުމީހަކުޢަތްލި އުރަކޮޅެއް ގެފުޅުގަ އަޅުވަންވެސް 32 ޢަނގައިގެ ވެރިއެއްސާހިދަކީ ބޮޑާކަމާ ކިބްރުވެރިކަމާ ފޮނިކަން އިންތިހާއައް ހުންނަމީހެއް ސާހިދަކީ