ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސް ބޯޓެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި މި މަސް ބޯޓު ފެނިފައިވަނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދުން، ހއ،އުލިގަމާއި 17 މޭލު ބޭރުން ކަމަށެވެ.
އަދި މިކަމުގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު މެންދުރު 15:20 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ކޯސްޓް ގާޑްގެ އުޅަނދެއް އެ ދޯނި އޮތް ސަރަހައްދަށް ގޮސް އެ މަސްބޯޓް ސިފައިންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ކޮބާ އިންޑިއާ ސިފައިން ގެ ކަނޑުގެ ޕެޓްރޯލިންގް؟ އެމީހުން ބުނާގޮތުން ރާއްޖެ ހިމެނޭ ގޮތަށް އެތައް ސަރަހައްދެއް ބަލަމުންދާތާ 10 މަސްވެއްޖެޔޯ . މިކަމާ ގުޅިގެން މަށަށް ފާހަގަ ވަނީ ރާއްޖެ ކަނޑުން ވައްކަން ކުރަނީ އިންޑިއާގެ އަތެއް އޮވެގެން ކަމަށް.
ވިއްކިި