ށ.އަތޮޅު މާއުނގޫދޫގެ ފާރުތަކުގައި އައިއެސްގެ ލޯގޯ ކުރެހި މީހުން ތިބި ދޯނި ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށާއި ނަމަވެސް އެމީހުން ހައްޔަރު ކުރެވިފައި ނުވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ މާއުނގޫދޫ ފާރުތަކުގައި އައިއެސްގެ ލޯގޯ ކުރެހި މައްސަލަ ތަޙްޤީޤު ކުރަން ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސްފައިވާ ކަމަށާއި ފުލުހުން ކުރި މަސައްކަތުން އެކަން ކުރި މީހުން ތިބި ދޯނި މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.

އެ ދޯނި މިވަގުތު އޮތީ ކަނޑުމަތީގައި ކަމަށާއި އެ ދޯނި އަތުލައިގަތުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އައިއެސްގެ ދިދަ ނެގި ދޯންޏެއްގައި މާއުނގޫދޫ އަށް ބަޔަކު އަރައި، އެރަށުގެ ފާރުތަކުގައި އައިއެސްގެ ދިދަ ކުރެހި ކަމަށް އެރަށު މީހުން މައުލޫމާތު ދިން ނަމަވެސް ފުލުހުން ވިދާޅުވެފައި ވަނީ އައިއެސްގެ ދިދަ ނެގި ދޯންޏެއްގައި އެރަށަށް ބަޔަކު އެރި ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށެވެ.

ނަމަވެސް މާއުނގޫދޫގެ ފާރުތަކުގައި އައިއެސްގެ ދިދަ ކުރެހި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މާއުނގޫދޫގެ ފާރުތަކުގައި އައިއެސްގެ ދިދަ ކުރަހާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އައިއެސްއަށް ތާއިދުކުރާ ބަޔަކު މާއުނގޫދޫ އަށް އަރައި އައިއެސްގެ ދިދަ ފާރުތަކުގައި ކުރެހި މައްސަލައިގައި އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެފަދަ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ފުލުހުން ތަޙްޤީޤު ނުކުރަނީ ހަރުކަށި ފިކުރުގެ މީހުން ފުލުހުންގެ ތެރޭގައި ތިބުމުން ކަމަށް ވެސް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޭޒު

    މީހަކު މޮޔަނުވިއްޔާ ދެރަ...ތައުހީދުގެ ކަލިމައާއި މާތްﷲގެ އިސްމުފުޅާއި ކީރިތި ރަސޫލާގެ ނަންފުޅު މިިއީ ބިރުވެރި އެއްޗެއް ކަމުގަ ހަދައިިފި..ތިިބުނާ އައިި އެސް މީހުންނަކީ އެމެރިކާނުން މުސްލިމުންގެ ނަން ހުތުރުކުރަން ގެންގުޅޭ ބައިގަޑެއް..ފިކުރީ ހަނގުރާމައިގެ މޭސްތިރިން މިިކުޅޭ ކުޅިގަނޑުގެ ނުބައިކަމާއެވެ..

    34
    2
  2. އަހްމަދު

    ދޯނިހޯދި އިރު ދޯނީގައި އެއްވެސް މީހަކުނެތް. ދެންކިހިނެއް މީހަކު ހައްޔަރު ކުރާނީ. ދޯނިއޮތީ މުއްދަތުޖަހާފައި.

  3. ީޯޫޫޓޜޓޢޭޜ

    އައިއެސް އޭނުކިޔާ....ތިއީ ސަހާދަތް... އަދި ﷲގެ ނަންފުލު... ތިޔަށް ހައްދުފަހަނައެލުމެކޭ ނުކިޔޭނެ...

    4
    1