މާލޭ ހުކުރު މިސްކިތުގެ މުންނާރާއި ހަރިންމައިގެ ތެރޭ ހުރި ހަތަރު ވަޅު ރައްކާތެރިކުރުމަށާއި އިތުރަށް މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯ އާއި ހެރިޓޭޖް މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ/

މި އެއްބަސްވުމުގެ ދަށުން ހުކުރު މިސްކިތުގެ މުންނާރު އަދި 4 ވަޅު ސްޓެލްކޯގެ ބެލުމުގެ ދަށުން ކުރިއަށް އޮތް 4 އަހަރު ރައްކާތެރިކުރުމާއި މަރާމާތު ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނާނެ އެވެ.

ސްޓެލްކޯގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވަނީ ހެރިޓޭޖް މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިޤެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީއެވެ.

މި ރަސްމިއްޔާތުުގައި ވާހަކަ ދައްކަވަމުން ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިޤް ވިދާޅުވީ، މިއަދު ވެވުނު އެއްބަސް ވުމަކީ ވަރަށްވެސް ތާރީހީ އެއްބަސް ވުމެއް ކަމުގައެވެ. އަދި މިހިސާބަށް އެ މިނިސްޓްރީގެ ފަރާތުން އާދެވިފައިވަނީ މިނިސްޓަރ ޔުމްނާ މައުމޫންގެ އެއްބާރުލުމާއި ބުރަ މަސައްކަތުން ކަމަށެވެ.

ތޯރިގް ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ހިސާބެއް ނިސްބަތް ކުރާ އާސާރީ ތަންތަން އެބަ ތިބި ކަމަށާއި ހަމަ އެކަނި މާލޭގެ ހުންނަ ތަރިކަ ރައްކާތެރިކުރާ މުޒާރާއަކުން މަސައްކަތް ކޮށްގެން ކުރިއަށް އޮތް ޖީލުތަކަށް މިކަން ގެންދެވޭނެ ކަމަށް އުއްމީދެއް ނުކުރާ ކަމަށާއި އެކަން ކުރެވޭނީ ހެދިފައި އޮންނަ ގާނޫނާއި ހެދިފައި އޮންނަ މުއައްސަސާތަކާއި އާއްމު ރައްޔިތުންނާއި ކުންފުނިތަކުގެ އެއްބާރުލުމާއި މަސައްކަތާއި އެކު ކަމަށެވެ.

"ދިވެހި ރާއްޖޭގެ އެތަން މިތާނގައި އެބަހުރި ރާއްޖޭގެ ހުރިހާ ރަށެއްގައި އެބަ ތިބި އާސާރާ ތަންތަން. އެރަށަކަށް ޙާއްސަ ތަންތަން. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންކަން އަންގައިދޭ މުހިންމު ތަރިކަތައް އެބަހުރި ރާއްޖޭގެ އެކި ހިސާބުތަކުގައި" ތޯރިގް ވިދާޅުވިއެވެ.

މީގެ އިތުރުން ތާރިގް ވިދާޅުވީ، މިގޮތަށް ހުންނަ ތާރީހީ ތަންތަން ރައްކާތެރިކުރެވޭނީ އެ މިނިސްޓްރީގެ އިތުރުން އެހެން ފަރާތްތަކުންވެސް ގުޅިގެން ކަމަށެވެ. އަދި އެގަތަށް އެ މަސައްކަތަށް އެއްބާރުލުން ލިބޭނަމަ ލިބުމަކީ ރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއުނީ ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ހުކުރު މިސްކިތުގެ ވަޅުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 19 ނަވާރަ

    ސްޓެލްކޯއިން މީތަކުރަން ފެންނަ ތާރީހީ ކަންތަކަކީ ބަލަ ކުރާނެ ކަމެއް ނޭގިގެން އުޅޭކަމަށް ވަންޏާ އިސްތިއުފާތީފަ ގޭގަ އޮވޭ. ތަނުގެ މުވައްޒަފުން އުޅެގޮތްތައްނުބެލެހެއްޓިގެން އުޅެ މީހެއް ތީ