ދޯންޏެއްގައި ހިންގި މާރާމާރީއެެއްގައި ވަރަށް ބޮޑަށް ޒަހަމްކޮށްލުމަށްފަހު ކަނޑަށް އެއްލާލި ޒުވާނާއަށް ހަމަލާދީފައިވަނީ އެންމެ މީހެއް ކަމަށާއި، ހަމަލާ ދިންއިރު ދޯނީގައި ތިބި އެހެން މީހުން ތިބީ ނިދާފައިކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ލަނޑާނަގާ ދޯންޏެއްގެ ތެރޭގައި ހިނގާދިޔަ މާރާމާރީގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނާއަށް ވަޅިން ހަމަލާދީ ކަނޑަށް އެއްލާލުމުން އޭނާ ފަތާފައި ގޮސް މާޅޮހަށް އެރީ އެވެ. ވަޅިން ހަމަލާ ދިނުމުން ޒަހަމްވީ އުމުރުން 26 އަހަރުގެ ރ. މަޑުއްވަރީ އިސްމާއިލް ހައްމާދު އެވެ.

އެ މައްސަލައާ ގުޅިގެން 30 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށް، އއ. ރަސްދޫ ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހައިދީފަ އެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހައްމާދަށް ވަޅިން ހަމަލާދިން މީހާ ކަމަށެވެ. ތަހުގީގުން މިހާތަނަށް ހޯދި މައުލޫމާތުން އެނގެނީ ދޯނީގައި އުޅުނު ގިނަ މީހުން ތިބީ ނިދާފައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން. އަޅުގަނޑު ހިތުން މިހާ ވަރަށް ހާމަ ކުރެވުނީމަ، ތަހުގީގު ކުރެވެމުންދާ މައްސަލައަށް އެކަށީގެންވާ ޖަވާބެއް ކަމަށް ގަބޫލުކުރަނީ،" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މެންބަރު ހަސަންޓޭ ވަނީ ހާދިސާ ހިނގި މީހުން ތިބި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މެންބަރު އީވާ އަބްދުﷲ ވެސް ވިދާޅުވީ އެ މާރާމާރީ ހިނގިއިރު ދޯނީގައި ދެން ތިބި މީހުން ނިދާފައި ތިބެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮތަރުބިސް

    އަނެއކާވެސް ތިގޮވީ އަތައް މިފަހަރު އީވާގެ އަތައް އިމްރާނު އެވިދާޅުވާ ނިދާފަ ތިބިމީހުންނަކީ އެމްޑީޕީ އެވިދާޅު ގަދަފަދަ ފަހުލަވާނުން

    16
    1
  2. ފުއާދު

    ދެން ކީއްކުރަން ނިދާފަ ތިބިބަޔަކު ހޭލާ ހުރިމީހަކާ އެކު އެރަށައް އެރީ..ޒަހަމް ވީ މީހަާ ހޯދަން..ބުއްދި ހަމަ ޖެހެ ވާހަކަ ދައްކަބަލަ

    11
    2
  3. ފުއާދު

    ދެން ބުނޭ މޫދައް ވެއްޓުނީ އޭ މިޔަރު ތައް ހަމަލާ ދިނީ އޭ..

  4. ވަގުތު

    ނިދާފަ ތިއްބަސް އެވަރުގެ ކަމެއް ވާއިރު ހޭނުލެވޭތަ؟

  5. ާައަސްލަމް

    ނިދާފައޮތީ މޫދަށް އެއްލާލި މީހާ

  6. ބްސް

    ތިއީ ހަމަތެދެއް ނިދާފައޮއް މީހާމޫދައް އެއްލާލީ

    3
    1