ދުނިޔޭގެ އެންމެ ވަރުގަދަ ނިރުބުވެރި އެއް ޖަމާއަތް ކަމުގައިވާ އައިއެސްއައިއެސް އަށް ރާއްޖޭގައި ބާރުދިނީ ވެރިކަން ކުރާ އެމްޑީޕީ އިން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި އައިސިސް ޖަމާއަތުގެ މީހުންނާއި ޑޮޓު މީހުނަށް (ހައްދުފަހަނަ އަޅައިފައި ތިބޭ މީހުންް) ބާރު ދިނީ އެމްޑީޕީ އިން ކަމަށެވެ.

އަދި ރާއްޖޭގައި ވަކިވަކިން ޖަމާއަތް ހަދައިގެން ނަމާދުކޮށް އެތައް އަހަރެއް ވަންދެން ހިންގި ހަރުކަށި އަމަލުތައް ހުއްޓުވުމަށް ކުރީގެ ސަރުކާރުތަކުން މަސައްކަތް ކުރަމުންދިޔައިރު، އެކަަމަށް ހުރަސް އެޅީ އެމްޑީޕީން ކަމަށް ޝަހީމްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ ދައުރުގައި ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ހުކުމް ލުއިކޮށް ދެވަނަ ފުރުސަތުގެ ނަމުގައި ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ހަރުކަށި ވިސްނުންތަކުގެ އެންމެން ދޫކޮށްލާފައިވާ ކަމަށާއި، ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ޖިހާދީ ވިސްނުމުގެ މީހުން ބިންގާއެޅީ އެކަމުގެ ސަބަބުން ކަމަށް އޭނާ ކުރެްްވި ޓްވީޓުގައި ވަނީވިދާޅުުވެފައެވެ. އަދި އެކަން ކުރީ 2008 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާއި ދެމެދު މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނަވައިގެން ކަމަށް ޑރ. ޝަހީމްގެ ޓްވީޓުގައި ވަނީ ވިދާލުވެފައެެވެ.

ޑރ. ޝަހީމް ވިދާޅުވީ ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުން މަނާކޮށް އެކަން ހުއްޓުވާފައި ވަނީ ރައީސް އަބްދުއްﷲ ޔާމީންގެ ވެރިކަމުގެ ކުރީ ކޮޅުގައި ކަމަށެވެ.

މީގެ އިތުރުން ހަރުކަށި އައިއެސް ޖަމާއަތުގެ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އެމީހުން ރާއްޖޭގައި ހަރަކާތެރިވުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް އޭނާގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އއސް

    ޝަހީމް އެބުނީ
    ތެދުފުޅެ

    19
    2
  2. Anonymous

    ރާއްޖޭގައި ވަކި ޖަމާއަތެއް ހަދައިގެން ނަމާދު ފުރަތަމަ ކުރަން ފެއްޓެވީ ވެސް ސަހީމު

    4
    23
  3. ހާމިދު ޝާހިދު

    ޑޮކްޓަރ ޝަހީމް އެވިދާޅުވީ ވަރަށްވެސް ތެދުފުޅެއް. މިކަން ހައްލު ކޮށްދޭން އެބަޖެހޭ. އެމްޑީޕީ ސިޔާސީ މަގުސަދަށް އެމީހުންނާ ބައިތު ހިފުމުގެ ނަތީޖާ. ސަލަފް ޖަމިއްޔާ އަކީ ދީނުގައި އޮތް ރަނގަޅު ހުކުމްތައް ރައްޔިތުންނަށް އޮޅުން ފިލުވައިދޭން މަސައްކަތް ކުރާ ބައެއް. ރައީސް ޔާމީނު މިއަދު ވެރިކަމުގައި ހުންނެވިނަމަ، އައިސިސިސް ޖަމާއަތަކަށް ވައިވެސް އެޅިލާކަށް ނުކެރޭނެ. އެމީހުނަށް އަދަބުދީ ހުސްކުރާނެ. ސަލަފުވެސް އަދި އެނޫން ގިނަ ދީނީ އިލްމުވެރިން ރައީސް ޔާމީނުގެ ސަރުކާރުގައި ތިބީ ސަރުކާރާ އެކުގައި.

    15
    2
  4. ސާބަސް

    "އަދި ރާއްޖޭގައި ވަކިވަކިން ޖަމާއަތް ހަދައިގެން ނަމާދުކޮށް އެތައް އަހަރެއް ވަންދެއް ހިންގި ހަރުކަށި އަމަލުތައް ހިންގުމަށް ކުރީގެ ސަރުކާރުތަކުން މަސައްކަތް ކުރަމުން ދަނިކޮށް އެކަމަށް ހުރަސް އަޅައި ހުއްޓުވައިފައިވަނީ އެމްޑީޕީ އިން ކަމަށް ޝަހީމްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ."

    ޓްވީޓުގައި ވަނީ ހަމަ މިގޮތައްތޯ ލިޔުނެތެރިޔާ ޗެކްކޮށްލުން ރަނގަޅު. ލިޔާއިރު ލިޔެވޭ އެއްޗެއް ބަލައިލާ!

    5
    5
  5. ކިޔުންތެރިއެއް

    ޝަހީމުގެ ޓްވީޓްގައި ވާގޮތަކަށް ނޫން ޚަބަރުގައި ލިޔެފައި އޮޮތީީ. ވަރަށްް ބޮޑަށް އަސްލު އޮޅުވައިފައި. ކުރީގެ ސަރުުުު ކާރުތައް އަދި ޝަހީމުވެސް ބަދުނާމުވާ ގޮތަށް. ވަރަށް ޒިންމާދާރުކަމެއް ނެތް.

    5
    4
  6. މުކި

    އަމިއްލަ އަގުވެއްޓޭގޮތަށް ފާޅުގަ ދޮގުވާހަކަ ނުދައްކަވާ

    1
    10
  7. އައްޑޫ މީހާ

    ތިވާހަކައަށް މ %100 ތާއީދު އެއީ ތިކަން ކައިރިން އަހަރެން ދުށިން ކެންނާރި ދަންނަ.ނުދަންނަ މާފަތް އެދުރު މުރުތައްދު ސޫލާސިރާޒް ބޮވުނު ގަންޖާ މަހާރަދުން ކައިރިން އަހާބަލަ ކަލޭ ދަންނަ މިހެއްތޯ ހިމަންދޫ ޝަކީބު މީހަކު ހަރުކަަށި ވެެގެން އެހާވަރު ވާނީ އެއީ ތި އެދުރު ކަލޭގެ އެންމެ އަރިސް އެކަކު އެދުވަސްވަރު ފުލުހުންނާ ކުރިމަތިލާން އެމީހުންނަށް ހިއްވަރުދިނީ ތި އެދުރު ކަލޭގެ