ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން، އިބްރާހިމް ސިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް އަންނަ އާދީއްތަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

ސިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ. މި މައްސަލައިގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 15:00 އަށެވެ.

ފަނޑިޔާރުންނަށް ރިޝްވަތު ދިން މައްސަލައިގައި ސިޔާދު ހައްޔަރު ކުރީ ފެބްރުއަރީ 07 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިހާރު ވަނީ އަމުރު ކޮށްފައެވެ.

ސިޔާދުގެ އިތުރުން ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތް ވެސް ވަނީ ފަށާފަ އެވެ.

އަދި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒް ފޯރުވުމުގެ ޝަރީއަތް ވެސް މިއަދު ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނައީސް އަޙްމަދު

    މަޑުއްވަރީ ދާއިރާއިން ނަގައިގަތް މެންބަރު ބުނާއަޑު އެހިން އެއްވެސް މީހަކަށް ޝަރީޢަތަށް ފިލައިގެނެއް ނޫޅެވޭނެޔޭ! އޭގެ ހެކި މިފެންނަނީވެސް!