އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ން 10 އަހަރު ކުއްޖެއްގެ ނޭވާ ހޮޅިން ޕިނެއް ނަގައިފިއެވެ.

އައިޖީއެމްއެޗް އިން ބުނީ އެ އޮޕަރޭޝަނަށް ގަޑިއެއްގެ އިރު ހޭދަވިކަމަށެވެ. އަދި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ އެދުމަކީ އެއްވެސް މީހަކު ޕިން އަނގަޔަށް ލައިގެން ނޫޅުން ކަމަށާއި، ބުރުގާ ޕިން އަނގަޔަށް ގޮސްގެން ހިނގާ ހާދިސާތައް އިތުރުވެފައިވާކަަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އައިޖީއެމްއެޗުން މިއަދު 10 އަހަރު ކުއްޖެއްގެ ނޭވާ ހޮޅިން ޕިނެއް ނެގިިއިރު، އިއްޔެގެ ވަގުތެއްގައި 19 އަހަރުގެ އަންހެނެއް ބަނޑުން ވަނީ ޕިނެއް ނަގާފައެވެ.

އައިޖީއެމްއެޗުން އިއްޔެ ބުނެފައި ވަނީ، އޭނާގެ ބަނޑަށް އެ ޕިން ގޮސްފައިވަނީ އަނގަޔަށް ލައިގެން އުޅެނިކޮށް ކަމަށެވެ. އަދި އެ މީހާގެ އޮޕަރޭޝަނެއްކޮށް ބެލި އިރު ޕިން ހުރީ ބަނޑުގައި ހަރުލާފައި ކަމަށް އެ ހޮސްްޕިޓަލުން މައުލޫމާތު ދެއެވެ.

މީގެ ކުރިންވެސް އަނގަޔަށް ޕިން ފަދަ ތޫނު އެއްޗެހި ލައިގެން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާތަކެއް ވަނީ ހިނގާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތުން

    މިއީ ޕިން ނަގާ ދުވަސްވަރު، މިވެސް ރޯގާ އެއްދޯ

  2. މުކި

    ބޮލާފޮށާއެޅޭތޯބަލާ އަދިވެސް. ހީވަނީ ދިވެހިންގެ އައުރަ މާބޮޑީހެން. އަޖާއިބެއް

    2
    6