ޖަމިއްޔަތުއް ސަލަފަށް ފިޔަވަޅު އަޅަން ނިންމައިފައި ވަނީ ލާދީނީ ޖަމިއްޔާ (އެމްޑީއެން) އުވާލުމަށް ނިންމުމުން ބަދަލަށް ބަދަލުހިފަން ކަމަށް ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދަޅުވިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 71 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްޗަށް އެކުލަވާލައިފައިވާ ރިޕޯޓު ވަނީ ބޮޑު ގޮހޮޑާ ވާހަކައަށް ބަދަލުވެފައި ކަމަށާއި، ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓަކީ، އެ އިރެއްގެ އޮންނަ ސަރުކާރަކުން ބޭނުންވާ އެއްޗެއް ލިޔާ ރިޕޯޓަކަށް ހަދާފައިވާކަމަށެވެ.

އަދި ހައްދުފަހަނަ އަޅައިފައިވާ މީހުންނޭ ކިޔައިގެން އެކަމުގެ އަސްލު އޮޅުވާލަން ބަޔަކު މަސައްކަތް ކުރަމުން ދާކަމަށް އެބޭފުޅާ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރައްވައި އޭނާ ވިދާޅުވީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް ބޭރުން ބަޔަކު އައި ކަމަށާއި އެކަން ކުރުމަށްފަހު އެމީހުން އެނބުރި ގޮސްފައި ވާކަމަށް މަޖިލީހުގައި "ރައީސް އަކަށް އިންނެވި ބޭފުޅަކު" ވަނީ ވިދާޅުވެފައި ކަަމަށާއި އެހެން ނަަމަވެސް އެވާހަކަ މަރުތަކުގެ ރިޕޯޓުގައި ނެތް ކަމަށެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެހާ ޔަގީންކަމާއި އެކު ފާހަގަކުރައްވާފައި ވަނިކޮށް މަރުތަކުގެ ރިޕޯޓުގައި އެފަދަ އެއްވެސް ވާހަކައެއް ނެތުމުން، ނަޝީދު ވަނީ އެކަމާއި މެދު ސުވާލު އުފައްދަވައި، އެކަންތައް ބަލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ މިހާތަނަށް ހުރިހާ މާރާމާރީ އެއް އަދި އަދި ޑރ. އަފްރާޝީމް އަވަހާރަކޮށްލުން ފަދަ ޖަރީމާތައް ހިންގައިފައިވާ މީހުން އެމްޑީޕީއަށް ނިސްބަތް ވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

"މިކަމުގައި ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާން ވެސް ނިސްބަތްވަނީ އެމްޑީޕީ އަށް. އިހަކަށް ދުވަހު ކުޑަކުއްޖަކާ އިނދެގެން މައްސަލަ ފެންމަތިވި މީހާވެސް ނިސްބަތް ވަނީ އެމްޑީޕީ އަށް. އެމްޑީޕީ މުޒާހަރާތަކުގެ އެންމެ އިސްކޮށް އުޅޭ އެކަކަށް އޭނާ ވަނީ" މެންބަރު ނަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަން ސަލަފު ޖަމިއްޔާގެ ބޮލުގައި އަޅުވަން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށާއި އެކަން ކުރަމުންދަނީ އިލްމުވެރިންގެ އަޑު ކަނޑުވައިލުމަށް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެމްޑީއެން އާއި ދެކޮޅަށް ފިޔަވަޅު އެޅުމުން އެކަން ހަޖަމު ނުވާކަމަށާއި ބަޔަކު ސަލަފު އުވާލުމުގެ މަސައްކަތް ކުރަމުން ދަނީ އެހެންވެގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހެއު

    ޔާމީން ކަލޭމެނައް ކޮން ބާރެއް ނުދެނީ ދީނީ ކޮންމެކަމެއް އެންމެފުޅާމިނުގަ ކުރަން ހުޅުވާލި ކަލޭމެނައް ނުކުރެވިފަ އޮތީ ނަމަވެސް ބައެއްދެ ދަހިވެތިކަމައް ހެއލުނީމާ މިފަހަރު ވީގޮތް ސަލާމަތްވޭތޯ ގިނަގިނައިން ދުއާކުރޭ

  2. އަލިބެ

    އެހެންވެޔޭ ލާދީނީ އެމްޑީޕީއޭ އެކިޔަނީ.

    12
  3. ރޮނޑާ

    މިހިރަ މޮޔަމީހާ. ކަލޭމެން އެންމެން ހިތުހުރި ގޮތަކައް އުޅެ ތެޅި ބާލަނީ މުސްލިމެއްގެ ގޮތުގައި ހުރެގެން. އިސްލާމް ދީން ގޯސްވީމަތަ؟ކަލޭ ގޯސްކުރާނީ އިސްލާމް ދީންތަ؟ކަލެ އައް އެގޭތަ މިހާރު އޭނަ ކޮންޕާޓީ އެއްކަން. މިބުނަނީ ހަގުރާމައައް ރެކްރޫޓް ކުރުވަން މަސައްކަތް ކުރުވާބަޔަކު އެބަތިއްބޭ. ކަލޭތިއުޅެނީ ގަބޫލުނުކުރަންތަ؟