ޖަމިއްޔަތުއް ސަލަފަށް ފިޔަވަޅު އަޅަން ނިންމީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ "ޕިކްޗަރ" ރީތިކުރަން ކަމަށް ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޕީ ނަޝީދު މިހެން ވިދާޅުވެފައި ވަނީ މިއަދު މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ. ނަޝީދު ވިދާޅުވީ ސަލަފް އާއި މެދު ފިޔަވަޅު އަޅަން ކުރަމުންދާ މަސައްކަތަކީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ސަރުކާރަށް ހުރަސް އަޅުއްވައި، 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ޕިކްޗަރ ރީތިކުރުމަށް ކުރަމުންދާ ކަމެއް ކަމަށާއި އެހެން ނަަމަވެސް މިފަދަކަންކަން ރައްޔިތުން ބަލައި ނުގަންނާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މިކަންކަން ކުރަމުން ގޮސް ނިމޭ އިރު އެއްވެސް ހަގީގީ ކުއްވެރިއަކު އަތެއް ނުލެވޭނެ ކަމަށާއި، މިކަމަށް ފިޔަވަޅު އަޅާނެ މީހަކުވެސް ނުހުންނާނެ ކަމަށެވެ.

އެޖަލްސާގައި ވާހަކަ ދައްކަމުން ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ ހައްދުފަހަނަ އަޅައިފައިވާ މީހުންނޭ ކިޔައިގެން އެކަމުގެ އަސްލު އޮޅުވާލަން ބަޔަކު މަސައްކަތް ކުރަމުން ދާކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރައްވައި އޭނާ ވިދާޅުވީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް ބޭރުން ބަޔަކު އައި ކަމަށާއި އެކަން ކުރުމަށްފަހު އެމީހުން އެނބުރި ގޮސްފައި ވާކަމަށް މަޖިލީހުގައި "ރައީސް އަކަށް އިންނެވި ބޭފުޅަކު" ވަނީ ވިދާޅުވެފައި ކަަމަށާއި އެހެން ނަަމަވެސް އެވާހަކަ މަރުތަކުގެ ރިޕޯޓުގައި ނެތް ކަމަށެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެހާ ޔަގީންކަމާއި އެކު ފާހަގަކުރައްވާފައި ވަނިކޮށް މަރުތަކުގެ ރިޕޯޓުގައި އެފަދަ އެއްވެސް ވާހަކައެއް ނެތުމުން، ނަޝީދު ވަނީ އެކަމާއި މެދު ސުވާލު އުފައްދަވައި، އެކަންތައް ބަލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބުރަކި

    ތިބުނީ ވަރައްބޮޑު ތެދެއް ތި ރިޕޯޓްފުރިހަމަވާނީ އޭނާއާވެސް ސުވާލުކޮއްގެން އެކަމަކު ކޮމިޝަނައްކިތަންމެ ވަރުގަދަބާރެއްލިބިފައޮތަސް ވަކިމީހަކައް މަރުކަމިޝަނުގެ ބާރެއްނުފޯރާނެ ކޮމިޝަނައްބާރުފޯރުވޭނީ ނިކަމެތިރައްޔިތުންނައް

    18
  2. ރަގަޅު

    ޑރ. ޢަފްރާޝިމުގެ މަރުގެ ތަހުގީގެއްކުރާނަމަ އެކަމާ ރައީސްނަޝީދުއާ ސުވާލުކުރެވެންޖެހޭނެ. ޢަޕްރާޝީމް އަވަހާރަކޮއްލި މީހުން ފުރާގެން ދިޔަވާހަކާގެ އިތުރުން. ޑރ.އަފްރާޝީމް އަވަހާރަކޮށްލުމުގެ ދުވަސްކޮޅެއްކުރިން ރައީސް ނަޝީދު ޔޫރަޕްގަ ދެއްކިވާހަކަތައްވެސް ދިރާސާކޮށް ބަލަންޖެހޭނެ. ޢޭގެތެރޭގަވެސް ހައްދުފަހަނައަޅާފަ ތިބިމީހުންނާ މަނީލޯންޑްރިންގެވާހަކަތައް ރަގަޅަށް އަޑުއަހާ މިމަރާގުޅުންހުރިތޯ ބަލަންޖެހޭނެ.

    18
  3. 19 ނަވާރަ

    ބަލަ ކުރިން ތިޔާ ބުނާ ކޮމިޝަނުން ނެރުނު ރިޕޯޓާހެދި ތިޔަ ކަލޭގެ ލޭ މައްޗަކަށް ނުދޭ. މިފަހަރު އެކަލޭގެ ލޭގެ ޕްރަޝަރު މަތިވެގެން އުޅެނީ.

    2
    2
  4. އިހަވަންދޫ ރައްޔިތެއް

    ކޮޔާމެނޭ މިއޮތީވާކަމެއް. މާﷲ ދޫ ދެއްވާފައޮތީމަ ކިޔޭއެއްޗެއް އެ މަނިކަށް ނޭގެނީ. އޕ ނަޝީދުމެން އެކަލޭގެއަށް ފުރުސަތު ނުދޭތި.

  5. ނާޒުކު

    ތިޔަ ކޮމިޝަނެއް އުފެއްދިފަހުން މި ގައުމުގައި އެކި ގޮތްގޮތަށް މަރުވާ މީހުން ގިނަވެއްޖެ. ކޮމިޝަނުގެ ވާހަކަ ކިރިޔާވެސް ދައްކާލާއިރަށް އެކަންތައް އެބަ ކުރިމަތި ކުރައްވާ ﷲ އީ އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ. އާދޭސްކޮއްފަ މިބުނީ ރ. އިބްރާހީމް ތިޔަ ކޮމިޝަންތައް އުވާލާ ހެޔޮނުވާނެ. ގައުމަށްޓަކާ އެކަންކޮއްދީބަލަ

  6. ވެރިން

    ނަށީދު އެކަންޏެއް ނޫން މިހާރު ހޯމް މިނިސްޓަރަކަށް ހުރިމީހާޔާވެސް ސުވާލު ކުރަން ޖެހޭނެ،އަހަރުމެން ދެކުނިން ކަރުގަ ހުރިހުރިހާ ނާރެއް ފުއްޕާ ވަރަށް އަޑަށް ބާރުލާފަ ހެކި މިއޮތީޔޭ ކިޔާފަ ހަޅޭލެވިތަން.

  7. ރޮނޑާ

    ނޮޅިވަރަމް ދާއިރާގެމެމްބަރ ދީންވެރިމީހަކައް ދެއްކެން ތިއުޅެނީ ކީއްވެ. އަހަރަމެން ދީނައް އުޅެނީކީ ސަލަފެއް އޮތީމަކާ ނޫން. އަހަރަމެންގެ ކާފަމެން ދުނިޔެ ދޫކޮއްފަ ދިޔައީ ދީންމަތީގަ ތިއްބާ. އެއިރަކު ވައްކަން ކުރުމާ ،ރާބުއިމާ،މީހުން ގަޔައް ވަޅިޖެހުން އެއީ ދަންނަ ކަމެއް ނޫން. ހަގުރާމަ އައް މީހުން ފޮނުވުން އެއްގޮތަކައްވެސް ކޮއް އުޅުނު ކަމެއް ނޫން..ކަލޭ ކިތައްމެ ރުޅި އަޔަސް ދީން ވިއްކައިގެން ލާރި ހޯދާމީހުން ބައިވަރު. ތިމާ އަމއްލައް ރަގަޅު މީހަކައްވެބަލަ.ކީއްކުރަން އެހެންމީހުންނައް ބަވަން ތިއުޅެނީ.