ގދ. މަޑަވެލިން މަސް ބާނަން ދިޔަ އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ މަޑަވެލީ ގަމަރީ، އުމުރުން 72 އަހަރުގެ މުހައްމަދު ސައީދު އެވެ. އޭނާ މިއަދު މެންދުރު މަސް ހިފަން ދިޔަ ގޮތައް އަދިވެސް ޚަބަރެއް ނުވާކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ވިދާޅުވީ މުހައްމަދު ސައީދު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ފުލުހުންނަށް ވެސް ލިބިފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުން ވެސް ބައިވެރިވަމުންދާ ކަމަށެވެ.
ފުލުހުން ވިދާޅުވީ އޭނާ މަސް ހިފަން ނިކުތީ މަޑަވެލި ފަރުމައްޗަށް ކަމަށާއި މަސް ހިފަން ނިކުތީ އެކަނި ކަމަށެވެ. މަސް ހިފުމަށްޓަކައި އޭނާ ދަލެއް ގެންދިޔަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ވަގުތު މިއޮތީ އަނެއްކާވެސް ވަރުގަދަ ހަބަރެއް ލިޔެލާފަ.
މޑޕ މީހުން ވެރިކަ ކަމައް އައީމަ ކޮންމެ ފަހަރަކުވެސް އުމުރުން ދުވަސްވީ މީހުން ގެއްލުމާ މަރުވުން މިއީ ކޮންކަމަކާ ގުޅުންހުރިކަމެއްތޯ ބަލައް އެބަޖެހޭ ނޫންތޯ ކޮބައިތޯ މަރުކޮމިޝަން