ދިވެހި ފިލްމް ދެއްކުމަށާއި، މިއުޖިކް ޝޯވް ބޭއްވުމަށް ދޫކުރަމުންދާ، ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސިނަމާ، އޮލިމްޕަސް ދޫކުރާ އަގު 50 އިންސައްތައަށް އަގުހެޔޮ ކޮށްފިއެވެ.

މިކަން ހާމަކޮށް އޮލިމްޕަސް ހިންގުމާއި ޙަވާލުވެފައިވާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވދާޅުވީ، އޮލިމްޕަސް މިހާރަށްވުރެ ހެޔޮ އަގުގައި ދޫކުރުމަށް ނިންމައި، 50 އިންސައްތައަށް އަގުހެޔޮ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ބަދަލާއި އެކު، ކޮންމެ ޝޯވްއަކަށް މިހާރު 4000 ރުފިޔާއަށް ދޫކުރާ އޮލިމްޕަސް، އޭޕްރިލް 15 ވަނަ ދުވަހުން ފެށިގެން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 ރުފިޔާއަށެވެ.

"އޮލިމްޕަހުގައި ދިވެހި ފިލްމު ދެއްކުމަށް މިހާރު ކުއްޔަށް ދޫކުރަނީ، ކޮންމެ ޝޯއަކަށް 4000 ރުފިޔާއެވެ. އޮލިމްޕަހުގެ ކުއްތަށް މިއަދު ގެނައި ބަދަލާއިއެކު، 15 އޭޕްރީލް 2018 ވާ އާދީއްތަ ދުވަހުން ފެށިގެން އޮލިމްޕަސް ކުއްޔަށް ދޫކުރާނީ 50% އަގުހެޔޮކޮށް 2000 ރުފިޔާއަށެވެ." ޕީއެސްއެމްގެ ބަޔާނުގައި ވެއެވެ.

ޕީއެސްއެމްއިން ވިދާޅުވީ، އޮލިމްޕަހުގެ އެތެރެ މިހާރު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި، މި ޒަމާނުގެ ކޮލިޓީގައި ފިލްމު ދެއްކުމަށް ބޭނުންކުރާ ޕްރޮޖެކްޓަރުވެސް ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއް ވެފައިވާތީ، ޕްރޮޖެކްޓަރާއި ސައުންޑް ސިސްޓަމް ޒަމާނީ ފެންވަރަކަށް ގެނައުމުގެ މަސައްކަތާއި، އަދި ޒުވާނުންނަށް ޚާއްސަ ވަސީލަތްތައް ތަނަވަސްކުރުމުގެ މަސައްކަތް ޕީއެސްއެމުން މިހާރު ފަށާފައިވާކަމަށެވެ.

މީގެ އިތުރުން، ހެންދުނާއި މެންދުރުފަހާއި ހަވީރާއި ރޭގަނޑުވެސް ފިލްމު ދައްކާ ސިނަމާއެއްގެ ގޮތުގައި އޮލިމްޕަހުގެ ޚިދުމަތް ފަށައިގަތުމަށް ތައްޔާރުވަމުންދާ ކަމަށާއި، އޭރުން ދިވެހިންގެ މެދުގައި މަޤުބޫލު ތަފާތުއެކި ބަސްބަހުގެ ފިލްމާއި ކުޑަކުދިންނަށް ޚާއްސަ ފިލްމުތައްވެސް ޤަވާއިދުން އޮލިމްޕަހުގައި ދައްކަމުންދާނެ ކަމަށް ޕީއެސްއެމްއިން ވިދާޅުވެއެވެ.

ޕީއެސްއެމްއިން ވިދާޅުވީ، އޮންލައިންކޮށް އޮލިމްޕަސް ބުކް ކުރުމާއި ޓިކެޓް ގަތުމުގެ ވަސީލަތްތައް ތަނަވަސްކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށެވެ.

ދިވެހި ފިލްމުތައް ޕްރޮމޯޓްކޮށް އިތުރަށް މަޤުބޫލުކުރުމަށް ޚާއްސަ ސަމާލުކަމެއް ޕީއެސްއެމުން ދެއްވާކަމަށްވެސް އެކުންފުނީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޮބްޒާރވްޑް

    އޮލިމްޕަސް އެއައީ ފުލީ މަމެން ޕިންކީންގެ ކޮންޓްރޯލް ދަށަށޭ ދެން މަމެން ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ޓަކައި ފުލީ ބުކްޑް ކޮށްލަންވީއޭ ކުރިއަށް އޮތް މެއި މަހުން ފެށިގެން އޮކްޓޯބަރ މަސް ނިމެން ދެން. ދެން ޔާރާ ދިލްދާރާ ފިލްމްސް ތައް ދައްކަން އެމެން ދަގަ ހުޅުމާލެ އަށް. އޮލިމްޕަހަކީ އެއީ ޔާރާ ދިލް ދާރާ ފިލްމް ދައްކަން ހުރި ތަނެއް ނޫނޭ. މިހާރު ތަމެންނަށް ހުންނާނެ މުޒާހަރާ ކުރަން ނިކުމެވިފައި ދޯ. ކޮބާ ރަންރީނދޫ ޓްވިޓަރޭ މެން ބުނީމެއް ނޫންތޭ ފެބް އެކެކުން މަމެން އަރައިގެން ފިނަމަ ތަމެންނަށް ވަރުގަދަ ޝޮކް އެން އޯވް އެއް ދޭނެ ކަމަށް މިހާރު ތަމެންނަށް އެތަން ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ޝޯމީ ދަ މީނިންގް އޮފް ބީންގް ޑިސްއެގްރީންގް ވިދް އަސް. ލައިފް ގޯސް އޮން އޭޒް އިޓް ނެވަރ އެންޑްސް. އައި ޖަސްޓް އޮބްޒާރވް ދަ ޓްރެންޑްސް ގިލްޓީ ރޯޑްސް އާރ އެންޑްލެސް ދެއަރ އިޒް ނޯ ހެޕީ ވޭ އޮން ދެޓް ޕާތް ޝޯމީ ދަ މީނިންގް އޮފް ބީންގް ޑިސްއެގްރީންގް ވިދް އަސް. ސަރެންޑަރ ނައު. އޯއް އޯއް އޯއް ޔޫއާރ މިސިންގް ސަމްތިންގް ފްރޮމް ޔުއަރ ހާެރޓް ޓެލްމީ ވަޓް ދެޓް ވުޑް ބީ..