ލަނޑާނަގާ ދޯންޏެއްގެ ތެރޭގައި ހިނގާދިޔަ މާރާމާރީގައި ޒަހަމްވި އިސްމާއިލް ހައްމާދު، 26 އަށް ހަމަލާދޭން ބޭނުން ކުރި ވަޅި ފުލުހުން ހޯދައިފިއެވެ.
އެ މާރާމާރީގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނާއަށް ވަޅިން ހަމަލާދީ ކަނޑަށް އެއްލާލުމުން އޭނާ ފަތާފައި ގޮސް އެރީ މާޅޮހަށެވެ.
ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހައްމާދަށް ހަމަލާދިން ވަޅި އެ ސަރަހައްދުގެ 15 ވަރަކަށް މީޓާރު އަޑިން ފުލުހުން ހޯދާފައިވާ ކަމަށެވެ.
ހަމީދު ވިދާޅުވީ އެ މައްސަލާގައި މިހާރު ހައްމާދުގެ ބަހެއްވެސް ފުލުހުން މިހާރު ހޯދާފައިވާ ކަމަށެވެ.
އެ މައްސަލާގައި ވަނީ 30 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ.
ހަމީދު ވިދާޅުވީ، އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ކުށަށް އިއުތިރާފުވެފައިވާ ކަމަށެވެ.
އެ މާރާމާރީގައި ޒަހަމްކޮށްލުމަށްފަހު ކަނޑަށް އެއްލާލި ހައްމާދަށް ހަމަލާދިނީ އެކަކެވެ. އޭނާއަށް ހަމަލާ ދިންއިރު ދޯނީގައި ތިބި އެހެން މީހުން ތިބީ ނިދާފައެވެ.
ތީގަ ކުށްވެރިވާނީ ވަޅިކަންނޭނގެ.
ޢަފްރާޝިމް މަރު ބައިވެރިން ނުހޯދެނީ އޭ ކަނޑުމަތީގައި ވީކަމެއް ނޫންވީމަ. ކެމެރާއަށް އެރީމަނުފެނޭ. ކެމެރާ ނެތިއްޔާ ވަގުތުން ވަގުހިފާ ލޮލް