ސައުދީ ސަރުކާރަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ފޮނުވިކަމަށް ބުނެ ދައުރުވަމުންދާ ސިޓީ އަކީ އަސްލެއް ނޫން ކަމަށް ފޮރިން މިނިސްޓަރީ އިން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު ސައުދީއަށް ފޮނުވިކަމަށް ބުނެ ދައުރުވަމުންދާ ސިޓީގައި ބުނެފައި ވަނީ ސައުދީ ސަރުކާރުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޭއައިސީ) ގައި އަދާކުރައްވަމުން ގެއްދާ ދައުރާއި މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި އެއަށްވުރެ ރަނގަޅު ދައުރެއް އޯއައިސީގައި ސައުދީ އިން އަދާކުރެއްވޭނެ ކަމަށް އެސިޓީގައި ބުނެފައިވެއެވެ. އަދި މިހާރު އޯއައިސީގައި ސައުދީ އިން އަދާކުރަމުންދާ ރޯލަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

1984 ވަަނަ އަހަރު ސައުދީ އިން ރާއްޖެއާއި އެކު ރަސްމީ ގުޅުމެއް ގާއިމް ކުރުމުގެ މާކުރިންވެސް މި ދެގައުމަކީ އެކުވެރި ދެގައުމު ކަމަށާއި އެކަން ތާރީހުން ފެންނަން އޮތް ކަމަށް އެސިޓީގައި ވެއެވެ.

ރާއްޖޭގެ ދޮރުތައް އަބަދުވެސް ބޭރުގެ އިންވެސްޓްމެންޓް ތަކަށް ހުޅުވިފައި ހުންނާނެ ކަމަށާއި، އުރީދޫ އަކީވެސް ގަތަރުން ރާއްޖެއަށް ކޮށްފައިވާ ރަނގަޅު އިންވެސްޓްމެންޓެއްކަން ފާހަގަކޮށް، އުރީދޫ އަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު މޯބައިލް ނެޓްވޯކް ކަމަށް އެސިޓީގައި ވަނީ ބުނެފައެވެ.

މިސިޓީ ދައުރުވާން ގުޅިގެން "ވަގުތު" އިން ގުޅުމުން ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރ މުހައްމަދު މިއުވާން ވިދާޅުވީ އެސިޓީ އަކީ މިނިސްޓްރީގެ މިންގަނޑުތަކަށް ފެތޭ ސިޓީ އެއް ނޫން ކަމަށާއި އެއީ އެމިނިސްޓްރީ އިން ފޮނުވި ސިޓީއެއް ނޫންކަމަށެވެ. އަދި އެއީ މިނިސްޓްރީގެ ނަމުގައި ބަޔަކު ތައްޔާރުކޮށްފައިވަ ފޭކު ސިޓީ އެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައިޕީ ކޮބާ؟

    ރާޓީވީން ތައްޔާރުކުރި ފޭކެއް؟ ހަހަހަ
    ކަލޭމެން ބުނި ލަންކާގަ ހުންނަ ދިވެހި އެންބަސީގަ ބާޣީ ލުޠުފީ ނެތޭވެސް.
    ތިވާނީ ހަމަ އަސްލު ތެދަކަށް. ރަނގަޅަށްވިއްޔާ ތި ލިޔާނީވެސް ތިތާތިއުޅޭ ރާޓީވީ އަނގައޮރި ސޮރު.