ލަނޑާ ނަގާ ދޯންޔެއްގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން "މަރުގެ ޙުކުމް" އިއްވައި، ޒުވާނަކު "ކޮށާލުމަށްފަހު" ކަނޑަށް އެއްލާލީ ވައްކަމެއްގެ ޒިންމާ ނެގުމަށް އޭނާ، ގްރޫޕުގެ އެހެން މީހުންނާ ދޯނި ތެރޭގައި ބައިއަތު ނުހިފުމުން ކަމަށް ރާއްޖޭގެ ނޫހެއް ކަމަށްވާ "ސަން" އިން ރިޕޯޓުކޮށްފިއެވެ.

ލަނޑާނަގާ ދޯންޏެއްގެ ތެރޭގައި ހިނގާދިޔަ މާރާމާރީގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނާއަށް ވަޅިން ހަމަލާދީ ކަނޑަށް އެއްލާލުމުން އޭނާ ފަތާފައި ގޮސް މާޅޮހަށް އެރީ އެވެ. ވަޅިން ހަމަލާ ދިނުމުން ޒަހަމްވެފައިވަނީ ރ. މަޑުއްވަރީ އިސްމާއިލް ހައްމާދު ނަމަކަށް ކިޔާ 26 އަހަރުގެ ޒުވާނެކެވެ.

މާޅޮހަށް އަރައި ހައްމާދު އެ ރަށުން އޭނާ އަށް އެހީތެރިކަން ފޯރުކޮށްދިން ދެމީހުން ކައިރީގައި ބުނި ކަމަށް ވަނީ އޭނާ އަށް އެމީހުން ހަމަލާދީފައިވަނީ ކަމަކަށް "ބައިއަތު" ހިފަން އޭނާ އެއްބަސް ނުވުމުން ކަމަށެވެ. ނަމަވެސް، ހައްމާދު ބައިއަތު ހިފަން އެއްބަސް ނުވީ ކޮން ކަމަކަށް ކަން އޭނާ ބުނެފައެއް ނުވެއެވެ.

ހައްމާދުގެ އުފަން ރަށް ކަމަށްވާ، ރ. މަޑުއްވަރީ ބައެއް މީހުން މީޑިއާތަކަށް ކިޔާދިން ގޮތުގައި ހައްމާދުމެން ދަތުރުކުރާ ދޯންޔަކީ ހަރުކަށި ވިސްނުމުގެ މީހުން ދަތުރުކުރާ ދޯންޏެކެވެ. އަދި އެއީ މަސްތުވާތަކެތިވެސް ބޭނުންކުރާ ބައެއް ކަމަށާއި، ބޮޑެތި ވައްކަން ކުރުމަކީ އެމީހުން ކޮށް އުޅޭ ކަމެއް ކަމަށް ވަނީ މަޢުލޫމާތު ދީފައެވެ. ހައްމާދު އަކީ އެ ދޯނީގެ ކައްޕި ކަމަށާއި، އެމީހުން ރާވާ ވައްކަންތަކުގެ އެންމެ ބޮޑު މޭސްތިރި އަކީ ވެސް ހައްމާދު ކަމަށް އެމީހުން ބުނެއެވެ.

އަޗި ރާއްޖެ އަކީ ކާފަރު ޤައުމެއް ކަމަށް މި ގްރޫޕުގެ މީހުން ޤަބޫލުކުރާ ކަމަށާއި، އެމީހުން އަބަދުވެސް އުޅެނީ "ހަނގުރާމައިގެ މައިދާނުގައި" ކަމަށާއި، ހަނގުރާމައިގެ މައިދާނެއްގައި މީހުންގެ އަގުބޮޑެތި މުދަލާއި، ފައިސާ ރައްކާކޮށްފައި ހުންނަ ތިޖޫރީ ފަދަ ތަކެއްޗަކީވެސް ޣަނީމާ މުދާ ކަމަށް މި މީހުންނަށް ޤަބޫލުކުރެވޭތީ، މީގެ ކުރިންވެސް ހައްމާދުމެން ދުއްވާ ދޯނިން ވަނީ ބޮޑެތި ވައްކަން ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

"ސަން" ނޫހުން ހާމަކޮށްފައިވާ ގޮތުގައި ދޯނީގައި ހިނގި ހަމަ ނުޖެހުމަކީ، ވައްކަމެއްގެ ޒިންމާ ހައްމާދު ނުނެގުމުން ހިނގާ ދިޔަ ހަމަ ނުޖެހުމެކެވެ. ހުއިފިލަނޑާގެ މަސްވެރިކަން ކުރާ ކަމަށް ހަދައިގެން، އެ ދޯންޏަކީ އާންމުކޮށްވެސް ރިސޯޓުތަކުންނާއި ރަށްރަށުން ވައްކަން ކޮށް އުޅޭ ބަޔަކު މަސްވެރިކަން ކޮށް އުޅޭ ދޯންޏެއް ކަަމަށް އެ ނޫހުގައި ވެއެވެ/

ހައްމާދަށް އެ ހަމަލާ ދިނުމުގެ 3 ދުވަސް ކުރިންވެސް އެ ދޯނީގެ މީހުން "މަސްވެރިކަމެއް" ކުރަން އުޅުނު ކަމަށް ސަން ގައި ރިޕޯޓްކޮށްފައި ވެއެވެ. އެގޮތުން އެމީހުން މަސައްކަތް ކޮށްފައިވަނީ ރިސޯޓެއްގެ ފަޅުގައި އޮތް ޑިންގީއެއް ވަގަށް ނެގުމަށެވެ. އެ ވައްކަން ކުރަން އުޅެނިކޮށް ހައްމާދަށް ހަމަލާދިން އިސްމާއީލް އާސިފް ކިޔާ މީހަކު ފަޅާއެރުމުން، އޭނާގެ ގައިގައި ބަޔަކު ތަޅައިގަތް ކަމަށް ވެއެވެ. އެ މައްސަލަ ފުލުހަށް ވެސް އޮތީ ރިޕޯޓްކޮށްފަ އެވެ. އެ ދޯނީގައި ދެން ތިބި މީހުން އެދުނު ކަމަށްވަނީ "ދީނަށްޓަކައި ކުރި ކަމަކަށް" ވުމުން އެ މީހުންގެ އެންމެ އިސް މީހާގެ ހައިސިއްޔަތުން، އެ ވައްކަމުގެ ޒިންމާ ހައްމާދު ނެގުމަށެވެ.

އެކަމަށް ހައްމާދު ދެކޮޅު ހެދުމުން "މިއީ ދީނުގެ މަގުގައި ކުރާ ކަމެކޭ އެހެންވީމާ ޖެހޭނީ ކުރާށޭ" ދޯނި މީހުން ބުނި ކަމަށްވެ އެވެ. އަދި އެކަމަށް އެއްބަސް ނުވުމުން ހައްމާދަށް މަރުގެ ޙުކުމް އިއްވުމަށްފަހު، އޭނާއަށް ވަޅިން ހަމަލާދީ ކަރު ބުރިކޮށްލަން އެމީހުން މަސައްކަތް ކުރީ ކަމަށް ވެއެވެ. އިސްމާއިލް ހައްމާދުގެ ކަރަށާއި، ބޮލަށް ވަޅިން ހަމަލާދީފައިވާއިރު، އޭނާގެ އަނގަވެސް އޮތީ "އިރާލާފައެވެ." އެ ހާލުގައިވެސް އޭނާގެ ފުރާނަ ސަލާމަތް ވެފައިވަނީ؛ އެ ނާމާން ދަންވަރުގެ ވަގުތުގައިވެސް ފަތާފައި ކައިރީގައި އޮތް މާޅޮހަށް އެރުމުގެ ރަޙުމަތް އޭނާ އަށް ލައްވާފައި ވާތީއެވެ.

ބައިއަތު ހިފަން އެއްބަސް ނުވުމުން މަރުގެ ޙުކުމް އިއްވައި، ކަރު ބުރިކޮށްލުމަށްފަހު، ކަނޑަށް އެއްލާލި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އޭނާއަށް ހަމަލާދިން މީހާ އެކަންޔެވެ. އެއީ އިސްމާއީލް އާސިފް ކަމަށް މަޢުލޫމާތު ލިބެއެވެ. ހަމަލާދިން ދުވަހު އެ ދޯނިން ދަތުރުކުރީ ކިތައް މީހުންކަން ކަށަވަރުކުރެވިފައި ނުވާއިރު، ބައެއް މީހުން ބުނެފައިވަނީ އެރޭ މަދުވެގެން 4 މީހުން އެ ދަތުރުގައި ބައިވެރިވެފައިވާ ކަމަށެވެ.

ދޯންޏެއްގައި ހިންގި މާރާމާރީއެެއްގައި ވަރަށް ބޮޑަށް ޒަހަމްކޮށްލުމަށްފަހު ކަނޑަށް އެއްލާލި ޒުވާނާއަށް ހަމަލާދީފައިވަނީ އެންމެ މީހެއް ކަމަށާއި، ހަމަލާ ދިން އިރު ދޯނީގައި ތިބި އެހެން މީހުން ތިބީ "ނިދާފައި" ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައެވެ. އެ މައްސަލައާއި ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ވެސް ހައްމާދު އަށް ހަމަލާ ދިން ކަމަށް އެއްބަސް ވެފައިވާ އާސިފް އެކަނި ކަމަށާއި، އެހެން މީހުން ހައްޔަރުކުރަން ޖެހޭ ސަބަބެއް އަދި ތަހުގީގަށް ފެނިފައިނުވާ ކަމަށް ޝެއިޙު އިމްރާން ވިދާޅުވިއެވެ.

ޝެއިޙު އިމްރާން އަދި ފުލުހުން މިގޮތަށް ވިދާޅުވިއަސް، މީހަކަށް މަރުގެ ޙުކުމް އިއްވައިގެން، ކަރު ބުރިކޮށްގެން އުޅޭ ވަގުތެއްގައި ބަޔަކު ނިދާފައި ތިބެދާނެ ކަމަށް ޤަބޫލުކުރަން ގިނަ ބަޔަކަށް ދަތިވާ ކަމަށް ބުނެ މީސްމީޑިއާގައި މިކަމާ ގުޅޭގޮތުން ވަނީ ޙިޔާލުފާޅުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނުން ޑރ. އަފްރާޝީމް އަލީގެ މައްސަލައާއި، ނޫސްވެރިޔާ ރިލްވާންގެ މައްސަލައިގައި ނެރުއްވި ރިޕޯޓުތަކުގައި ވަނީ ރާއްޖޭގެ ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން އޮތް ނުރައްކަލުގެ މިންވަރު ތިލަކޮށްދެއްވާފައެވެ.

ރާއްޖޭގައި އައިއެސް ޖަމާޢަތާއި، އަލްޤައިދާގެ މީހުންވެސް ޙަރަަކާތްތެރިވާ ކަން މަރުގެ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މި ޖަމާޢަތްތަކުގެ މީހުން ރާއްޖެއިން ބޭރަށް ހަނގުރާމަޔަށް މީހުން ފޮނުވާ ކަމަށާއި، އެމީހުންގެ މިޝަންތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ބޮޑެތި ވައްކަންތައްވެސް ކުރާ ކަން ވަނީ ހާމަކޮށްފައެވެ. އެގޮތުން މާލޭގައި މިފަހުންވެސް ހިންގި ބޮޑެތި ވައްކަންތަކަކީ މި ހަރުކަށި ފިކުރުގެ މީހުންގެ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

ހަރުކަށި ފިކުރުގެ މީހުންގެ ކަންތައްތައް ބޮޑުވެގެން ދިވެހިރާއްޖޭގެ މުއައްސަސާތަކުން އެކަންކަން ބަލައި، އެކަށީގެންވާ ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގައިވެސް މެމްބަރުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މިހާރު ވަކާލާތު ކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ޝޭޚްރުޝްދީ

  ރަންގަޅު އެއީ ހަމަ ޖާހިލިއްޔަ ޒަމާން އަނބުރާ ގެނެސްގެން އުޅޭ ބައިގަނޑެއް .. ކަންނެއްކަމުން ހަލާލު މަސައްކަތެއް ކުރަންނުކެރިގެން ފޭރޭ ބައެއްތީ

  184
  13
 2. ޝޭޚްރުޝްދީ

  ނުބައިކަންކަން ނިމޭނީ ވެސް ނުބައިކޮށް.. ނުބައި މީހުން ރައްޓެހިންގެ ގޮތުގައިވެސް ޚިޔާރު ނުކުރަން އޮންނަނީ ކަމެއްވެގެން.

  145
  8
  • ކިނބޫ

   އެމްޑީޕީން ތަރުބިއްޔަތުކޮށް ނެރުނު ހުޅުޖަހާ ގާއުކާ ގްރޫޕްގަނޑެއް އެއީ. އެވާނެތަ އެހެން ގޮތެއް

   94
   52
   • މަނަދޫ

    ގާއުކުން އެންމެ ފުރަތަމަ ދަސްކޮށްދިނީ 2008 ވަނަ އަހަރު ގައުމީދިދަ ކޮނޑުގައި ބަނދެގެން އޭރުގެ ޑީއާރުޕީ އިން މިކަން ހިނގާފައި ވަނީ އެމްޑިޕީ މީހުން ނ. މަނަދޫއަށް އެރިޔަ ނުދެން އޭރު ނ. މަނަދޫގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ބޭފުޅުންގެ އަމުރަށް

    20
    25
 3. ކުލުނު

  ތިވައްތަރު މީހުން އުޅޭ ވާހަކަ އަންނި ގޮވީމާ... އަންނި އަށް ބުރެ ބޮޑު ކާފަރަކު ނެތްކަމަށް ހަދާ،، ޤައުމު ފަލީހަތް ކުރާކަމުގެ ޓެގް ބޮލުގައި އެޅުވީ... މި މީސްމީހުންގެ ފިކުރު ވަރަށް ނުރައްކާތެރި... މިމީހުންނަށް ފާޑު ކިޔާ ނަމަ އެހިސާބުން އެމީހަކު އެވީ ކާފަރަކަށް....

  109
  115
  • ދޮގެއް؟

   އާނއެކޭ. ތިބުނާ ޒާތު މީހެކޭ އޭނައަކީ.
   ކަރުބުރިކޮށްގެން ތުއުޅެނީވެސް އޭނަގެ އުފެއްދުމެއްނު. އެކަހަލަ ހުރިހާ ކަމެއްގެ މޭސްތިރިއަކީ އޭނަ. އެކަންކަން އެންމެ ރަނގަޅަށް އެނގޭނީވެސް އޭނައަށް. ދެން އޭނަ އެވާހަކަ ދެއްކިޔަކަސް ކަލޭ ތިބުނާ ޒާތު އެއްޗަކަށް ނޫނީ އެނުވާނެ

   69
   25
 4. ނަޖީބު އައްބާސް

  ރާއްވިއްއިގެން ހޯދިއަސް އެހެން މީހެއްގެ އެއްޗެއް އަނެއް މީހަޔައްހުދަވާނެ ކަމަކައް ނުދެކެން! އެކަމަކު ދީނުގެއަގުވެއްޓި ޒުވާނުން ދީންސިރިޔަސް ނުނެކުމުގަ ބޮޑުބައެއް ކުޅޭ ދައުލަތުން ބަގުރާވިއްކޭ ގޮތައް ފަޅުރައްތައް ކުއްދިނުމާ ބަގުރާވިއްކުމުގެ ހުއްދަރަސްމީކޮއްދީ އަދި ރަމުޒީކައިވެނި ކުރުންފަދަ ކަންތައް ރިސޯތަކުގަހިންގުން! އިސްލާމީމިނިސްޓުރީން ހަދާހުތުބާގަބުނެދާނެ ބަގުރަލަކީހުރިހާ ނުބައިކަމުގެ މަންމަޔޭދެން ސުވާލަކީ އެވަރުނުބައިއެއްޗެއް ވިއްކަނީކީއްވެހޭ

  53
  7
 5. އިބްރާހިމް

  އެމްޑީޕީގެ މުޒާހިރާއިން ހަރުކަށިކަން ދަސްކޮށް ހުރިހައި ނުބައިކަމެއް މި ގައުމުގައިތިބި ދީނީ މީހުންގެ ބޮލުގައި އަޅުވަންވެގެން ތުނބުޅި ބަހައްޓައިގެން އުޅެނީ

  107
  41
 6. ާައަސްލަމް

  މަޑުއްވަ ރީ މީހުންނަކީ ވަ ރަށް ޖާހިލު ބައެއް

  37
  11
  • ކެރީ

   މި މުޅި ދިވެހިރާއްޖޭގަވެސް އުޅެނީ ޖާހިލުން. ނަމުން އިސްލާމް. ކަމަކީ ރާބުއިން

   2
   2
 7. ކިނބޫ

  "ދީނަށްޓަކާ" އެކަކު ޒިންމާ ނެގީތަ ފަހަރި ީ ީ؟ ގަންޖާ ގެންގުޅޭ "ތަޅާ ކުދިންކޮޅު" ގްރޫޕް ބައެއް ތީ. ވައްކަން އެކުރަނީވެސް ގަންޖާގެ ބޭނުމަށް. އޭނަ އަތުގަ ވާނެ ފައިސާގަނޑު. ސުލޯލިހުވަގާ ދޭތިވެގެން ގައުމުގެ ޒުވާން ޖީލު ކުށްކުރުމަށް ދެވި ހިފާފަތިބި ބަޔަކަށް ހަދައިފި. އެސޮރު ލައްވާ ވީޓީވީގަ ރޯކުރުވާ ގާއުކުވާ ހެދިއިރު ވަރަށް ފުއްޕާފައެއްނު އެސޮރުވެސް ހުރީ. މިހާރު އެއޮތީ ހަކަތަ ނެތިފައެއްނު. އެމްޑީޕީއޭ ކިޔާ ބައިގަނޑު ނައްތާލައިގެން ނޫނީ މި ޖީލު ސަލާމަތެއް ނުކުރެވޭނެ. މިކަން ވާނީ ރައީސް ޔާމީނަށް

  51
  23
 8. ހެހެހެ

  މަރުބަލާ ކޮމެޓީ އުފެއްދިފަހުން ގޮތްނޭގޭ މަރުތައް ވަރައްގިނަ. ޢެއްމެދުވަހެއްވެސް ނުދެއެވެ. ކުފުރބަސްތައްބުނެ. ތިމާމީ އެއްމެ މޮޅުމީހާކަމައް ގަބޫލުކޮއް މީހުންގެ ބޮލުގައި އިލްޒާމް އަޅުވައި ވެރިކަން ފޭރިގަތްބަޔަކު ވިސްނަންވެއްޖެ.

  27
  7
 9. ހެޔޮ ވިސްނުން ދެއްވާށި

  ހަމްމާދު މަރާލަން އުޅުނީ އެމީހުންގެ އިސްމީހާގެ ގޮތުގަ ހުރެ ޒިންމާ ނުނެގީމަ. ހަންމާދުގެ ދަށުން ދެން އެންމެ ބޮޑަށް ހުރި މީހާ ޒިންމާ ނެގީ ކަންނޭގެ އެއްނު. އެހެންނޫނީ އޭނަވެސް މަރާ ކުރިމަތި ލާންޖެހިދާނެތީ. ބަލާބަލަ ތިގުރޫޕުގަ ދެވަނައަށް އެންމެ ބޮޑަށް އުޅެނީ ކާކުތޯ. ރަނގަޅަށް ވެއްޖިއްޔާ އެވާނީ އަސްމާއިލް އާސިފް ކަމަށް.. ވަރަށް ހިތާމަ ހުރި ކަންކަންތައް. މާތްﷲ ހުރިހާ ދިވެހިން އަށް ހެޔޮ ވިސްނުން ދެއްވާށި އާމީން.

  48
  1
 10. އިބްރާހިމް

  ހަރުކަށި ބަޔެއް ނޫން. ޕާޓޭންގެ ދެވަނަ ސޫރަ. އެބަޔަކު އެ އުޅެނީ ދީނަށް ލޯބި ކުރާ މީހުންނަށް ހަޖޫޖަހާ ތުނބުޅި ބަހައްޓާ ކޮންމެ މީހަކީ ޓެރަރިސްޓަކަށް ނުވަތަ ހަރުކަށި ފިކުރުގެ މީހަކަށް ހަދަން. ދީން އިނގޭ އެއްވެސް މީހެއް ޤުރުއާނާ ޙިލާފް ކަންކަމެއް ނުކުރާނެ. ހަރުކަށި ނުކިޔާ އެބަޔަކު ދީނުން ބޭރުން ކުރާ ކަން ކަން ދީނުގެ ބޮލުގަ ނޭޅުން ރަނގަޅު. އިސްލާމް ދީނުގެ މަގަށް އުޅޭ އެވެސް މީހެއް ނުބައި އަމަލެއް ނުހިންގާނެ.

  76
  3
 11. އަހަންމާދީ

  މިހާާރަކައް އައިސް ކޮންމެ ކަމެއް ކުރިޔަސް މިވަނީ ހަރުކަށި ޖަމާތަކައް ..!
  ހަރުކަށި ޖަމާތޭ އެހެން އެއްޗެކޭ ނުކިޔާ ތިކަން ކުރާ ބަޔަކު ހުއްޓުވަން ވެއްޖެއެއް ނުން .:.:އެކަންވެސް ވަނީކީއެއް ނުން މިހާރަކައް އައިސް ކޮންމެ ކަމެއް ކުރިޔަސް ހަރުކަށި ޖަމާތޭކިޔާ އެކަން އޮއްބާލެވޭތޯ ތިބަލަނީ ވަރައް ސާފު ތިކންތަށް..’ހަރުކަށި ޖަމާތޭ މިކިޔަނީ ކަންތަށް ސިއްރުކުރަން ..🙏

  41
  4
 12. ޔސރ

  ޚަވާރިޖުން އުޅޭ ހަޑިމުޑުދާރު ގޮތް.

  19
  2
 13. ޓޮމް

  ތުނބުޅިދިގުނުކުރެވޭނެމީހަކުނުހުއްނާނެ ތުނބުޅިދިގުކޮއްގެންވެސް މާލެތެރޭގަ ރާބޮއެ ޒިނޭކޮއް ޑުރަގުވިއްކާ ހަދަނީވެސް ހަރުކަށިފިކުރުގެމީހުންތޯ އަލްގައެދާ ދިދައެއްހިފައިގެން އުޅޭކޮއްމެމީހަކީ އެޖަމާއަތުގެމީހަކައްވާނެތޯ ދިވެހިދިދައެއް ހިފައިގެނު އުޅޭކޮއްމެމީހަކީ ދިވެއްސަކައްވާނެތޯ މީދީނީ އިލްމުވެރިން ގުރުބާންކުރަން ސީދާ މިނިވަންފިކުރުގެމީހުން ފަތުރާއެއްޗެއް ދީނީ ަިލްމުވެރިން ކަތިލަންކުރާމަސައްކަތުގެ ފެށުން

  30
  3
 14. މަހޭޝް

  މަސްތުވާތަކެތި ބޭނުން ކުރަނީ ތިބުނާ ހަރުކަށި ވިސްނުމުގެ މީހުން ދެއްތޯ ؟

  14
  3
 15. ކޮށިކަތިވަޅި

  ވައްކަންކުރުން ﷲ ވަނީ ނަހީކުރައްވާފަ އެކަމަކު މިމީހުން ވައްކަން މިކުރަނީ ﷲ ގެ މަގުގަޔޯ މީ މަގޭ ބަފާގެނަމުގައޭ ބުނިނަމަވެސް މާ ތާހިރުވީސްތާ

  21
  1
 16. މާޒިން އަހުމަދު

  މި މީހުންގެ ވާހަކަތަށް ހުުންނަގޮތުން ހަމަ ހިނިއަންނަނީ، އިންސާނުންނަށް ސިކުނޑި ދެއްވާފައިވާނީ ހެވާ ނުބައި ދެނެގަތުމަށް، އިސްލާމްދީނުގައި، އެހެންމީހުންގެ މުދަލާ، ލެއި ވަނީ ޙުރުމަތްތެރިކުރަށްވާފައި، މުސްލިމުންގެ ގޮތުގައި ތިބެ އެފަދަކަމެއް އަމިއްލައަށް ހުއްދަކޮށްގެން ނުކުރާނެ.. ތީ ހަމަ ހައްދުފަހަނަ އަޅާގޮސްފައި ތިބި ބައެއް، ތީ މުސްލިމުންނެއްނޫން.

  12
  1
 17. ދިވެހިސޮރު

  ވިސްނާލަ ބަލަ ރައްޔިތުންނޭ.. މިޤައުމުގެ ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސްހަމަ ތަރައްޤީގެންނަވަނީ.. އެކަމު ދުވަހެއް ދުވަހަކަށް ޤައުމުގެ ޒުވާނުން މިދަނީ ހަލާކުވަމުން.. ފޭރާން މިދަނީ ވީދި އޮރިޔާންވަމުން..
  ވައްކަންކުރުން ހައްދުފަހަނައަޅާފަ
  މަސްތުވާތަކެތި އިންތިހާޔަށް.
  ޝީޝާ ބުއިން ހައްދުން ނައްޓާފަ
  ސިގިރޭޓް ދުން މުޅި މަގުތަކުގަ
  ޒިނޭކުރުން ރޭގަނޑާއި ދުވާލު ކައިކައިގެން އެމަސައްކަތުގަ
  މީހުންމެރުން ޢާންމުވެފައި
  އަންހެންކުދިން އަވަދިނެތި ރެސްޓޯރެންޓްތަކުގަ ސިގިރޭޓް ބުއިމުގަ

 18. ހަމަހަމަ

  ޟި ޚިޔާލު ޖަހާަނެ ކަމެއްވެސް ނޭނގެ.

  މިޤައުމަށް ބޭނުންވަނީ ވައްކަން ކޮށް ރައްޔިތުންގެ ބައިތުލްމާލު ކައި ހުސްކުރާ ވެރިއެއް. އެއީ ހަމައެކަނި ޔާމީނު.