ދީނީ ހަރުކަށި ފިކުރުތައް ގެންގުޅޭ ކަމަށް ތުހުމަތު ކޮށްފައިވާ "އަނދިރި ދައުލަތެއް" ފުލުހުންގެ ތެރޭގައި ނެތް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ބާރުތަކާއި ބެހޭ ކޮމެޓީ އަށް ވަޑައިގެން ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ގައުމުގައި މިހާރު ކަންކަން ހިނގަމުން ދާ ގޮތުން ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓުން ކައިރި ކަަމަށާއި، ސިޔާސީ ފަރާތްތަކުން ތަންތަނުގައި ވާހަކަ ދައްކަވަމުން ދާއިރު އެފަދަ ކަންކަމަށް ވިސްނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ ތެރޭގައި އޮތީ އަނދިރި ދައުލަތެއް ނޫން ކަމަށާއި އެހެން ނަމަވެސް ދީނާއި ގުޅުވައިގެން އަނިޔާވެރި އަމަލުތައް ހިންގުމާއިި، ދީނީ މިނިވަންކަމަށް ހިތަވަރުދޭ އެއްވެސް މީހަކު ފުލުހުގެ ތެރޭގައި ނުވާނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވިއެވެ.

"އަނދިރި ދައުލަތުގެ މާނައަކީ ކޮބައިކަމެއް އަޅުގަނޑަށް ދަންނަވަން ދަތި. އެކަމަކު ދީނާ ގުޅުވައިގެން އަނިޔާވެރި އަމަލުތައް ހިންގުމާއި، އަދި އޭގެ އަނެއް ކޮޅުގައި އޮންނަ ދީނީ މިނިވަންކަމަށް ހިތްވަރުދީ އެއިން އެއްވެސް ކަމަކަށް ވާގިދޭ ބަޔަކު ފުލުހުންގެ މުއައްސަސާގެ ތެރޭގައި ނޫޅޭކަން އަޅުގަނޑު ދަންނަވަ"

އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ބައެއް ފަރާތްތަކުން އިންޒާރުދެމުން ދާކަމުގެ މައުލޫމާތު ލިބެމުންދާކަމަށާއި، އެއީ ވިސްނަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންޒާރުދިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާނޭ ކަމަށާއި، އެއީ ފުލުހުން ސީރިއަސް މައްސަލައިގެ ގޮތުގައި ބަލަމުން އަންނަ ކަންކަން ކަމަށް ހަމީދު ވިދާޅުވިއެވެ.

ހަމީދު މިހެން ވިދާޅުވެފައި ވަނީ ހަރުކަށި ކަމާއި ދެކޮޅަށް ފުލުހުންނަށް ފިޔަވަޅު އަޅަން ދަތި ވަނީ އެފަދަ ކަންކަމަށް ބައެއްފަހަރުފުލުހުންވެސް ހެއްލިފައި ތިބުމުގެ ސަބަބުން ކަމަށް އިއްޔެ ރައްޔިތުްނގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވުމާއި ގުޅިގެން ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އަލިބިޔާއްކަލޯ

  ކަލޯ ހަމީދާ ކަލޯތިޔާހެން ބުނާއިރު ޗަކޮއި ތިޔައީ ކޮން ގުރޫޕަކައްނިސްބައްވާ މީހެއްތަ؟؟؟
  އެމް ޑީ އެން ދޮތަ؟؟؟🐛🐛🐛

  6
  1
 2. Anonymous

  އެބަ އޮތް ލާދީނީ އަނދިރި ދައުލަތް. ކަލޭ ތިހުރީނު ދެން ކަލޭގެ އައުވާނުން އެބަ ތިއްބެއްނު.

  5
  1
 3. ބޮއިކަޓް ޢަލީ

  ފަހުޒަމާނުގައި ދޮގުވެރި ދައްޖާލުންތައް ވާނެތެވެ. ތިޔަބައިމީހުންނާއި އަދި ތިޔަބައިމީހުންގެ ކާބަފައިންވެސް އަހައިފައިނުވާ ވާހަކައާގެން އެއުރެން ތިޔަބައިމީހުންގެ ގާތަށް އަންނާނެއެވެ. ފަހެ ތިޔަބައިމީހުން އެއުރެންނާމެދު ސަމާލުވާހުއްޓެވެ. އެއުރެންނަށް ތިޔަބައިމީހުން އަވާގައި ޖައްސައި މަގުފުރައްދައިލިޔަ ނުދޭށެވެ.

 4. Anonymous

  މުރުތައްދު ޝައިތާނު

 5. ހުރާގަނޑު

  ދެންނަޝީދު އެބުނާ އަނދިރި ދައުލަތަކީ ރޭގަނޑުގެ ކަޅުއަނދިރިދޯ ޅެންވެރިޔާކުރެން އަހާބަލަ ތިޔަބުނާ އަނދިރިި ދައުލަތަކީ ކޮބާތޯ؟

 6. ކަހަނބު ވިތްޓޯ ޓޯ

  ހެހޭޭ ޕަކަޕަކަާސް

 7. ެޭނެސް

  ކަލެޔައް ރޭކާލާނީ އަތައް ގޮވީމަ، 7 ފެބްރުއަރީގަވެސް ދޮޅުރޯނާ އަރާފަ އިންދާ ދެފައިދަނޑިޔައް ރެވުނީ.

  5
  1
 8. ރައްޔިތުން

  ނަޝީދު ގެ ބޭނުމަކީ ގުޑުގުޑު ލެވުން އަދި އޭގެ ތެރެއިން ނުނިޔަތު ގެ އަމަލަށް މަގުފަހިވާތީ ހިތާމަ ހުރި

 9. މިގޭ

  ލާދީނީ ދައުލަތަކީ އަނދިރި ދައުލަތް. ކަލޭތީ އޭގެ ބޮޑެއް.