ވެރިކަން ކުރާ އެމްޑީޕީގެ ނައިބުރައީސް ކަމަށް ކުރިމަތިލައްވައި ހޮވިވަޑައިނުގަތުމުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ފޮނުއްވެވި 11 ޝަކުވާ ބަލައިނުގަނެ އެމްޑީޕީގެ އެތެރޭގެ އިންތހާބުގެ ނަތީޖާ އިއުލާން ކޮށްފިއެވެ.
އެމްޑީޕީ އިން ވަގުތީ ނަތީޖާ އިއުލާން ކުރުމުން އަސްލަމް ވަނީ އެއީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ނިންމައި އެޕާޓީ އަށް 11 ޝަކުވާ ހިމެނައިގެން ސިޓީއެއް ހުށަހަޅާފައެވެ. އެހެން ނަމަވެސް އެކަމަށް އިޖާބަ ނުދީ އެމްޑީޕީން ވަނީ އެޕާޓީގެ ކުރީގެވެސް ރައީސް، ރައީސް މުހައްމަދު ނަޝީދު ރައީސް ކަމަށް އަދި ނައިބުރައީސް ރައީސް އޮފީހުންގެ މިނިސްޓަރ މުހައްމަދު ޝިފާޒް (ޝިއްޕެ) އައްޔަން ކޮށްފައެވެ.
އެމްޑީޕީ އިން ނެރުނު ދާއިމީ ނަތީޖާގައި ދައްކާ ގޮތުން ރައީސް ނަޝީދަށް ލލިބިވަޑައިގަތީ 24،624 ވޯޓެވެ. އެ އިންތިހާބުގައި ބާތިލް 429 ވޯޓު ހިމެނޭއިރު ރައީސް ނަޝީދާއި ދެކޮޅަށްވެސް 421 މީހަކު ވަނީ ވޯޓު ލައިފައެެވެ.
ނައިބު ރައީސް އިންތިހާބުގައި ޝިއްޕެ އަށް ލިބުނީ 13،815 ވޯޓެވެ. އަސްލަމް އަށް ލިބުނީ 10،840 ވޯޓެވެ. ޝިއްޕެ އިންތިހާބު ކާމިޔާބުކޮށްފައި ވަނީ 2،975 ވޯޓުގެ ތަފާތަކުންނެވެ.
ދެން މަ ކީއްކުރަންވީ ތިކަމާ؟
ދެމި ކޮސީގެ ނަލަނަލަ ރީތި މިސާލެއް.
މިހާރު ތިފެންނަނީ ތިއުރެންގެ އަސްލު ސޫރަ މީހަކު އަބުރަން ގެންގުޅޭ ބުމަރެއްތީ ޑިމޮކްރަސީ ތިއޮތީ އެލިފާ
ޑިމޮކްރަސީ ކައިގެން އަރާހުރި ފުރޭތައެއް ނޫންބާ
ކޮސްބޮލައްއަަރަގެންތެހިނގަނީ
އައްޑޫ މީހުންނަކީ ވަރަށް ފަސޭހަކޮށް ޅޮސްއިނދޯލަށް އެރުވޭ ބާކިޔެ، ތަންދޮރަ އެނގިގެންތިބިއަސް މިގައުމަށް އާސްތިބި ބަންގާޅި ލޭބަރުންނަށް ވަނިއަސް ސިކުނޑި ދަށް ބާކިޔެ. ހިޔަނިއަށް ނިކަން އަވަހަށް މުޑިނަގާށިއެ. ލަދުން ބޯހަލާކި. ވަﷲ އަޢުލަމް.
ކިހާ އިންސާފުވެރި ދެއްތޯ އަސްލަމް ބާއި ހެހެހެހެހެ
ޕާޓީގެ ވަރަށްގިނަކުދިން ބުއިމަށް ލޯބިކުރޭ އެހެންވީމަ އަސްލަމަށްވުރެ ގިނައިން ޝިފާޒު ބޮނީކަމަށްވެދާނެ
ހެހެ 2018 ވަނަ އަހަރުގެ ބޭއްވި ރިޔާސީ އިންތިހާބުގެ މަތިން ހަނދާން އާކޮށްލާ އަސްލަންޓޭ
ރައީސް ނަޝިދު ގަސްތުގައި އަސްލަމް ލައްވާ ގުބޯހައްދަނީ.
މަކަރުވެރި ބައެކެވެ.