ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ސަލަފް ޖަމިއްޔާ އާއި ބޮޑެތި ދެބަސްވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ސަލަފުން އަނެއްކާވެސް ނަޝީދަށް ނަސޭހަތެއް ދީފިއެވެ.

ސަލަފުން މިހެން ބުނެފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ޖަލްސާގައި ސަލަފާއި ގުޅުވައިގެން ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެމުންނެވެ.

ދާދި ދެންމެއަކު ސަލަފް ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މޮސްކޯގޭ އަލީ ޖަލީލަކީ ދުވަހަކުވެސް ޖަމްޢިއްޔަތުއްސަލަފުގައި މަސައްކަތް ކޮށްފައިވާ މީހެއް ނޫން ކަމަށާއި އަދި އޭނާ އަކީ އެ ޖަމިއްޔާ އަށް ނިސްބަތްވާ މީހެއްވެސް ނޫން ކަމަށެވެ.

"ޖަމިއްޔަތުއްސަލަފަށް ނިސްބަތްވާ އިލްމުވެރިންނާއި އެނޫންވެސް ރާއްޖޭގެ އިލްމުވެރިންނަކީ ދީނުން ބޭރުވެފައިވާ ކާފަރުން ކަމުގައި އަލީ ޖަލީލާއި އޭނާގެ ފިކުރަށް ތަބާވާ މީހުން ވަނީ އެތައް ފަހަރަކު ބުނެފައި." ސަލަފުގެ ބަޔާނުގައި ވެއެވެ.

އެ ޖަމިއްޔާއިން އިތުރަށް ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ފަދަ ޒިންމާދާރު މަގާމުތަކުގައި ތިބޭ ފަރާތްތަކުން، ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭ، އަސްލެއް ނެތް ވާހަކަތަކާއި، ފާޅުކަން ބޮޑު ބުހުތާން ފެތުރުމަކީ ވަރަށް ހިތާމަ ކުރާ ކަމެއް ކަމަށެވެ.

"ދަންނާށެވެ! ދުލުން ބޭރުކުރާ ކޮންމެ ކަލިމަ އަކާއި މެދު ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެކަން ކަށަވަރެވެ! ވީމާ، މަޖިލީހުގެ ރައީސް އާއި، އެންމެހާ މެމްބަރުން ދޫރައްކާތެރި ކުރުމަށް ނަސޭހަތްތެރިވަމެވެ." ސަލަފުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. Anonymous

  މުރުތައްދު ޝައިތާނެއް މިނާ އަކީ

  77
  3
 2. ޖައްރާފު

  ނަޝީދު މިވަނީ މުރުތައްދުވެފައެވެ މީނާޔަށް މިވަނީ ކިހިނެއްބާ!

  50
  1
 3. Anonymous

  ޔާﷲ މިބަލާވެރިކަމުން މިލޮބުވެތި ފަސްގަނޑުގެ ސަލާމަތް ކުރައްވާނދޭވެ. މީ މިޤައުމަށް ޕާޓީ ނީޒާމު ގެނެސް ކުދިކުދި ރަށްތައް ބައިބައި ކޮށް ޢާއިލާތަކުގައި ޕާޓީގެ ސަބަބުން ފިތުނައިގެ ހުޅު ރޯކުރި މޭސްތިރިޔާ. ކީރިތި ޤުރުއާނުގައި ބާރު އަޅުއްވައިފައިވާ ރަޙިމުގެ ގުޅުންތައް ކަޑާލާ މުޅި މި ޤައުމު ހަލާކު ފިތުނައިގެ މޭސްތިރިޔާ.

  66
 4. އައްޑޫ މީހާ

  ތިލާދީނީ މީހާ އަށް ކިތަންމެ އެއްޗެއް ކިޔާދިނަށް ވާނެކަމެއްނެތް

  57
  1
 5. ީިިއަންގި އިބްނުސައްތީރު

  އެެއުރެންނަކަށް އަދި ދުވަހެއްއަންނާނެކަށް ހަމަ ނޭގެނީއެވެ އެއުރެންގެ ކަތްފަތް ތަކަށް ވަނީ އިބިލީސް ގުއިލާފައެވެ އެބައިމީހުންނަށް ހެޔޮވިސްނުންދެއްވާށިއެވެ ތަޅަމަށް އެރުމުގެ ކުރިން އަޅެފަހެ ކުރުސިކިޔާ އިބިލީސް ބޮލުން ބާލައިގެން ވަންނަހުށިކަމެވެ

  44
 6. ......

  ހަނދުމަކޮށްދިނުމުން ފައިދާ ކުރާނީ މުއުމިނުްނަށެވެ.

  57
 7. ރޮނޑާ

  ތީ ކަލޭމެންގެ މައްސަލައަކީ. ކަލޭމެންދެކޭ ގޮތުގައި ވަކިބަޔަކު ކަމެއްކުރީމަ ގުނަވަންތަކުން ޖަވާބު ދާރީ ވާން ޖެހޭއިރު ކަލޭމެން ރުހޭ ބަޔު ކޮންމެ ފަދަ ވާހަކައެއް ދެއްކިޔަސް ކަލޭމެން އޯކޭ.ކަލޭމެންތިބެނީ ހަނުން. މަށައްވެސް ފެންނަނީ ސަލަފް އުވާލަން.

  8
  52
 8. ހެއު

  އަޅޭ ކިހާދެރަކަމެއް މިވެރިން މިތިބެނީ މޮޔަވެފާތަ ވެރިކަން ދިނީ އިސްލާހުކުރަން މިކުރަނީ ގައުމު އިސްލާހު

  22
 9. ރައްޔިތުން

  ހުރިހާ މީހުން ދައްކާ ވާހަކަތަކާއި މަލުތައް ގިޔާމަތް ދުވަހުން ޖަވާބުދާރިވުމާއި ކުރިމަތިލާނެ. އެކަމަކު އެއްވެސް ފަރާތަކުން ވާހަކައެއް ދައްކަންވާނީ އޭގެ ތެދު ދޮގު ބަލާފައި އަދި މީހަކު ވާހަކައެއް ދެއްކިޔަސް އެއަށް ނިޔާއެއް ކަނޑައެޅޭނީ އެކަން ބަލާ އަދި ޝަރުޢީ ހަމަތަކުން.

  17
 10. ވިސްނާލުން އެދެން

  މިގައުމުގައި ހަރު ކަށި ފި ކުރު ފަތުރަނީ ސަލަފު ކަމަށް ތިބޭފުޅުންނަށް ހީވިޔަސް ސަލަފުން ރަށް ރަށަށް ގޮސް ދޭ ނަސޭހަތްތައް އެހެރީ ވީޑިޔޯތަ ކުން ފެންނަން ބަލާލަންވީ ނުންތޯ. އަޅުގަނޑުވެސް އެ ސާޗް ކޮށްގެން ހުސްވަގުތު ދޭތެރެ ދޭތެރެއިން އަޑުއަހާލަން. ގަބޫލު ކުރަން ބޭނުން ނުވިޔަސް ޖަމާއަތް ނިމުނީމަ މިސް ކިތަށް އަރާއުޅޭ ބަޔަ ކުވެސް އުޅޭ ވާހަ ކަ އަޑުއިވޭ. މިމީހުންގެ ބަލަދު ސަލަފު ޖަމިއްޔާ އަށް އަރުވާ ކަށް ނުޖެހޭ... އެޝެއިހުން އުޅޭ ގޮތެއްނޫން އެއީ. ބަޔަ ކު ވަ ކިވެގަނެގެން އުޅޭ މީހުންގެ ނަން ސަލަފުގެ ބޮލުގަ އެޅުވިއަސް ދިވެހި ރައްޔިތުންނަށް އެނގޭ ތި ހަރު ކަށި ވިސްނުމުގެ މީހުންގެ ހަގީގަތް.

  21
  1
 11. އަޙްމަދް

  ދަންނާށެވެ! ނޫސްވެރިން އެއްކޮއްގެން މަކަރާއި ހީލަތުން އެހެން މީހުން ނާއި ބެހޭގޮތުން ދުލުން ބޭރުކުރާ ކޮންމެ ދޮގު ކަލިމައަކާއި މެދު ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެކަން ކަށަވަރެވެ! ވީމާ، ހައްދު ފަހަނަ އަޅާފައިވާ ހަރުކަށި ޑޮޓުފިކުރުޣެ ޖަމިއްޔަތުއްސަލަފުގެ ރައީސް އާއި، އެންމެހާ މެމްބަރުން ދޫރައްކާތެރި ކުރުމަށް ނަސޭހަތްތެރިވަމެވެ.

  3
  21
 12. އަޙްމަދް

  ހެހޭ ފުއްޕާފައުޅުނު ޖަމިއްޔަތުއް ސަލަޑު
  ނަޝީދާއި ޖެހުނީމަ މައިތިރިވީދޯ.
  އޭނާގެ ވެރިކަން ވައްޓާލަން ނުކުން ދުވަސް ހަދާންވޭތަ.!
  މިއަދު ތި ބައިގަނޑު (ޖަމިއްޔަތުއް ސަލަޑު) ތި ތިބީ
  ކުރޭވޭނެކަމެއްނެތި ދެއަތް ބަންދުވެ ދޫ ބަންދުވެ ގޮތް ހުސްވެފައެވެ.
  މިއަދު ދެން މަޖިލީހައްށާއި މަޖިލީހުގެ ރައިސަށް ނަސޭޙަތް ދޭނެ ކަމެއް ނެތް.
  މަޖީލަހަށާއި މަޖިލީހުގެ ރައީސަށް އެނގޭ ތި ޖަމިއްޔަތުއް ސަޑަކީ ދީން ހަތިޔާރަކަށް ހަދައިގެން އުޅޭ ސިޔާސީ ބައިގަނޑެއްކަން.

  4
  42
 13. އަޙްމަދް

  ހެހޭ
  ފުއްޕާފަ އުޅުނު ޖަމިއްޔަތުއް ސަލަޑު ބިރުގަތީދޯ.
  ހަމަބިމަށް ތިރިވީދޯ.
  ހުއްނާނީ ރާކަނި މަސަކެވިފަ!
  ދެން މަދަހަ ހަދައިގެން ކިޔާލަ ކިޔާލާ ތިބޭ.

  6
  36
 14. Anonymous

  ކެނެރީގޭ ޝައިތާނާ ވަނީ ހިއްގަވެފަ.

 15. ސޫފި

  ސަލަފުގެ އަމަލުތަކަށް ސުވާލެއްނުކުރޭތަ؟

  1
  1
 16. ޗީޗީ

  ނަސޭޙަތް ދޭ އިރަށް ބުނޭފާނެ ދޯ
  އެތިބަ ކުރުތާ ލާފަ ތިބޭ މުއްލާހޭ މަށަށް ނަސޭޙަތް ދޭން އުޅެނީ

 17. ނޭނގޭ

  މުރުތައްދުވެފައިހުރި މީހަކު އިސްލާމީ ގައުމެއްގައި މާތްﷲ ގަންދީ ހުވައިކޮށްގެން ކިހިނެއް މަގާމުގައި ހުރެވޭނީ. ދެން ސުޕްރީމް ކޯޓަކުންވެސް އެގޮތަކަށް ކަނޑައެއްނޭޅޭނެ. އެބަ ލިޔޭ ވަކި ކަމެކޭ ކުރެވޭނީ. މަޖިލީހުގަ ތިބި ބަޔަކު ބޭނުންވާ ގޮތަކަށޭ އެތަނުން ކަމެއް ކުރެވޭނީ ދެން. އެހެން ލިޔުމަށްފަހު ދެން ކުރެވޭނެ ބުނެވޭނެ އެއްކަމެއް ޗުއްޕުވެސް ނެތް

  1
  3
 18. ދޫނިފުޅު

  އެންމެންނަށްވެސް އެގޭ އަންނިވެސް އެމްޑީޕީވެސް މަޖިލިސް މެމްބަރުންގެ ފެންވަރުވެސް ނޭގޭ ކަމަކީ ނަޒާހަތްތެރިކަން ހޮދު ތިމާ އަކީ މުސްލިމެއްކަން ސުވާލުވެވޭނެކަން ޒިންމާ އަދާ ކުރުމުގައި ތިމާ އެބަ އިހުމާލުވާކަން ލާރިކޮޅު ހިފާފަވެސް ވޯޓުނުދިންނަމަ ރަށު ސޮރު ވީމަ ވޯޓުނުދިންނަމަ ބޭބެގޯތި ސޮރަށް ވޯޓުނުދިންނަމަ ދޮންތަ ގޯތި ސޮރު ވީމަ ވޯޓުނުދިންނަމަ އެންމެން ހައްދާލާފަ ވޯޓު ނުދިންނަމަ ސަޅިވިސް

 19. ޚަރުން

  ލޮލް...ނުލަފާ މޮހޮދު މީނަ ބަހައްޓަންވީ މާލެ މަގުމަތީ ކުނި ފޮހެން...މީނަ މީ ހާމުދުރެއް..

 20. ނ ދ

  ހަމައެކަނި ނަޝީދުގެ ދުލުން އެކަނި ބޭރުވާ ބަހުގެ ހިސާބުތަ ބެއްލެވެނީ ޢިލްމު ވެރިންނަށް ހަމަ ސާބަސް ކުޑަކުދިންނަށް ވެސް އެގޭނެ ތިޔަށްވުރެ ރަނގަޅު ވާހަކަ ދައްކަން

 21. މަހާރެހެންދި ފާތުމަ

  ތި ބައިގަޑު ދުލުން ބޭރު ކުރާ ކަލިމަ އަ ކުން އެދުވަހު ސުވާލު ނު ކުރައްވާނެތޯ!

 22. ރާކަނި ސައްތާރު

  މި ތާ ކޮމެންޓް ކޮށްފައި މިތިބެނީ ފައް ކާ މުސްލިމުން . 5 ވަގުތު މުސައްލަ މަތީ ތިއްބަވާ އަޅުވެރިން.

 23. ޑާކް އެނަރޖީ

  ޖަމިއްޔާތައްވެސް އުވާލަންވީ. ސިޔާސީ ޕާޓީތައްވެސް އުވާލަންވީ. މުސްލިމުން ބައިބައިކުރާ ކޮންމެދޮރެއް ބަންދުކުރަންވީ. އެކިއެކި ނަންނަމުގަ ޖަމާއަތްތަކާއި ޕާޓީތައް ނެހެދިޔަސް ރީތި އުސޫލްތަކުގެ ތެރެއިން މިގައުމުގަ ސިޔާސީ އަދި ދީނީ ހަރަކާތްތައް ހިންގޭނެ.