ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލައިފިނަމަ ޕީޕީއެމް އަށް "ވެރިވެގަންނަން" އަންނަ މީހަކަށް ފުރުސަތު ނުދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

ޔާމީން މިކަމަށް އެދިވަޑައިގެންނެވީ ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި މިރޭ ބާއްވަމުން ގެންދާ އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ މާދަމާ އިންސާފުވެރި ޝަރީޢަތެއް ކޮށްފިނަމަ އެމަނިކުފާނުގެ މައުސޫމްކަން ސާބިތުވާނެ ކަމަށާއި ނަމަވެސް ފަހަރެއްގައި "ދެރަގޮތެއް ވެދާނެ" ކަމަށެވެ.

އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ޕީޕީއެމް އަށް ވެރިވެގަންނަން ބޭރުން އަންނަ ފަރާތަކަށް ފުރުސަތު ނުދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޕާޓީއަށް ވެރިވެގަންނަން އަންނަ މީހަކަށް ފުރުސަތު ނުދިނުމަށް ޔާމީން އެދިވަޑައިގެންނެވިއިރު ޔާމީން ޖަލަށް ލައިފިނަމަ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދާއި، ކުރީގެ ޑިފެންސް މިނިސްޓަރާއި އަހްމަދު ނާޒިމް އަދި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ޕީޕީއެމްގެ ލީޑާޝިޕަށް އަންނަން މަސައްކަތް ކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ޔާމީން ވިދާޅުވީ މިއަދު ފަނޑިޔާރުންގެ ކަރަށް ދަންމަޅިއެއް މަހާލައިގެން ކުރިއަށް ގެންދާ ޝަރީޢަތަކީ އިންސާފުވެރި ޝަރީޢަތެއް ނޫން ކަމަށެވެ.

"މިހުރިހާކަމެއް ﷲ މާރަނގަޅަށް ދެނެވޮޑިގެންވޭ. އަދުލްވެރި އިންސާފުވެރި ޝަރީޢަތެއް ހިނގައިފިނަމަ އަޅުގަނޑުގެ މައުސޫމްކަން އެނގިގެން ދާނެ." ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާ އަކީ އެމަނިކުފާނުގެ މައްޗަށް އުފުލިގެން ވާނެ ދައުވާއެއް ނޫން ކަމަށް ވިދާޅުވާ ވިދާޅުވުމުން މިރޭ ވެސް ޔާމީން ތަކުރާރު ކުރެއްވެވިއެވެ.

ޔާމީންގެ މައްސަލައިގެ ތަފްސީލް މިސާލަކުން ދެއްވަމުން ޔާމީން އިޝާރާތް ކުރެއްވީ އެމަނިކުފާނުގެ އަރިހުގައި ހުންނެވި ޕީޕީއެމްގެ އެކްޓިވިސްޓް ނަރީޝް އަށެވެ. ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ މިސާލަކީ އެމަނިކުފާނުގެ ޖީބުން ނަރީޝް އަށް 100 ރުފިޔާ ދިނުމުން އެއީ ކޮރަޕްޝަންގެ ފައިސާ ކަމަށް ބުނެ ދައުލަތުން ނަރީޝްގެ މައްޗަށް ދައުވާ ކުރުން ފަދަ ކަމެއް ކަމަށެވެ.

"ދައުލަތުން މި ބުނަނީ ނަރީޝް އަށް އެނގެން ވާނެ އޭ އެފައިސާގައި ހިފިއިރު އެއީ ކޮރަޕްޝަންގެ ފައިސާ ކަން. އަޅުގަނޑަށް ކުރާ ދައުވާގައި މިބުނަނީ އަޅުގަނޑަށް ލިބުނު ފައިސާ ހިފިއިރު އަޅުގަނޑަށް އެނގޭނެ އޭ އެއީ ކޮރަޕްޝަންގެ ފައިސާ ކަން. ދެން އެކަން ސާބިތުކޮށްދޭން މި ހުށަހަޅަނީ ކޮރަޕްޝްގެ ފައިސާގައި ހިފި ކަމަށް އަމިއްލައަށް އިއުތިރާފްވި ދެމީހުން. އެއީ އަހްމަދު އަދީބާއި އަބްދުﷲ ޒިޔަތު." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މިހާރު މިއޮތް ފަނޑިޔާރު ގޭގައި އެމަނިކުފާނުގެ މައުސޫމްކަން ސާބިތުކޮށްދިނުމުގެ ބޭނުމެއް ނެތް ކަމަށާއި އެމަނިކުފާނުގެ މައުސޫމްކަން ސާބިތުކޮށްދޭން ޖެހެނީ އާއިލާ އާއި ސަޕޯޓަރުންނަށް އެކަނި ކަމަށެވެ. އެކަން ކުރެވިއްޖެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް ޙުކުމް އިއްވުން ތާވަލް ކޮށްފައި ވަނީ މާދަމާ 13:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

59 ކޮމެންޓް

  1. އަބޯ

    މިހާރު މިއޮތް ސަރުކާރާ އިދިކޮޅަށް ޔާމީނު ނިކުމެގެން ކުރެވޭނެ ކަމެއްނެތް .އަދާލަތާ ޖޭޕީ އާ ޕިޕިއެމާ އެމްއާރު އެމް އާ ޕީއެންސީ އެކުނުވެ އެއްވެސް އިންތިހާބެއް އިދިކޮޅަށް ކާމިޔާބެއްނުކުރެވޭނެ ޕީޕީއެމް ލީޑަރ ސިޕް ގަ ޔާމީނު ހުންނަވައިގެން ޕީޕީއެމާ އެކު ގުޅިގެން ހަރަކާތްތެރި ވާނީ ހަމައެކަނި ޕީއެންސީ ޕީޕީއެމާ ޕީއެންސިއަކުން ޔާމީނަށް ލިބޭނެ މާބޮޑު ތާއީދެއްނެތް. ޔާމީނާ ފާތުމަ ޖަލަށް ލައިފިނަމަ 6 ޕާޓީ ގުޅިގެން ވަރުގަދަ ކޯލީސަނެއް އުފެދިދާނެ. އެހެން ނުވެއްޖެނަމަ 2023 ގެ އިންތިހާބު ވެސް ކާމިޔާބު ކުރާނީ އެމްޑީޕީ .

    38
    134
    • ކިނބޫ

      ކާމިޔާބު ވިޔަސް ނުވިޔަސް ގައުމަށް ހެޔޮއެދޭ މީގަކު ޔާމީނު ނޫނީ ނެތް. ދރން ތިބީ އަމިއްލަ އެދުމުން ފޯވެފަތިބި ވަގުން.

      13
      6
    • ކިނބޫ

      މިހާރު ވަގުތު ނޫހަކީ ރީނދޫ ގުންޑާއިންގެވެސް އެންމެ މަގުބޫލު ނޫހަށް ވެއްޖެކ. ވަގުތު ވަރެއް ހަމަ ނެތް. ސާބަހޭ ވަގުތުގެ ހީވާގި ޓީމަށް.

      10
      5
    • ނަކް

      އެކަމު ޔާމީނު އެބުނީ ބޮނޑިބަތް ޖަމީލާ އުމަރު ނަސީރުގެ ވާހަކަ މިދެމީހުން ދެއްތޯ ޕީޕީއެމް ބޭނުންވެގެން އުޅެނީ.. ދެން ހުރީ ނާޒިމް ސޯ.. އެ ސޯ އެއީ ޔާމީނު ނެތް ދުވަހަކުން ރިޔާސީ ޓިކެޓު ދޭން ޔާމީނުވެސް ބޭނުންވި މީހާ.. އެކަމު އެ ސޯ ނައީތާ ޤާސިމު ފޫބުޑުގަ އުޅެން ހަދައިގެން

      5
      2
    • Anonymous

      ތިއީ ހަމަ ހީވާ ހީވުމެއް. ބައިގިނަ ލަޝްކަރު މުސްލިމުން ވަނީ ބަލިކޮށްފައި. 3 ލައްކަ މީހުންނާ ދެކޮޅަށް 3 ހާސް މީހުން ތަބޫކް ހަނގުރާމައިގައި ހަނގުރާމަކޮށް ނަސްރު ހޯދި. 3000 މީހުނާ ދެކޮޅަށް 300 މީހުން ހަނގުރާމަކޮށް ނަސްރު ހޯދި. މިހުރީ އިސްލާމުން ނަގަންޖެހޭ މިސާލުތައް. އަނިޔާވެރިކަމާއި، ސެކިއުލަރިޒަމާ ދެކޮޅަށް މުސްލިމުން އެމީހުންނަށް ކުރެވުނު މަސައްކަތެއް ކުރުމަކީ ވާޖިބެއް. ﷲ ގެ ހަޟްރަތުގައި ކޮޅަށް ތިބޭ ދުވަހު އެންމެ ކުޑަމިނުން އަހަރެމެން އެކަން ހުއްޓުވުމަށް އަޑު އުފުލީމޭވެސް ބުނެލެވޭނެ މުސްލިމެއްކަމުގައި ވާންޖެހޭ.

      12
      1
    • Anonymous

      ސިޔާސީ ގޮތުން ރައީސް ޔާމީނާ ހަަމަކުރެވޭނެ އެކަކު މިގައުމުގައި ނެތް. އެކަނި ނުކުމެ 90 ހާސް ވޯޓް ހޯދީ ހައްޤު ގޮތުގައި. 4 ޕާޓީ އާއި ލާދީނީ އެންމެންވެގެން 40 ހާސް. ޝަރީފު ދިން 1 ލައްކަ. ލަދުހަޔާތް އަރުއްވައިގެންފަ ތިބޭ ބަޔަކު ދެލޮލުގެ ނޫރުހުރެ ކަނުވެފަ ތިބެ ހައްޤުނޫން ގޮތުގައި ވާހަކަދައްކަފާނެ. އެކަމަކު ﷲ ތަޢާލާ ހަތްއުޑުމަތިން ބައްލަވައިވޮޑިގެންވޭ. ތިފަތުރާ ދޮގުތަކާ ތިހަދާ މަކަރާ މިގައުމުގެ މިނިވަންކަމާ ައިސްލާމް ދީނާ ތިކުޅޭ ކުޅުން ދެނެވޮޑިގެންވޭ. އަދި ގައުމުގެ ރައްޔިތުންގެ ހައްޤުތައް ގެއްލުވާލާ، އެންމެ މީހަކު ވޯޓުގެ ކޮންޓްރޯލް އޮތީމަ އެއެއްޗެހި ބަޔަކަށްދީގެން ހީލަތާއެކު ގެންނަ ވެރިކަން ދެމި ނޯންނާނެ.

      10
      4
    • ޖާޒީރާ ބޯއީ

      ސީދާ ދޮގެއް، މިވާނީ ގާސިމް ކާންދީގެން އުޅޭ ސޮރަކަށް. އިންޝާﷲ ޔާމިން ގެ ޝަރީއަތްވެސް ޔާމިން ކާމިޔާބު ކުރާނެ.

      9
      4
    • Anonymous

      ހަމަކަށަވަރުން كافر ވި މީސްތަކުންނަށް، ކަލޭގެފާނު އެއުރެންނަށް إنذار ކުރެއްވިޔަސް ނުވަތަ إنذار ނުކުރެއްވިޔަސް ހަމަހަމަވެގެން ވެއެވެ. އެއުރެން إيمان އެއް ނުވާނެތެވެ. (2:6)

      8
      1
    • ފގފގފ

      އަދި إيمان ވެގެންވާ ބަޔަކު ކަމުގައި ނުވެތިބެ، ތިމަންމެން اللَّه އަށާއި آخرة ދުވަހަށް إيمان ވެއްޖައީމުއޭ ބުނާބަޔަކު، މީސްތަކުންގެ ތެރެއިންވެއެވެ. (2:8)

      7
      1
    • ކަހީނު

      ފެންވަރުއޮޅި ހަތަރެސް ފައިވެސް އޮޅިފަ ތި ބޭ ޖާހިލުންނައް އަ ބަދުވެސް ވާނީތިޔަހެން. ﷲގެ ނިޔާއަކީ ކޮ ބާކަންވެސް އެނގޭކަހަލަ. ﷲގެއިރާދަފުޅާ ރަހްމަތް އެނގެނީ ކާކަށްތަ؟ ހީކުރާހީކުރުންތައް ދިމާއިދިކޮޅައްނިމި އެފުމިފުށައްޖެއްސެވުމަކީވެސް ހަމަވެދާނެގޮތެއް. ބޮޑާވެނުގަނޭ!! ހަހަހް.

      2
      1
  2. ރަންގޮމާ

    ކުރިއަށް އޮތް 5 ދައުރު މޑޕ މި ޤައުމުގައި ވެރިކަން ކުރާނެ ﷲގެ ހެޔޮ ރަހުމަތުން. އޭގެ މާނައަކީ އަދި އިތުރު 25 އަހަރު ވެރިކަން މޑޕ ކުރާނެއޭ. ވ ސަލާން

    23
    156
    • ....

      ދެން އޭގެެ ފަހުން ވާނީ ކިހިނެއްތޯ...؟

      61
      5
    • Anonymous

      ރަންގޮމާ ރަންނަމާރި ގޮވައިގެން ފަރަށްދޭ

      62
      6
    • ސަލްމާންހާން

      ﷲ ރަހުމަތް ލައްވާނީ، ހައްްޤު ގޮތުގައި ހޯދާ ވެރިކަން. އީސީ ޝަރީފު ދޭ ވެރިކަމުގައި ހުންނާނީ ކޮންބަރާކާތެއް. ރިޝްވަތާ ދޮގާ މަކަރާ ހީލަތުން ހޯދާ އެއްޗެއް. މޑޕ ފަޟީހަތްވެ، ގައުމުގެ ރައްޔިތުން ރުޅިއަރައި، އެމީހުންގެ ވެރިކަން ﷲ ތަޢާލާ ވީއްދަވާ، ދުވަހަކު ވީބައެއްކަންވެސް މިގައުމުގެ ރައްޔިތުން މީހގެ 30 ވަރަކަށް އަހަރުފަހުން ހަނދާންވެސް ނުހުންނާނެ. އިންޝާﷲ. އެއިލާހުގެ ދީނަށް ނަސްރުނުދޭ ޖާހިލު ފާސިގު ހީލަތްތެރި މުޑުދާރު ނިކަމެތި ދޮގުވެރި ދައްޖާލުން ބަލިކުރައްވާނެ. އާމީން.

      9
      4
    • اعدا

      وَإِنْ عُدتُّمْ عُدْنَا ۘ وَجَعَلْنَا جَهَنَّمَ لِلْكَافِرِينَ حَصِيرًا "އަދި ތިޔަބައިމީހުން (ފަސާދަކުރުމަށް) އެނބުރި އަތުވެއްޖެނަމަ، ތިމަންރަސްކަލާނގެ (عقوبات ދެއްވުމަށް) އެނބުރި ވޮޑިގެންފާހުށީމެވެ. އަދި كافر ންނަށް ހުރަގެއެއް ކަމުގައި، ތިމަންރަސްކަލާނގެ ނަރަކަ ލެއްވީމެވެ"

      7
      1
    • ފާތި

      ދިވެހިރާއްޖެއަކީ، 25 ހާހެއްހާ ޣާފިލު ބަޔަކާއި، 100 އެއްހާ ސެކިއުލަރއިން ކޮންޓްރޯލްކުރާ ގައުމެއް. ދެން 4 ލައްކަ މީހުންނަކީ "މަށަށް ކީއް" އެކަމަކު މަށައްކީއް ނުވާދުވަސް މިގައުމުގެ މިހާރުގެ ރައްޔިތުންގެދަރިން ނުވަތަ އެމީހުންގެ ދަރިންގެދަރިން ދެކޭނެ.ތާރީޚުން ނަގައިދީފައިވާ ފިލާވަޅު. މިއަދު އަޅާނުލައިފިނަމަ މިގައުމުވެސް ވެގެންދާނީ އިރާޤާއި، ފަލަސްތީނާއި، ކަޝްމީރުފަދަ ގައުމުގެރައްޔިތުން ދިރިއުޅޭ ބޭރުގެ އަސްކަރިއްޔާގެ އަނިޔާވެރިކަމެއްގައިތިބި ބަޔަކަށް.

      8
      2
  3. ބިޖޫ

    ރައީސް ޔާމީން ކަނބޮޑުވެ ނުލައްވާ ޔާމީންގެ މައްޗައް މާދަމާ ޖަލުހުކުމް އިއްވައިފިނަމަ ވަރައްވެސް ސާފް ހަމަ ސަދޫމް ގެ ކޯޓު ރާއްޖޭގެ ރައްޔިތުންނައް ހަމަލޮލައް ފެނުނީ އެވެސް އަދި ހުކުމް އިއްވި ގާޒީޔާވެސް އެއްކޮން

    100
    20
    • ފފފފފފފ

      މަޑިސީލަ ޓީމަށް އައިޑިޔަރއެއް އިނގޭ! ރާއްޖޭގެ 198 ރަށުން ކޮންމެ ރަށަކުން 50 މީހުން ހޯދާފަ އޭގެތެރެއިން 20 މީހުން މި 50 މީހުން އާއިލާތަށް ބެލެހެއްޓުމާ ހަވާލުވެ އަނެއް 30 މީހުން 1 މަސްދުވަހަށް 1 ދުވަހެއްގައި މާލެއައިސް، މުޒާހަރާ ކުރަންފަށަންވީ، މިސަރުކާރުން މޑނ ގެ މީހުން ހިފާ ހައްޔަރުކޮށް މޑނ ގެ މީހުން ރައީސް އޮފީހުގެ ވަޒީފާތަކުން ވަކިކޮށް އެމީޙުންގެ މައްޗަށް 1 ހަފްތާ ތެރީ ޝަރީއަތް ކޮށް އެކަން ނިންމަންދެއް ނުވަތަ ސަރުކާރު އިސްތިއުފާދެންދެން އެކަން ކުރިއަށް ގެންދަންވީ.... އިސްލާމްދީނާއި ގައުމުގެ ދިފާއުގައި ރައްޔިތުން ނުކުންނަން މިހާރު މާލަސްވެއްޖެ. ކޮންމެ ރެއެއްގެ ޕްރޮގްރާމުގައި، އިސްވެ އުޅޭނެ ޓީމެއް ހޯދަން ދައުވަތު ފޮނުވާލަބަލަ... އިންޝާ ﷲ ތެދުވެރި ނިޔަތެއްގައި މިކަން ކޮށްފިނަމަ މިސަރުކާރު ޖެހޭނީ އެމީހުންގެ އަނިޔާވެރިކަން ދޫކޮށް އިސްލާހުވާން ނުވަތަ ވެރިކަން ދޫކޮށްލަން. ކެރިގެން ރަނގަޅު ސްޓްރެޓެޖީއެއްގެ ދަށުން މަސައްކަތް ފަށަންވީ. މިއަންނައަހަރު ކިޔެވުން ފެށުމުގެ ކުރިން އެބަޖެހޭ މިކަން ކޮޅެއްގައި ޖައްސަން.

      3
      2
  4. ރޮނޑާ

    ކަލޭމެންކުދިންނައް އެގޭތަ މައުސޫމު އެއީ ކޮންއެއްޗެއްކަން. ޔާމީން ބައެއްފަހަރު ވަރައް ގަޓްހުރޭ. މިހާ ބައިވަރު ވާހަކަ ދައްކާއިރުވެސް ދައުލަތުގެ ހަޒާނާ އުން ފައިސާނެގިވާހަކަ ނުދައްކައެއް ނުން. ތީ ދުނިޔޭގައި ނެއްވަރުގެ މައުސޫމު ތުއްތު ކުއްޖެ.

    27
    83
    • ކެކެކެ

      ނޫނޭ ކަލޭ ބީރުވީމަ ނީވެނީރާ. ކޭޖޭ ހުސްކުރީ ކޯޗެއް؟ ޚަޒާނާ. ރައީސް ޔާމީނު އެވާކަ ދެއްކީމަ ކަކލރކެއަށް އަޑުއިވުނީ އެލެކްސްއަހަންމަދުގެ ޑާންސްގެ ވާހަކަ ދޯ؟

      6
      2
    • Anonymous

      ފައިސާ ނެގިކަން ކަލެއަށް އެނގޭއިރު އެހެކި ގެންގޮސް ޕީޖީއަށް ނުދިނީ ކީއްވެތަ؟ ޖަލުގަ ތިބި 2 ސޮރާއި، ޓަރމް ހަމަވެފަ ހުރި ނައިބު ރައީސްއެއް ގެނެސްގެންވެސް ވީ އެއްކަމެއް ނެތް. 19 ހާސް ޑޮލަރު އެއީ އެބުނާ މޮހޯގެ ކުންފުނިން ދިން އެއްޗެއް ކަމަށް ވަނީ. އެކަމަކު އެއީވެސް މމޕރސ ގެ ފައިސާކަން ޘާބިތު ކޮށްނުދެވުނު. ކަލޭމެން ގޭގަ ފޮރުވާފަ ހުރި ހެކިތައް ގެންގޮސްދިންނަމައެއްނު ރައީސްޔާމީން ދައުލަތުގެ ފައިސާގައި ޖެހުންކަން ޘާބިތުވާނީވެސް.... ދޮގާ މަކަރާ ހީލަތާއި އާރާ ބާރުންވެސް ރައީސް ޔާމީން ދައުލަތުގެ ފައިސާގައި ޖެހިފަ ހުރިކަން ދައުލަތަށް ޘާބިތު ނުކޮށްދެވުނު. އެމަނިކުފާނަކީ، މައުސޫމު އިންސާނެއް. ﷲ ތަޢާލާ އެމަނިކުފާނަށް ރަހުމަތްލައްވާ، ތިކަހަލަ ޣާފިލު އިލްމެއްނެތް މީހުންނަށް ހެޔޮވިސްނުން ދެއްވާށި. އާމީން.

      3
      1
    • އާމިނާބީގެ ދަރި

      ރީނދޫ ގްރާސް ރޫޓް މީހުންނަކީ، ދުނިޔެއެއިން ބޭރުން އޭލިޔަން ޔުނިވަރސިޓީން ކިޔަވައި ވިދާޅުވެގެން އައިސްތިބި މީހުން. އެމީހުންވަރެއް އަހަރެމެން ނުވާނެ. އެކަމަކު އެނގޭތޯ އަހާލީމަ ބުނެފާނަން. ގާނޫނު އަސާސީގައި އޮތީ، ޘާބިތު ނުވާހާ ހިނދަކު މައުސޫމް ކަމަށް. ގާނޫނުގެ އާއްމު މަބްދައުއެއްގައި ބުނެފައިވަނީ. ޘާބިތުކޮށްދިނުމުގެ ޒިންމާ އޮންނާނީ ހުށަހެޅި ފަރާތަކަށް. މިތަނުގައި ދައުލަތަށް. އެކަން ކޮށްދެވިފައިނެތް. ޖިނާއީ މައްސަލައެއްގައި ޘާބިތު ކުރުމުގެ މިންގަނޑަކީ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް. މުއައްވިޒް ބުނީ، އެތަނުގެ ތަހްގީގަށް ޘަބިތު ނުވެއޭ ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާއަކީ، މމޕރސ ގެ ފައިސާކަމެއް؟ ބްރޯ ބުނީ ރައީސް ޔާމީން ބުނެގެނޭ ފައިސާ އޭނާ ވައްކަން ކުރަނީ.. ރައީސް ޔާމީން ދެކޮޅުހެއްދެވި.. ހެކީގައި މިއުފެއްދުނީ ޝައްކު... ގާޟިންނަށް އެނގޭނެ އެހިސާބުން އެހެކީގެ ވެލިޔު ދިޔައީކަން.

      1
      1
    • ޖޖޖޖޖޖޖޖޖޖޖޖޖ

      މިގައުމުގައި ގާނޫނު ކިޔާ އެއްޗެއް އެބައޮތްތަ؟ އިމްރާނަކީ ޖަލުގައި ހުރިމީހެއް. ނަޝީދަކީ ހުކުމް ޘާބިތުވެ ސުޕްރީމް ކޯޓުންވެސް އެއީ އިންސާނަކު ނިޒާމުން ގެއްލުވާލި މީހެއް ކަމަށް ކަނޑައަޅާ. ޖުސްކޮޖެން، ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ލޯގެ ބޮޑު ކުށެއް ކޮށް ޖަލުގައި އޮތް މީހެއް. އެކަމަކު އޭނައެހުރީ ޕާޓީގެ ވެރިޔާއަށް. މަޖްލިހަށް ކުރިމަތިލުމުގެ ޝަރުޠު ހަމަނުވެ ކުރިމަތިލާ މަޖިލިހުގެ ރައީސްއަށް. އިމްރާނަކީ މިނިސްޓަރުގެ ޝަރުތު ހަމަވާމީހެއްނުން. ކޮންގާނޫނެއް؟

      2
      1
  5. ބޮކި

    ޔާމީންގެ މައުސޫމް ދައްކާނީ ހުރަގޭގަ !

    23
    70
    • Anonymous

      ކިހިނެއްވާނީ، ﷲ ގެ ހަޟްރަތުގައި އެއީ މައުސޫމް މީހެއްކަށް ވާނެއޭ ބުނިއްޔާ؟ ސެކިއުލަރ މީހުންނަކީ އެމިހުންގެ ވެރިކަމުގައި ހަދައިގެން އުޅޭ ޣާފިލު ޖާހިލުންނަކަށް އެއެއްމިއެއް ރެއެއް ދުވާލެއް ވަތްކެއްނުވާނެ. އެމީހުންގެ ހިތްތަކާއި ލޯތަކުގައިވަނީ ފަރުދާއެއް ލައްވާފައިކަމަށް ﷲ ތަޢާލާ ވަހީކުރައްވާފައިވަނީ. އަހަރެމެން އަޖައިބެއްނުވޭ ކަލޭމެން ތިކަހަލަ ވާހަކަ ދެއްކުމަކުން. ކޮމެންޓް ކިޔާލުމުން އެނގޭ، ތައުލީމެއްނެތް ޖާހިލެއްކަން.

      1
      1
  6. ރޮނޑާ

    ޔާމީން ޖަލައްދާން ތައްޔާރުތަ. ރޮއި އާދޭސްކޮއްގެން ޖަލައް ގެންދާ ފަހުދުވަހު ޖަލުން ނިކުންނާކައް ނޫޅޭނެތަ؟.ޔާމީންވެރިކަމުގައި ޖަލައްލީ އެންމެން ހަށިފޮޅާ ނިކުމެ ޔާމީން ޖަލައް ލާތަން ދެކެން އެތިބީ އަތްޖަހަން ތައްޔާރައް. މަށައްޔަގީން ޔާމީނައް މިދުވަސް އަންނާނެކަމައް އެދުވަހު ހީހެއްނުކުރާނެ. ނިހާން މެން އަދުރޭ ސައީދު މިހެންކިޔާނެ ކަމެއްނެތް މިއެންމެން ޔާމީނައް ލޮޓި ދީފަ ބޭރުފުށުން ރޯކަމައް ދައްކޢިގެން ހިތުން އަތްޖަހާލަ ޖަހާލަ އެތިބެނީ. ޔާމީން އަމިއްލަ އައްބުނާނެ ތިމަންނަ މީ ގަޓުބރަޢީސޯ. އަދުރޭވަރުވެސްނުވި. އަދުރޭ މެން އެތިބީ ސަލާމަތްވެގެން. އަދި ޝަހީމު އެހެރީ މާބޮނޑައްވެސް އަތްނުފޯރާހިސާބައް ދުރައްގިސް.

    16
    58
    • ގަންޖާބޯ

      ކުރިން މީހަކަށް ޝަރީއަތް ކުރިއިރު ބިމަށް ބޯވައްދާ ހަތަރެސްފަ ބުޅިކޮށް އަނގައިން ފޮނު އަރުވާ، ޖަލަށް ލީމަ ޅިނދު ފީވެ ތިރީބުރި ވާގިނެތުނު ހަނދާން ކަލޭ އަދިވެސް ހުރީތާ. އެހެން މީހުނަށްވެސް ވާނީ އެހެންބާއޭނު ތިހިތަށް އަރަނީ.

      5
      3
    • މޯދީ

      އެކަކު ޖަލަށްލީމަ އަނެކަކު ޖަލަށްލުން، އެކަކު ޖެހީމަ އަނެކަކުވެސް ޖެހުން. އިންޑިޔާ ކޮޕީކުރަންޏާ ތިކަންތައްހުއްޓާލާ! ތިޔަކީ އިންޑިޔާގެ ފިލީސަފީ އެއްނޫން!

      4
      2
  7. އުދާސް

    މަނިކުފާނު ވިދާޅުވިއަސް ތީކީ އެހާ ރަނގަޅުވާހަކައެއް ނޫން. މަނިކުފާނު ނެތަސް އިދިކޮޅަށް ރަނގަޅަށް ރައްދު ދެވޭނެ ލީޑާޝިޕެއް އޮންނަން ޖެހޭނެ. މަނިކުފާނު ނެތިއްޔާ ދެން ޕާޓީ އޮޔާދާން ދޫކޮށްލުމަކީ ރަނގަޅު ވިސްނުމެއް ނޫން.

    28
    15
  8. އަނގަގަދަމިތުރު

    ލަދުން ބޯހަލާކު މަމީ އަންނިއަށް ތާއިދުކުރާމީހެއްވެސްނޫން އަދި ޔާމީނަކަށްވެސް ތާއީދެއް ނުކުރަން އެކަމަކު ޔާމީނު މިހާރު ތިދައްކާ ވާހަކައެއްދޯ؟ ބަޔަކު ތަބަކަކަށްލާފަ ދިވެހިރާއްޖޭގެ ވެރިކަންދީ ތަހުތުގަ ވެޑުވީމާ ދެން ކަންކުރިގޮތް ވިސްނާލާފަ ހިތައްއަރުވާލާފަ ތިޔަ ކިޔާ ލަވަ އަޑު އަހާލީމަ ހިތައް އަރަނީ ވާވާ ލަދުހަޔާތްކުޑަ އިންސާނުންވެސް ދުނިޔެމަތީގަ އުޅޭކަން މިވަރުކަމެއް ނުދެކެން ދެކެދެކެވެސް

    20
    53
    • ފފފފ

      ބަލާނެ ކަމެއްނެތް. "ލަދުން ބޯހަލާކު" މިހެން ބުނެ ވާހައެއް ނުދައްކާނެ، ރަތްލާޖެހި ރީނދޫ އޮރެންޖް ކުލަ "ހިންދޫން ފައްޅިތަކުގައި ކައްކާ ތެލުގެކުލަ" އަށް މަރުނުދޭ މީހަކު.

  9. އަނގަމަޑުމިތުރު

    އަނގަގަދަ މިތުރު ތިބުނަނީ ލާދީނީ ފިކުރޭތަ ތިމަންނައަށް ރަނގަޅީ. ރީނދޫ ހުން ޖެހި ހަފުސްވީމާ ތިމާގެ ދީންވެސް ވިއްކާލަނީއޭތަ. ތީތިބައިގަނޑުގެ ވައްތަރޭ. މިޤައުމުގެދީނާއި މިނިވަންކަން މުހިންމެއް ނޫނޭތަ. އަމިއްލަ އެދުމުން ފޯވިޔަސް ބޮޑުވަރު. އެހެންނުވާނީ. ނަޝީދު އަންނާނެ ވިއްޔަ ޤިޔާމަތްދުވަހުން ފާފަތައް އުފާލާދޭން ވެސް.

    36
    8
  10. ދެބޯބުރާންތި

    މިހާރުއެގިއްޖެ މާދަމާގެ ގާޒީންނަށް
    ރިސްވަތު ނުދެވުނު ކަން އެ ކަމުހައިލަމަށް ރިސްވަތު
    ދިން ކަމަށް ތުހުމަތު ކުރެވޭ
    އެހެންނޫންނަމަ ތިވަރަށް ތިވަސިއްޔަތް ކުރަނީ ކީއްވެބާ!

    13
    39
    • އައިޕީ ކޮބާ؟

      އެހެންތަ؟ މިރޭ އިރުއެރުމުގެ ކުރިން ކަލޭ އަހަން ނޭދޭ އަޑެއްވެސް އިވިދާނެ. ނޫނީ އެވެދާނެ ކަލޭ އުފަލުން އަވަދިވާވަރު ވާހަކައަކަށްވެސް. އެމްޑީއެން ހަމީދު ގާތު އަހާލާ. މިހާރު އެކަމެއް ހިނގަމުން އެބަދޭ.

      1
      1
  11. ޢަލިއާ

    އުފަލާއި ގުޅިގެން 7000 ފުލެޓް ޔަގީންވި ފަރާތްތަށް އިއުލާނު ކޮށްލަންވީނު.

    18
    4
  12. އަލްޖިބްރާ

    ކަލޭ ޕީ.ޕީ.އެމް ކައްވާލިގޮތަށް އެހެންމީހަކުވެސް ކައްވާލަފާނެ ކަމަށް މިހާރު ޖެހިލުންވަނީ އުތަ ؟ އެއީވެސް ވެދާނެ ކަމެއް ! އެހެން މީހަކު ވެރިވިއަސް ކަލެއަށް ކުރެވޭނެ ކަމެއް ދެން ނެތް !

    12
    41
  13. ލ.

    ވުރިކަމާހެދި ހޭބަލިވެ ގެންނޫޅޭޔާމީނެއް ދިވެހިރަށްޔެތުންއުޅެނީ ޔާމީނާވެރިކަންހަވާލުކުރަންޔާމީނެއްނޫޅެ ޤާސިމާ މައުމޫންޢައި ދެމީހުންއުޅޭހެންވެރިކަމާހެދިމޮޔަވެގެންނެތ ޔާމީންބޭނުންވަނީމިދިވެ ހިރާއްޖޭގެގޮ..ޑުދޮއްތަކުންބަންގީގެއަޑުނުކެޑިއަބަދުވެސްހުންނަންޔާމީ ންބޭނުންވަނީމިރާއްޖޭގައިތާއަބަދުމެއިސްލާމްދީންއޮންނަންޔާމީންބޭނުން ވަނީމިދިވެހިރާއްޖެބޭރުގެކާފަރުންގެއަތްދަށުންސަލާމަތްކުރަންޔާމީން ބޭނުންވަނީކާފަރުންނާޖާހިލުންނާމުނާފިޤުންނައް މިދިވެހިރާއްޖެއިންޒައް ރެއްގެމިންވަރުވެސް ނުދިނުމަށްޔާމީންބޭނުން ވަނީތާއަބަދައްމެމިދިވެހިރާއްޖެއަމާންތަނެއްގެގޮ ތުގައިއޮންނަންޔާމީން ބޭނުންވަނީދިވެހިރާއްޖޭގެރައްޔެތުންނަށްޓަކާ ފެންވަރުހުރިޑަކްޓަރން ތިބުންޔާމީންބޭނުންވަނީދިވެހިރާއްޖޭގެރަށްޔިތުންނަައްޓަކާއެއްރަށުންއަނެތްރަށަށްދިއުމައްޓަކާ ބުރުޖުއަޅަންމިހާރުއެއޮތީ ރައީސްޔާމީންބުރުޖެއްއަޅާނިންމާފަބުރުޖުވެސް އެޅޭނީހަމައެކަނިރައީސް ޔާމީނަށްދެންނުކުރެވި ހުރިހުރިހާކަމެއްވެސް ކުރެވޭނީހަމައެކަނިރައީސްޔާމީންނުއަށްމިހަޤީގަތްމިއަދުދިވެހިރާއްޖޭގެހެޔޮވިސްނޭކޮންމެރަށްޔިތަކުވެސްޤަބޫލުކުރާނެކަންހަމަޔަޤީންއެހެންވީމާރށްޔިތުންއެބަޖެހޭވަރަށްފުންކޮއްމިކަމާދޭތެރޭވިސްނަންރައީސްޔާމީންއާއި ދެކޮޅަށްތިބިމީހުނަށްބުނެލާނީކަލޭމެނަށްވިސްނޭއިރުއޮންނާނީވަގުތުފާއިތު ވެފައެވެ.ރައީސްޔާމީން އަށްހުރިހާގޮތަކުންވެސް ކާމިޔާބާއިނަސްރުމިންވަރުކުރަށްވާއުމުރުދިގުކު ރަށްވާށި އާމީން ދެންބުނެލަންއޮތީ ރައީސްޔާމީންވިދާޅުވި ފަދައިންދިރުމެއްވާނަމަ އުންމީދެއްވާނެއެވެ.

    5
    4
  14. ރަންގޮމާ

    ވައްކަަންކޮއްގެންވެރިކަންކުރަންެުއުޅުނީމަވާގޮތްފެނޭތަ ވޯޓުންވައްކަންކޮއްގެން ނޫނީދުވަހަކުވެސް މޑޕ އަކަށްވެރިކަމެތް ނުލިބޭނެގަބޫލުކުރިޔަސް ނުކުރިޔަހަގީގަތްވާނީހަމަހަގީގަތަށްހަމަބުއްދިހުރިކޮންމެމީހަކު މިއާ ތެދެއްކަންގބޫލުކުރާނެ ރަންގޮމާފުޅަށް ވަރަށްސަލާމް

    4
    3
  15. ރޮނޑާ

    ރައީސްޔާމީންދައުލަތުގެ ހަޒާނާއިންފަސާނެގީމަ ކަލޭކީއްވެތަހެކިބަސް ދޭންކޯޓަށްނުދިޔައީ ހާދަފިނޑިމީހެކޭދޯތީ ރައީސްޔާމީނުހާ ގަޓެއް ނުހުރޭދޯކަލޭ ރައީސް ޔާމީންގެސަރިޔަތް ބެލިންތަ ވަރަށްގަޓުދޯ ހަމަހަބޭސްދޯ ދެން އޯކޭދޯ ވަރަށްސަލާމް

    4
    2
  16. ދޮން ނަރީޝް

    އަނބިމީހާ އެހީބާ ގެއަށް ވަތް ފައިސާއަކީ ކޮރަޕްޝަންގެ ފައިސާހޭ. އުފަލާ އިއްޒަތާ މުއްސަދި ދިރިއުޅުމެއްގައި އުޅޭއިރު ހުދު އަނބިމީހާވެސް ނާހަފާނެ ފައިސާ ހޯދީ ކިހިނެއްހޭ. އެކަމަކު އެކަމަކު ޖަލަށް ދާންޖެހޭ ހިސާބުން އާއިލާއަށާއި ސަޕޯޓާރުންނަށް ވެސް އެގިގެންދާނެ ބޮޑުވަގެއްކަން.

    6
    3
  17. ޞޯގަޅިބެ

    މަނިކުފަނުގެ މައުސޫމް ކަން އެނގެނީ އެކައުންޓަށް ޖަމާކުރި މިލިއަން ޑޮލަރުން ރައްޔިތުންގެ ބައިތުލްމާލުން ގެއްލުނު 2 ބިލިއަން ރުފިޔާއިން

    3
    3
  18. ގަމަންޓީ

    އިއްޔެ ގާސިމު ޖަލަށްލައި އޭނަ އައިސީޔޫގަ އޮތީމަ މަލާމަތްކުރިމީ މަހަކު ކިތައްފަހަރު ހޮސްޕިޓަލަށް އާދޭތޯ ބަލަން ހުންނާނަން

    4
    1
  19. މުހައްބަތު

    މަރުމަތީކަވެސް ދުނިޔޭގެ އެދުންވެރިކަން ނޫންކަމެއް ކަލޭ ހާމައެއް ނުކުރާނެ

    4
    1
  20. ކުކް

    އަލްހާނާ ހަވާލުކުރި ފައިސާކޮޅު ގެއްލިދިޔާއިމަ ދެން ތި ބަލަނީ، އަނެއްގާޒީވެސް އަތްދަށު ލެވޭތޯ. ޢެކަން ނުވީމަ އޭނަގެ ސުލޫކީ މައްސަލައެކޭ ކިޔަނީ.
    ތިޔަ ޕާޓީއަކީ، ޔާމީނު ގަޓުހުރެގެން ހެދި ޕާޓީއެއްކަމަށް އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރާނެ.
    ޢެކަމަކު ޕީއޭއަކި ޔާމީނުގެ ޕާޓީ، 3000 ވެސް ހަމަނުވިޔެއްނު.

    3
    2
    • ޖޖޖޖޖޖޖޖޖ

      މިގައުމުގައި ގާނޫނު ކިޔާ އެއްޗެއް އެބައޮތްތަ؟ އިމްރާނަކީ ޖަލުގައި ހުރިމީހެއް. ނަޝީދަކީ ހުކުމް ޘާބިތުވެ ސުޕްރީމް ކޯޓުންވެސް އެއީ އިންސާނަކު ނިޒާމުން ގެއްލުވާލި މީހެއް ކަމަށް ކަނޑައަޅާ. ޖުސްކޮޖެން، ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ލޯގެ ބޮޑު ކުށެއް ކޮށް ޖަލުގައި އޮތް މީހެއް. އެކަމަކު އޭނައެހުރީ ޕާޓީގެ ވެރިޔާއަށް. މަޖްލިހަށް ކުރިމަތިލުމުގެ ޝަރުޠު ހަމަނުވެ ކުރިމަތިލާ މަޖިލިހުގެ ރައީސްއަށް. އިމްރާނަކީ މިނިސްޓަރުގެ ޝަރުތު ހަމަވާމީހެއްނުން. ކޮންގާނޫނެއް؟

      1
      1
  21. ކަލޯ

    މިކޮމެންޓް ތަކުގަހުރި ލައިކުތަކާ ޑިސްލައިކުތަކައްބަލާލާފާ ހިންދިރުވާލައިގެން ދެންމިފަހަރު ހަޖަމްކޮއްލާ ލާދީނީޕާޓީގެމީހުންނަކީ މިހާރުބަޔަކު ބަލައިގަންނަބައެއްނޫންކަން ކިޔުންތެރިންގެ ކޮމެންޓައްބަލާލީމާ އެނގޭނެ

    6
    2
    • Anonymous

      އެކަން އެނގުނު ދޯ، ރީނދޫ ޕާޓީ އެތެރޭގެ އިންތިހާބުގެ ވޯޓްލީދުވަހު. 78 ހާސް މީހުނޯ. މަ ހީހީ ހަލާކު. 15 ހާސް މީހުންގެ ވޯޓް ނުލިބުމުން، އަމިއްލައަށް ކަރުދާސް އަޅައިގެންނާއި، ހުސްފޮށި ހުރިތަންތަނަށް އަމއިްލައަށް ވޯޓުގެ ނަތީޖާ ހަދައިގެންވެސ 23 ހާސް ހަމަނުވި... އަނގަ އެބަ ފުޅާކުރެއެއްނު!

  22. މަހޭޝް

    މަނިކުފާނު ޖަލަށް ލިޔަސް އަދި ނުލިޔަސް ކުރިއަށް އޮތް ދެންއަންނަ ރިޔާސީ އިންތިޚާބެއްގަ މަނިކްފާނު ނޫން އެހެން މީހަކަށް މަ ވޯޓެއް ދިނުމެއް ނެތް.

    6
    3
  23. Anonymous

    ނަރީޝް ހާދަ ހޮޓޭ.

    2
    1
  24. އިހުސާނާ

    ބަލަގަ އެންމެން ކުރިމަތީގަ ނޫންތަ އަދީބާ ޒިޔަތުމެން ބުނީ ރައީސް ޔާމީނަށް އެނގިގެންނޭ އަދި ވިދާޅުވެގެންނޭ ކުރިއްޔާ ކުރިކަމެއް ކުރީ! ދެން މީގަ އޮތީ ކޮން އިންސާފުވެރިއެއް ނުއިންސާފުވެރިއެއްހޭ؟ އެއަށް ވުރެން މާ ކަންހިނގާ ދިޔަ ގޮތް މާ ސާފު ނޫންހޭ!

    3
    5
    • Anonymous

      ﷲ ގެ ވަހީ ބަސްފުޅުގައިވަނީ، އެމީހަކު ކުރިކަމެއް އުފުލާނީ އެމީހެކޭ. އަދީބު ކުރާ ވައްކަން އުފުލަން ހުރި މީހަކީ ރައީސް ޔާމިންތަ؟ ކޮން ގާނޫނެއްގައިބާ އޮތީ ރައީސް ޔާމީން ބުނެގެން ވައްކަން ކުރަން. ނުވަތަ ގައުމުގެ ރައީސްއަކު އެންގީމަ ވައްކަން ކުރަންޖެހޭ ކަމަށް. މި މޑޕ ޖާހިލުންނަކީ އަޅެ ދުވަހަކުވެސް، ގާނޫނެއްވެސް ކޔާ ބައެއްނޫންތަ؟ މިމީހުން ސްކޫލަށް ނުގޮސް ހަމަ ރީނދޫ ގަނޑާއެކު މުޒާހަރާގަތަ ވޭތުވެދިޔަ 25 އަހަރު ވެސް މިއުޅުނީ؟

      1
      1
    • އަދުނާނު

      ކަލޭ އަދީބު ދައްކާ ވާހަކަވެސް ގަބޫލު ކުރަން؟ އިހައްދުވަހު އޭނަ ފިލަން އުޅުނީ.

      1
      1
  25. އަލިހަންދުރޯ

    މިރައީސްގެ ވެރިކަމުގައި ނަޝީދަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހެއްގައި އޮންނަނީ ޖިނާއީ ކުށެއް ސާބިތުވެގެން ހުކުމް ތަންފީޒުކުރާ މީހަކަށް ޕާޓީގެ ރައީސްކަން ނުކުރެވޭނެ ކަމަށް. އަދި އާންމު މެންބަރުކަން ފިޔަވާ އެހެން ކަމެއް ނުކުރެވޭނެ ކަމަށް. އަނެއްކާ އަމިއްލައަށް ފޭހުނު އަނެއް އިލޮށިގަޑު ލޮލަށް ހެރެންތަ މި އުޅެނީ؟

    1
    1
  26. ހޯރަ ބޭ

    މިހާރުވެސް މާލަސްވެއްޖެ ހުކުމްކޮން ޖަލަންލާން 35 އަހަރު ޖަހަންޖެހޭ

  27. ަ...

    ޜަނގަޅު ވަާހަކައެއް. ތި އެކަންޏެއް ނޫން. ޜޔާމީން އެންމެ ބޭނުންވި ދުވަހު ރޔާމީން ދޫކޮށްލާފަ އެހެން ޕާޓީ ތަކަށް ދިޔަ މީހުން އަނބުރާ އަޔަސް އެމީހުންނަށް ވެސް ޖާގަ ދޭނެކަމެއް ނެތް. ފޭކު ބައެއް އެއީ. ޜޔާމީނަށް ކާމިޔާބީއަށް އެދެން ♡

    2
    1
  28. ފާތުން މެޑަމް

    މައުމޫނު އުދެއްދި ޕީޕީއެމްއަށް ވެރިވެގައިން މީހާ ތަ އެހެން މީހުންނަށް ނަސޭހަތް ލައިދޭން އެންމެ ރަނގަޅީ

    1
    1
  29. ފިހުރިސްތު

    މިލިޔަނުން ދޭ ލާރި އާ ނަރީޝް އަށް ދިން 100ރފޔ އާ އަޅާކިޔާނީ ކިހިނަކުންތޯ؟؟ ރައްޔިތުންގެ ބައިތުލްމާލު ދަވާލާ އެތައް ފަޅުރަށެއް ނުހައްގުން ދޫކޮށް .. މި ކިޔަނީ މައުސޫމް އޭ.. ހިބަރުވަދެއްގަ ޖެހި އިމާރާތްކުރާ 10 ބުރީގެ އިމާރާތްވެސް ހުރީ ދިވެހިންނަށް ފެންނަން މިހުރިހާކަމެއް މިގޮތަށް އޮއްވާ ތިމަންމަނިކުފާނު މައުސޫމެ ބުނެ ތިކުޅުއްވާ ޑުރާމާ އަކީ ރައްޔިތުންނަށް ކުރާ މަލާމާތެއް.

    • Anonymous

      މިލިއަނުން ދަވާލި މީހާ ވެރިކަމުން ފޭބިއިރު، ގައުމު އޮތީ ސިންގަޕޫރުގެ ތަރައްޤީއާ ހަމަވާން ކައިރީގައި، ރިޒާވް ހުރީ 900 މިލިއަނަށް އަރާފަ. ތިކަހަލަ ޣާފިލު އިލްމެއްނެތް މީހުނަށް އެނގޭނީ، ކަންމަތީގަ ތިބޭ މުސްކުޅިން ދައްކާ ފީކަޅާ ވާހަކަ. 31 ބިލިއަން ކައްވާލި އިރު، މިގައުމުގައި ތަރައްޤީއަށް މިއަހަރު ކޮށްފަ ހުރިކަމެއް ބުނެބަލަ.. ތެދު ގަބޫލު ކުރަންކެރޭނީ ﷲ އަށް ބިރުވެރިވާ މީހަކަށް. އެކަމަކު ތިކަހަލަ ޖާހިލުންނަކަށް ނުކުރޭނެ. ތިތިބީ ދުނިޔެއިން ގެއްލި ހަލާކުވެފައި. ނުކިޔަވާ ތިބި ޖާހިލު ގުރޫޕްގަނޑު. ރީނދޫ ގްރާސް ރޫޓް. ގްރޭޑް 7 ގެ ފެންވަރު ނެތް ބައިގަނޑެއް.

  30. ޒާހިދު

    ގަބޫލުކުރިޔަސް ނުކުރިޔަސް ޔާމިންގެ ބައިވެރިވުމެއްނެތި ނޭގި އެވަރުގެ ކަންތަކެއް ނުހިގާނެ. ވަރަށް ސަލާމް