ތޫނު އެއްޗެހިން ހަމަލާދީ ޔާމީން ރަޝީދު މަރާލުމުގެ ކުރިން ޔާމީނަށް ހިމާޔަތް ދިނުމުގައި ދައުލަތުން އިހުމާލުވި ކަމަށް ބުނެ ޔާމީންގެ އާއިލާއިން ދައުލަތާ ދެކޮޅަށް ކުރި ދައުވާގެ އިސްތިއުނާފު ޝަރީޢަތް އާދީއްތަ ދުވަހު ހައިކޯޓުގައި ފަށަން ނިންމައިފިއެވެ.

ޔާމީންގެ އާއިލާ އިން އެމައްސަލަ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ސިވިލް ކޯޓުން ޙުކުމް ކުރީ ސިވިލް ކޯޓަށް އެމައްސަލަ ނުބެލޭނެ ކަމަށެވެ.

ޔާމީން ބައްޕަ ހުސައިން ރަޝީދު ދައުލަތާ ދެކޮޅަށް ދައުވާ ކުރަނީ ޔާމީން މަރާލުމުގެ ކުރިން، އޭނާއަށް އެކި ގޮތްގޮތުން އިންޒާރުތައް ދިން މައްސަލަ ފުލުހަށް ހުށަހެޅުމުން އެކަމުގައި ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ އެވެ.

އެ މައްސަލާގައި މިދިޔަ ސެޕްޓެމްބަރު މަހު ސިވިލް ކޯޓުން ނިންމީ ފުލުހުން އަމަލުކުރި ގޮތާ މެދު ޝަކުވާއެއް އޮތް ނަމަ އެ މައްސަލައެއް ބެލުމަކީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ގާނޫނުުގެ ދަށުން އެ ކޮމިޝަނަށް އޮތް ބާރެއް ކަމަށެވެ.

ޔާމީންގެ އާއިލާއިން އެންއައިސީ އަސް މައްސަލަ ހުށަހަޅާފައެއް ނުވެއެވެ. ސިވިލް ކޯޓުން ޙުކުމް ކުރީ އެ މައްސަލަ ސިވިލް ކޯޓުން ބެލުމަކީ އެންއައިސީގެ ގާނޫނުގެ މަގްސަދު ހާސިލް ނުވެދާނެ ކަމެއް ކަމަށް އެ ނިންމުމެއް ކަމަށެވެ.

ޔާމީން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ހަތް މީހަކަށް ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖޮއްބެ

    ހެހެހެ އެއީ ސަރުކާރުން ކުރި ކަމެއްތަ......؟؟؟ ކަލޭމެން ސަރުކާރާ ދެކޮޅަށް ދަޢުވާކޮށްގެން ކޮން މޮޅުތަކެއްވާނީ......؟؟؟

  2. އަބްދުއްލާ

    މީގެ ހުރިހާ ޒިންމާ އެއް ނަގަންޖެހޭނީ އޭނާގެ ބައްޕަ . އެއީ ހުރިހާ އިންޒާރު އައިކަން އެގިހުރެ ދަރިފުޅު ބަލަހައްޓަންޖެހޭ މިންވަރަށް ނުބަލާ އިހުމާލް ވެފައިވާތީ އާއީ މަރާލި މީހުން ބުނާފަދަ ދީނީ މައްސަލަ ހުރިތޯ ނުބެލުމާ ޅަފަތުގައި ކާފަރުގައުމަކަށް ގެންގޮސްގެން ސިކުނޑި ދީނާ ދެކޮޅަށް އަބުރުނު އިރު ރޭކާ ވެސް ލާފަ ނެތީމަ އިހުމާލު އުޅޭކަމަށް ގަބޫލުކުރެވޭތީ

  3. ރީތި މޫސަ

    ޔާމީންގެ މައްސަލަދަނީ ސަރުކާރުންބަލަމުން މިސަރުކާރުން އިންސާފު ހޯދަދޭނެ

  4. ހުސޭނުބޭ

    އެ ދަޢުވާގައި ލާދީނީ ވާހަކަ އޮވޭތޯ!