ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން އައިޝަތު ބިޝާމް ދުރުކުރަން އުޅެނީ އިޖުރާޢާތުތަކާއި އެއްގޮތައް ނޫންކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.
ބިޝާމް މިހެން ވިދާޅުވީ މަޖިލީހުގެ ޖުޑީޝަލް ކޮމެޓީއަށް ޖަވާބުދާރީވުމަށް އެކަމަނާއަށް އަންގާފައި ވާތީ ނެރުއްވި ބަޔާނެއްގައެވެ.
ބިޝާމް މަޖިލީހުގެ ޖުޑީޝަލް ކޮމެޓީއަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު ހެނދުނު 11:00 އަށެވެ.
"ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން އަޅުގަނޑު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ފައްޓަވާފައިވާ އިޖުރާޢަތްތަކަކީ އިހްލާސްތެރި ނިޔަތެއްގައި ކުރިއަށް ގެންދަވާ އަދި ޤާނޫނުއަސާސީގެ ނައްސާއި ރޫހާއި އެއްގޮތައް ކުރިއަށް ގެންދަވާ އިޖުރާޢަތްތަކެއް ކަމުގައި އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ." ކަމަށް ބިޝާމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ބިޝާމް ވިދާޅުވީ އޭނާ މަގާމުން ވަކިކުރަން ކޮމިޓީގައި މެންބަރުން ފާހަގަކުރި ސަބަބުތަކާއި މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ފާހަގަ ކުރެއްވި ސަބަބުތައް އެއްގޮތް ނޫން ކަމަށެވެ. އަދި ޖަވާބުދާރީވުމަށް އޭނާއަށް އަންގައި މަޖިލީހުން ފޮނުވި ސިޓީގައި ވެސް ޖަވާބުދާރީވާންވީ ކޮން ކަމަކަށް ކަމެއް ބަޔާންކޮށްފައިނުވާ ކަމަށް ބިޝާމް ވިދާޅުވިއެވެ.
ބިޝާމް ވިދާޅުވީ ޖަވާބުދާރީވާން ތައްޔާރުވުމަށް މުހުލަތެއް ދިނުމާއި ވަކީލެއްގެ ހާޒިރުގައި ޖަވާބުދާރީވާން ފުރުސަތު އޮތުމުގެ މަގުސަދަކީ ތައްޔާރުވުމަށް ފުރުސަތު ލިބޭ ފަދައިން ޖަވާބުދާރީވާން ޖެހޭ ކަންކަން ވެސް ސާފުކޮށް ތަފްސީލްކޮށް އެނގެން އޮތުން ކަމަށެވެ. ގާނޫނު އަސާސީގެ 43 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅު އެޅުމުގެ ހައްގު ކަށަވަރުކޮށް ދިނުމަކީ ފިޔަވަޅެއް އަޅާއިރު އެކަމާ ގުޅޭ ހުރިހާ އިޖުރާއަތްތަކެއް ވެސް އަދުލުވެރިކަމާއެކު ކަށަވަރުކޮށް ދިނުން ކަމަށެވެ.
"މިއީ މިނިވަން ދިމިގްރާތީ މުޖުތަމައުތަކުން ބަލައިގަނެ އިސްތިގްރާރުވެފައިވާ އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ގިޔަމްތަކާއި މަބްދައުތައް ވެސް މި ހައްގުގެ ދާއިރާ ކަނޑައެޅުމުގައި ބަލައިގަނެފައިވާ ކަންކަން،" ބިޝާމް ވިދާޅުވި އެވެ.
ބިޝާމް މަގާމުން ދުރުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް ބިޝާމް މަގާމުން ދުރުކުރަން މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
ފަޓާސް ބަރި މައްސަލަ ޖެހޭނީ ނަޝީދަށް އެކަނި. ކަލޭގެ ނުބައިކަމުން ނަޝީދު ޖަލުން މިނިވަންވީ. ކަލެއަށްވެސް ކުޅި ފެންނާނެއަދި
މިއިން މީހަކު ހުންނަ މަޤާމަކުން ވަކިކުރާއިރު މިއޮއް ކުރާ އަސަރެއް ދޯ؟؟ އިޖުރާއަތާ ޤާނޫނާ އޮންނަނީ މިއިން މީހަކު އަޅިއަށްވާއިރު އެކަނިދޯ؟؟ ނުހައްޤު މީހުންނަށް އިޖުރާޢަތުން ބޭރު ދަޢުވާތައް އުފުލިއިރު ހަނދާނެއް ނެތް ދޯ؟؟ މި އަނިޔާވެރިޔާ އެބަހުރި 3 މަހުގެ ކުޑަ ހުކުމެއް އަންނަ ކަހަލަ މައްސަލަތައް ފުލުހުން ތަހުޤީޤުކޮށް ފޮނުވީމަ އެކި ލޫޕު ހޯލުތަކުގަ ހިފައިގެން 7 އަހަރުގެ ހުކުމް އަންނަވަރުގެ ދަޢުވާތައް އުފުލާފަ.. މީނާއަކަަށް ހިތްހެވެއް ނެތް ދުވަހަކުވެސް
މިސަރުކާރަކަށް އިޖުރާތެއް ގަވާއިދެއް ގާނޫނެއް އެގޭބައެއްނޫން މިތިބީކީ. އަތުން ދިޔައީމާ ދެންއެގޭނީ މިވާނުވާ.
ދުވަހަކު ވެސް އިޖުރާއަތާ ޤާނޫނާ ފުރިހަމަވާހަކަމަށް ވޭތަ މިއިން މީހަކު މަޤާމުން ބޭރުކުރާއިރު؟؟ ބޫތުކައިފަ ތިބޭ ވަރުންވާ ގޮތް ލަފުގަ ހިފާފަ ބެރުކުރަންވީ
އަދި ކިރިޔާ އިޖްރާއަތެއް އޮތްކަން ތިހަދާން ވީ ކަމަނާ އަށް
ރޯފިލާ ވަރަށް ރާކަނި މަސް ކެވިފަ މިހާރު ހުންނާނީ... ދެން ލަލަލަލަލަލާ...
ރީތި ގޮތަކީ އިސްތިއުފާ ދެއްވުން. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުބާރު ގެއްލިއްޖެ ނަމަ މަޤާމުގައި ހުރުމަށް ބޮޑާހޭކުމުގެ ބޭނުމެއް ނެތް. މިއަދު ދިވެހިރާއްޖޭގައި އިންތިހާބަކުން ބަލިވިއަސް ގްރޭސްފުލީ ބަލި ޤަބޫލުކުރާ ގޮތެއް ނުހުރޭ. އިތުބާރު ގެއްލުނީމާ އިސްތިއުފާ ދިނުމުގެ ހިތްވަރެއް ނުހުރޭ!
ކަމަނާގެ ބޭނުން މިސަރުކާރަށް ކެޑުނީމަ އިޖުރާއަތެ މިސަރުކާރަކަށް ބޭނުމެވާނެ.. މިކަމުން އިބުރަތެ ކްރިމިނަލްކޯޓުގެ ފަޑިޔާރުން ދެއްވާތޯ ﷲއަށް ދުއާ ދަންވަން...
ފެންދީފައި ކަތިލަނީއެވެ. ޕީޖީގެ އެންމެ އިސް ޒިންމާއަކީ މަޢުޞޫމުމީހުން ސަލާމަތްކޮށްދިނުމެވެ. ޔާމީންގެ ކުށެއް ނެތްކަން އެގޭ ޙާލުގައިވެސް ޔާމީންގެ މައްސަލަ ޝަރީޢަތަށް ހުށައެޅީ ބިޝާމުއެވެ. އެއީ މިހާރުތިބި ވެރިން ރުއްސާ މަޤާމުގައި ދެމިހުރެވޭނޭކަމަށް ބަލައިގެންނެވެ. 2018 ވަނައަހަރުގެ ރިޔާސީ އިންތިޚާބު އޮޅުވަލާފައި އޮތްކަން ވަރަށް ސާފުކޮށް އެނގެން އޮތްއިރުވެސް އެ ނަތީޖާ ރަގަޅުކަމަށް ނިންމީ އުއްތަމަ ފަނޑިޔާރެވެ. މިއަދު އެމީހުން އެތިބީ ކަތިލާފައެވެ. މިހުންނަނީ މާތްﷲގެ ކުޅަދުންވަންތަކަން އެގިގެންދިޔުމަށް ހުރި ފިލާވަޅުތަކެވެ. ޢަލީ ރަޝީދުއާއި ދެންތިބި ޤާޟީން މިކަންކަމުން ޢިބްރަތް ލިބިގަތުން ހުއްޓެވެ.
ކޮންކަމެއްތަ އިޖްރަައަތް ތަކާއި އެއްގޮތައް ކުރަނީ؟ މިސަރުކާރުން އިޖްރާއަތްތަކާއި ހިލަފަށް ޖަހާ ކޮންމެ ބެރަކަށް ނަޝަނަޝާހުރެފަ ނާއިންސާފުން އިޖްރާއަތްތްކާއި ޚިލަަފައް ފަންޑިޔަރުން މަގާމުން ވަކިކޮށް ނުހައްގު ދައުވާކޮށް މިހުރިހާ ނުބައި ނުލަފާ ޖައްބާރު ކަންތައްތައް ކުރި އިރު އެއްވެސް އެއްޗެއް ނުބުނެ ހުރެފަ އަމިއްލަ މަގާމް ގެއްލެން ހެދީމާ އިޖްތާތްތަކާއި ހިލާފުވާ ވާހަކަ ދެއްކީމަ ވަރަށް ކާޓޫނު ވާހަކައެއް. ރާކަނިމަސް ކެވޭނެ އަންނާރު ދިޔަ ބޮވޭނެ
މި އޮތް ފެންނަނީ ރީތި އަމާން އޮމާން ރާއްޖޭގެ އިޖުތިމާޢީ އަދި ޝަރުޢީ އަދާލަތު، ފޭރާން މުޅިން ކުދިކުދި ކޮށްލައިފި، ވެރިކަން ކުރަން ނުދަންނަ މީހުންނަށް ވެރިކަން މަތިވަނީ އެމީހުން ހިންގާ ޢަމަލުތަކުގެ ނަތީޖާ އަކަށް އިމްތިހާނަކަށް، އެއިމްތިހާނުން އެދަނީ ފެއިލް ވަމުން ހުރިހާ ކަމެއް މުށު ތެރެއަށް ދައުލަތުގެ ވެރިޔާގެ ކިބައިން ނެއްޓިދާއިރުވެސް އަތްޖަހާލަން ތިއްބަސް އެކަމާއި ވިސްނާނެ ބަޔަކުވެސް ތިބޭނެ
އެއްކަމެއްގައި ދެފަރު ދެގޮތަށް ވާހަކަ ދެއްކުން އޯކޭ ތޯ ؟؟
އިޖްރާޢަތޭ ކިޔާ އަނގަ ހުޅުވަން ކަމަނާ ލަދެއް ނުގަނޭތަ؟ ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް މިކަނބުލޭގެ ގައިގަ
ބިޝާމޫ!!! ރައީސް ޔާމީނުގެ މައްޗަށް ދައުވާކުރެވޭނެ އެއްވެސް ހެތްކެއް ގަރީނާއެއްނެތި ދައުވާކުރީ ދައްޖާލު ހެދިފަ ޕީޖީ ކަމުގަ ހުންނަން ކަމަށްދޯ؟ ލަސްވިތަ؟ އިންސާނުންނަކީ ހާދަހަނދާންބަލި ޣާފިލު ބައެކޭ މަހިތަށް އަރާ 2008 އިން 2012 އަށް ދިވެހިން ތަހައްމަލުކުރި ހާލަތު 5 އަހރު ތެރޭ ހަނދާން ނެތިއްޖެ. މިހާރު މިތިބި ގާޟީންވެސް ހީކުރަނީ އެމީހުންނަކީ މަގާމް ކަށަވަރު މީހުން ކަމަށް. ނުވާނެ. މުސްލިމެއް، ޝަރީޢާ އެނގޭމީހެއް ނުބަހައްޓާނެ.
އިޖުރާއަތްތަކާ ހިލާފާ، ގާނޫނުއަސާސީގެ ރޫހާ، އިހްލާސްތެރި ނިޔަތަކީ އައިޝަތު ބިޝާމްގެ ދުލުން ބުނަން ލަދުގަންނަންޖެހޭ ކަހަލަ ލަފުޒުތައް. އަންނި މިނިވަންކުރުމާ، ހުކުންކޮށްފަ ތިބި މީހުން ފަޓާސްފައްޗެއްހެން މިނިވަންކޮށްލިއިރު ކޮބައިބާ އެލަފުޒުތައް. ދެން ބުނެވޭނީ ސޮރީއޭ ގޭގަ މަޑުކޮށްލާށޭ. ކެހި ކަނޑުލުގެ ހިތިފިލުވަންޖެހިފައޭ ތިއޮތީ. ވެދުން.