ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ބިޝާމް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށާފައި ވަނިކޮށެވެ. މަޖިލީހުގެ ޖުޑީޝަލް ކޮމެޓީއަށް މިއަދު ހާޒިރުވުމަށް ބިޝާމަށް އޮތީ އަންގާފައެވެ.
ބިޝާމް މިއަދު ހެނދުނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެކަމަނާ މަގާމުން ދުރުކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުން ގެންދަނީ އިޖުރާޢަތުތަކާއި ހިލާފަށް ކަމަށެވެ.
"ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން އަޅުގަނޑު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ފައްޓަވާފައިވާ އިޖުރާޢަތްތަކަކީ އިހްލާސްތެރި ނިޔަތެއްގައި ކުރިއަށް ގެންދަވާ އަދި ޤާނޫނުއަސާސީގެ ނައްސާއި ރޫހާއި އެއްގޮތައް ކުރިއަށް ގެންދަވާ އިޖުރާޢަތްތަކެއް ކަމުގައި އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ." ކަމަށް ބިޝާމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ބިޝާމް މަގާމުން އިސްތިއުފާ ދެއްވިކަން ކަށަވަރު ކޮށްދެއްވާ ރައީސް ޞާލިހް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިޝާމް މިއަދު ހެނދުނު އެމަނިކުފާނަށް އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން ބިޝާމް ކޮށްދެއްވި ޚިދުމަތައް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ބިޝާމަށް ކުރިއަށް އޮތްތަނުގައި ކާމިޔާބީ ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ޞާލިހް ވިދާޅުވިއެވެ.
ބިޝާމް މަގާމުން ދުރުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް ބިޝާމް މަގާމުން ދުރުކުރަން މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
އިޖުރާއަތްތަކާ ހިލާފާ، ގާނޫނުއަސާސީގެ ރޫހާ، އިހްލާސްތެރި ނިޔަތަކީ އައިޝަތު ބިޝާމްގެ ދުލުން ބުނަން ލަދުގަންނަންޖެހޭ ކަހަލަ ލަފުޒުތައް. އަންނި މިނިވަންކުރުމާ، ހުކުންކޮށްފަ ތިބި މީހުން ފަޓާސްފައްޗެއްހެން މިނިވަންކޮށްލިއިރު ކޮބައިބާ އެލަފުޒުތައް. ދެން ބުނެވޭނީ ސޮރީއޭ ގޭގަ މަޑުކޮށްލާށޭ. ކެހި ކަނޑުލުގެ ހިތިފިލުވަންޖެހިފައޭ ތިއޮތީ. ވެދުން. މި ފެންނަނީ ﷲ ގެ ކުޅަދުންވަންތަކަން.
މީނަ ހުރިހާ ނުބައެއް ހަދާފަ އަދި މިހާރުގެ ސަރުކާރުން ބުނިހާ ގޮތެއް ހަދާފަ މިދިޔައީ! އަދި މިދިޔައީ ރައިސް ޔާމީންގެ މައްޗަށް ދަޢުވާވެސް އުފުލާ އެޝަރީޢަތްވެސް ނިންމާ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ރައިސް ޔާމީނަށް ޖަލު ޙުކުމް ކަށަވަރުކުރާނެ ކަމުގެ ޚަބަރުވެސް ހޯދައިގެން އިސްތިއުފާ މިދިނީ! ޔާމީންގެ ޙުކުމް އޮތްގޮތް އިއްޔެގެ ހަވީރުވަނީ މިސަރުކާރުގެ އެންމެ އިސްފަރާތައް ފޯރުކޮށްދީފަކަމަށްވަނީ! އެކަމުގެ ސައްލާ ސަލާމަތީ އިސް ފަރާތަކާއެކު ޙިއްސާވެސް ކުރެވުނުކަމަށް ރައިސް އޮފީސްތެރޭ ޙަވީރު ބޭއްވި ކުއްލި ބައްދަލުވުމެއްގެތެރޭ! މިވެސް އިވުނު އަޑެއް!! ހަގީގަތަކީ ކޮބައިކަމެއް ނޭނގޭ!!
މިއީ ކޮންކަހަލަ ގައުމެއް؟ ޕީޖީއެއްނެތް. އުއްތަމަ ފަނޑިޔާރެއްނެތް؟ ދައުލަތް މިއޮތީ ހުއްޓިފައި. ގާނޫނު އަސާސީއާއި ޤާނޫނެއް މިވަގުތު ތަންފީޒެއް ނުވާނެ.
ނޫންނޫން ތިހެން ނުބުނޭ! މިހާރު މިގައުމުގެ ވަލިއްޔުލް އަމްރަކީވެސް މަޖިލީހުގެ ރައީސް ނަޝީދު. އުއްތަމަ ފަނޑިޔާރަކީވެސް ހަމަ އެ ނަޝީދު، ޕީޖީ އަކީވެސް ހަމަ އެނަޝީދު.
އެންމެން ވެސް މިކިޔަނީ ސަރުކާރު ހިންގަނީ ގާނޫނޫތަކާއި ގާނޫނު އަސާސީއާ ޚިލާފަށޭ ދީނަށް ފުރައްސާރަ ކުރަނިއްޔޭ ވައްކަން ކުރަނިއްޔޭ ޖުޑިޝަރީ ފުނޑަނިއްޔޭ ދެން ސުވާލަކީ މިހެން ކިޔާކިޔާ ތިބެންވީހޭ. މިހިސާބަށް ކަންތައްދާއިރުވެސް. މިއީ ޖަވާބު ބޭނުންވާ ސުވާލެއް.
ނުކުންނަންވީ.. އަތޮޅުތައް އެކީ މާލެއާއި ހުއްޓާނުލާ މުޒާހަރާކޮށް މި މުޑުދާރު ސަރުކާރު ބަލިކޮށްލަންވީ.. އަވަސްކުރަންވީ. ކޮންމެވެސް ވަރުގަދަ ބަޔަކު އިނީޝިއޭޓް ކޮށްލަބަލަ.. ﷲ ގެ ނަންފުޅުގަނެ ﷲ ގެ ނަޞްރަށް އެދި ނުކުންނަންވީ.. އަހަރެމެން ނުކުންނަންޖެހިއްޖެ. ލާދީނިއްޔަތާއި، ސެކިއުލަރިޒަމް އިންތިހާއަށް ބާރުގަދަވަމުން މިދަނީ.
ރައްޔިތުންނަށް ނުކުންނާކަށް ނުކެރޭނެ. ރައްޔިތުން އެއައްވުރެ މާފިޑި. މިހާރުވެސް ޕީޕީއެމްގެ އިސްވެރިންނަށް މަތީމަގާމްތައް ދީބަލަ. އޭރުން ރައީސް ޔާމިނު މިނިވަންކުރާށޭ ކިޔާ ނުކުންނާނެ ޕާޓީއެއްވެސް ނޯންނާނެ. އަންނިއާއި މި ސަދޫމީ ސަރުކާރު ހަލާކުކުރަށްވާންދޭވެ.
ސުޕްރީމް ކޯޓަށް ރައީސް ޔާމީން މައްސަލައެއް ހުށަހަޅާފައިވަނިކޮށް އެއަށް ގޮތްނުނިންމާ މައްސަލަ ކުރިއަށް ނުގެންދެވޭނެ. ސުޕްރީމް ކޯޓުގައި ދައުލަތް ތަމްސީލެއް ނުކުރެވޭނެ ޕީޖީއެއް ނެތިއެއް. މިއީ ރޫލް އޮފް ލޯގެ އުސޫލު. މި އުސޫލުތައް މުގުރާލައިފިނަމަ، ހީނުކުރާތި، ބޮޑާވެފަތިބެން ސަރުކާރު އޮންނާނެކަމަކަށް. ﷲ ތަޢާލާ އަނިޔާވެރި ޖާހިލު ފާސިގު މި ދައުލަތް ނެތި ކުރައްވާނެ. އިންޝާﷲ.
މޭޔަރު ކަމަށް ކުރިމަތިލުން ރަނގަޅުވާނެ!
ރައީސް ސާލިހު ބިސާމާ އަށް ފުރަށްސާރަ ކުރި ކަމަށް ބެލެވޭ އަނެއްކޮޅުން ބިސާމާ އަށްވެސް ތިޖެހުނީ ދެ މީދާ ފެހި ބުޅަލައްވީވަރު
އައިޕީ އެޑްރެސް ބަލަން ފެނޭ މިކޮމެންޓައް.
މިގައުމު ކެނެރީގޭ ނަޝީދު ހަލާކުކޮށް އެއްލާލައިފި ހެޔޮނުވާނެ ކޮންމެވެސް ތަކުރުފާނެއް މިދީބު ސަލާމަތްކޮށްދީބަލަ ....
ޕީޖީ އިސްތިއުފާއަކީ އެހެން ޑީލެއް.... ވަޒީފާއެއްދޭން ބުނެގެން..
މިހާރުމިޤައުމުގަ ޤާނޫނުއަސާސީގަ ބޔާންވެގެންވާ ޤާނޫނީވެރިކަމެއްނެތް މިހާރު މިޤައުމުގަމިހިނގަނީ އަމިއްލަަވެރިކަމެއް މިއަދުމިޤައުމުމިއޮތީ ކުއްލިހާލަތު އިޢުލާނުކޮއްގެން ޤާނޫނުއަސާސީއެއްއޮތަކަސް ޤާނޫނުއަސާސީގެ ބާރުކެނޑިޤާނޫނުއަސާސީނެތިގޮސް އެމީހަކާއެމީހަކައްވެފަ ދެން ޤާނޫނުއަސާސީގެބާރު ބޭނުންކަމައްވަންޏާ ރައްޔިތުންޖެހޭނީމަގުތައްމައްޗައްނުކުންނަން
މިޤައުމުގެ ރައީސްވެސް އިސްތިއުފާ ދޭން އެބަޖެހޭ. މިޤައުމުގެ ދީން ޙިމާޔަތްކޮށް ރައްކާތެރި ކުރަންވީ ވަޢްދާއި ޚިލާފްވެއްޖެ. ލާދީނިއްޔަތު ފަތުރާ ފަރާތްތައް ރައްކާތެރިކޮށް .ދީން ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރާ ޢިލްމުވެރިންނަށް ފިޔަވަޅު އަޅާ އަނބުރު ކަތިލާލަން މަސައްކަތް ކުރާތީވެ. ވަލިއްޔުލް އަމްރު ގެ އެންމެ ބޮޑު ޒިންމާ އިސްލާމް ދީން ޙިމާޔަތް ކުރުމަށް ފަރުވާ ކުޑަކޮށްފި.
ކޮބާހޭ، ދުނިޔޭން ބޭރުން ކިޔަވައިގެން ތިބި، މޑޕ ގްރާސް ރޫޓުގެ ކުދިން. އެމީހުން ދިޔަ ޔުނިވަރސިޓީގެ ޕްރޮފެސަރުންނަކީ ޝައިޠާނުން. ވަރަށް މޮޅަށް ހުންނާނެ ވަސްވާސްތައް ދެނެގަނެފަ. އިންސާނުންނަށް އަނިޔާ ދެވޭނެގޮތްތަށް ދަސްކޮށްދީ އިންސާނީ ޖަމާއަތަށް ފޮނުވާ ޝައިޠާނާއާއެކު ޖަހަންނަމައިގެ އެންމެ އަޑިޔަށް އިންސާނުން ގެންދިއުމުގެ މިޝަނުގައި އެންމެކުރީގައިއުޅެނީ ދިވެހި ޖާހިލުން ކަން ވަރަށްބޮޑަށް ފާހަގަކުރެވޭ. ދޮގުފެތުރުމާއި ފުރައްސާރަކުރުމާއި އިލްމެއްނެތް ކަންކަމުން ވާހަކަދެއްކުމަކީ ދުނިޔޭން ބޭރުން ކިޔެވި ކުދިން ރެއާދުވާލު ކުރާ ކަންތައްތއް.
މާ ލަސްވެސް ވެއްޖެ
އިސްތިއުފާ ދޭންވީނު ދެން އެތާ ހުރެ ހުރެ ކައި ކައި އިންތަނުން ގުޑާ ނުލެވޭ ވަރަށް ފުފުނީމަ ކިނބޫ ހޮރުން އެ ނި ކުތީ
މިއީ ރައްޔިތުން ފެލަން އާ ސަރުކާރެއް. އެމީހުންގެ ކަމަކީ ރައްޔިތުންނަށް ފެލުން. ރައްޔިތުން ޖެހެނީ ބަނޑަށް. ދެން ހުރި ފިރުއައުނާ އޭނަ އައުވާނުންގެ ކަމަކީ ދީން ވިއްކާގެން ރުފިޔާ ހޯދުން. ރައްޔިތުންނަށް ފައިދާ ނުވާއިރު މިވަރު ބަޔަކަށް ވޯޓް ދީގެން ހަނާވާއިރުވެސް އަތް ޖަހާލަ ޖަހާލަ. އިންޑިއާގެ ފަގީރު އަވަށެއްގަ މީހުން އުޅޭހެން ފެންތަކު ތެރޭ ބަކަތަޅަން ތިބެން މިޖެހެނީ ނިކަމެތި ރައްޔިތުމީހާ.