ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް މައާފަށް އެދެން ޖެހޭ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރ މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވެފައިވާއިރު، މްއެމްޕީއާރްސީ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ތިން ވަޒީރެއްގެ ނަން މަޖިލީހުގެ ކޮމެޓީއެއްގައި ބިޝާމް ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި މަލީހް ވެސް ހިމެނެއެވެ. މަލީހްގެ ނަން ބިޝާމް ހާމަކުރެއްވުމުން މަލީހް ގެންދަވަނީ ވަރަށް ބޮޑަށް ބިޝާމަށް ފާޑުވިދާޅުވަމުންނެވެ.

ބިޝާމް މިއަދު ވަނީ ޕީޖީ ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އޭނާ އިސްތިއުފާ ދެއްވުމާއި ގުޅިގެން މިއަދު މަލީހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއްވެސް މަގާމެއް ދިފާއު ކުރުމަށް ދޮގު ހަދާ އެހެން މީހުންގެ އަބުރު ކަތިނުލާން ޖެހެނީ މިހެންވެ ކަމަށެވެ.

"އެފަދަ ކަންކަަމުން ލިބޭނެ ރަނގަޅެއް ނޯންނާނެތީ... މަޖިލީހުގެ ކޮމެޓީގައި، ނުފޫރުގަ ތާށީވެ އިންނަވާ ހެއްދެވި ބޮޑު ދޮގަށް މައާފަށް އެދި ލައްވާ". މަލީހް ވިދާޅުވިއެވެ.

މަލީހަށް އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރުމާއި ގުޅިގެން އޭނާ ވަނީ ބިޝާމާއި ދެކޮޅަށް އަބުރުގެ ދައުވާ ވެސް ކުރައްވާނެ ކަމަށް ކުރިން ވިދާޅުވެފައެވެ. ނަމަވެސް މިހާރު ރާއްޖޭގައި އަބުރު ރައްކާތެރިކުރުމާއި ބެހޭ ޤާނޫނެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޓިނު ވަގު

    ފައިސާ ވަނީ ލިބިފައި..

    13
    1
  2. ރެކިބެއްޔާ

    އަދިވެސް ބިސާމުތަ މާފަށް އެދެންވީ ؟ މަލީހަށް ވަޒީރެއްގެ ޒިންމާ ނުނެގޭއިރު އެކަމަށް މަލީހު މާފަށް އެދޭނީ ކޮންއިރަކުން ؟ ތީ ވަރަށް ކޮރަޕްޓް މީހެއްހެން ހީވަނީ

  3. ކެޔޮޅު

    މަލީހުތީދެންކާކު އަނގައަރުވން ތިހެރީފެއިލްވެފަ!

  4. ސުލޯލިހުވަގު

    މާފުއްޕާނެ ކަމެއް ނެތް ކަލޭ ހޫރާލާ ދުވަސް ވަރަށް ގާތުގަ އޮތީ.

    4
    1