ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަޅާ 15 ބުރީގެ ދެ ޓަވަރުގެ ފައުންޑޭޝަން މަސައްކަތް މި މަސް ތެރޭގައި ފެށިގެންދާނެކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑައިރެކްޓަރ އާދީލް މޫސާ ވިދާޅުވެއްޖެއެވެ.

ރޭ ވެލާނާ އެއާޕޯޓްގައި ބޭއްވި ސްޓާފް ނައިޓް ހަފްލާގައި ވާހަކަދައްކަމުން އެމްޑީ އާދިލް ވިދާޅުވީ، އެމްއޭސީއެލްއަކީ އަބަދުވެސް މުވައްޒަފުންނަށް ލުއި ފަސޭހަ ކަންތައްތަކެއް ކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ.

އެގޮތުން މީގެ ތިން އަހަރު ކުރިންވެސް ވަރަށް ގިނަ ކަންކަން މުވައްޒަފުންނަށްޓަކައި ކޮށްދީފައިވާކަން އެމްޑީ ފާހަގަކުރެއްވިއެވެ.

އެމްއޭސީއެލްގެ ސްޓާފް ނައިޓް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ
އެމްއޭސީއެލްގެ ސްޓާފް ނައިޓް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

ހިޔާ މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޑީ ވިދާޅުވީ، ހިޔާ މަޝްރޫއަކީ އޭނާ ވަރަށް ބޮޑު އިސްކަމެއް ދީގެން ބައްލަވާ މުވައްޒަފުންގެ ވަރަށް މުހިންމު ޕްރޮޖެކްޓެއް ކަމަށެވެ. އެމްޑީ ވިދާޅުވީ، އެމްއޭސީއެލްގެ ފްލެޓްތަކުގެ މަސައްކަތް އަދި ނުފެށިފައިވީނަމަވެސް މަސައްކަތް ފަށާއިރު ކުރުމުއްދަތެއްގެ ތެރޭގައި އެ މަސައްކަތް ނިންމާލާނެ ކަމަށެވެ.

"ކޭޝްފްލޯގެ ޗެލެންޖްތައް ހުރިކަމުގައިވިޔަސް އިރާދަކުރެއްވިއްޔާ ހިޔާ ޕްރޮޖެކްޓްގެ މަޝްރޫއު ރާވާފައި އޮތް ގޮތަށް ކުރިއަށްދާނެ. އަދި އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން ދަނީ ހަމައެކަނި ހިޔާ މަޝްރޫއު ޕްރޮޖެކްޓަށް ލޯނެއް ނަގާފައި އެތަން ނިންމުމެއް ނޫން. އެއަށްވުރެ ބޮޑަށް މި ޕްރޮޖެކްޓްގެ ސަބަބުން މުވައްޒަފުންނަށް ކޮން ގޮތަަކަށްތޯ ލުއި ގޮތްތަކެއް އޮތީ". އެމްޑީ ވިދާޅުވިއެވެ.

އެމްޑީ އާދިލް ވިދާޅުވީ، މި ޕްރޮޖެކްޓް ނިމިގެންދާއިރު، މުވައްޒަފުންނަށް އެންމެ ފުރަތަމަ ކަމަކަށް ވާނީ ފައިސާ ދެއްކޭނެ ގޮތްތަކެއް ކަނޑައެޅުން ކަަމަށެވެ.

އެމްއޭސީއެލްގެ ސްޓާފް ނައިޓް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ
އެމްއޭސީއެލްގެ ސްޓާފް ނައިޓް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

އެމްޑީ ވިދާޅުވީ، މި މަސް ތެރޭގައި ހިޔާ ޕްރޮޖެކްޓަށް އެޕްލައި ކުރުމަށް ހުޅުވާލާނެ ކަަމަށެވެ. "ދެން އެ ފޯމުގައި އިންނަ ކްރައިޓީރިއާތަކަކަށް ބަލާފައި އަޅުގަނޑުމެންގެ ޕްރޮސެސް އަވަހަށް ހުޅުވާލައިގެން ގެންދެވޭނެ". އާދިލް ވިދާޅުވިއެވެ.

އެމްއޭސީއެލް އިން އިން އަޅާ 15 ބުރީގެ ދެ ޓަވަރުގެ މަސައްްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއެވެ.

އެމްއޭސީއެލް އިން ބުނީ އެ ކުންފުނިން އަޅާ ދެ ޓަވަރުގައި އެއް ކޮޓަރީގެ އެޕާޓްމެންޓާއި، ތިން ކޮޓަރީގެ އެޕާޓްމެންޓް ހުންނާނެކަމަށެވެ. އަދި މީގެ ސަބަބުން އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކަކަށް ބޯހިޔާވަހިކަން ޔަގީންވެގެންދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެއަރއިޒް

    ހިޔާ މަޝްރޫއުގެ ދަށުން އަޅާ 15 ބުރީގެ ދެ ޓަވަރުން އެމްއޭސީއެލް ގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ފްލެޓްސް ތައް ދޭނެ ކަމަށޭ މަމެން އުއްމީދު ކުރަނީ. ހަމަ އެގޮތަށް ރާއްޖޭގެ ރިސޯރޓްސް ތަކުގައި މަސައްކަތް ކުރާ ހުރިހާ ދިވެހިންނަށް ވެސް މާލެ ސަރަހައްދުން ފްލެޓްސް ތައް ދިނުމަށް ޓަކައި އެއް ރިސޯރޓް ގައި މެދު ނުކެނޑި 5 އަހަރު ވަޒީފާ އަދާ ކޮށްފައިވާ މީހުންނަށް ފްލެޓްސް ތައް ދިނުމަށް ޓަކައި ކޮންމެ ރިސޯރޓަކަށް ހުޅުމާލެ ދޭކުން 5 ހާސް އަކަފޫޓްގެ ގޯއްޗެއް ދޭންވީއޭ 25 ބުރިއަށް އިމާރާތް ކުރަން. އެއިރުން ހުރިހާ ރިސޯރޓްސް ތަކުގެ މާލެ އޮފީސް އާއި އެމެންގެ ގުދަން ވެސް އެތނަށް ބަދަލުކޮށްލެވޭނެ ނޫންތޭ. ޝޯ މީ ދަ މީނިންގް އޮފް ރިއަލް އެޕްލިކޭޝަން އޮފް ހައުސިންގް ފޯރ އޯލް ލައިފް ގޯސް އޮން އޭޒް އިޓް ނެވަރ އެންޑްސް ދެއަރ އިޒް ސަމްތިންގް މިސިންގް ފްރޮމް ދަ ހައުސިންގް ސެކްޓަރ..

  2. ވެންއިޓް

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ވެން އިޓް ކަމްސް ޓު ޔޫ ތަމެންނަށް ކުރެވޭ ކަމަކީ ދޭތެރެ ޖެއްސުމޭ އެއީ ތަމެން ގެ ކަށީގައި ހިފާފައި ހުރި ކަމެކޭ އެއީ ހުޅުދޫ މީޙުންގެ ގޮތެއް ނޫން ދޯ އެކަމަކު ތަމެންގެ ގައި ގައި ތިޔާ ހުރީ ހާދަހާ ވާ ނުބައި ދޭތެރެ ޖެއްސުމުގެ އާދަ އެކޭ ހުޅުދޫ ބޮޑު ކުބުހާ ވެން އިޓް ކަމްސް ޓު ޔޫ ޑޯން ބީ ބްލައިންޑް ވެން އިޓް ކަމްސް ޓު ޔޫ ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ނޯ އިޓް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ވެން އިޓް ކަމްސް ޓު ޔޫ ވެން އިޓް ކަމްސް ޓު ޔޫ ދެއަރ އިޒް ނޯ ގުޑް ތިންގްސް އޮން އިޓް..