ރައީސް ޔާމީން މިނިވަން ކުރުމަށް ޤާނޫނީ ގޮތުން ކުރެވެން އޮތް ހުރިހާ ކަމެއްގައި ޢަމަލީ ގޮތުން ބައިވެރިވާނެ ކަމަށް މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ހުންނެވި ޝަހީމް މިއަދު އެމަނިކުފާނުގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލާން ޙުކުމް ކޮށްފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި ރައީސް ޔާމީންގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲ ގެ ހަޟްރަތުގައި އޭނާ ދުޢާ ދަންނަވާ ކަމަށެވެ.

މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވެ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު، ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން އެމެރިކާ ޑޮލަރު (77.1 މިލިއަން ދިވެހި ރުފިޔާ) އިން އެމަނިކުފާނު ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ޙުކުމް ކޮށްފައެވެ.

ރައީސް ޔާމީނަށް ކޮށްފައިވަނީ "ބާތިލް" ޙުކުމެއް ކަމަށް މިއަދުގެ ޙުކުމަށްފަހު ޕީޕީއެމްގެ ވަރަށް ގިނަ އިސްބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ޙުކުމް އިސްތިޢުނާފް ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފައްޓަވާނެ ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުންވެސް ވަނީ ހާމަކޮށްފައެވެ. ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ޙުކުމް އިސްތިޢުނާފް މަރުޙަލާގައި ކާމިޔާބަށް އެދޭ ކަމަށާއި، އެ މަސައްކަތުގައި ޤާނޫނީ ގޮތުން ކުރެވެން އޮތް ހުރިހާ ކަމެއްގައި އެއްބާރުލުން ދޭން ތައްޔާރަށް ހުންނެވި ކަމަށެވެ.

ޝަހީމްގެ ޕޯސްޓުގައި ވިދާޅުވީ އެ މަސައްކަތުގައި އެމަނިކުފާނުގެ އެހީތެރިކަން ޢަމަލީގޮތުން ދެވޭނެ އެންމެ މަތީ ދަރަޖައެއްގައި ރައީސް ޔާމީނަށާއި، އާއިލާ އަށާއި، ޕީޕީއެމްގެ ލީޑާޝިޕަށް އަދި އެޕާޓީގެ އެންމެހާ މެމްބަރުންނަށް ދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އެދުމަކީ ރައީސް ޔާމީނާ އެކީގައި އެޕާޓީގެ އެންމެހާ ބޭފުޅުންވެސް ސާބިތުކަމާއެކީ ދެމިތިއްބެވުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ދެމިޔަކަން

    މާތް ﷲ ތިބާގެ މަސައްކަތުގައި ރަޙްމަތް ލައްވާށި އާމީން!

    85
    7
  2. އަލްޖިބްރާ

    ކަލޭ ކިތަންމެ ވަރަކަށް އުޅުނަސް ޔާމީނަށް ޖަލުން ނިކުމެވޭނީ 5އަހަރު ފަހުން ! އެހެންނޫނީ ޖެހޭނީ ބަލިވާން !

    14
    75
    • ވަދު

      އޭ ހިބަރާ 13އަހަރުކޮއްފަތަ މަޖުލިހުގަ އެތިބަ ދެ ޓެރަރިސްޓުން އެތިބީ މިނިވަންވެގެން.. ސާބިތުހެކިހުރެ ސާބިތު ހުކުމަކުން ސަލާމަތްކުރިއިރު ސާބިތު ހެއްކެނެތް ބާތިލް ތަހުގީގަކަށްކުރި ބާތިލް ހުކުމެ ކަލޭ ދަމަހައްޓަން ކިތައްމެވަރަކަށް ތެޅުނަސް ކަލޭ އެކަންޏެނޫނޭ ގާނޫނާ ގަވާއިދާ އެގެނީ.. ބާރެލިބިފަ މިއަދުއޮތީމަ ވަލަށް މިއަދު ދަމަމާތިއްބާ ވާކަޑައިގެން ދާނެވަގުތު ކަލެއަށްއިގޭތަ ހިބަރާ..

      58
      2
  3. ރޮނޑާ

    އަހާ މިޝަހީމުވެސް. އޭރުވެސް މަނުބުނަންތަ؟.މިޢީ ހަމަ އެއްބަޔެކޭ.ދީނުގެ ފޮށާ ބޮލުގަ އަޅައިގެން ވަގުންގެ ފައިސާއިން އުޅެން ދަސްކޮއްފަ ތިބި ބަޔެކޭ. ތެޅިގަތީ ޔާމީން ސަލާމަތްކުރާޝޯ.ކަލޭ ކިތައްމެ ވަރަކައް އުޅަނަސް ވާނެ ކަމެއްހަރާމުން ހަރާމް. ޝަހީމު ކަލޭގެ ކާރީގައި ތެދެއްބުނަންތަ؟ ޔާމީނަކީ ދުނިޔޭ ގެ ގައުމު ތަކުގެ ލީޑަރުން ދަންނަ މީހެއްނޫން. އޭނަ މަޝްހޫރުވެފަ އޮތީ އިންޑިއަން އޯޝަނުގެ މުގާބޭގެ ނަމުން.އޭނަޖަލައްލީ މި ރީޖަނުގެ މީހަކު ނުކުރާވަރުގެ ބޮނޑު ވައްކަމެއް ކުރީމަ. ކަލޭޝަކުވާކުރާނީ ސައޫދީގަތަ؟ ސައޫދީން ބާރު އަޅާނީ ވައްކަން ކުރާމީހުންގެ އަތްކަނޑަން. . ޔާމީން ސަތޭކަ އަހަރައް ޖަލައް ހުކުމެއް ކުރިޔަސް ބޭރުގެޢުމަކުން ބަޔާނެއްނު ނެރޭނެ. ކަލޭ އޮޅިގެން ނޫޅޭ.

    16
    53
    • ދަރިވަރު

      ދީނޭ ކިޔައިގެން އެއްޗެއް ބުނާ އިރު ދީނަށް ފާޅުގަ ފުރައްސާރަ ކުރަނީ ކޮން ސިޔާސީ ލީޑަރެއް؟ ތިބާއަށް ޙަޤީޤަތް އެނގޭއިރުވެސް ދެލޯ މަރައިލައި އަވާމެންދުރެއްގެ ފަހަތުން ދުވަނީ ހަމަ ޢާފިލުކަމުގެ ސަބަބުން

      37
      2
  4. އައްޓަ

    ދެންކޮބާ ލާރިގަނޑުކައިގެން ދެންތިބިހުރިހާވަގުން މިކަހަލަ ލާދީނީބައިގަނޑުގިނަވެގެންގޮސް މިޤައުމުހަލާކުވަނީ ﷲއިރާދަކުރެއްވިއްޔާ މިލާދީނީބައިގަނޑުގެ ކިބައިން ލަސްތަކެއްނުވެ މިޤައުމުސަލާމަތްވާނެ

    45
    1
  5. ގޫބެ

    ކަލޯ ޑޮކުޓަރު ޝަހީމުއާއި ނުބެހޭތި ކަލެޔަކީ ލާދީނީފިކުރު ހަންގަނޑަށް ވަދެފަހުރި މުނާފިގެއް ޝަހީމުގެ ގުރުއާންް ކިޔަވާވިދާޅުވާ އަޑު އެހިޔަސް ކަލޭބިރުންސިއްސައިގެންދާނެ ޝަހީމުއަކީ އިސްލާމީ އުއްމަތުގެ ބަސްވިކޭ ގަދަރުލިބިގެންވާ ބޭފުޅެއް.

    52
    6
  6. Anonymous

    ޔާމީނު ޖަލަށް ލާތަން ބަލަން ހުރެފަ އައިސް ހީރޯ ހެދެން އުޅޭ މީހާ މަމެން ބޭނުމެއް ނޫން. އެންމެ ބޭނުންވި ވަގުތު ގެއްލިފަހުރެފަ ޖަލަށްލީމަ ހީރޯ ހެދެން އަންނަކަން ނޭންގޭ މީހަކު ނެތް. މަމެންނަށް އެންގޭ ތިޔައުޅެނީ 2023 ރައީސް ކަން ލިބޭތޯކަން. އަފިންނަށް އެންގޭ ސަހީމަށް ޔާމީނު ފެންނާނި ރައީސް ކަން ނުވަތަ ނައިބު ރައީސްކަން ބޭނުންވީމަކަން.ދީނީ ތާކިހާ އަޅައިގެން އަމިއްލަ އެދުމުން ފޯޯވެފަ ހުރިކަން މަމެންނަށް އެންގޭ. އަފިން އަބަދުވެސް ތިބޭށީ ޔާމީނާއެކު.

    5
    42
  7. މޯދީ މާމަ

    އެހެންވިއްޔާ ޔާމީން ކައިރިއަށް ޖަލަށްދޭ.. އެއީ ޔާމީންއާއި އެންމެކައރިން މިވަގުތު މަސައްކަތްކުރެވެން އޮތްގޮތަކީ...

    7
    27
  8. ލައިފް ފެން

    ކޮންކަމެއް ކުރެވޭނީ. ތިޔައީ މިހާރު ބާރެއް އާރެއްނެތް މީހެއް. މިހާރު އެއޮތީ ފަޅައިއަރާފަ ގަޓުލެއްކުރިކަމުގައި ބައިވެރިވެގެނޯ. އެކަމު އަދިވެސް ބޮނަކުއާ ވަރެއް ބޯލާކަށް ހަމަނެއް!

    1
    16
  9. ލާއިގު

    ﷲ ގެ ޝަރީއަތާ ހިލާފަށް ކުރާ ބާތިލް ހުކުމަށް ތާއީދު ކުރާ މީހުން ހިމެނިގެންވަނީ ކޮންބައެއްގެ ތެރެއިންކަން ބަޔާންކުރައްވާފައި އޮތް އިރު އެކަމަށް ވިސްނަނީ ކިތަށް މީހުންތޯ ހިތަށް އަރާ..

    23
    2
  10. އައި

    ލާދީނީ މީހުންނާ ސަރުކާރު ހަލާކު ވެދާނެ..

    18
    2
  11. ހޯރަ ބޭ

    ސަހީމް ތިއީ ވަރަން ވެސް މަކަރު މީހެއް އަޅުގަންޑަން އެކަން އިގޭ ވަރަންރަގަޅަން

    3
    15
  12. ލޯގް ކެހެތޭހޭ،

    ޚިޔާނާތް، ވައްކަން، ޓެކުން، ދޮގު، މަކަރު، އޮޅުވާލުން، ހީލަތް، ފޭރުން، ފަދަ ޙަރާމް ކަންތަކަ×ް އަރައިގަންނަ ޤައުމަ×ާ ރައްޔިތުންނަ×ް ޣައްދާރު ވީމަ ވެސް .........
    މުނާފިޤުންނަކީ ﷲގެ ރަޙްމަތުން ބޭރުކުރެވިފައިވާ ބައެއްކަން އެނގޭއިރު ތަ ތިޔަ ތެޅެނީ ކިޔަންވެ؟

    1
    3
  13. ޢަބްދުއްލާ

    ރައީސް ޔާމީން މިނިވަން ކުރުމަށް ޤާނޫނީ ގޮތުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން : ޝަހީމް

    5 ގަޑިއިރު ކުރިން ( ނޮވެމްބަރު 28, 2019 )

    މުސްލިމުންގެ އެންމެ ނުފޫޒުގަދަ ޝަހުސިއްޔަތުންގެ ތެރޭގައި ޑރ. ޝަހީމް ހިމެނިވަޑައިގެންފި

    1 ދުވަސް ކުރިން ( ނޮވެމްބަރު 27, 2019 )

    ތިފަދަ މުސްލިމު ގަދަރުވެރި ބޭފުޅަކު އިސްލާމް ދީނާ ގައުމަށް ޓަކާ ކަމަރު ބަދެނދެގެން

    ނުކުމެވަޑައިގަތުމަކީ އިސްލާންދީ ނިކަމެތި ކުރަންބޭނުންވާ މީހުންގެ މޭދަނޑު އަނގަޔަށް

    އައިސްގެން ތެޅިފޮޅޭނެ ކަމެއް. އަދި މަނިފާނު އެކަނިހުންނެވި ކަމަށް ހީނުނިންމަވާތި

    މާތް ﷲއާއި އަހަރެމެންވެސް މިތިބީ ތިމަގުގައި ޘާބިތުވެ މާތް ﷲއަށާ އެކަލާނގެ ދީނަށާ

    އެކަލާންގެ ނިކަމެތި ކަން ގެންނަން މަސައްކަތް ކުރާކޮންމެ މީހަކާ ނުރުހުންވެ މިއަޒުމުގައި

    ހިފަހަށްޓައިގެން.

    މާތް ﷲ ތިބާގެ މަސައްކަތުގައި ބަރަކާތް ލައްވާ ރަޙްމަތް ލައްވާށި އާމީން!

    4
    1
  14. ހެއު

    އަސްލުފައިސާ ޖަމާކުރަނީ ކިހިނެއްހޭ އެބުނާ އަދަދައް ފައިސާ ޖަމާކުރުމުން ބުނާނީ ތީ އެފައިސާއެއްނޫނޭ ހިނި އައްނަނީ