ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސް ސާލިޙް ޖޭއެސްސީގެ ލާފާ އެއް ހޯދަން ނަން ފޮނުވި ސިޔާސީ އެކްޓިވިސްޓް ހުސްނުއްސުއޫދުގެ މައްސަލަ އެއް އެޗްއާރްސީއެމް އިން ތަހުގީގު ކުރަމުންގެންދާކަން ހާމަވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން އެޗްއާރްސީއެމް އިން ހުސްނުއްސުއޫދުގެ މައްސަލަ އެއް ތަހުގީގު ކުރަމުންދަނީ އެންޓި ޓޯޗާ ގާނޫނުގެ ދަށުންނެވެ.

ރައީސް ސާލިހް އުފައްދަވާފައިވާ މަރު ކޮމިޝަނުގެވެސް ރައީސް އަކަށް ހުންނެވި ހުސްނުއް ސުއޫދުގެ މައްޗައް ތުހުމަތު ކުރެވެނީ މަރު ކޮމިޝަނަށް ހާޟިރު ކުރި އަންހެނަކު 6 ގަޑިއިރު ވަންދެން ކޮޓަރިއެއް ތެރޭގައި ތަޅުލާފައި ބޭންދި މައްސަލައެވެ.

2017 ވަނަ އަހަރުގެ ޖުލައި 15 ވަނަ ދުވަހުން ފެށިގެން، ޏ.ފުވައްމުލައް، ދޫޑިގަން، އޮޅުތެރޭގެ މުޙައްމަދު ޝަފީޢު ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައިގައި، އޭނާގެ އަތްބެއްގެ ގޮތުގައި އޭރު ހުރި، ޏ.ފުވައްމުލައް، ފުނާޑު، ޑްރީމް ޢާއިޝަތު ނަޝީދާ، މަރު ކޮމިޝަނަށް އެންމެ ފުރަތަމަ ހާޟިރުކޮށްފައިވަނީ 28 އޮކްޓޯބަރ 2019 ގައެވެ. އޭނާ ހާޟިރުކޮށްފައިވަނީ، ޝަފީޢު ގެއްލުނު މައްސަލައިގެ މަޢުލޫމާތު ސާފުކުރުމަށެވެ.

މީގެ އިތުރުން، މި މައްސަލައިގެ މައުލޫމާތު އޮޅުންފިލުވުމުގެ ގޮތުން، 28 ނޮވެމްބަރ ގައިވެސް އޭނާ ވަނީ މަރުކޮމިޝަނަށް ޙާޟިރުކޮށްފައެވެ. އަދި އެކަމުގައި ހޭދަވާނެ ކަމަށް ލަފާކުރެވޭ ގަޑިއެއްގެ ގޮތުގައި ޖަހާފައިވަނީ އެއް ގަޑިއިރެވެ.

"ޝަފީޢު، ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައާއި ގުޅިގެން، މަރު ކޮމިޝަންގެ ޓީމެއް ފުވައްމުލަކަށް ދިޔަ. ގޮއްސަ އެކަމާއި ބެހޭ އެކި މަޢުލޫމާތު އެއްކުރި. އަދި އޭގެ ފަހުން، މިދިޔަ އޮކްޓޯބަރ މަސްތެރޭގަ އެ ކޮމިޝަނަށް ހާޟިރުވުމަށް، ނަޝީދާ އަށް ޗިޓެއް ފޮނުވި. ނަޝީދާ މާލެގޮސް، އެމީހުންނަށް ގުޅީމަ ބުނީ ވީ އެންމެ އަވަހަކަށް މަރުކޮމިޝަނަށް އަންނާށޭ. ނަޝީދާ ދިޔައީ އޭނާގެ މިހާރުގެ ފިރިމީހާ އާއި އެކުގަ. ދިޔައީމަ، އޭނާގެ ފިރިމީހާ ކައިރި ބުނީ، ދާށޭ، ނަޝީދާގެ ބަޔާން ނަގާ ނިމުނީމަ އަންގާލާނަމޭ. ދެން ނަޝީދާ އެތެރެއަށް ވައްދާފަ އެންމެ ފުރަތަމަ ވެސް ދެއްކީ ފުވައްމުލަކުގެ ޗާޓެއް. ދައްކާފަ، ހުސްނުއްސޫދު ބުނީ، ނަޝީދާގެ ފިރިމީހާ ވަޅުލިތަން ދައްކާށޭ، ދެއްކީމައޭ ގެއަށް ދެވޭނީ. އެގޮތަށް 6 ގަޑިއިރު ވަންދެއް އެތެރޭގަ ބެހެއްޓީ." މިކަމާއި ގުޅޭ މަޢުލޫމާތު "ވަގުތު" އާއި ޙިއްސާކުރި މީހާ ބުންޏެވެ.

"ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ނަޝީދާގެ ފަރާތުން އެ މައްސަލަ، ހިއުމަން ރައިޓްސް ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ. ޤާނޫނު ނަމްބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު) ގެ 22 ވަނަ މާއްދާ ބުނާ ގޮތުން، ބަންދު މަރުކަޒެއް ނޫންތަނެއްގައި މީހަކު ބަންދުކުރުމަކީ ޖިނާޢީ ކުށެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނާނު

    ތިކަމުން ސުއޫދުއަށްވާނެ ކަމެއް ނޯންނާނެ އެއީ އަހްނި ރުހޭ މީހަކަށްވާތީ ދެން ފެންނާނީ ތިޔަ ހިއުމަންރައިޓް ަް ކޮމިޝަންގެ މެމްބަރުން ވަކިކުރާތަން
    ޙެހެ ހޭ

    95
    4
  2. އަލްޖިބްރާ

    ސުލޯލިހު ވަގަށް މިކަހަލަ މީހަކު ނޫނީ ސުޕްރީމް ކޯޓަށް ލާން ނަން ފޮނުވަންވެސް ނޭނގުނީ؟ މީ ފެންވަރަކީ

    44
    2
  3. ކަންނެލިއޮޑި

    އެއީ ވަރަށް ފުޅާވެގެން އުޅޭ މީހެއް. ދެއަރިން ކަފާ ކުޑަކުރަން ޖެހޭ.

    58
    3
  4. ދިވެހިދަރިން

    ތިޔަ ސޫއްޖައް އެނގޭނެ ނިކަން ރަނގަޅަށް މީހުންފެލާށާ،ބްލެކްމޭލު ކުރަން ، ގާނޫނުގަ މިކަލޭގެ ފުންނާބުއުސްކަމުން ބޮލު ފުށްކިބައިގަ ކިރިޔާ ފުންނާބު ނުޖެހި އެއިނީ

    33
    1
  5. ގލޅ

    ސުޢޫދަކީ އަމިއްލަ މަސްލަހަތުގައި އޭނާގެ ޕްރެކްޓިސް ކުރިއަށް ގެންދާ މީހެކެވެ ޝަރުޢީ ދާއިރާގައި އިތުބާރާއި
    ތެދުވެރިކަން މަތީ ދަރަޖައަކަށް އޮންނަންޖެހޭއިރު އަމިއްލަ
    މަސްލަހަތުގައި ކަންކުރުމަކީ އިންސާފަށް ހުރަސް އެޅޭނެ
    ކަމެކެވެ އެހެންކަމުން ޝަރުޢީ ނިންމުންތައް ނިންމަން
    ސުޢޫދު އެކަށީގެން ނުވެއެވެ.

    31
  6. ރޮނޑާ

    ހަގަޑި އިރު ކީއްކުރަން 12 ގަޑި އިރު ވަންދެންވެސް ހައްޔަރު ކޮއްގެން ވެސް އަހަންވީ. މީހުންމަރާފަ ތިބެނީ ހަމަޖެހިގެން.

    8
    24
  7. އިސްލާޙް

    މީމިޤައުމުގެފެންވަރަކީ ހުސްނުސުޢޫދުކަހަލަ ދެފުއްކެހެރިން މިމ ިހުންނައްމިފެންނަނީ ހުސްނުސޫދު ވަރައްމޮޅުވާނެ ޤާތިލުންނާ އެއްކޮޅައް ޝަރީއަތްތައްނިންމަން މިކަހަލަމީހުން ޤާނޫނުއަސާސީގަބުނާ އެންމެފަހުބަސް ބުނާފަރާތަކައްވީމާ އިންސާފުވެރިޝަރީޢަތްތަކާ ޢަދުލުވެރި ފަނޑިޔާރުގެއެއް ހުންނާނީ ރައްޔިތުންނައްލިބިފަ

  8. ރަންބުއްދި

    ތިޔަމަރުކޮމިޝަނަކީ ސިޔާސީ ކޮމިސަނެއް.ތިކަމިސަނުގަ ނެއް ލޮގިކުން ވިސްނަން އެގޭފަދަމީހެއްވެސް.އެމީހުން ބަލަނީ ހަމައެކަނި ވަކިބައެއްގެ މަސްލަހަތު.

  9. Anonymous

    އަދި އަނިޔާވެރިވި މީހުންގެ ފަރާތަށް ތިޔަބައިމީހުން ކުޑަކޮށްވެސް ނުލެނބޭށެވެ!