ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އައި ޖަލު ޙުކުމަކީ ޙައްޤު ޖަލު ޙުކުމެއް ކަމަށް ގަބޫލުކުރާ ކަމަށާއި ޔާމީނަކީ އެތައް އާއިލާއެއްގެ ހިތައް ތަދުކުރި ބޭފުޅެއް ކަމަށް ރައްޔިތުން މަޖިލީހުގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ވިދާޅުވީ ޔާމީން ޖަލަށް ލުމުގެ އުފަލުގައި ބޮނޑިބަތް ކެއުމަށް މީހަކު އޭނާ އަށް ދައުވަތު ދިން ކަމަށެވެ. ނަމަވެސް ދައުވަތު ގަބޫލުކުރަން ދެކޮޅު ހެދި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ޔާމީނަށް ޖަލު ޙުކުމެއް ޙައްޤު. އެމަނިކުފާނު ވަނީ ވަރަށް ގިނަ އާއިލާތަކެއް ހިތައް ތަދުކޮށްފައި. ނަމަވެސް އެއްވެސް ފަރާތަކަށް ލިބޭ ބޮޑު ހިތާމައަކާއި ގުޅިގެން އުފާފާޅުކުރުމާއި އަޅުގަނޑު ދެކޮޅު. ﷲ އަޅުގަނޑުމެން އެންމެންގެ ހިތް ވެސް ލޯތްބާއި ހެޔޮ އެދުމުން ފުރުއްވާންދޭވެ." ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ އަކީ ޔާމީނަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ. ލިބޭ ކޮންމެ ފުރުސަތެއްގައި ޔާމީނާއި ކުރީގެ ސަރުކާރުގެ ވާހަކަ ދައްކާތީ މީސް މީޑިއާގައި ވަނީ ރޮޒައިނާ އަށް ފާޑުކިޔުން ވެސް އަމާޒުވެފައެވެ.

އިއްޔެ ޔާމީން ފަސް އަހަރަށް ޖަލަށް ލާން ޙުކުމް ކުރުމާއި ގުޅިގެން ރޭ އެމްޑީޕީގެ ވަރަށް ގިނަ ޖަގަހަތަކުގައި ވަނީ އުފާފާޅުކުރުމުގެ ގޮތުން ބޮނޑިބަތް ކެއުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

ޔާމީން ޖަލަށް ލުމާއި ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ ވަރަށް ބޮޑަށް ހިތާމަފަޅުކުރަމުންނެވެ. އިއްޔެ ކްރިމިނަލް ކޯޓުގެ ބޭރުގައި ތިބެ ވެސް ބައެއް ސަޕޯޓަރުން ރުއި މަންޒަރު ފެނިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

  1. ދަންސޫރަ

    ކޮންމެ އުފަލެއްގެ ފަހުގަ ހިތާމައެއް އޮންނާނެ ތީލިބުނު ފިލާވަޅެއް

    125
    10
    • ސަގަރު

      މިއަދަކީ އުފާކުރަން ވީދުވަސް. ބިރަކާ ނުލާ މަޖާ ކުރަން ވީދުވަސް. ދިވެހިންގެ ޒަމާންވީ މަޖަލާ އަރާމާ ގަޑުވަރު ތެރޭ ސަކަރާއްގަޑު އާލާ ކޮއް ދިރުވަން ވީދުވަސް.

      37
      34
    • ނަޖުދާ

      އެއީ ކިހިނެއްވީ.އުފާނުކުރަނީ؟ މމޕރސ މައްސަލަ ބަލައިފިއްޔާ ތަފަކީރަށް ޖެހޭނެ ހާލު ހިތަށް އަރަނީތަ؟ އެމައްސަލަ ބަލާނެ ދުވަހެއް އަންނާނެ އިނގޭ. ލޮލީ ފްރެންޑް ސަލާން ބުނި.

      64
      2
    • އަބްދުﷲ

      ރޮޒޭނާ މިދާޅުވިހެން މީހަކަށް، އާއިލާއަކަށް ދެރައެއް ލިބުމުން އުފާފާޅުކުރުމަކީ އޮތްކަމެއްނޫން. ބޮނޑިބަތް ކައި އުފާފާޅުކުރުމަކީ އިސްލާމީ ރިވެތި އުސޫލެއްވެސް ނޫން.

  2. ރޯޒް ސިތަޕް

    މިހާރު ޔާމިނަކީ އޮފިޝިއަލީ ވަގެއް އަދި ޚާއިނެއް. ކޯޓުގެ ހުކުމަށްފަހު މިގޮތަށް ރަސްމީކޮށް ކިޔޭނެ. ނަމުގެ ކުރިއަށް "ވަގު" ލެވޭނެ

    38
    215
    • ލާދީނީ ލާގައުމީ ޕާޓީ

      އޮފިޝަލީ ވަގެ ބޮޑު ޓެރިރިސްޓެ ޙާއިނެ ކެނެރީ ނަޝީދަކީ ޝަރުއީ ކޯޓުތަކުން ހުކުމްއިއްވާފަވާ ބޮޑު ވަގެ.. ބޮޑު ޓެރިރިސްޓެ.. ކިޔަން ކެރެންޏާ ކިޔާބަލަ.. ވެރިކަމުގަހުރީ ރާބޮއިގެން އަރުވާލި މުޖުރިމެ ކިޔަންކެރެންޏާ ކިޔާބަލަ. ތއަތޮޅު ގުރައިދޫއަށް އަރުވާލި ކުއްވެރިއެއް ވެރިކަގަހުރީ. ކަލޭމެންނަ ޔާމީން ވަގަކަށްހެދުނީ ވަގުފައިސާ ކޯޓަށްއަޅައި ވަގުން ނުކުމެ ކޯޓަށް އަތްބާނާއިގެން.. ތަހުގީގުކުރީ ވަކިމައްސަލައެއް ޝަރީއަތްކުރީ ވަކިމައްސަލައެއް ހުކުމްނެރުނީ ވަކިމައްސަލައެއްގަ.. ކޯޓުން އިއްޔެ އިއްވިހުކުމް އެއޮތީކިޔާބަލަ ވޮޑަމުލާގެ ފައިސާއަށް ދައުވާކުރީ ހުކުމްނެރުނުއިރު އެކަމުގެ ނަމެއްވެސް.. ވައްކަމެވާކުރެވިއްޖެނުން.. މމޕރސގެ ވަގުން ހޯދާ ކަލެއަށް ދައްކާނެދުވަސް ލަސްނުވެﷲ އަހަރެންނަށް ވެއްވާށި..

      231
      11
      • ޒިކް

        އެ ބާތިލުކޮށްފި ސުޕުރީމު ކޯޓުން އެހެންވީމަ އޮފިޝަލުކަން މިވަގުތަށް ކެނޑިފަ ކެނެރީ ބުއްޅަބޭ ކިބައިން.. އަދި އޮފިޝަލްވާނެ މާ ގިނަ ދުވަހެއް ނެތް.. އެކަމު ކެނެރީ ބުއްޅަބޭ އެކަނި ރައީސް ޔާމީނަށް ހުކުމްކުރުމާ ދެކޮޅަށް ހުރީ މައުމޫނު އެންމެ ނުބައި ރޯލުކުޅުނީ އިބޫއާއެކު

        94
        4
        • ހިސެން

          އެހުކުން ބާތިލެއް ނުކުރެ، ހުކުމުގަ އެކަން ބަލަން އަންގާފަ އޮތީ. އެކަމު މިއަދު އެންމެން ތިބީ އެއްއުރައިގަ ކާކުބަލާނީ. މމޕރސ މައްސަލައިގަވެސް ގިނައިން ބެދެނީ މިސަރުކާރުގެ މީހުން އެހެންވީމަ 224 މީހުންގެ ލިސްޓުން ދުވަނީ އެކެއްގެ ފަހަތުން އެވެސް ސިޔާސީ ބޭނުމެއްގަ. ކޯޓު ހުކުން އޮތީ 5މިލިޔަނައް ނެރެފަ

    • އައްޑޫ މީހާ

      ހަމަ.އެގޮތައް ކެންނާރި ދަންނަ ނުދަންނަ މާފަތް ހާމާނު އެދު ސޫލާސިރާޒް ބޮވުނު ގަންޖާ މަހާރަދުންގެ ކުރިޔަށް ކިޔޭނެ ޓެރެރިސްޓް އަދި ވެލާނާގެއިން ވައްކަންކުރި ކެންނާރި ދަންނަ ނުދަންނަ މާފަތް ޓެރަރިސްޓް ވަގު ހާމާނު އެދުރު ސޫލާސިރާޒް ބޮވުނު ގަންޖާ ހުކުރު ހޮނިހިރު އާދީއްތަ ހަމައިން ނެއްޓޭ މަހާރަދުން

      98
      2
    • ރީލޯޑުވަޒީރު

      ވަގު ގަންޖާ، ވަގު ސުލޯލިހުގެ ފަހަތަށް ދޯ؟ އެ ދެވަގުންނަށް ކުރިކަހަލަ ވައްކަމުގެ ހުކުމެއް ދޯ މިވެސް ކޮޔާ؟؟

      77
      2
    • ޢަލީ

      މަހުޝަރުގެ މައިދާނުގަވެސް ވަގަށް ގޮވަންވާނެ ތިހާގޮވާހިތްވަންޏާމު.

      58
      1
  3. ބިޖޫ

    ޔާ ﷲ މިހާރުމިއޮތް އިބޫ ގެ ނުބައި ނުލަފާ ޖައްބާރު ޖާހިލު ލާދީނީ ސަރުކާރު ވޭންދެނެވި ހިތްދަތި ގޮތަކައް ބަލިކަށިކުރައްވާ ލަދުވެތިގޮތަކައް ފަލީހަތްކޮއްދެއްވުމައް އެދި އަޅަމެންމިކުރާ ދުއާ އިޖަބަކޮއްދެއްވާނދޭވެ
    އާމީން

    201
    26
    • ކާންޓް އިސްޓޮޕް

      ލާދީނީ ވަގު ޔާމީނު!

      12
      128
  4. ކޭޕީ

    ފެންކަޅިވާނެތާ؟ މިރާއްޖޭގެ އިންސާނިއްޔަތުގެ ކަންފުޅެއް ނެތް މީހުން ގިނައީ. ރައީސް ޔާމީނު ދިވެހި ރައްޔިތުންނަށްޓަކައި 5 އަހަރު ވީއިރު ނުކޮށްދެނީ ކޮންކަމެއްތޯ؟
    1- މާލެ އަދި ހުޅުމާލެ ބުރިޖަކުން ގުޅާލުން.
    2- ރާއްޖޭގެ ރައްޔިތުންނަށް ބޭސްފަރުވާ ކުރުމަށްޓަކއި ހުޅުމާލޭގެ ޓްރީ ހޮސްޕިޓަލެއް އަޅާ ދިވެހި ރައްޔިތުންނަށް އެޚިދުމަށް ލިބުން.
    3- އައި.ޖީ.އެމް.އެޗް ގެ 25 ބުރީގެ އިމާރާތްކުރުން.
    4- ދިވެހިރައްޔިތުންޓަކައި މާލޭގެ އެކިސަރަޙައްދުތަކުގައި މަޑުކޮށްލާނެ ތަންތަން ހެދުމުގެ އިތުރުން ރަސްފަންނުގެ ހެދުން.
    4- ދިވެހިރައްޔިތުންގެ ހައްޤުގައި ހުޅުމާލެއިން ތަނެއް ހިއްކުމަށް ފަހު އެތައް ހާސް ފުލެޓުއެޅުން... މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި ނުކުރެވުނު އެތައް ކަމެއް ކޮށްދިނުމަށް ފަހު ޖަލަށް ދާންޖެހުން... މިއީތޯ އިންސާފަކީ؟؟؟

    143
    12
    • މަތަމަ

      ތަރައްގީ އޯކޭ ވައްކަން އޯކޭ އެއް ނޫން އެމްއެމްޕީ އާރުސީން ގެއްލުނު ރައްޔިތުންގެ ފައިސާތަކުގެ ފުރިހަމަ ޒިންމާ ޔާމީނު ނަގަން ޖެހޭނެ

      10
      117
      • ރަމަތަ

        ލާދީނީ އޯކޭ. ބަދަލު ވައްކަން އޯކޭ. މިއަހަރަށް ކަނޑައެޅި ބަޖެޓަށް ވީނުވީއެއް ނޭނގުން އޯކޭ. ޒިންމާވާނީ ކާކުބާ! އަހާލީ

        90
        4
      • އާދޭ އާދޭ އެއްމެން އާދޭ

        ވައްކަން އޯކޭ ނޫނިއްޔާ ކަލޭވެސް އާދޭ އަހަރެމެންބަޔަށް މިސަރުކާރު އެއް އަހަރުން ވައްކަންކުރި އިރު ކަލޭ ތިހުންނަނީ އަތްޖަހަން.. ހިލޭއެހީއެއް އަރަންޏަލިބުނު ފައިސާއެ ކިޔާނެކަމެނެތް ބޮޑު މާވަގުން ކައިހުސްކޮއްފި. ތަރައްގީއެއްވެސް ނުކުރެވޭ ވައްކަން ފޭރުން ލޫޓުވުން މިސަރުކާރުގައޮތީ.. ޒިންމާ ނަގަންޖެހޭ ދެވަގުން އެތިބީ ބޮޑު ދެބާރުގެ ވެރިކަމުގަ.. މާވަގުން.. އާދޭ މިވެރިން ހަމަޔަކަށް އަޅުވަން އަހަރެމެންފަޅއަށް.. ރޔާމީނަށް ވައްކަމެ ސާބިތެނުވޭ ވައްކަމުގެ ބެޑްޝީޓެއެޅުވީ މިސަރުކާރުން. މިއީ ބެޑްޝީޓް ސަރުކާރެ..

  5. ރާއްޖެތެރެ

    ދައުލަތުގެ ބަޖެޓު ވަގަ ކަހާލާފަ. އެމްޑީޕީ މީހުން އަތްޖެހިޔަސް އަޅުގަނޑުމެން ކަންބޮޑެއްނުވޭ. މި އަނިޔާވެރި ސަރުކާރު ނިމުމަކަ ގެންނާނަން. އިންޝާﷲ

    144
    7
  6. ސަޒާ

    ޔާމީނަކީ އެތައް އާއިލާއަކަށް އުފަލާއި ހިންހަމަޖެހުން ހޯދައިދީފަވާ މީހެއް އަނިޔާ ލިބުނީ ހައެއް އަށެއްކަ މީހުންނަށް އެއީވެސް އެމީހުންގެ ސަބަބުން ކޯޓް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް ހޯދައިދިން ތަރައްގީ ރުޒޭނާއަށް ނުފެންނަނީތޯއެވެ

    121
    6
  7. ހުވާ

    ރީނދޫ ހުން ޖެހިފަތިބި ކުދިން އުފާފާޅުކުރަމުން ބޮނޑިބަތް ކަނީތަ އަދިވެސް. ޖެހިފަވާ ބައްޔަށް ފަރުވާކުރަން ޑޮކްޓަރ އަށް ދައްކާ ފަރުވާ ކުރޭ ދުއާކުރޭ!

    82
    4
  8. އައްޑޫ މީހާ

    މާތް ﷲގެ އިރާދަ ފުޅާއި މިންވަރު ފުޅުން މިގައުމުގައި މިހާރު މިކުރަމުން ގެންދާ ބަލާވެރިކަން ނިމިގެންދާ ދުވަހަކުން ރުޒައިނާގެ ގިތައް ހާދަ ފިނިކަމެއް ލިބޭނެއޭ މަގޭ ހިތައްއަރާ! ކޮންމެވެސް ދުވަހަކުން މިކަންވެސް ނިމޭނެ އަބަދަކު ދުނިޔެވެސް އެއްގޮތަކަށް ނޯންނާނެ !

    85
    2
  9. މެރެދިންކަޅީ އަރެޓިކްޓިކް

    މިއީ އިސްފަޑިޔާރުތަ؟ހުކުމް ރަގަޅުކަމަށް ނިންމަން.. ހުކުމް ރަގަޅުކަންއިގޭނެ މާދަން މިބުރާންތިންނަ މިގޮތަށް ހުކުމެއިއްވާލުމުން. އުފާފާޅުކުރަން ބޭނުމެނޫނޭ ބުނާއިރު ހުންނާނީ ޑޖ ޖައްސަން. އުފާވެސްވާނެ ހުކުމްވެސް ރަގަޅުވާނެ ރިޝްވަތުގެ ފައިސާއިން އެއްމެ ފައިސާފޮއްޗެވެސް ނުލިބޭ ބޭޗާރީއެއްވިއްޔާ މިއީ.. ޖާބިރު ރޮޒޭނާއަށް ސަލާމްބުނި މމޕރސގެ ފައިސާއިން ހުޅުމާލޭގަ ހިންގާ ގެސްޓްހައުސްގަ މަސާޖުކުރަންއޮވެ.. އަހަރެމެން އެބަތިބިން ލޮނުމިރުސްފުޑައިގެން ކަލޭމެންނަ ރާކަނިމަސް ކާންދޭ ތައްޔާރަށް..

    54
    2
  10. ބަލާމީހާ

    ހަލާލު ތަކެތި ކާންދީ ބޮޑުކުރީ. އަނގަމަތި ފެނުނީމަ އެބަ ސިފަކުރެވޭ.

    38
  11. މުފައްކިރު

    ބުރާންތިވީ ބަޔަކަށް ނޭގުނަސް ޔާމީންގެ މައްސަލަ އާއި އެމައްސަލަ އަށް އައި ހުކުމުގެ ސާފު ހަގީގަތް ޔާމީންގެ ގާނޫނީ ވަކީލުން ކިޔާދިން. ހަގީގަތަކީ ގައުމަށް ކުރެއްވި ބުރަ މަސައްކަތުން ނިކުތް ނަތީޖާ ރައްޔަތުން ބަލައިގަތް ފުރިހަމަ ކަމުން އަދާވާތް ތެރީންގެ ސަޕޯޓް ގެއްލުނު މިންވަރުން ގައުމަށް އޮޅުވާލީ.

    55
    1
  12. އަބޭ

    އަނިޔާ ދިންމީހަކަށް އަނިޔާ ދިނުމަކީ ރިވެރި އުސޫލެއްނޫން! ރަނގަޅުގޮތަކީ އަނިޔާ ދިންމީހާޔަށް ރަނގަޅަށް ކަންތައްކުރުން! ހުކުމަކީ ހައްގުގޮތުގައި ކުރަންޖެހޭ އެއްޗެއް! ބަދަލުހިފަން ކުރާ ކަމެއްނޫން!

    67
  13. މާލެ ބޭބެ

    ރ .ނަޝީދަކީ ވަގެއްކަމަށް މައުމޫނު މާރިއާ ލައްވާ ދައުވާ އުފުލާ ހުކުމް ކުރި. ރ. ޔާމިންގެ ހަރާމް ހުކުމްގެ 2 މަރުހަލާ އެބައޮތް.. އަދި ވައްކަން ކުރުމެއްނޫން، ކޯޓް ހުކުމްގައި ވައްކަމުގެ ވާހަކަ އެބައޮތްތޯ.... ސޯލިހު އަރުވާލި ތ.އަތޮޅު ގުރައިދޫއަށް... އެއީ އެކަމަކު ވަގު ހުކުމެއްނޫން. . ރޮއިޒަނާމެންގެ މުށްސަދި ކަމަކީ ފެށުމުގަވެސް އަދި މިހާރުވެސް ހަމަ ހަލާލު ފައިސާތޯއެވެ.މަޖްލިސްތެރޭ އެގޮވަނީ ވަގޭވަގޭ؛ އަދީބު އަތުން ފައިސާނެގިޔޭ.އިންޝާ ﷲ ރ ޔާމިން 2023 ގެ ފަހުން ރ.ކަން ކުރައްވާނެ، ޖައްބާރުން ބަޑު ދައްމާނެ ... ރ.ޔާމިން އަށް އަދިބ60 އަހަރު ނުވޭ؛؛؛

    47
    2
  14. ދޮހިކަރު

    ރޮޒައިނާ ބުންޏަސް ތެދެއް ވާނީ ތެދަކަށް..

    7
    55
  15. .ލޔނ

    ޢާމީން

    9
    5
  16. ހާމިދު ޝާހިދު

    އަންނި ޖަލަށް ލާން ހުކުމް ކުރުމުން، އޭރު ޕީޕީއެމްގެ ޖަގަހަ ތަކުގައި ބޮނޑިބަތްކައި އަތްޖަހާ އުފާ ފާޅުކޮށް ހަދާފައެއް ނުވެއެވެ. އެމްޑީޕީ އަކީ އަބަދުވެސް ވިޔާނުދާ ކަންކަން ކުރުމަށް ހިތްވަރުދޭ ބައެކެވެ. ރަނގަޅަށްވިއްޔާ ރޭ ގަނޑުވަރުތެރޭގައި އުފާފާޅުކުރުމުގެ ގޮތުން، ބަނގުއާވިވެސް ނުހިތްޕަވާނެއެކޭ ބުނާކަށް ނުކެރޭނެއެވެ.

    56
    6
  17. ކިޔުންތެރިޔާ

    ޚުދު ރޮޒެއިނާއަކީވެސް ޚިޔާނާތުގެ ލާރި ބަނޑުއަޅައިގެން ހުރި ގޮތެއް ފޮތެއް ނެތް އަންހެނެއް. ބަޔަކު ބަންދުކޮށްގެން އާއިލާތަކަކަށް ނުތަނަވަސްކަން އައުމުން ނިކަމެތި އިންސާނަކަށް ހުކުމެއް އަންނަންޖެހޭ ކަމުގަ ވަންޏާ، މި ގައުމުގެ ދިގު 30 އަހަރުގެ ވެރިކަންކުރި ބޭފުޅާ އޮންނަވަންޖެހޭނީ ޖަލުގެ ތޭރިތަކުގެ ފުރަގަހުގަ. ރ.ޔާމީންގެ ވެރިކަމުގަ ހަމައާއި އިންސާފުން މީހުން ބަންދުކުރީ ގައުމަށް އެންމެ ހެޔޮއެދޭ ގޮތަކީ އެބައިމީހުން ޖަލުގައި ތިބުމުންކަމަށް ވުމުން. - މަހުޖަނު ބަންދުކުރަންޖެހުނީ ރިޝްވަތު ދީގެން ބަޢާވާތެއް ރޭވުމުން. އަދި ނިކަމެތި ރައްޔިތުމީހާ ޓެކްސް ދެއްކިޔަސް، މަހުޖަނުގެ ބޮޑެތި ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް އޭރަކު އޮންނަ ސަރުކާރަކާއެކު ޑީލްތައް ހަދައިގެން ނުދައްކާ ފަރުޖެއްސުން.
    - މައުމޫން ޖަލަށްލީ، ވެރިކަމުގެ ދަހިވެތިކަމުގަ ބޮޑެތި ބަގާވާތް ހިންގުމަށް މަޑުން ވިހެއި ދަރިންލައްވާ ބޮޑެތި ރިޝްވަތު ދީގެން ގައުމުގައޮތް ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތްކުރުމުން.
    -އިމްރާން ހައްޔަރުކުރީ، ގައުމުގެ އަމަން އަމާންކަން ނަގާލާ، ގާނޫނީ ސަރުކާރު ބަޢާވާތަކުން ވައްޓާލަން ބޭއްވި މޭޑޭ މުޒާހަރާގެ ސަބަބުން.
    - އަދީބް ހައްޔަރުކުރީ ރައްޔިތުންގެ މާލިއްޔަތުން ބޮޑެތި ވައްކަންކުރުމުން.
    - ކާނަލް ނާޒިމް ހައްޔަރުކުރީ މަހުޖަނު ފަންޑުކޮށްގެން ބޮޑު ބަޢާވާތެއް ރާވާ ހިންގާ އަދި ގައުމުގެ ވަލިއްޔުލް އަމްރު ނައްތާލަން ހަތިޔާރު ގެންގުޅުނު މައްސަލައިގައި.
    މިއިން ކޮންމެ ބޭފުޅެއް ހައްޔަރުކުރުމުގެ ފަހަތުގައިވެސް ބޮޑެތި ކޮރަޕްޝަނުގެ އަމަލުތައް ހިމެނޭ. އެފަދަ ބޮޑެތި ކޮރަޕްޓު ބޭފުޅުން ދޫކޮށްފަ މަގުމަތި ނުކުރެވުނުނަމަ، ގައުމު މިއަދު މިދެކޭ ބިޔަ ބޮޑު ތަރައްގީ ފެންނާނީ ހުވަފެނުންކަން ޔަގީން. ރ.ނަޝީދުގެ ވެރިކަންވެސް ވެއްޓިގެން ދިޔައީ ނިހާޔަތަށްވުރެ ބޮޑަށް އިސްލާމްދީނަށް ފުރައްސާރަކުރުމާއި އިސްވެ ދެންނެވުނު ބޭފުޅުން ދޫވެ ބޭނުން އެއްޗެއް ހެދުމުގެ ފުރުސަތު ފަހިވެފަ އޮތުމުންކަން ޔަގީން. އަޅަމެންގެ ދުޢާއަކީ ރ.ޔާމީން މި ހުކުމުން ސަލާމަތްވެ ހެޔޮހާލުގައި އަދިވެސް އެއްފަހަރު މި ގައުމަށް އަގުހުރި ޚިދުމަތްކުރެއްވުމުގެ ހެޔޮ ތައުފީގު މިންވަރުކުރެއްވުމެވެ.

    37
    1
  18. ކެޔޮޅު

    އެންމެނަކު އަބަދުހަމައިގާހުންނަން ބޭނުމެއްނުވާނެ ހަމައކންނެއްޓޭންބޭނުންވާމީހާ ހަމައިންނެއްޓެން ބޭނުންކުރަނީ ހަމައެކަނި ހަކުރައްވީމާ ދެން އެބަ ހަކުރުގިނަވޭ!!!

    31
    2
  19. Juhaa

    ތިމާމީހާ އިސްލާމްދީނުގެ ޙުކުމަކަށް ގޮންޖަހާފައި ޢައުރަ ނިވާނުކޮށް އޮރިޔާމުން ތިޔަ އިނީ.

    33
    1
  20. ކެޔޮޅު

    މިހަކުރުގެވާހަކަތައްވެސް ތަހުގީޤްކޮއްލަބަލަ ޤައުމީސަލާމަތާބެހޭކޮމެޓީއިން!!

    28
  21. ލ.

    ރޮޒޭނާ ލަދުހަޔާތްކުޑަ ޔަސްތިއީތިއީބޮ..ޑުވަރު ތިމާ އޮރިޔާންނިވާކޮއް އެހެންމީހުންގެވާހަކަ ެަ ދައްކަބަލަ އަދިބުނަން ކަލޭ ވަގަކައް ވެގެން އެހެންމީހުންގެ ވާހަކަ ދެއްކީމަ އެހެންމުން ކަލޭބަލައެއް ނުގަން ނާނެ ކަލޭހީކުރަނީ ކަލޭކޭވަރު އެހެން މީހުނައް ނޭގޭކަމަށްތަ އަދިވެސްޔާމީން ކަލޭ ތިހުރީ ހަމަރަގަޅައް ވެސް ޔާމީންއާހިތާވެ ފަދޯ ޔާމީން ނޫޅޭ ތިކަހަލަ ގޮތެއްފޮތެއް ހަޔާތްކުޑަ ރަންޑި އަކާބެހޭކައް ދެން އޮރިޔާން ނިވާކޮއް ގެން މީހުނާ ދިމާ ކުރަންނިކުން ނާނީ ކިހިނެތްއުފާ ފާޅުކޮއް ބޮ..ޑިބަތްކާންކެރޭނީ ތިމާއަށްކުރެވުނު ކަން ތައްތިމާއަށް ހަޖަމް ނުކުރެވިގެން ޔާމީނޭ އަނިޔާއޭ ކުރެވުނު ކަންތަކުގެ ބޮ..ޑުކ ކަމާއޭ ކަލޭހިތުންވަރައް ސިއްރުކޮއްގެން ދޯ ތިއިންނަނީ ވަގުވޯޓާ ހިބަރުވަދު ރަޔިތުން ގެތާއީދުލިބިގެން ކުރާ ވެރިކަމެއް ނޫންކަން ކޮމެދިވެހި ރަށްޔިތަ ކައްއެގިވަރަށްސާފު ކާކައްއޮޅުވާ ވާލާނަމޭ ހިތާތަ ރޔާމީން ޖަލަށްލީ ﷲއީކޮންމެ ކަމަކަށް ކުޅދުންވަން ތަރަސްކަލާންގެ ވީމާތިމުނާފިގުންތައް ކުރިހުރިހާ ނުބައި ކަމެއް ކުށެއްނެތް ނިކަމެތި އިންސާނެއް ބަދުނާމުކޮއް ޖަލަށްލި ކަންﷲދެނެވޮޑިގެން ވާނެ އެހެންވީމާ އެކަ މާއުފާފާޅުކޮއް ބޮ..ޑި ބަތްކާކަށް ނުކެރޭނެ އެހެންވީމާބިރުވެސް ގަންނާނެ ތުރުތުރު ވެސްލާނެ ހިތަށްހަމަ ޖެހުމެއްވެސްނުލިބޭނެ އަހަރެންނަމަވެސްވާނީ ހަމައެވަރު މާގިނަދު ވަސްތަކެއްނުވެ ﷲގެ ކުޅަނދުން ވަންތަ ކަމުންތިޖާހިލު މުނާ ފިގުންތައް މުޅިދުނިޔެ އަށްބޭޒާުރުވެ ބައިބައި ވެނިކަމެތި ވެގެންދާނެ ދުވަހެއް ދައްކަ ވާށިއާމީން

    27
    1
  22. ސިޓީ ކައުންސިލް ތުއްތަ

    ހުރިހާ ވަގުން ގެ ދާއިމީ ދަފުތަރެއް ވަރަށް އަވަހަށް ނެރެން އެބަ ޖެހޭ!

    20
    2
  23. އިބްރާހިމް

    ﷲ އިރާދަކުރެއްވިއްޔާ މި ހުކުމުގައިހުރި ނުބައިކަން މި ކަނބުލޭގެއަށް ދައްކަވާނެ.

    29
    1
  24. މަސްވެރިން

    އެކަކު ކަންކުރާ ގޮތައް އަނެކަކު ކަންތައް ކުރީމަ ތިވާނީ ހަމަ އެކައްޗަކައްނޫންތަ؟ އަހަރެމެން އެކަކު ކަމުނޮގޮސްގެން އަނެކަކު މި ހޯދަނީ ހޯދީމަ ތީތަ ގޮތަކީ؟

    15
  25. ދަންބެރު

    ކ ހުރާގަ ގެސްޓު ހައުސް އެޅީ ކޮންލާރި އަކުންތޯ ސުވާލެއް މިސަރުކާރަކުން ކަލެއަކަށް ނުކުރާނެ އެކަމަކު މިފަސް އަހަރު ނިމުނީމާ ކަލެއާއި ސުވާލުކޮށް ލައިވުކޮށް ތަހުގީގުފަށާ ޖަލައްލާނެ ކަމީ ދުވާލުފަދައިން އެނގޭ ކަމެއް މމޕރސ މިލަފުޒުން ހިތްހަމަޖެހިގެން މިއަދު އުޅެވިދާނެ މާދަމާ ވާނީ ކިހިނެތް......؟

    25
    2
  26. އަލްޖިބްރާ

    ޤައުމަކަށް ވެރިއަކު ހޮވަނީ އެޤައުމެއް ތަރައްޤީކޮށް އެޤައުމެއްގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަށް ހޯދާދިނުމަށް ! ޤައުމުގެ ބައިތުލްމާލުން ވައްކަން ކޮށް ، ޤައުމުގެ ހުރހާތަނެއް ވިއްކާ އެލާރިގަޑު އަމިއްލަ ޖީބައް ކަޅާކުރާކަށް ނޫން ! ޔާމީނު ހީކުރީ ބާރުއޮތީމަ ކޮންމެގޮތަކަށްވެސް އުޅެވޭނެއޭ ! މިހާރު އެގޭނެ އެހެން ތާއަބަދު ނޫޅެވޭނެކަން !

  27. މިއްޓޭ

    ޢިރާދަކުރެއްވިޔާ ވަރަށްއަވަހަށް ޔާމީންގެމައްޗައް ދޮގުހެކިދިންމީހުންނަށާ ބޭއިންސާފުން ހުކުމްކުރި ފަނޑިޔާރުންނަށް ހައްްުގު އަޒާބު މިދުނިޔޭގަވެސް ދައްކަވާނެ.

  28. ޖަހާންގިރި

    ކަލޭމެން ކޭ ކޮންމެ ބޮނޑިބަތް ފުކަކަށް އަޒާބު ހުރިކަން ރޮޒައިނާއަށްވެސް އެނގިލައްވައިފި އެކަމަކު ލާދީނީ ފިކުރު މީހުންނަށް މިކަމެއް ރެޔަކާވެސް ނުލި.

  29. ކަނޑުކޮސް

    ރައީސް ޔާމީނަށްޓަކައި ނިކުންނަން ތައްޔާރު މިއޮތީ ނިކުންނަން މަޖުބޫރުވެފަ .

  30. ނައީސް

    އުފެދުމުގައިވެސް ބާޠިލް ޝަރީޢަތަކުން ނެރެވޭނީ ބާޠިލު ޙުކުމެއް! ހެކިބަސްދިނީ ހަމަ އެ މައްސަލަޔާގުޅޭ އިޢްތިރާފީ ދެ ކުށްވެރިން. މިއީ އިސްލާމީ ޝަރީޢަތް ދަންނަ ކަމެއްނޫން! މާތްﷲގެ ކުޅަދުންވަންތަކަން މާ ބޮޑުކަން ދަންނަންވާނެ! އިމްތިހާން ކުރިމަތިކުރެއްވުމަށް އިންސާނުންނަށް އެމީހުން ހިތްރުހޭ ގޮތާއި ހިތް ނުރުހޭ ގޮތްތައް މެދުވެރިކުރައްވަނީ ﷲ! ނުބައިމީހުން އިތުރަށް ނުބައިވުމަށް ފުރުޞަތުތައް ފަހި ކޮށްދެއްވަނީވެސް ﷲ! މިކަންތައްތައް އަނެއް ފުށުންޖެހި ބާޠިލްގެމައްޗަށް ޙައްޤު ގަދަވެގަންނާނޭކަން ކަށަވަރު! މިދުވަސް ދާދި ކައިރިންވެސް ފެނިދާނެ! ވީމާ ޖާހިލުކަމުގައިތިބެ ރޮޒޭނާމެން މާތްﷲގެ ކުޅަދުންވަންތަކަމަށް މުންކިރު ނުވަންވީ!

  31. ށސޭހު

    އެތަށް އާއިލާއަކަށް ހިތްދަތި ކުރުވި، ހުކުމްކުރީ އ.އ.ޕ.ރ.ސީގެ މައްސަލައެއްގައި.އާއިލާތަކަށް ހިތްދަތިކަން ދީގެން ނޫން. އެހެން ވީމާ ތިބޭފުޅުން އާއިލާތަލަށް ލިބުނު ހިތްދަތިކަމުގެ ބަދަލު ހޯދަން ކޮންމަސައްކަތެއްތޯ ތިކުރި.ކޯޓަށް ދާންވީ ނޫންތޯ އެކަމަށް އިންސާފު ހޯދައިދޭން. ނުދާނެ. އެއީ ތިބޭފުޅާގެ އާއިލާއެއް ނޫންވިއްޔަ، ހަމައެކަނި ސިޔާސީ ބޭނުމަކަކަށް އެހެން ބުނެލާފަ ތިބެނީ. ޢާއިލާތަށް ގުބޯ ހައްދާފަ.

  32. ކަންނެލިއޮޑި

    ނަޙައްޤުން ނަމަވެސް މީހަކަށް ދެރައެއް ނުވަތަ ހިތާމައެއް ލިބުމުން އެކަމާ އުފާފާޅުކޮށް ހެދުމަކީ، ފުރިހަމަ މުސްލިމުންގެ ރިވެތި ސިފައެއް ނޫން. އެއީ އިންސާނިއްޔަތުކަން ނެތުމުގެ ލާނިހާޔަތް. އެގޮތަށް އުފާކުރާފަރާތްތަކަށް އެފަދަ ކަމެއް މެދުވެރި ވުމަކީ ދުނިޔެ ދަސްކޮށްދީފައިއޮތް ފިލާވަޅެއް.

  33. ސަލްމާ

    ރޮޒައިނާޔަށް، އިއްޔެ އިއްވިގެން ދިޔަ ޙުކުމް ރަނގަޅުކަމަށް ބުނީމާ އަހަރުމެން ދެރަވޭ. އެއީ ވަކިމީހަކަށް އިއްވި ޙުކުމެއް ވީމާ ރަނގަޅޭބުނީދޯ. އެކަހަލަ ޙުކުމެއް ރޮޒައިނާޔަށް އަދި އެހެންމީހަކަށް އިއްވި ނަމަވެސް އެޙުކުމް ރަނގަޅެކޭ ނުބުނާނަމޭ. އިއްޔެގެ ޙުކުމަކީ ދެޚަޞްމުންގެ ބަސް ޝަރީޢަތުގެ މަޖުލިހުން އަޑުއަހާފައި އެއްމެޚަޞްމެއްގެ ބަހުގެ މައްޗަށް އިއްވާފައިވާ ވަރަށް ބޭއިންސާފު ޙުކުމެއް. ހައިޕްރޮފައިލް ކޭހެއްގެ މިދަރަޖައިގެ ބޭއިންސާފު ޙުކުމެއް އިއްވުމުން އާއްމުން ޖެހޭނީ އަންސާފު ނުލިބިގެން އެއްތަނުން އަނެއް ތަނުން ދުވަންތާ.

  34. ޙހަހަ

    ބާޣީ ރޮޒޭނާ އަށް އިނގޭނީ