މަނީ ލައުންޑަރިންގ މަައްސަލާގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އައިޖީއެމްއެޗްއަށް ގެންގޮސް މެޑިކަލް ޓެސްޓުތައް ހަދައިފިއެވެ.

އެމަނިކުފާނުގެ މެޑިކަލް ޓެސްޓުތައް ހެދުމަށް އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނުއެވެ. އަދި އެމަނިކުފާޏުގެ ޓެސްޓުތައް ހަދައި ނިމުމުން އެމަނިކުފާނު މިހާރު އަނބުރާ ވަނީ ގެންގޮސްފައެވެ.

މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވުމުން ޔާމީން ޖަލަށް ލާން ހުކުމް ކޮށް، އެމަނިކުފާނު ވަނީ 5 މިލިއަން އެމެރިކާ ޑޮލަރު (77.1 މިލިއަން ދިވެހި ރުފިޔާ) އިން ޖޫރިމަނާވެސް ކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން މައްސަލައިގައި ދައުވާ މިއަހަރުގެ ފެބްރިއަރީ މަހުގެ 13 ވަނަ ދުވަހު އުފުލާފައި ވަނީ އެމްއެމްޕީއާރްސީގެ ފައިސާ އެންމެ ގިނައިން ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރު އޭސީސީ އާއި ހަވާލު ނުކުރިކަމަށް ބުނެއެވެ.

ޔާމީންގެ މައްޗަށް އިއްވި ޙުކުމުގައި ވަނީ ޔާމީންގެ މައްޗަށް ކުރި ދައުވާގައި ބުނާ އެއްމިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމާއި، އެފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް ޕްލަސް އެކައުންޓަށް ޖަމާކޮށް އިންވެސްޓް ކޮށްފައިވާ ކަމާއި، އެފައިސާ އަކީ އޭސީސީ އިން ތަޙްޤީޤު ކުރާ މައްސަލައެއް ކަން އެނގި އެފައިސާ ޝައްކު ކުރެވޭ ހާލަތުގައި ހުރި ފައިސާ ކަން ދައުލަތުން ހުށަހެޅި ހެކިބަހުން ސާބިތުވާތީ މަނީ ލޯންޑްރިން ކުށުން ޔާމީން ކުށްވެރިވާ ކަމަށް ކަނޑައަޅާ ޔާމީން ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކުރާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. --ކައްކަކާއްކޯ ދޮންމަނިކު

    ޓެސްޓުން ފާސްވެއްޖެނަމަ މާފުށި ޖަލައް ދިއުމުގެ ފުރުޞަތު ލިބޭނެ!

    45
    83
    • ޙައްގުބަސް

      މިހާރު އެހެރީ ޖަލަށް ޙުކުމް ކޮށްފަ! އެހެންވީމަ ޖަލުގަ ހުންނާނީ! އެނޫންގޮތެއް އެމަނިކުފާނު ބޭނުމެއްނުވާނެ! ސަދޫމްގައި ކަން ހިނގީ އެމަގުން! ސަދޫމްގައިވެސް ޙުކުމެއް އައީމާ ވާގޮތް މިތާގަ މިހާރުވާނީ! އެކަމަކު އެއީ ދުވަސްކޮޅަކަށް! ފަހުން އަދި ރަގަނޅުވާނެ! އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނަފަދަައިން! މިއީ މިއަދުގެ ޙާލަތު! ޙާލަތު ބަދަލުކުރައްވާ ފަރާތަކީ ހެއްދެވި ފަރާތް! ސަދޫމުގެ ފަނޑިޔާރުންވެސް ނެތިދިޔައީ! އެކަން އެމަގުން ހިނގަމުންދާޔަން އަންނަންއޮތް ދުވަސްތަކުން ފެންނާނެ! މިހާރު މިލިއަނުން ޑޮލަރު ލިބުނީމާ ތިމަންމެނަށް ދެން އެހެންގޮތެއް ނެތްކަން އެނގޭ ހިސާބުން ގައުމުން ބޭރަށްގޮސް ފިލިޔަސް އިންސާފުއަރާ ހަމަކުރާނެ! އެމްޑީޕީގެ މެމްބަރުން މިހާރު ބުނަމުންދާ ފަދައިން ހިބަރު ވަދުގައި ފަލަ ގޮދައެއް ބާނާ ހުރަގޭގައި ބެހެއްޓި ފަދައިން ދޫވެފައި އޮތް އެ ހިބަރު ވަދުގައި ގަންނަ ގޮދާ އަދި އިރާދަކުރެއްވިއްޔާ ގިނަވާނެ! އެތަން ފެންނާނެ!! މިހާރު މިގޮދާ ބާނަން ވަދުގައި ނުބައި އެންކޮޅު އެޅުވި އެންމެން ބާނާނެ!

  2. ބިޖޫ

    މިހުކުމަކީ ސިޔާސީހުކުމެއް އެކޯޓްގައި ކުރިންހުރި ގާޒީޔައް ނަގޫ ބުނާގޮތައް ހުކުމް ނުކުރީމަ ނަގޫ ގެ ދުފާ އެއްޗިއްސޭ ކިޔާފަ ގާޒީ ބޭރުކޮއްފަ ހަމަސީދާ ލާދީނީފިކުރައް ތަބާވާ. 5 ހިޔަޅުކުރިހުކުމެއް ސަދޫމްސިޓީގެ ރައީސް ނަގޫ ބުނެގެން. ޔާ ﷲ މިގައުމް މިނުބައި ނުލަފާ ޖާހިލުންގެ ކިބައިންސަލާމަތް ކޮއްދެއްވާނދޭވެ އާމީން

    10
  3. ޏަމް

    ކީއްކުރަންހަދާ ޓެސއޓެއް

    1
    3
  4. ކަޅުބެ

    ކަލޯ ކީއްކުރަން ޓެސްޓުތަށް ތިހަދަނީ ތިޓެސްޓުތަށްވެސް އަންނި ބުނެގެން ބޭރުކޮށްލާނެ ވިއްޔަ..

    1
    1
  5. އައިން

    ޙުކުމް އިއްވީ 28 ވަނަ ދހުވަހު. 28 އަކީ މާނައިން ފުރިގެންވާ އަދަދެއް. ޔާމީން ވެރިކަމަށް އައުމުގެ ކިޔާލެއްވެސް ދެން ކުރެވޭނީ 2028 ގެ ފަހުން.

  6. މުޒީ

    މިއީ ޔާމީނަށް މުޢިއްޒު މެންދިން ލަނޑެއް! ވަރަސް ގިނަކަންތަކުގައި ރ.ޔާމީނަށް މުޢިއްޒުގެ ސަބަބުން ގެއްލުންވޭ! މުޢިއްޒުގެ ނިޔަތާމެދު ސުވާލު އުފެދޭ! އޭނަގެ ސަބަބުން އެންމެ ގިނަ ވޯޓު ގެއްލުނީ!

  7. ކޮއްކީ

    ކަލެއައްވެސް ހަމަސިޔާސީދަޢުވާއެއްކޮއްފަ ޖަލައްޙުކުމްކުރީމާކަލޭވެސް ދާންޖެހޭނެ ޖަލައް

    3
    1
  8. މޮޔަސޮރު

    ޢަނެއްކާ ޕޮޒިޓިވް ވިތަ

  9. އައްޕަ

    މިނޫން އެހެންގޮތަކަށް ވެރިކަން ކުރަން ދަންނަން އެބަޖެހޭ، ވެރިކަމުން ފައިބާ އެއްމެން ޖަލަށްގެޅޭގޮތަށް ހަދަންޖެހޭކަމަށްވެއްޖެއްޔާ ދެން މިގައުމުގަ ވެރިކަންކުރުމުގެ ބޭނުމެއް އެބައޮތްތަ!؟

  10. މާލެ ބޭބެ

    ބަނޑު ދައްމާ ދުވަސް އަންނާނެ، ސައްދާމް ހުސައިން 5 ނޮވެމްބަރ 2006 ގައި ނުހައްގުން މަރަން ހުކުމްކުރި ނުލަފާ ފަބޑިޔާރުވަނީ ބުލަޑީ ރެވެންޖް އާއެކު 26 ޖޫން 2014 މަރާފަ.... ރ.ޔާމިންއާއެކު 100000 އެއްލައްކައަށްވުރެ ގިނަ ހިތްތައްވޭ.

  11. ކާފަ

    ހަކުރާއި ހަނޑުލާއި ފުށުގެ ޓެސްޓެއްވެސް ހަދާތި!

  12. ބަކުރުބެ

    ޖަލައްލާ ކޮންމެ މީހަ ކުވެސް ހަމަ ބަލިވަނީ، އަވަހައް ބޭސް ފަރުވާއައް ބޭރައް ފޮނުވާލާ، ދެން ބޭރުގައުމަ ކުން ހިމާޔަތް ހޯދައިގެން އެތާ އުޅެންފަށާ،

  13. ރޮނޑާ

    ވަގައް ލޭޕޮޒެޓިވް ތޯ އިތުރައް ބަލާކައް ނުޖެހޭ.

  14. Anonymous

    ޝަފާކަﷲ. އެމަނިކުފާނު އެހުންނެވީވެސް ބަންދުގައި ނޫންތަ.
    މީހުންނާއި އާބާދު ޖައްސާލައިގެން އުޅުމަކީ ރަނގަޅުކަމެއް ނޫން. އިންސާނުން ނަކީ އެއްވެސް އާރެއް ބާރެއް ނެތް ނިކަމެތި ބައެއް. މާދަމާ ތިބާއަށް ވެސް ކަމެއް ދިމާވެދާނެ. ދެރަކަމެއް ދިމާވީމަ ނިޢްމަތަށް ޝުކުރުވެރި ވެބަލަ

  15. was

    ދެން އިރުއިރު ކޮޅާ ބަލިވެގެންނޭ ކިޔާފަ މީނަ ގެންދާނެ..

    ޥެރިކަމުގަ ހުރި އިރު ބަލިވެގެން އުޅުނު ތަނެއް ނުފެނުނު... ޖައްބާރެއްހެން ހީޙީ މީހުންނަށް ނުހައްގުން އަނިޔާ ދެމުން ދިޔައީ

    11
    25
    • އައްޑޫ މީހާ

      ބަލަ މައިބަދަ ސަރުދާރުވެސް ރާއްޖެއިން ބެރަށްވެސް ގެންދިޔަ ފިލަންވެސް ފިލި

      11
  16. ވގ

    އޭނަޔައްވަރައް އުދަގޫވާނެ ބަންދުގަހުންނަން އަޑުއެހި އޭނަ އެންމެފުރަތަމަވެސް ބައިސްކަލެއް ވަގަނެގިވާހަކަ އެކަންކުރަން ދެވިހިފާފަހުރިމީހެއްތި 5 ވިސްމަދު

  17. ޢަޒްރާ ޢަލީ

    ޙުކުމް އިއްވުމުން ހޭނެތުނު މީހުންވެސް ދެކުނިން އަހަރެމެން ޖަލައްލުމުން މައިބަދަ އޮޕްރޭޗަނައް ސިންގަޕޫރައް ދިޔަ މީހުންވެސް އަހަރެމެން ދުށިން ދެން ކޮންވާހަކއެއް ލާދީނީ ބައިގަނޑު މައިތިރި ވެގެން ތިބެބަލަ ކިބޫ ވެރިކަން ވެއްޓެންދެން