މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެެވެ.

މިއަދު މެންދުރު މާޔާ ކްލިނިކް ކައިރީ މާރާމާރީއެއް ހިނގައިގެން އުޅޭކަން ފުލުހުން ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، މިއަދު 1:18 ހާއިރު ތޫނު އެއްޗަކުން މީހަކު ޒަހަމްކޮށްލައިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

"އެވަރަށް އަދި މައުލޫމާތު ދެވޭނީ". ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބޭގޮތުގައި ޒަހަމްކޮށްލާފައި ވަނީ ބިދޭސީއެކެވެ. އޭނާއަށް ލިބުނު އަނިޔާތަކާއި ގުޅޭ ތަފްސީލެއް އަދި ނުލިބެއެވެ.

މި މާރާމާރީ ހިނގަން މެދުވެރިވީ ކީއްވެގެން ކަން އަދި ނޭނގެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އެޖެންޑާ 19

    ހުސް ދޮގު ޫ ޫ. ވަޅިހެރުން 0

    19
    2
  2. ރަސީދު

    ސޯލިހުގެ މާތް ވެރިކަމުގާ ވަޅި އާއި ކަރުނަ ގޭސް ގެން ގުޅޭބާ

    4
    2
  3. މުރާސިލް

    ތިހެނެއް ނުވާނއެވެ. މިސަރުކާރުގައި ވަޅީއެއް ނަހަރާނެއެވެ. ޖަންގަލީގެ ޤާނޫނު ހިނގާ މިޤައުމުގައި މިވެރިކަމުގައި ވަޅި ނަހަރާނެކަމަށް ސޯލިހް އޮތީ އަހަރީ ދުވަހު ވިދާޅުވެފައެވެ. އޭގެފަހުން މިވީ 10 ވަރަކަށްދުވަހަުވެސް ވަޅިހެރުމުގެ 4 މައްސަލައެއް މިޑިޔާތަކުން ދުށިޟެވެ. އެހެންވީމާ ސޯލިހް މިވާޅުވާ އެއްޗެއް ދިމައއެއް ނުވެއެއް ނޫންހެއްޔެވެ.

    4
    2
    • ޙައި

      މީހަކު ބުނި އެއްޗެއް އޮޅުވާލުމަކީ ދެރަކަމެއް.

  4. ކިނބޫ

    މަގުމަތި މިހާރު ވަރަށް އަމާން ވާނެ ތިވާނީ ކުރީ ސަރުކާރު ކަމަކަށް

    4
    1
    • ޯޔާގުންޑާބޮޑުވަގު

      ހަޖަމުނުވީ ގައުމު އަމާންވީމަ. ޢެހެންވީމަ ގުންޑާގެ ޢައުވާނުން ކުރާކަމެއް. ޔަގީން

      1
      1
  5. މިއަދު

    ރައިސް ޔަަމީނު ޖަލަށްދިޔަ މަގުމަތީިގަތަ؟

    2
    2
  6. އިބްރާ

    ވޯންޓެޑްގެ ޖަގަހަ. ދައުލަތަށްވުރެ މަތީގައި އުޅޭ ބައެއް

    4
    3
  7. މަށަށްކީއް؟

    މާރާމާރީ ހިނގަން ދިމާވި ސަބަބަކީ ދަރިންނަށް ރަނގަޅު ތަރުބިއްޔަތު ނުދެވި، އުޅޭނެ ގޮތަކަށް އުޅެން ދޫކޮށް މައިންބަފައިންގެ ޒިންމާ އަދާ ނުކުރެވުން...ސަރުކާރުންވެސް ފުލުހުންވެސް އެމީހުންގެ ޒިންމާ އަދާ ނުކުރުން..... ހުރިހާ އެންމެން މަސައްކަތް ކޮއްގެން މިކަން ރަނގަޅު ވާނީ

  8. އެންދެރި

    ވަޅި ހެރިއަސް މީހަކު މެރިއަސް ހައްދު ފަހަނަ އެޅި ނިރުބަވެރި އަމަލަކަށް ނުވެއެވެ. އިސްލާމް ދީނާ ދެކޮޅަށް ހަދާ ބައެއް ގާނޫނެވެ.

    4
    2