އިއްޔެ ޖަލު ހުކުމް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މާލެ ޖަލުގައި ބަންދުކޮށްފައި ހުންނެވީ "އާދައިގެ" ގޮޅިއެއްގައި ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑަައިގަންނަވާ އެމަނިކުފާނުގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރައީސް ޔާމީނާއި މާލެ ޖަލުން ބައްދަލުކުރެއްވުމަށްފަހު "ޗެނަލް 13" އަށް ދެއްވުި ބަސްތީގަތުމެއްގައި ވިދާޅުވީ އެމަނިކުފާނު ހުންނެވީ ހުންނަވަން ހެޔޮވާވަރަށްވުރެ ފެންވަރު ދައް ގޮޅިއެއްގައި ކަމަށެވެ. އަދި ރައީސް ޔާމީނަކީ މީގެ ކުރިންވެސް އެފަދަ ޖަލެއްގައި ހުންނަވައިގެން ހާލު ދެރަވެފައިވާ ބޭފުޅެއް ކަމުން އެފަދަ ތަނެއްގައި ރައީސް ޔާމީން ބަހައްޓާނަމަ އެކަމާއި ވިސްނުން ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވި ގޮތުގައި ރައީސް ޔާމީން ނިދުމަށް ދީފައިވާ އެނދަކީ "ހަށިކޮޅު ދަމާލެވޭ" ވަރަށްވުރެ ފެންވަރު ދައް ތަނެއް ކަމަށާއި، އަދި އެތަނުގައި ހުރި ފާހާނައިން ފްލެށް ވެސް ނުކުރެވޭ ކަމަށެވެ. އަދި އެތަނުގައި ހޫނުފެންވެސް ލިބެން ނެތް ކަމަށް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ އެދުމަކީ އިސްތިއުނާފް މަރުހަލާ ނިމެންދެއްނާއި، މިކަން ކުރިއަށް ދާއިރު ރައީސް ގޭގައި ބެހެއްޓެވުން. އަދި އެކަމުގެ އިލްތިމާސްތައް ހޯމް މިނިސްޓަރަށާއި ރައީސުލް ޖުމްހޫރިއްޔާ އަށް އަރުވާނަން" ޑރ.ޖަމީލް ވިދާޅުވިއެެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތާއި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ވަނީ މަނީ ލޯންޑަރިންގެ ޝަރީއަތުގައި ފާހަގަވެފައިވާ ކަންތައްތައް އިިއްވާފައެވެ. އެގޮތުން ޝަރީއަތުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި އިސް ގާޒީ، އަލީ ރަޝީދު ވިދާޅުވެފައީ އެސްއޯއެފްގެ އެކައުންޓުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވިކަމާއި، ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަށް ޓްރާންސްފާ ކުރިކަމާއި އަދި މައްސަލަ ނިމެންދެން އެކްސްކްރޯ އެކައުންޓަށް ޖަމާކުރަން އެއްބަސްވެފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން މައްސަލައިގައި ދައުވާ އުފުލީ މިއަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. މަނީ ލޯންޑާ ކުރުމުގެ ތުހުމަތު ޔާމީންގެ މައްޗަށް ފުލުހުން ކޮށްފައިވަނީ އެމްއެމްއެޕީއާރްސީގެ ފައިސާ އެންމެ ގިނައިން ބޭނުން ކުރިކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރު އޭސީސީ އާއި ހަވާލު ނުކުރިކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

98 ކޮމެންޓް

 1. ޅޮލް

  ނުޖެހޭ ކޮންމެހެން އާރަށުގަ ހުންނަ ހަވޭލިގާ ބަހައްޓާކަށް. ހަމަ ޖަލުގަ ހުންނަންޖެހޭނީ. މައްސަލަ ތިއޮތީ މިހާރު ސާބިތު ވެފަ.

  183
  618
  • ކނަމަނަ

   ހަމަޔަގީނުންވެސް މިކޮމެންޓް ލިޔުނުފަރާތް މިޔައްވުރެ ހާލުގައި އުޅޭދުވަސް ކާރިވެއްޖެ ތައްޔާރުވެ ހުރޭ

   60
   31
   • Anonymous

    އިންޝާ ﷲ. ސެކިއުލަރ ބައިގަނޑު ފަހާލާނަން.

    1
    3
   • އޭތް

    މިހާރު ކަލޭވެސް ކަހީނަކަށް ވީތަ؟

    3
    1
   • އެއްވަން ދާ ހިއްވާ މީހެއް

    ހާލުގަ ތިބެފަ މާތް الله ގެ އިރާދަފުޅާއެކު އަހަރެމެންގެ ބުރަ މަސައްކަތުން އެހެރީ އެ ޖައްބާރު ވެރިޔާ ކުޑަ ކަކުލަށް ތިރި ކޮށްފަ،

    4
    2
  • އޯކޭ

   މިމީހުންނަށް ހީވަނީ ރަނާ ޖަވާހިރުން ހަދާފަ ހުންނަ ގޮޅިއެއްގައޭ ހުންނަން ޖެހޭނީ.. މާލޭ ޖަލުގަ ނުހުރޭ ތިޔަހާ ފެންވަރުގެ ގޮޅިތަކެއް.. މިހާރު މެޑިކަލް ނިމުނީ ކުރިޔަށް އޮތް ހަފްތާ ތެރޭގަ ބަދަލުކުރާނެ މާދުށީޖަލަށް.. ރައީސް ނަޝީދާ ރައީސް މަޢުމޫނުވެސް ހުންނެވި ގޮޅީގަ ރައީސް ޔާމީނު ވެސް ބަހައްޓާނި.. އޯކޭ..

   46
   67
   • ޯޖހގ

    ދެން އަންނި އަށް ހަދައި ދިނީ ކޯއްޗެއް؟

    1
    2
  • ކެނެރީގެ މާފަތް އެދުރު

   ބަލަ ކެރަފާ ނަޝީދަށް އެކަނިތަ ވީވީއައިޕީ ފެންވަރުގަ ޖަލު ގޮޅިތައް ހުންނަން ޖެހެނީ މައިބަދަ ސަރުދާރު ބަަހައްޓަން ވީމަ ޖެހޭ ވައިފައި ހޫނުފެން ފިނިފެން އަނބިފިރިކަން ކުރާކޮޓަރި ދަރިން ކުޅޭ ޕާރކްތައް ނެތިގެން ހީވަނީ އެހެންފަދަ ކަމެއްވެގެން އުޅޭ ބައިގަނޑެއްހެން

   83
   18
   • ޒަކް

    ކެރަފާ ނަޝީދުވެސް މާލޭ ޖަލުގަ ހުރީ ވީއައިޕީއަކު ނޫން.. މާލޭޖަލަކު ވީއައިޕީއެއް ނުހުންނާނެ.. މާފުއްޓަށް ދިޔައީމަ ޔާމީނަށްވެސް ނަށީދާ މައުމޫނު ހުރި ގޮޅި ހުންނާނެ..

    3
    1
    • ޝައިޙް ޒުބެއިރު

     ތީ އަަލައް ހަބަރު ކިޔަން ފެށި ކުއްޖެއް ދޯ؟ ނޫނީ އުފަން ވީ އިއްޔެގަތަ؟

     1
     1
  • އަލީ

   ފަސްފަހެތިން ހުކުމް ޖެހީ އިއްތިފާގުންތަ ނޫނީ ރޭވިގެންތަ؟

   177
   44
  • ދޮގެއް؟

   ސާބިތެއްނުވޭ. ކަލެއަށްވެސް ހަމަ ރަނގަޅަށް އެނގޭ އެއީ ސިޔާސީ ކުޅިވަރެއްކަން.

   56
   22
  • ވީޕްރައުޑް

   ޢެއީހަމަގަޓުހުރިރައީސްއެއް . އެއީހަމަހިތްވަރުގަދަ ރައީސްއެއް. އއމަނިކުފާނު މަގުމައްޗައް ވެއްޓިގަނެގެން ފުރޮޅި އެއްނުހައްދަވާ. ކެތްތެރި ކަމާއެ ކކު މަޑުމައިތިރިވެވަޑައިގެން ކިޔަމަންތެރި ކަމާއެ ކު ފުލުހުންނާއެ ކު ވަޑައިގެންނެވި. ލަދުހަޔާތް ކުޑަ ކަމުން ވައްތަރު ވައްތަރަށް ކޮމެންޓް ކުރާއިރު ގަންޖާބޯ ތެޅުނުވައްތަރު ހަނދާނުން ފިލާދިޔައީތަ؟ އަތައްގުއިރީފަ ދަނޑިންތަޅާބަލަ . އޭރުންވަސް ދުވީމަހޭވެރިކަންވެދާނެ.. ހަގީގީ ކުށްކޮށްފަ ތިބޭމީހުންނާ ރ ޔާމީންގެ ތަފާތުވެސް އެނގޭނީ އޭރުންހެން ހީވޭ. އެމަނި ކުފާނު މައިބަދަފީވެގެން ފިލަންއުޅުނުތަ؟ ނޫޅޭނެ. އެއީ ކެރޭ ހީވާގި ގާނޫންތަ ކާއި ގަވާއިދައް ހުރުމަތްތެރިކޮށް ހިއްތަވާ ނަމޫނާ ބޭފުޅެއް. އެއްވެސް ދުވަހަ ކު އެމަނިކުފާނުގެ ސްޕޯޓަރުން ނައް ވިޔާނުދާ ހުތުރު ކަން ކަން ކުރުމައް ހިތްވަރު ދެއްވާ ގައުމާ ރައްޔިތުންގެ މުދަލައް ގެއްލުންދީ ރައްޔިތުންގެ ފައިސާގަ ބިނާކޮށްފަހުރި ދައުލަތުގެ މުއައްސަސާތަކުގަ ހުޅުޖަހާ އަންދާ އަޅިޔައްހަދާލަން ވިދާޅެއްނުވޭ. ފުލުހުންނާ ތަޅާނެ ކުދިންހޯދާ ކަށްވެސް އަމުދުން ވިދާޅެއްނުވޭ. ކިތަންމެ އަނިޔާވެރި ހު ކުމެއް ކޮށް އުމުރުދުވަހު ހުރަގޭގަ ބޭއްވިޔަސް އެމަނި ކުފާން ގެ ވެރިކަމުގެ ދައުރުގަ ގެނެސް ދެއްވި އަގުހުރި ތަރައްގީ އާއިކުރިއެރުން މިއަދުމިއޮތް ސަރު ކާރު ދެދައުރު ވެރި ކަންކުރަން ދިނަސް ގެނެހެއްނުދެވޭނެ. ތިމަތިމާމެން ނުރުހޭ ކޮންމެ މީހަ ކު ކުށެއްނުފެނުނިއްޔާ ކުށްއުފައްދާ ނުހައްގުން އަނިޔާވެރިވުމާ ބަޖެޓް ދަވާލުންފިޔަވާ އެހެން ކަމެއް ކުރާ ކަށް ހަމަހިނޭންގޭނެ. ލިބުނުމޮޅާއިގެން ބޮނޑިބަތް ކައް ކާލަ ކައް ކާލަތިބެވޭތޯ ބެއްލިއްޔާ މާތާހިރުވާނެ. ނޫނީ ރީންދޫހުންފިލާތޯ ބޭސްފަރުވާ ކުރިއްޔާ މާރަންގަޅުވާނެ. މާދިގުވެއްޖެދޯ ؟ ސޮރީބުރޯ.

   114
   26
  • ޢަބްދުއްލަޠީފު

   ސާބިތުވީ އެއްނޫން. ސާބިތު ކުރީ..... ގަދަބަދަވިކަމުން. ހޭބަލިވިޔަސް ތިދެން ފުކެއްބޮޑުވަރު.

   214
   25
  • ހހހހ

   މައްސަލަ ޘާބިތު ކުރީ ޑޯޣްކޮށްޓަކުން. ޑޯގެއް އިނީ ބާކް ކުރަން. މިގައުމުގައި މިހާރު ކޯޓު ކިޔާ ތަނެއް ނުހުންނާނެ. ގާނޫނެއް. ވެރިއެއްނެތް. 20 ސެކިއުލަރ އިން ރައީސް އޮފީސް ކަމަށް ކުރިން ކީތަނެއް ހިޞާރު ކޮށްގެން ތިބީ. އަހަރެމެން ކިޔާނީ ޑޯގުން ތިބޭތަންތަނަށް ޑޯގް ކޮށްޓޭ.

   19
   10
 2. އަންނި

  ހަމަގައިމޭ ތިމާ އެހެން މީހުންނާ ދޭތެރޭ ކަން ކުރި ގޮތަކަށް ތިމާ އާއި ދޭތެރޭ ވެސް ކަންތައް ވެ ނިމި ދާނެޔޭ.. ނުޖެހޭ ވަކި ޔާމީނޭ ކިޔާފަ ހަތް ތަރީގެ ކޮޓަރިއެއްގަ ބަހައްޓަދޭކަށް.. ކުއްވެރިޔާ ވާނީ ކުއްވެރިޔާ އަށް.. ދެރަ ނިކަމެތި ރައްޔިތު މީހާ އެކަންޏެއް ނޫން އާދައިގެ ގޮޅީގައި އޮންނަން ޖެހޭނީކީ.. ދެން ލަ ލަ ލާ...!!!

  146
  240
  • އަންނި ކޮއްކޮ

   އިންޑިއާ ހައިކޮމިޝަނަށް ވަދެ ބޮނދަނީ އާދައިގެ ދެރަ ނިކަމެތިންތަ

   47
   7
  • އަހުމަދު

   އެހެން މީހުނާ ދޭތެރޭ ކަންތައް ކުރިލެއް މާރަނގަޅީ. ގަނޑުވަރު ތައްޔާރުކކޮށް އުނދޯލިގެ ހައްދަވާ ދެއްވާ ރަނގަޅު ފެންވަރަށް ހުރިހާ ޚިދުމަތެއް ލިބޭގޮތް ހުރިހާ ގޮތަކުން ހަމަޖައްސަވައިދެއްވީ. އެގޮތައް ކަންތައް ކުރާހާ ހިތްވަރު ހުރި ބައެއް ނޫން މިހާރު ތިބީ. އަމުދުން ތަހުޒީބު އެއްވެސް ސިފައެއް ލިބިފަ ތިބި ބައެއް ނޫން. ބަދަލުހިފުމުގެ ޝައިޠާނީ ރޫހެއްގަ ތިބި ނާތަހުޒީބު ބައިގަނޑެއް. އެހެންމީހުނާމެދު އެމަނިކުފާނު ކަންތައް ކުރެއްވި ގޮތަށް ކުރެވޭނެތަ މިބުނި ކަހަލަ ބަޔަކަށް؟ ނުވާނެ އެކަމެއް. އެ އަޚްލާގެއްވެސް ނުހުންނާނެ. ތިހެން ކުރާ ކޮންމެ ކަމަކުން އެމަނިކުފާނުގެ ލޯޔަލްކަން އިތުރަށް ހާމަވަމުން ދަނީ. ވެރިަކމުން ފޭބިއިރު އެމަނިކުފާނަ ކީ އަހަރެން އެހާ ހިތްހަމަޖެހޭ ބޭފުޅެއް ނޫން. އެކަމަކު މިހާރު އެނގިކަށަވަރުވެއްޖެ އެއީ ވަރަށް ސާފު މާތް ހިތްނިޔަތް ރަނގަޅު ބޭފުޅެއްކަން. ކުރިއަތް އޮތްތާ މިކަން އިތުރަށް ދާނީ ސާފުވަމުން.

   38
   9
  • ޢަލީ

   ދެން ކީއްވެ އަންނި ނުވަދެ އެއޮތީ..

   28
   5
 3. muneer

  Nujehey AC room dheykah.

  98
  180
  • ޒުހުރާ

   ގައުމެއްގެ ވެރިއަކަށް ހުރިމީހަކަށްވާނީ. ބުރިޖުންދާ ކޮންމެ ފަހަރަކު އެތަން ހެދި މީހާމަތިން ހަނދާންވާނެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ 25 ބުރީގެ އިމާރާތްތައް ފެނުނީމަ ނިކަން ހަނދާންވާނެ. އަދި ކުރިއަށް އޮތް 4 އަހަރު އަނގައާ އަތާ ދިމާނުވީމަ ނިކަން ހަނދާންވާނެ. ސަލާމް ޖަހާ ދަރަޖައަށް ކަލޭމެންގެ ހާލުދާނެ.

   41
   14
  • ކިނބޫ

   ނުޖެހުނަކަސް ދެވިދާނެނު. ޓެރަރިސްޓު ވަގު ބާޣީ ގަންޖާއަށް ދޭން ނުޖެހޭއިރު ދިން ގޮތަށް. ދެން މިހެން ބުނާއިރުވެސް އެނގޭ މީގަކަށް އަނިޔާއެއް ދެވުނީމަ ނޫނީ މިބައިމީހުންގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެކަން. ރައީސް ޔާމީން ވަރެއް ހަމަ ނެތް. އެއީ ގައުމުގެ މަހާރަދުން. ވަރިހަމަ ކަނޑު ފެއްތިޔަސް. މިކަން އޮތީ މިހެން. އެހެންވެ މަރާލަން އެއުޅެނީ.

   38
   10
 4. Anonymous

  ބަދަލު ހިފިޔަސް ބޮޑުވަރު. މައުމޫނުމެއް ޖަލުގައިވެސް އެމަނިކުފާނު ބެހެއްޓެވީ ފެންވަރުގައި. ކޮބާތޯ ޓްރާންސް ޕޭރެންސީ އޭ ކިޔާ ޖަމްޢިއްޔާ . އަޑެއްބަޑެއް ނީވެ ވަކިބަޔަކު ގެ ޙައްޤުތައްތޯ އެކަން ޖެހެނީ

  34
  6
 5. ސަގަރު

  އުފަލުގެ ކޮޅެއްވެސް ނެއް.

  12
  32
 6. ދޮންފުތު

  އެގޮޅިޔަށްދެންލާންވީ ޖަމީލް

  8
  29
 7. ކަންނެލިއޮޑި

  ދަނޑިވަޅު ލިބުމުން ހަސަދަ ފިލުވާލަނީ.

  25
  10
 8. ބޮގޮ

  ދެން ދާންވީނުން ބޭރަށް. އެހެންމީހުންވެސް ހެދި ގޮތަށް

  8
  21
 9. ކަނަމަނަ

  ހޯމްމިނިސްޓަރު އިމްރާނުގެ އަތްދަށުވީމަ ކަންތައްކުރާނެ ގޮތްވިސްނާ (އިމްރާން ހިތުގައޮތް ހަސަދަފިލުވާނެ) ސަޕޯޓަރުން ނިކުންނަން ވީވަގުތު އައިސް ޖެހިފަމިއޮތީ

  30
  8
 10. ޝާން

  އެކަލޭގެ އަށް ހުކުމް ކުރީ ޖަލަށްލާން. ގަނޑުވަރެއްގަ ބައިންދާކަންނޫން. މަރުވިއަސް ގޮޅިއަށްލާފަ ބާއްވަންވީ 5 އަހަރު ވަންދެން.

  16
  33
 11. ހުހުހު

  އައްނި ބާއްވާފަ އޮތީކޮންތާކުތަ

  5
  8
 12. ލޮލް

  ޔާމީނު ދައުރުގަ އެހެން ރައީސުން ބޭތިއްބީ ފެންވަރު ރަގަޅު ތަންތަނުގަ އެނގިގެން މިބުނަނީ....

  37
  6
 13. ޙުސެން

  ޔާމީނު އަންނި ބެހެއްޓީ ފެންވަރުގެ ގޮޅީގައި އެއީ ރައީސް ކކކކކ

  14
  6
 14. އަންނި

  މައުމޫނު ވެސް ބެހެއްޓީ ކުލިނިކް ޚާއްސަ ޑޮކްޓަރުން ނާ އެކު....ދެން ތިބި މީހުން ދޮގުހަދާ ކާފަރުންގެ ބާރ ތަކަށް ގޮސް ފިލާ ތިބީ ހަނދާންް އެބަހުރި....

  24
  4
 15. އެމަންޖެ

  އާރަށަކަސް ބާރަށަކަސް ހުންނާނީ ޔާމީނު ހެދި ތަނެއް....33 ބިލިޔަނާ ސަޕްލިމެންޓްރީ ބަޖެޓާ ނިންމާލި އިރު ވީ ކަމެއް ހަރާން ލޮލް....

  222
  49
 16. ވާވާ

  ޖަލަށްވަ ކިމީހަކަށްވީމާ ވަ ކިފެންވަރެއްގެތަނެއްހުނާ
  ކަށްނުޖެހޭނެ
  ކކ

  10
  14
 17. މިޒޫ

  ސޭޑް...

  13
  3
 18. ޢަލީ

  ދަށުދަރަޖައިގެ ކަމެއް ތީ

  ﷲ ގެ ރަހުމަތުން
  ފަހުން ފެންނާނެ ......

  18
  4
 19. ބޯބުޅި

  ޖަމީލު ކަލެށް ޖަލުއާވާނެ
  ހޫނުފެން
  ފިނިފެން
  ލިބޭކަށްނުޖެހޭ
  ކުރީގެ02 ރައީސުން ވެސް ގަންހިންގުވީ
  ޖަމީލު ކަލޭ ހަދާންްްްްްްްްްްްނުހުށްނާނެ
  އިގިރޭސިވިާތުގާހުރީމާ
  ބުރާތިވެގެންނުތެޅިބަލަ ރައީސުކަމެށް
  ނުލިބޭނެ ދނލލ ދނލލ ދނލލލ........

  9
  21
 20. ނަޖީ

  އާރަށެބާރަށެ ކިޔާނެކަމެނެއް ރައީސްޔާމީންހަދާފަތިބިތަންތަން ތިބޭނީ މިނަހަލާލުސަރުކާރުން ވެރިވެގެން މިއުޅެނީ ރައީސް ޔާމީނު އައް ނަހައްގުން ކޮއްފަ ވާހުކުން ތަންފީޒުކުރަން އަހަރުމެން މިނިކުންނަނީ

  17
  5
 21. ވގ ޔނ

  ޖަލަކީ މޮޅުދެރަ ހުންނަންޖެހޭތަނެތްނޫން މީގެކުރީގަ އެވާހަކަދައްކާލައިފިއްޔާ ބުނަނި އެއީޖަލުކަމައް މިހާރު އާދައިގެވީތޯ އޭނަބަހައްޓާ އެތަޖްރިބާކުރަން. ޕޕ ކުދިންބުނީވަރައް ހިއްވަރުގަދަވާނެޔޯ 24 ގަޑި އިރުނުވަނީސް ހޮސްޕިޓަލައްގެނެސްފި ކޮންޓެސްޓެއްބާ އެނަނިހުން ހުންނަންކެރޭތޯ ހަދާ ޓެސްޓެއް

  6
  12
 22. ޢަފްލާ

  ލާދީނީ ނަޝީދު އާއި ކޭކް ޢިމްރާން ވެސް ބެހެއްޓީ ފެންވަރު ރަނގަޅު ތަންތަނުގަ

  20
  3
 23. ލަންގް ސޫސް

  މީނާ ވީމަ ލާން ޖެހެނީ ގަނޑުވަރަކަށްތަ؟

  12
  19
 24. ސީދި ބޭބެ ގެ ހުސެން ކޮއި

  ހޫނު ފެނާއި ފިނި ފެނާއި ސިންގަލް ބެެޑަކާއި ފުލެޝް ޓެންކަކާއި ހޯދުމަށް އަންނަ އަހަރުގެ ބަޖެޓު ގައި ހިމަނާ ދެއްވާތޯ ބަޖެޓު ކޮމެޓީ އާއި ބައްދަލު ކުރެވޭތޯ މި އުޅެނީ

  7
  11
 25. އަލީ ހަމީދު ބެ

  ޖަމީލު ތި އުޅެނީ ބޮލުގެ ބޭނުން ހިފައިގެން ޕާޓީ ގަނޑު ދަމާއި ގަންނަން ދޯ؟

  8
  13
 26. ޒ

  އަސަރުކުރޭ ދެއްތޯ!

  14
  3
 27. އެލެކުސް

  ލޮލް ކަލޭ ހޭބަލި ނުވޭ ތިލާދީނީ ކެނެރީގޭ. ޖަންޖާބޯ އެކަލޭގެވެސް އިނީ އުދޯލިއެލުވާފަ ޑަބަލް ބެޑު ޖަހާފަ ހުރިތާކު. އެވެސް އެކަލޭގެއަކައް ކަމަކުނުދިޔަ އެއީ ގައްޖާއާ ހޯލީ ވޯޓާނުލިބޭތީ. ޔާމީނު އަދި ރަގަޅުތާ ކެއްކުރާކަން

  17
  3
 28. ނޮޅިފިސް

  މިއަދު ކަލޯމެން ބޭނުން އަނިޔާއެއް ދެވިދާނެ! މިރާއްޖެއަށް އިންސާފޭ... އަނިޔާވެރި ކަމޭ ކިޔާފަ މިއަދު ތިޔަކުރެވެނީ ވަކި ކޮންކަމެއްތޯ؟؟؟ މިވެރިކަން ނިމުނީމާ ފިލަން ރާއްޖޭން ބޭރަށް ގޮސް ފިލޭނެކަމަ ހީފުޅު ކުރުމަކީ ބިލާހެއް. ތިޔަހެން ބަދަލުހިފަން އަދި ހަސަދަފިލުވަން ތާއަބަދު ތިބެވޭނެބާ؟؟؟
  މާތް ﷲގެ ވަގިފުޅާއެކު 2023 ޕީ.ޕީ.އެމްގެ ކޯލިޝަނުން ކާމިޔާބުކުރާނެކަން ޔަގީން.

  26
  4
 29. ޖޭމޭ

  ތިހަތް ތަރީގެ ތަނެއްގަ ނުބޭވިގެންް ތިއަންނިގެ ވަކީލު ބައިގަނޑު ބޭރުން އަމާ ކުލޫނީ ގެނެސް ހޭރި ސަރުކާރުގަ އާދޭސްގަޅާ ހެދީ ކޮބާ އަންނި ކަލޭގެ ލަދު ހަޔަތް. ޔާމީނު ތިއާލާތުން ބޭއްވިތަނެއްގަ އޮންނާނެ. ވާއެއްޗެއްވަންދެން. އަންނިއެއްނޫންއެއީ .

  17
  3
 30. ހހހހ

  ޝައިތާނުބައެއް ވެރިކަމުގައި މިތިބީ. ﷲ ގެ ރަހުމަތުން ދާދިއަވަހަށް މިވެރިކަން ނިމިގެންދާނެ. ﷲ ގެ ނަސްރު ލިބޭނީ ޙައްގަށް ނަސްރުދޭ ބަޔަކަށް. މިސަރުކާރުވީއްދަވާ ނެތިކުރައްވާނދޭވެ. އާމީން.

  20
  7
 31. ހޫދު

  މިއަދު އިބޫ ސޯލިހު ރައީސް އޮފީހުގަ. ވެރިކަމުން ފޭބުމާ އެކު ގޮޅިއަށް. މިއީ މިގައުމިގެ އާއްމު އުސޫލު. އަހަރެމެންގެ ދުސްތޫރު. ވެރިއަކަށްވެއްޖެއްޔާ ޖެހޭނީ ހަމަ ކުޑަގޮޅީގަ އޮންނަން.

  16
  3
 32. ސަމީރު

  އެމަނިކުފާނުގެ ވެރިކަމުގަ އެކިއެކި ކުއްތައް ކޮށްގެން ޖަލަށް ދިގުމުއްދަތަކަށް ހުކުމްކުރި ސިޔާސީ އެކިއެކި މީހުންވެސް ޖަލިގަ ބެހެއްޓީ ފެންވަރު ރަނގަޅު ގޮޅިތަކުގަ. އެމަކުފާނަށް މިކަމުގައި އިހާނެތި ގޮތް ހަދާ މީހުން އަދި ވިސްނަންވާމެ ކަލޭމެންނަށް އިންސާފު އަރާހަމަ ކުރާނެ ދުވަހެއް އަންނާނެކަން. އެމަކުފާނި ގައުމަށް ކޮށްދިން ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ބަޔަކު އެމަކުފާނަށް ކިތަންމެ ބޮޑު ގެއުމެއް ދިނުމަށްވެސް ރާވަފާނެ. މާތް ރަސްކަލާނގެ ރައީސް ޔާމީހަށް ރައްކާތެރިކަން މިންވރުމުރައްވާ މިނުލަފާ ޣައްދާރުންގެ ކިބައިން އެމަނިކުފާނު އަވަސް ފުރުސަތެއްގެ ތެރޭގައި ސަލާމަތް ކުރައްވާފާނދޭވެ. އާމިން.

  27
  2
 33. މޮޔަސޮރު

  ރާގޮނޑިރާޖާ ހުންނާނީ ފިނިފެންމާ ލޯންޗްގަ

  6
  10
 34. ޙުސައިން

  ކިހާ ދެރަ ކަމެއް ތީ. ވީއައިޕީ ކުއްވެރިންނެއް ނުތިބޭނެ. ހުރިހާ ކުއްވެރިން ހަމަހަމަ ވާން ޖެހޭނެ. ކުއްވެރިވެ ޖަލައް ގެނައީމަ ޔާމީނެކޭ އައްނި އެކޭ މަށެކޭ ވާންޖެހޭނީ ހަމަހަމަ. ޢަހަރުމެން ދެރަ ނިކަމެތިން މިހާރުވެސް ނިދަނީ ނުލާހިކު ހާލުގަ. ޥެރިން ޢިއްޒަތާ އަރާމުގަ. ޢެހެން ވީމަ ޖަލުގަ ކާލޯން ގޮދަޑީގަ ނިދުމުގެ ހައްޤު ބޮޑީ ދެރަ ނިކަމެތި މީހާއައް.

  11
  11
 35. ބުނަން.....

  ދެން ފަހެ! މީގެކުރީގައި ވަކިބަޔަކަށް ވަކި ޚިދުމަތެއް ދިން ޚަބަރު އަޑުއެހީމު އެއީ ތެދެއްކަމުގައި ވާނަމަ މިފަހަރުވެސް އެ ޚިދުމަތް ހަމަ އެގޮތަށް ދޭން ޖެހޭނެ!

  17
  6
 36. ށުވޭސ

  ތިތަން މާ ބޮޑައް ރަނގަޅު އަދިވެސް ދައްކުރަންވީ މުސާރަ ދިނީމަވެސް ކުރީ ވައްކަން

  8
  14
 37. ރާޅު ބޯއީ

  ތިއައީ ރައީސް ޔާމީނަށް ޖެއްސުން ކުރަން ކުރާ ކަންތައް. މި ސަރުކާރަކީ އިންސާނިއްޔަތު ކަމެއް ނެތް ލާދީނީ ލާއިންސާނީ ބައިގަނޑެއް.

  21
  8
 38. އަފޭ

  ޔާމީން ބަހައްޓަން ޖެހޭނީ ފެންވަރު ރަގަޅު ތަނެއްގައި ސަބަަބަކީ ރާއްޖޭގެ ރައްޔިތުން ނައް ޔާމީން ކޮއްދީފައި ހުރި ތަރައްގީގެ ފެންވަރު ބަލާ ބަ

  20
  9
 39. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

  ފިރުއައުނުވެސް އަނިޔާވެރި ކަންދެމެހެއްޓި މިހާރުވީ ކޮންތާ ކު އަނިޔާވެރިންގެ ނިމުން ﷲހިތި ކުރައްވާނެ ރައީސްޔާމިންއަށް ﷲރަހުމަތާސިފާދެއްވާށި ސޯލިހުއާ ބައިވެރިންގެ އަނިޔާއިން ރައީސްޔާމިންއަށް ނަސުރުދެއްވާށި ޢާމީން

  23
  6
 40. ނައީމް

  ހުކުން ކުރެވުނީކީ ޖެއްސިފައިވާ މައްސަލައައް ކަމުގައި ނުވާތީވެ ހުކުން ބާތިލް

  22
  3
 41. ސޮނިފުހޭ

  ގޮނޑި ދުއްވާ ބޭ ގެޑިމޮކްރަސީ އޮތީ އެލިފަދޯ ހަޖަމެއްނުވި ބުރިޖް މަތިން ދައުރުކުރާ ވިލާ ތަކާ ބީހިލާ ފިނި ވައިރޯޅި އަދި ބްރިޖް ގައި ޖެހިލަާ ރާޅުބަާނި ތަށްވެސް ޔަާމީންގެ ހަދަާން އާކުރަާނެ ދިވެހި ގައުމު ތަރަށްގީގެ އާހަރުފަތަކަށް ފޯރުކޮށްދިން ލާޗާރު ބިޗާރަށް މަގުމަތީގައިއުޅުނު ޒުވާނުންނަށް ޝަރަފްވެރިކަމާއެކު އުޅެންދަސްކޮށްދިން ގެދޮރުވެރި ވެރި ކުރުވާ ވަޒީފާ ޔަގީން ކޮށްދިން މިހަގީގަތް ގޮނޑި ދުއްވާ ބެ އަށް ފޮހެއެއްނުލެވެެެޭނެ

  29
  6
 42. ސައްލި

  އޭނާ ބަންދު ކުރަން ޖެހެނީ ގަނޑުވަރެއްގައިތަ؟

  13
  15
 43. ހުވަން

  ތިކުދިން އަދި އާވާނެ މީޖަޒީރާރާއްޖޭގައި އަހަރެމެން ވެރިކަން ކުރާގޮތަކީ ބަޖެޓް ހުސްވީމާ ބަޖެޓް ފާސްކުރާނީ އަދިވެސް ހުސްވާއިރައް ފާސްކުރާނީ ދެން ރައްޔެތުން އަތުން އިންކަމްޓެކުސް ލިބޭނެއްނު މަމެންތިބޭނީ ޒީރޯޓޮލޮރެންސްގައި މެގަޕުރޮޖެކްޓް ތައް އެބަފެނެއެއްނު ބަދަލުގެގޮތުގައި 2013ހިންގާފަށާފައި ނުނިމި ހުރީ އަދި މިއަހަރު ޕުރޮޖެކްޓުތައް މިނިމެނީ ...

  15
  2
 44. ކަމަނަ

  ދެން ތިޔާބުނަނީ އާދަޔާ ހިލާފު ގޮޅިޔަކައް ބަދަލުކުރާށޭތަ،

  5
  8
 45. ޢެހެންމަ ޖަލެއް މީވެސް

  މިގޭ ފާހާނަވެސް ފްލަޝްއެއް ނުވޭ. އަދި ހޫނުފެނެއްވެސް ނުހުރޭ. ޢެހެންވީމަ މިގެއާ ތަފާތެެއް ނެތެއްނު

  9
  3
 46. ރޮނޑާ

  ވައްކަން ކުރާ މީހުން ބައިތިއް ބަން ޖެހެނީ ފައިވް ސްޓާ ހޮޓަލުގަތަ. ދޭންޖެހެނީ އެއްމެ އާދައިގެ މީހާ ގޭގައި ބޭނުންކުރާ ހިދުމަތް. ފެންވަރާނެ ވަޅެއް. ތިރި ފާހާނާ ތައްޓެއް .ޓޫތުޕޭސްޓް އުރައެެއް ލަކްސް ސައި ބޯންޏެއް. އާދައިގެ ތުވާއްޔެއް . ފެންފުޅި އެއް. ފެން ބޯނެ ތައްޓެއް މޭޒުމަތީފަންކާއެއް. ޓޮއިލެޓް ބްރަޝް އެެއް .ތަޅުން ފުހާ ނެ ބުރުހެއް. ހަފްތާކު އެއްދުވަހު ކުއްވެރިޔާ އުޅޭތަން އިންސްޕެކްޓްކުރަން އޮފިޝަލަކު ޒިޔާރަތްކުރަންވާނެ. ސާފުނުކޮއްހުރިނަމަ ކުއްވެރިޔާ ލައްވާ ތަންސާފުކުރުވަންވާނެ.... ހުކުމް ތަންފީޒު ކޮއްނިމޭއިރު މަސްމާރުކޭޓް ސަރަހައްދުގައި އެހެންމީހުންނާއި އެކު އުޅެވޭވަރައް ކައުންސެލިންދޭންވާނެ
  . ޖަލައްލަނީ އިސްލާހު ކުރަން
  ޖަލުން ނިކުމެގެން އަންނަ އިރު މިސްކިތެއްގެ މުދިންކަން ކުރެވޭވަރު ކޮއްދޭންވާނެ..
  އޭސީގައި ނިންދެވި އަކަސް މީހާ މީހަކައް ނުވާނެ .ޖަމީލަކައްނޭގޭނެ ވަގުން އިސްލާހުކޮއް މައުސޫމު މީހަކައް ހަދާނެ ގޮތެއް.

  9
  13
 47. ދޮންފަޅޯ

  33 ބިލިޔަނާ ސަޕްލިމެންޓްރީ ބަޖެޓާ ކައި ހުސްކުރި މީހުންވެސް ގޮޅި ޔަގީން ވާދުވަސް މަޖާ ވާނެތާ......

  15
  4
 48. މުހައްމަދު

  ބައިތިއްބާ މާގިނަދުވަހެއް ނުވެ މި އަނިޔާވެރި ވެރިކަން
  ނިމިދާނެ! ގަޑީގެ ކަށި އެވަގުތާއި ހަމައަށް ނާރަނީއެވެ.
  އެހެން ނަމަވެސް ކަށި އެބަ ހިނގައެވެ. ސާޢަތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ޔަޤީންވާކަމަކީ
  އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމުގައި ދެންް މާގިނަ
  ދުވަހެއް ނުވާނެކަމެވެ. އިންޝާ ﷲ

  15
  5
 49. އާދައިގެ މީހާ

  އާދައިގެ މީހާ އެގޮޅިއައްލާން އޯކޭ،..؟؟

  11
  2
 50. ރޮނޑާ

  ދެރަވެސްވޭ އެކަމަކު ފުއްޕާފަ އެހެންމީހުން ޖަލައް ލައިގެން އުޅުނު އިރު އުޅުނު ގޮތް ހިތައްއަރާފަ ހިނި އާދޭ. މީހުންބުނެ އުޅޭނުން މީހުންންނައް އަނިޔާދީފަ ހަމަޖެހި ލައިގެން އަބަދަކު ނޫޅެވޭނެއޭ. މީހުންގެ ބަދު ދުއާ ޖެހުނީ. ކުރާނެ ކަމެއްނެތް ދެންވެސް މައިތިރި ވެގެން ފަސްއަހަރުވަންދެން ޖަލުގަ އޮވޭ. ބޮނޑިބަތް ޖަމީލު، އަދުރޭ އަނގަ އަރުވާނެ. .ވާނެކަމެއްނެތް. ބޭރު ގައުމަކުން ބަޔާނެއްވެސް ނުނެރޭނެ. އުޅުނީކީ މަމެންގެ ތާއީދު ހޯދާކައްނޫން. އުޅެގަތީ ފަސްއަހަރު ތެރޭ ހަޒާނާ ހުސްކުރެވޭތޯ. ނަޝީދު ޖަލައްލީމަ އޮންނާނީ ކުޅި ދައްކާފަ. މާލެ އޮންނާނީ ކުޑަ ކޮއްފައި. އޭނަވެސް ވައްކަން ކުރިނަމަ ތާއީދެއްނުކުރާނަން. .މަމެންތާއީދު ކުރަނީ މަމެންގެ ހައްގުގައި މަސައްކަތް ކުރާމީހުންނައް.

  7
  13
 51. ލަކީ

  ބައްލަވާ ޖަމީލު ޖަލުގަ ހޫނުފެނާ ހުރިހާ ހިދުމަތެއް ހުރީމަ ކިހިނެއްތޯ ޖަލަކަށް ވަނީ އަދި ޕީއެޗްޑީ ނެގިޔެސް ވިސް ނުން ވަރައް ދައް

  9
  8
 52. ކޮބާކަލޭ

  މިސަރުކާރަކައް ކުޑަމިނުން ނުހެދުނު ހަނޑަސްބުރިއެއްވެސް އަދި ލަދުކުޑަކަމުން އަނގައަރުވައރއްނޫން މުޅިޤައުމު ބުނާކޮއްދެއްވީ ރ ޔާމީނު،،

  13
  4
 53. ޒަބީބު

  ދެން ޔާމީން ބަހައްޓަން ޖެހެނީ މުލީއާގޭގަތަ؟ މުޖުރިމުން ތިބެންޖެހެނީ ޖަލުގެ ގޮޅީގަ. ބާރު އޮތް ދުވަހު ޔާމީން ގެ އަމުރަށް ކިތައް މައުސޫމް މިހުން ކުށަކާއި ނުލައި ޖަލު ގޮޅީގައި ބޭތިއްބިތަ. އެމީހުންގެ އަބިންނާއި ފިރިންނާއި ދަރިން ރުއި ރުއިމާއި ކުރި ހިތާމަ ކޮބާ. ގޮޅީގައި ހުރުމުގެ އެކަނިވެރިކަމާއި ހިތްދަތިކަން މިހާރު ޔާމީން އަށް ވެސް އަމބިކަމބަލުންނަށް ވެސް އިހްސާސް ކުރެވޭނެ ކަންނޭގޭ!

  9
  11
 54. ކައްޕި

  ކަލޯ ރޮޑާ! ރ.ޔާމީން ވަށްކަންކުރިތަނެއް ބުނެދީބަލަ، މިހާރުގެ މައްސަލައަކީ މީހަކު ރައީށް ޔާމީނަށް ލަނޑުދިނުމަށް އެކައުންޓަށް ފައިސާޖަމާކުރީ. އެމްއެމްޕީއާރުސީގެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރާކަށް ބްރޯގާތަކު ނޭދެ އެދުނީ އެމަނިކުފާނުގެ ކެމްޕެއިނަށް އެކިފަރާތްތަކުން ދީފައިވާ ފައިސާ ޖަމާކުރުމަށް. އެމްއެމްޕީއާރުސީގެ ފައިސާ ޖަމާވި މީހުން މަހުލޫފަކީވެސް ދެންވެސް އެމްޑީޕީގެ ބޮޑުން ކީއްވެ ނުބެލުނި އެއެންމެންގެ އެކައުންޓަށް ވަތްފައިސާ ވަނީ އެމީހުން ބޭނުންކޮށްފައި އެމީހުން ވަގުންނަށް ނުވާއިރު ރ. ޔާން ވަގަކަށްވީ ގޮތް ރޮނޑު ބުނެދީބަލަ ތިހެން ގަލުން ފެހިކާން އޮވެފައި އެއްޗެއްބުންޏަސް ކަމަކުނުދާނެ ރޮނޑާ.

  14
  5
 55. އައިސް

  ރައީސްޔާމީން ވެރިގައި މައުމޫން އާއި އަންނި ޖަލަށްލާފަ ބެހެއްޓީ ގަނޑުވަރުތެރޭރސްގެފާނުންތިބޭ ފެންވަރުގައި އެއީ އަނިޔާވެރިކަން ޤައުމަށް ގިނަގުނަ ހިދުމަތްތަކެއް ގެނެސް ދެއްވިތެދުވެރިރޔާމީން ނުހައްގުން ޖަލަށްލާފަ ހުންނެވީ އެމަނިކުފާ ނާއިއެކަށީގެންނުވާގޮޅި އެއްގައެވެ.އެއީ އޯގާތެރިކަމެވެ. ތިވެދިން އޯގާތެރިކަން މިސަރުކާރާއިމިވެރިކަން ގެންނަންއެކިގޮތްގޮތަށް ފައިސާއިން ވަކަން ކުރިމީނާއި ވޯޓުކަރުަ ދާސްއޮޅުވާލާ ނައްތާލި މީހުނާއި ކަޅުފޮށިގެން ގުޅުނުމީހުނާއި ދެހަނދުކޭތަ ގެނައި މީހުނާއި ފަނޑި ޔާރު ވަގައްނެގިމީހުނާއި އިލެކްޝަންގެ ފަސްމާމުލުފަސްވަގުންނާއި ހިބަރުވަދަށް ދިޔަމީހުނާއި މިހުރިހާ ކަންތަކުގައިބައިވެރިވި މަހުޖަނުްނާއި ރޔާމީން ނުހައްގުންޖަލައްލުމައް ޓަކާކުރަންނުޖެހޭ ޝަރިޔަތެއްކޮއް ސާބިތުނުވާހުކުމެއް އިއްވި ފަސްފަނޑިޔާ ރުނާއި ރޔާމީންެއަށް ވަގަށްގޮވަމުން ތިހުރިހާމީހުން ވައް ކަންކުރަމުން ވަގުފަ އިސާކަމުންބޮމުންލަމުން ރޔާމީން ބޮލުގައިވަގު ބަދުނާމްއަޅުވާފައި ޖަލުގެއާދައިގެ ގޮޅި ޔަކަށްތިއެއްލާލީދުވަހަ ކުވެސްނުލިބޭނެ ފަދައަގުހުރި ޖަވާހިރެތް ހަދާންކުރާތިކުނިގޮނޑަކަށްއެއްލާލާފައޮތަސް ޖަވާހިރެތްވާނީ ހަމަޖަވާޖަވާހިރަކަށް އޭގެއަގަކަށް އެއްވެސް ބަދަލެތްނާންނާނެ ކަން ހަނދާކުރާތި މިއަދުގެ ސަރުކާރުން ރޔާމީން އައްނުދޭ އޯގާތެރިމެއް ހޯދަންކަލޭމެން ނާންނާތި މިއަދު ރޔާމީންއައް ނުހަގުން ތިކުރާއަނިޔާހަނދާން ކުރާ ކޮންމެކަމަކައް ވެސްނިމުންއަންނާނެ ކަންހަނދާން ކުރާތި އަސްލުވަގުންމިސަރު ކާރުބަދަލުވާއިރަށް ރާއްޖެދޫކޮއް ފިލަން ދުވާނެ ރޔާމީންއަކީ ބިރުން ކޯޓަށް ފިލަން ދާނެވެރިޔެއްނޫން އެއަށް ވުރެ މާގަޓު ހުނާނެ ހުކުންތަން ފީޒުކުރުމައް ޓަކާ ޖަލުގަވެސް އޮންނަން ކެރޭނެހަމަ އެކަނި ވެރިޔަކީ ރޔާމޭން އެންމެމަތިވެރި ވެގެން ވާރަސްކަލާކޮރޔާމީން އަށް ހިތްވރާއި ކެތްތެރިކަން ދެއްވާށިއާމީން

  13
  4
 56. Anonymous

  ރައްޔިތުން މިރޭ އަރާމުގައި އެމީހެއްގެ އަމިއްލަ ކޮޓަރީގައި ނިދާ އިރު އިހުސާސެއް ނުކުރެވޭނެ ގައުމުގެ މިނިވަންކަން ކަށަވަރުކޮށްދެއްވާ ގައުމު ބިނާ ކުރެއްވީ މި ގައުމުގައި ވެރިކަން ކުރެއްވި ބޭފުަޅުންގެ މިންނެތް މަސައްކަތްޕުޅުން ކަމެއް. އަޅުގަނޑުމެން ތެރޭ ސިޔާސީ ކަންތައްތައް އާންމުވި ފަހުން އެކަކު ކުއްވެރިއެއްގެ ގޮތުގައި ދެކޭ މީހާ އަކީ ދެން ތިބި މީހުންގެ ބަތަލެއް. ޖަލުގެ ހުކުމް ކުރެވުނު ދެވެރިން އެއީ ރައީސް ނަޝީދާއި ރައީސް ޔާމިން. މި ދެވެރިންނަށް ހުކުމް ކުރީ އިންސާފުންތޯ ނޫންތޯ އެއީ އެހެން ވާހަކައެއް. ދެ ޕާޓީގެ ރައްޔިތުން ދެކޭނީ ދެގޮތަށް. ރައީސް ނަޝީދު ޖަލުގެ ހުކުމް ފުރިހަމަ ކުރެއްވީ އާދައިގެ ޖަލަކު ނޫން. ކޮޓަރިއެއްގަ. އާލަސްކަންފުޅުގައި އުޅުއްވުމުން ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު ވެސް ލިބިލެއްވި. ރައީސް ޔާމީން ވެސް ޖަލުގެ ހުކުމް ފުރިހަމަ ކުރައްވަން ރަނގަޅު އިންތިޒާމެއް އޮންނަންޖެހޭ. ވެރިކަން ކުރެއްވި ބޭފުޅަކަށްވާތީ.

  14
  3
 57. ނަރެލް

  ހިނގާބަލަ ޝެވަލް ބްލޭންކް ރަންދެލިން ކޮޓަރިއެއް ލިބޭތޯ ބަލަމާ އޭރުން އެތާއުޅޭ ކުދިންނަށް ސާވިސްޗާޖްގެގޮތުގަ ފަސްމިލިއަން ދީގެން އާރެކޯޑެއްވެސް ހެދޭނެއްނު

  5
  3
 58. ލޮލްގެ ..

  ބުނަން ލޮލްއެއްކަމަކު ބުނަން ޔާމީނަށް ދައުވާ ކުރީ އެހެން މައްސަލައެއްގައި ޙުކުމްއިއްވީ އެހެން މައްސަލައަކަށް އަދިވެސް ޖަލުގައި އޮންނަންވީ ޔާމީނުތަ؟ ތީއަޖައިބެއް ނަހައްގުން ދައުވާ ކުރާކަން ލޮލްއަށްވެސް އެނގޭނެދޯ މިއީ މުސްލު ޤައުމެކޭ ލޮލް މާފުއްޕާނެ ކަމެއްނެތް މިސްރުކާރަކު އިންސާފުގެ ކުޑިކޮޅެއްވެސްނެތް

  9
  4
 59. ބޯކިބާ

  އެބުނާހެން، އެވަރުގެ ޖަރީމާއެއް ހިންގިމީހަކު އާދައިގެ ގޮޅިއަކަށް ލައިގެން ނުވާނެ.

  6
  8
 60. އަލްޖިބްރާ

  ތިކަލޭގެ ބަހައްޓާފަހުރި ގޮޅި އަދިވެސް ކުޑަކުރޭ ! ބޮޑުވަގު !

  8
  10
 61. މި ރައީސް

  މި ރައީސް ކިތައްމެ ކުޑަގޮޅިޔަކަށްލިޔަސް ރައްޔިތުންނަށްޓަޖައި ފުރިހަމަ ހިދުމަތްތަކެއް ކޮއްދިބް. އަގަރެން މާލެ ދާއިރު އަބަދުވެސް އެމަނިކުފާނަށް ޝުކުރުކުރަން. ހިކުމަތްތެރިވެރިއެއް. ﷲ ގެ މިންވަރުފުޅުން ވަރަށްއަވަހަށް އެބައިމީހުންގެ ނުބައިކަމުން ފިވެހިން މިނިވަންކޮއްދެއްވާނެ

  9
  3
  • ބުރަނދަ

   ވަގުންނަށް ހީވާނީ އެހެންމީހުންވެސް އެއ އީ ވަގުންކަމުގަ. މިރޭގެ މިވަގުތުވެސްވަ އްކަމެ އް ނުކުރެވުނީމަ ހިތްހަމަޖަ އްސާލަން ވަގަ އްގޮވާލީދޯ؟ ޚޚޚކެކެކް.

 62. އަސޭލާ

  ކަ އްޕި އަކަށް ނޭގޭ އެކަ އްޗެ އް.މަށަށް ނޭގި މަގޭ އެކަ އުންޓަށް މިލި އަނުން ޑޮލަރ ޖަމާ ކުރާނެތަ؟ އޭނާ އެހެން މީހުންނަށް ދިން އަނިޔާ ކަ އްޕި އަކަށް ނޭގޭތަ؟ ޖަމީލު އެ އުޅެނީ ޔާމީނަށް ހެޔޮ އެދިގެނެ އް ނޫން.

  4
  2
 63. ރޮނޑާ

  ކުދިންނޭ. ޔާމީނަކީ ބުރިޖް ހޮސްޕިޓަލް ފަދަ މެގަރ ޕްރެޖެކް ހިންގޭވަރުގެ މީހެއްނޫން. ބްރިޖް ޕްލޭންކުރީ އަންނި. މަސައްކަތްކުރީ ޗައިނާމީހުން ފައިސާދެއްކީ އަހަރުމެންގެ ފައިސާ. ވ ޔާމީން ގެ ވެރިކަމުގަ މަސައްކަތްފެޝުނީ. ދެބުރިޖު ހަދާނެ ފައިސާ ކައްވާލި.

  14
  8
  • Anonymous

   ހާދަމަ އުލޫމާތު މުއްސަންޖޭ. ހާދަހާވާމޮޅޭ. ކަލެ އަށް ކިހާވރެއްލިބުނުތަ؟ ހަމަ ހިނި އަންނަނީ. ރ ޔާމީން ޒިންދާބާދް.

 64. ހހހހ

  ރައްޔިތުން ނަކީ މިސަރުކާރު ޖަހާހާ ސަކަރާތެއް ބަލާނެ ބައެއްނޫން. ގަޅުހައްދާނަމޭ ހިޔާ ނޫޅޭތި. ދޮގު ނޫން އެއްޗެއް އެހެރަނުބައި ސޯލިހުގެ އަނގައިން ނުނުކުމޭ. މުނާފިގު ކަލޭގެ ގާސިމް ދެން ހުންނާނީ. އަނބިމީހާ އެހެން ފިރިހެނުންނާ ދޭނީ ދައްޔޫދުން. ލިބޭހާ ފައިސާ މަކުނަށް އުކަނީ ބޭނުންވާ އެތި މަކުނުތައް އެއްލާނެތީ.

 65. ޙުނު

  ފަ އިވުސްޓާ ހޮޓަލެ ރަގަޅު ތޯ ހަހަހަ...

 66. އައިސާ

  ޔާމީނުގެ އަމުރަށް، ހަމަ ތިއަށްވުރެންވެސް ސަހަލު ތަނެއްގައި ނުން މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ ޖަލުގައި ބެހެއްޓީ. ރައީސް ސޯލިހު ދޫނިދޫގައި ބެހެއްޓި ގޮޅީގައި ހުރީ އޮށޯންނަން ސިމެންތި އަށްޓެއް، ކަރަންޓެއް ނެތް، އެހެންކަމުން ބޮކި، ފަންކާ ނެތް! ދުވާލުގައި ގަދަ އަވި ގައަށް އަރާ،އިރު ފަންކާ ނުޖަހާ، ރޭގަނޑުގައި ކަނު އަނދިރީގައި އޮންނައިރު ބޮތްކެއް ނެތް، ފާހާނާގައި ފެންވަރާ އިސްކުރު ފިޔަވައި އިތުރު އިސްކުރެއް ނެތް!.ފްލަޝް ޓޭންކް ހަލާކުވެފައި. ބޯން ހުރީ ފާހާނާއިން ނަގާ ފެން. މަދިރި ކޮއްޓެއް!. ހާޓް ޕޭޝަންޓަކަށްވާތީ ކޮންމެ ދުވަހަކު ނަންގަވަން ޖެހޭ ބޭސް، އާއިލާއިން ފޮނުވީމާވެސް އަތަށް ނުދީ ހުރީ. މިހާލުގައި ރައީސް ސޯލިހު ބާއްވާފައި، މިއަދު ރައީސް އަރިހަށް ޖަލުގައި ހުރިކަންކަމޭ ކިޔާފައިި ދާން ލަދު ނުގަނޭތަ؟ މިދިޔަ އަހަރު، ޖަލަށްލި އެންމެންވެސް ބޭތިއްބީ މިފަދަ ގޮޅިތަކުގައި. އެއިރު ކޮބާ ޖަމީލުގެ އަނގަ؟

 67. ތިޔަ ދިޔައީ

  ވަރަށް ގިނަ އިން (ފޭރިގަތް) ޕޕ ކުދިންކިޔާނެ
  ބުރިޖޭ ފުރިޖޭ ........
  ބަލަ އެއ ބުރިޖަކަސް ފިރިޖަކަސް އެ އީ ރަށްޔިތުންގެ
  ފަ އިސާ އިންކަން އެ މެނަށް ވެސް އެބައނގޭ
  އަދި 4ބުރިޖުގެ ޚަރަދު 1ބުރިޖަށް ޖީބު އާ އި އަނޑަރ
  ހިސާބުވެސް ފުރާ ލާފަ ހުރިކަން އެއ އްމެނަށްވެސް
  އއެނގޭ އެކަމު ފޭރިގަތް ޕޕ ކުދިން ޤަބޫލުނުކުރަނީ

 68. ހަލާލު ފައިސާ

  ބޭނުމީ 1 މިލިއަން ޑޮލަރުގެ ގޮޅިއެއްތަ؟

 69. Anonymous

  އައ އްޗީ... ތިރީންދޫބައިގަނޑު ވެރިކަންވެއްޓުނު ހިސާބުން ފެށިގެން ތެޅުނު ވަ އްތަރުދޯ.؟ ރަށުތެރޭ އާންމު ރަ އްޔިތުންނަ އް މަގުހިނގާ އުޅުމަ އް ނޮފަރުއްޕާނާހަމަ ކުރީ ކޮންބަ އެއްތަ؟ ވަކިވަރަކަށް ގުއުރޯނުގަ ޖެހުނީމަ ތަންކޮޅެ އްހަނދާނުގަ މަ އްސަލަޖެހޭނެ. އެހެންނޫނަސް ސިހުރު ބޮނޑިބަތްގަނޑުކެވުނީމަ ގަޔަ އްރެވުނަސްނޭންގޭނެ.

 70. ކާސިމް

  ދެން އެހެން މީހުން ބަންދު ކޮއްފއި ބައި ތިއްބަނީ 5 ސްޓަރ ހޮޓަލެއްގަތަ

 71. އަހުން

  ވަކަރުގެ ޖާހިލު ސަރުކާރު އަދި އެއްފަހަރު ހިފާހައްޔަރު ކުރާނެ ދިވެހިރައްޔަތުން ދެނެއްނުބުނެވޭނެ 7 ފަހަރު މައިބަދަ ބިނދިއްޖެއޭ. ވަގަކަށް ހާސްދުވަސް ވެރިޔަކަށް 2 ދުވަސް.

 72. މަޖުބޫރީހާލަތް

  ދެންމަހާ ޖަ އްރާފުގެ ވީލް ހައ އުސްގަ ބަހަ އްޓާ

 73. ކަޅު ހުއްތް

  ކޮބާތޯ މައްސަލައަކީ، ދިވެހި ރަތްޔިތުންގެ ލާރިގަނޑު ކާލީމަވެސް އޭސީ ކޮޓަރިއަށްތޯ ލާންވީ.

 74. ކަމަނަ

  ތިޔަ ޖަލޭ... ގަނޑުވަރެއް ނޫނޭ ..

 75. އާމިރު

  ޖަލުގަ ތިބޭ އެހެންމީހުން ގެ ހާޅު ޔާމިން ވެރިކަމުގައި ޔާމިން ބެލިތަ ނުބަލާ،ނޫނީ ގަނޑު ވަރު ތަކެއްގަ ތަ އޭރުގަ ޖަޅުގަ ތިބި މީހުން ތިބީ ، ހަމަ ތި ގޮޅި ތަކުގަ ،،، ނުޖެހޭ ޔާމިން ވީމަ ގޭގަ ނޫނީ ގަނޑުވަރެއް ގަ ބަހައްޓާން. ރަގަޅު ނުވިސް ނޭތަ ކިތައްމެ މުއްްސަނދި މީހަކަސް ، ފަގީރު މީިހަކަސް މަރުވީމަ ދަނީ ކޮންތާކަށް ފަސްގަނޑު ދަށައް ދޯ..ވީ އިރު ނުޖެހޭ ވެރިޔަކަސް ، ނިކަމެތިމީހާ ވެސް ތަަފާތު ކުރާކަށް ޖަޅުގަ ވިޔަސް...އޮވޭ ތިތަނުގަ ބޮޑާ ނުވެ...

 76. ޙުސެން

  ޔާމީން އަކަސް އާދައިގެ މީހެއް ވިއަސް ޖަލުހުކުމެއް ގައަމަލު ކުރަން ޖެހޭނީ އެއް އުސޫލުް ވަކި ޔާމީނައްވީމަ 7 ސްޓަރ ރިސޯޓަކުން ހިދުމަތް ދޭކަށް ނުޖެހޭ.

 77. ޔާމީން

  އުމަރުގެފާނު ވިދާޅުވެފައިވެއެވެ. ތިބާ ކަންތައް ކުރި ގޮތަކަށް ތިބާއާ މެދު ކަންތައް ކުރެވޭނެއެވެ.