މީހަކަށް އަނިޔާއެއް ދީފައި ނުވަތަ ޚިޔާނާތްތެރިވެފައި އުފަލާއި އަރާމާއި ހިތްހަމަޖެހުމުގައި ނޫޅެވޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރަން އިމާދުއްދީން ސްކޫލުގައި މިރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ މީހަކަށް ކުރާ އަނިޔާއެއްގެ ނަތީޖާ، ﷲ މިންވަރު ކުރައްވައިފި ނަމަ ދުނިޔެމަތީގައި ވެސް ފެނުމަކީ ދުނިޔެ ދައްކަމުން އަންނަ ހަގީގަތެއް ކަމަށާއި ޔަގީނުން ވެސް އާޚިރަތުގައި އެކަމުގެ އުގޫބާތާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

"އަދި އެއްވެސް މަގާމެއްގައި ތާއަބަދު ތިމާއަށް ނުހުރެވޭނެކަން ގަބޫލުކޮށް ނުރަނގަޅު އަމަލުތަކުން ދުރުހެލިވުމަށް. އަޅުގަނޑުމެން ފަހަރެއްގައި ވެސް ހިތަށް އަރުވައިގެން ނުވާނެ މީހަކަށް އަނިޔާއެއް ދީފައި ނުވަތަ ޚިޔާނާތްތެރިވެފައި ތިމާއަށް އުފަލާ އަރާމާއި ހިތްހަމަޖެހުމުގައި އުޅެވޭނެ ކަަމަށް،" ނައިބު ރައީސް ފައިސަލް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރާ އިރު ހަނދާން ކުރަންވީ އިސްލާމްދީން ގެނެސްދިން ބޮޑެތި ބަދަލުތައް މަތިން ކަމަށާއި އެބަދަލަކީ ކޮންމެ ކަމެއްގެ ވެސް އެންމެ ރަނގަޅު ގޮތް އިހުތިޔާރު ކުރުން ކަމަށެވެ.

"ނުބައި ނުރަނގަޅު ކަންކަމުން ދުރުހެލިވުން، އެކަކު އަނެކަކުގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި މުޅި މުޖުތަމައުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމްކޮށް އިޖުތިމާއީ ފޭރާން ވަރުގަދަ ކުރުން،" ފައިސަލް ވިދާޅުވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ތާރީޚަށް ބަލާއިރު ދިވެހިންގެ ގިނަ ކަންކަން ދުވަހުން ދުވަހަށް އަހަރުން އަހަރަށް އެކި ގޮތްގޮތަށް ބަދަލުވެފައި ވީނަމަވެސް ބަދަލުނުކޮށް، އަދި ދުވަހަކުވެސް ބަދަލުކުރަން ބޭނުންނުވާނެ ކަމަކީ ދިވެހިން ޤަބޫލުކޮށްގެން ތިބި އިސްލާމް ދީންކަން ފާހަގަކުރެއްވިއެވެ. އަދި އެއީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ދެއްވި، ނިޢުމަތްތަކުގެ ތެރެއިން، އެންމެ މަތިވެރި އަދި އެންމެ އަގުބޮޑު ނިޢުމަތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މިރާއްޖެ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި، އެކަލާނގެ ލެއްވުން އެއީ ދިވެހިންނަށް ވަކިން ޚާއްޞަ އުފަލެއް ލިބިގެންދާކަމެއްކަންވެސް ނައިބު ރައީސް ފަހަގަ ކުރެއްވެވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހިންނަށް ލިބިފައިވާ މި ނިޢުމަތާ ވަކިކުރުމަށް، ތަފާތު އެތައް މަސައްކަތްތަކެއް، އެކި ގޮތްގޮތުން ކުރަމުންދާ ކަން، ފާހަގަކުރެއްވިއެވެ. އެގޮތުން އެއް ބަޔަކު މަސައްކަތް ކުރަނީ، އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ކަންތައްތަކެއް، ދީނުގެ ކަންކަމުގައި ހަދައިގެން، މި މަތިވެރި ދީނުގެ ސިފަ ހުތުރުކުރުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އިސްލާމް ދީނުގެ ނަމުގައި، މީހުން މަރައި، މީހުންގެ މުދާ ފޭރި، ކުޑަކުދިންގެ ޢިއްފަތްތެރިކަން ނަގައިލުމުގެ ޢަމަލުތަކެއް، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ކުރާކަމާއި އަދި އެފަދަ ކަންކަމަށް ހިތްވަރުދީ ވާހަކަދައްކާ ބަޔަކުވެސް އުޅޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އިސްލާމުދީނުގައި ކަން އޮތީ އެހެންނޫންކަން ފާހަގަކުރައްވައި އިސްލާމު ދީނަކީ މީހުންނަށް އޯގާތެރިވެ ހަމްދަރުދީވުމަށް، އަދި ކުޑަކުދިންނާއި ދުވަސްވީމީހުންގެ ޙައްޤުތަކާއި ކަރާމާތްތެރިކަން ރައްކާތެރިކުރުމަށް، އެންމެބޮޑަށް ބާރުއަޅާ ޢަޤީދާ އަދި ދީންކަން ނައިބު ރައީސް ފާހަގަ ކުރެއްވެވިއެވެ.

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރަން މިރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މަައުމޫނު އަބްދުލް ގައްޔޫމާއި ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. Anonymous

    ހާދަ ލޯބިވާ ނައިބު ރައީސެކޭ. އެކަމަކު މިއަދު މިމޭރުމުން ވާހަކަފުޅު ދެއްކެވީމާ ލަދުގަނެ ދެރަވެއްޖެ. ލާދީނީ ރިޕޯޓް ނެރުނީމާ އެކަމާއެއްޗެއް ވިދާޅުވާން ނުކެރި ހުރެފަ ތިޔަ ވިދާޅުވާ ލަވަ ކަމަކު ނުދޭ

    99
    1
    • ރީލޯޑުވަޒީރު

      ލައްބަ ނައިބޭ. ތިމާމީހާ ނިސްބަތްވާ ސަރުކާރުގެ އަނިޔާވެރިކަމުގަ ޝާމިލުވެގެން ތިހުންނަނީ. ތިއަނިޔާވެރިކަން ނިމޭއިރެއް އަންނާނެ

      80
      • އާދޭހެވެ

        ކަލޭމެން ލާދީނީ ދޮގު ރިޕޯޓް ނެރެގެން މީހުންނަށް ތިކުރާ އަނިޔާ ފެންނާނީ ވ ހިތިކޮށް ކަން މިހާރުވެސް ފެންނަ ކަހަލަ. އެ އަނިޔާ ލިބޭ މުއުމިނުންގެ ދުޢާ އެއްވެސް ޝައްކެއް ނެތި ކަލޭމެންނަށް ޖެހޭނެ. އަނިޔާ ލިބިގެންވާ މުއުމިނާގެ ދުއާ އަކީ ކިހާވަރެއް ހުރި އެއްޗެއްކަން ކަލޭމެން ތިގެން ގުޅޭ މުނާފިގު ސޭކަށް ވެސް އެނގޭނެ. އެއީ ނިއުކްލިޔާ ބޮމެއް ފަދަ ދުއާއެއް ސަބަބަކީ އަނިޔާގަ ވާ މުއުމިން އަޅާގެ ދުޢާ އަކީ ވަގުތުން އިޖާބަ ކުރައްވާނެ ދުއާއެއް ކަމަށް ޖުމްހޫރު އިލްމުވެރިން ހަދީސްގެ އަލީގައި ވިދާޅުވޭ.

  2. ނަގޫރޯޅި

    ތި ކަން ހަނދާން ހުރުން ރަނގަޅު، ސަބަބު ބައިވަރު. އަދި އަނިޔާއެއް ނުލިބޭނީސް އަނިޔާ ލިބުނު ކަމައް ހެދި މީހެއްގެ ބޮލުގަ ދޮގު އިލްޒާމް އަޅުވާ ނަފްރަތު އުފެއްދިމީހާގެ ކަންތައްވެސް ހިމެނެ. އަދި ދީނައް ފުރައްސާރަ ކުރާ މީހުނައް ހިމާޔަތްދީ ރައްޔިތުން މާލިއްޔަތުން ފައިސާއިން އެފަދަ މީހުނައް މުސާރައާއި އިނާޔަތްދީ އެމީހުންގެ ބަސްއަހައިގެން އެމީހުންބުނާގޮތައް ކަންކަން ފަހިކޮއްދޭ ވެރިންގެ މައްސަލަވެސް ބެލޭނެ. އަދި ދެއިރު ދެދަޅަޔައް ދެގޮތައް އެއްއަނގައިން ޖަވާބުދޭ ދީނީ އިލްމުވެރިންގެ ކަންތައްވެސް ބެލޭނެ. މީ ހައްތަހާވެސް ކޮންމެވެސް ދުވަހަކުން ބެލޭނެ ކަންކަން.

    74
  3. ހިސެން

    ދީނުގެ ވާހަކަ ދައްކާއިރު މިސަރުކާރުން މުޅިންވެސް ދެއްކެނީ ހަރުކަށި ފިކުރުގެ މީހުން ކުރާކަންތަކުގެ ވާހަކަ. ދީނައް ފުރައްސާރަކޮއް ދީނުގަ ކަނޑައެޅިފަ ހުރި ކަންކަމާ ފާޅުގަ ދެކޮޅުހަދާ އެއީ ބޯދާ ވިސްނުމެއްކަމައް ދައްކާ އެކަން ފަތުރާ އަދި އެކަމައް ހިއްވަރުދޭ ބަޔެއްގެ ސަބަބުން ވާގޮތްތަކުގެ ވާހަކަ މިސަރުކާރުން ދައްކަން ފަސްޖެހެނީ ލާދީނީ ފިކުރުގެ މީހުން ހިތްހަމަނުހެހޭތީ. އެކަމު އެކަން ކުރާ އަދި އެކަމައް ހިއްވަރުދޭ މީހުންގެ ކަންތައް ވެސް ކޮންމެސް ދުވަހަކުން ބެލޭނެ.

    58
    2
  4. ނޮޅިފިސް

    މިރާއްޖޭގެ މާލިއްޔާ ބޭނުންގޮތަކަށް ބަހާލުމަކީވެސް ހިޔާނާތުގެ ޢަމަލެއް ނޫންތޯ؟؟؟ އަނިޔާވެރިކަން އަދި ބަދަލު ހިފުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްތޯ؟؟؟ ސާބަހޭ!!! އުމުރުދުވަހު ތިޔަހެން ބަދަލުހިފަން ތިބެވޭނެބާ؟؟؟

    63
  5. ކިނބޫ

    މީ ކޯޗެކޭ ކިޔާ މީހެއްތަ؟ ކަލޭމެންގެ ލާއިންްސާނީއާ ލާދީނީއަކީ ބެލޭނެ ކަންކަމެއް ނޫނޭތަ ތިކިޔަނީ؟ ވައިސަރިވާ

    54
    2
  6. ދިގު ފަނި

    މި ބޭބެވެސް ހާދަ ރަނގަޅުވާން އުޅޭ

    38
  7. Anonymous

    އެހެންވީމާ ތިޔަނާއިބުރައީސުމެން މިއަދު ރ.ޔާމީނަށް ބޭއިންސާފުން ހުކުމްކޮށް ޖަލުގެ ކުޑަގޮޅިއަކަށްލައިގެން ދެމުންދާ އަނިޔާގެ ހިތިނަތީޖާވެސް ތިމަނިކުފާނުމެންނަށްވެސް ލިބޭނެކަމަށް ގަބޫލުކުރާވާހަކަނޫންތޯ ތިޔަ ވިދާޅުވީ؟؟ އެތައްބަޔަކު ކޮރަޕްޝަންފައިސާ ކާލާފައި އަދި އެކޮރަޕްޝަންގެ އެއްމެ މައިވަގުން ވަގު އަދީބުމެންފަދަ މީހުން އެއްވެސް ކުށެއްނެތްކަމަށް ދޫކޮށްލާފައި ސަދޫމުގެ ޝަރީއަތްހިންގާފަ އެއްމެމީހަކަށް އަނިޔާދީފަ ތިބޭކަލުންނަށް ކިހާދުވަހަކަށް އުފަލުގަ ތިގޮތަށް އުޅެވޭނެކަމަށް ހީކުރެވޭބާ؟؟؟ ﷲގެ ކޯފާ ފޮނުއް ަން ޙައްޤު ބަޔަކަށް ފޮނުއްވަން ފަސްޖެހިވޮޑިގެން ނުވާނެކަން ޝައްކެއްވެސް ނެތެވެ.

    54
    1
  8. ޢަލީ

    ތީ ހަމަ ޔާމީނަށް އެއއއ އްލާ ގާތަ އް. ބަލަ އެމީހުން ޖަލަށްލީ އެމީހުންކުރި ކުށްތަކަށް މިހާރު ތިހެންކިޔަސް އެހެރީ ފެންނަށް، އެކަމަކު މިހާރު ހީވަނީ ނަޢްތާލާނެހެން.

    45
  9. Anonymous

    ސާބަހޭ ފުވައްމުލަކު ނާއިބުކަލޯ، ކަލޯކުރާ ތިޔަނާއިބުވެރިކަމަކީ ހަލާލުވެރިކަމެއްކަމަށް ހަދަންއުޅުނަސް ނަހަލާލު ވެރިކަމެއްވާނީ ނަހަލާލުވެރިކަމަކަށް ދޮތެ؟؟، މަކަރާއި ރިޝްވަތުން އީސީ ގައިތިބި ޢައްދާރުންލައްވައި އެތައް ރައްޔިތުންގެ ހައްގުތަކެއް ނިގުޅައިގަނެގެން ހިންގަމުންދާ ޖަރީމާގެ ހިތިނަތީޖާއާއި މިދުނިޔޭގައިވެސް ކުރިމަތިނުލާ ނުތިބެވޭނެކަންވެސް ގަބޫލުކުރެވޭ ދޮތެ

    42
  10. ނިޒާމު

    ޙހާދަބަސް އަހާކަމައް ހެދިފައޭތިހިރީ ކޮބާތަ ސާބިތުނުވާ ކަމަކައްމީހަކައް ހުކުންކުރުމައްވުރެ ބޮޑުކަމެއްބުނެބަލަ ފައިސަލޫ ސާބަސް ތިމަގާމުގަ ތަ ތާއަބަދައް ހުންނާނަންތަ ދެންކީއްވެބާ ބަޖެޓް ދަވާލާއިރު އަދި ދީނައްފުރައްސާރަ ކުރާ ޓީމު ދިފާއު ކުރަނީ ހީނުކުރާތި ތަ ސަލާމަތުން ހުންނާނެ ކަމަށް ވަރައްސަލާމް

    40
  11. އަސަދު

    ޔާމީނުއަނިދިނީ ކާކަށތަ! މީހާރު ޔާމީނަާށް މިސަރުކާރުން އަނިޔާދީ ޖަލަށްލީ ފައިސާގެ ދޮގުތުހުމަތެއްގައިނޫންތޯ! ދެންތިދައްކަނީ ކޮންވާހަކައެއް! ކިޭނުކިޔޭއެއްޗެއް އިގޭތަ! މިހިރަ ބޯގަޅި ނައިބާ

  12. އަސަރީ

    ޔާމީނު ޖަލަށްލީ މީހަކަށް އަނިޔާއެއްދީގެންތަ! ނޫނީ މަނީ ލޯޑަންރިންގެ މައްސަލައެއްގައިތަ! ހިތުގައިފޮރުވެފައިވާ އެއްޗެތީ ބޭރުވަނީދޯ!އަމިއްލައަށް ބޭޒާރުވާއިރުވެސް ނޭގޭދޯ!

  13. އައްޑޫ މީހާ

    ނުސީދާކޮށް ހަރުކަށި ފިކިރުގެ ވާހަކަ ދެއްކިއިރު ކީއްވެގެންތަ އެމް.ޑީ.އެންގެ ވާހަކަ ނުދެއްކީ ކުަޑަކޮށް އެކަމަށްވެސް އަލި އަޅުވާލިނަމަ ! ނަހަލާލު ވެރިކަމެއް ކުރާތީ ދުނިޔެމތީގައި ފަޟީހަތް ވަމުންދަނީ
    1 ލާދީނީކަން ހާމަވެ ފަޟީހަތް ވެއްޖެ
    2 އަނިޔާވެރިކަން އިންތިހާއަށް އެބަ ފެނޭ
    3 ހިތުހުރިހާ ގޮތަކަށް ޝަރުއީ ހުކުމްތައް ކުރަމުންދަނީ
    4 ވަގައްގޮވި ގޮވުން އަމިއްލައަށް ވައްކަން ކުރާތަން ފެނިގެން އެބަދޭ
    5 ވެރިކަން ކުރަން ނޭގި އުޅޭނެހާ ގޮތަކަށް އުޅޭތަން ފެނިގެންދަނީ
    6 ގައުމަށް ގައްދާރުވި ބޮޑެތި ބާއީންނަށް ހިމާޔަތްދީ ބަޖެޓުން ހަރަދުކުރިތަން
    8 ތިމާމެންގެ ޕާޓީނޫން މީހުން ވަޒީފާއިން ވަކިކޮށް އާއިލާތައް ބިކަކޮށް ރޫޅަމުންދަނީ
    9 ހަސަދައާއި ފިތުނަވެރިކަން ހުރި މިންވަރު ފަޅާއަރަނީ
    10 ޑިމޮކްރަސީއޭ ބުނިމީހުން ވައުދުތަކާއި ހިލާފަށް ދިވެހިރާއްޖޭގެ ގާނޫނުތަކަށް ފާޅުގައި ގޮންޖަހަމުން ދާތަން މިހާރު ފެންނަމުން މިދަނީ މިހާވަރަކަށް ބަޔަކު ފަޟީހަތް ވާނީ ދެންއޮތީ އަނިޔާއެއް ބަޔަކަށްދޭކަން އެނގިހުރެ ތިޔަ ހުންނަނީ މިސަރުކާރުގެ ނައިބު ރައީސްކަމުގައި ކީއްވެ އެކަންކަމާއިމެދު ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަންކަން ނުކުރެވިގެން އުޅެނީ؟ މަކަރުވެރި ހިޔަޅާ އަހަރުމެންނަށް އެނގޭ ކަލޭމެންނަކީ ކޮންބައެއްކަން ބަހާ އަމަލާ ދިމާނުވާނެ އިސްލަމް ކަމޭކިޔާފަ ތަންތަނަށްއަރާ ވާހަކަ ދައްކާއިރު މަނަމަ ލަދުން ނުކެރޭނެ ތަންތަނަށް އަރާ ތިހެން ވާހަކަ ދައްކަންވެސް

  14. ދަންސޫރަ

    ބާރު ކެނޑުނީމަ އެގޭނީ ހިޔާނާތްތެރިވެފަހުރިވަރާ ދޮގުހަދާ އޮޅުވާލާފަހުރިވަރު ބަލަން މިތިބީ ވަރަށް ކަ އިރިން

  15. ޣީހުޓާވރ

    އަދި މިހާތަނަށް ނައިބު ރައީސެއްގެ ދޫފުޅުން ވިދާޅުވެލެއްވި އެންމެ ރަނގަޅު ބަސްފުޅަކީ މިއީ އެއްވެސް މީހަކަށް ދެރައެއް ދީފައި ޚިޔާނާތްތެރިވެފާ ތިމާއަކަށް ވަކި އުފަލެއްގައި ނޫޅެވޭނެ އެއްވެސް މީހަކަށް ތާއަބަދު އެއްމަޤާމެއްގައެއް ނުހުރެވޭނެ ވަރަށް ރަނގަޅު ހެޔޮ ނުބައި ވިސްނިވަޑައިގެން ދެއްކެވި ވާހަކަ ފުޅެއްކަމަށް ޤަބޫލުކުރަންޖެހޭ !

  16. ޙަަރުން

    ބުރިއަށް ބާރު ފަޓުލޫނުލާފަ އުޅޭ މުނާފިގު....މީ ކާކު ނައިބު ރައީސްކަން ކުރަން ...ބުރުމާގެ ނަހަލާލު ޕަޕެޓް

  17. ބުނަން.....

    ވިދާޅުވެވޭތޯ ތިޔަ ބައްލަވަނީ ރަނގަޅު ވާހަކަފުޅެއްކަމަށް ވެދާނެ!
    ނަމަވެސް ރާއްޖެ އިސްލާމްވިދުވަހުގެ މުނާސަބަތާގުޅުވައިގެން ތިޔަފަދަ ބަލާޣާތްތެރި ބަސްފުލުން ރައްޔިތުންނާ މުޚާތަބުކުރެއްވިއިރު، މަޒީގައި އިސްލާމްދީނަށް ދެވުނު އެންމެ ވަރުގަދަ ޢުދުވާނީ ޙަމަލާ ކުށްވެރިކޮށްލަން ކެރިވަޑައިނުގަތުމަކީ ނަފްސުގެ ފޮއްސިކަމެއްތޯ؟ ނޫނީ ތިޔައީ ހަމަ ދައްކަވާލެއްވި ދަޅައެއްތޯ؟ ދެންފަހެ މަނިކުފާނަކީވެސް ހަމަ އޭގެ މީހެއް، ތޯ؟

  18. ގޫބެ

    ކަލޭ ތިހުރީ ޕެރަަޑައިސް ރިސޯޓު އަދި ސަންއައިލެންޑު ރިސޯޓުގެ ހުރިހާ މުއައްޒަފުންނަން އަނިިޔާދީފަ.

  19. ވޮއްލެ

    ތިޔަބަސް ރައްދުވަނީ މިހާރުގެ ސަރުކާރުގެ ވެރިންނަށް. މަނިކުފާނުވެސް ހިމެނޭނޭހެން. ރިޔާސީ ވައުދެއް ފުއްދުމަށް ރައީސް ޔާމީނަށް އިސްލާމްދީނާ ޚިލާފު ޝަރީއަތެއްކޮށް، ނުހައްގުން ހުކުމްކޮށް ޖަލަށްލުމަކީ ވަރަށްބޮޑު އަނިޔާއެއް. އެހެންކަމުން މަނިކުފާނަށްވެސް އުފަލުގައި ނޫޅެވޭނެކަން ހަނދާނުގައި ބަހައްޓަވާތި. އެދުވަހަކުން ލައުނަތްދޭނެ ބަޔަކުވެސް ތިބޭނެ.

  20. މާލެ ބޭބެ

    މީހެއްގެ އަންބަކު ވަރިކުރުވާފަ އުފަލުގަ ތިބެވޭތަ...