ފިލްމީ ތަރި، އަދި ޖުމްހޫރީ ޕާޓީގެ މުވާސަލާތީ ކޮމިޓީގެ ކައުންސިލް މެމްބަރުކަންވެސް ކުރައްވާފައިވާ އަލީ ޝާހިދު (ސްޓެޕް އައްޔަ) މިރޭ ކުރިއަށް ދިޔަ ޕީޕީއެމް-ޕީއެންސީ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފިއެވެ.

ކުރީގެ ނައިބް ރައިސް އަހުމަދު އަދީބުގެ ޕާޓީ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް އަށް މީގެ ކުރިން ސޮއިކޮށްފައިވާ ސްޓެޕް އައްޔަ ޕީޕީއެމް އާއި ގުޅިފައި ވަނީ މީގެ 2 މަސް ކުރިންނެވެ. ނަމަވެސް އޭގެ ކުރިންވެސް އޭނާ ވަނީ ޔާމީނާއި އެކު މަސައްކަތް ކޮށްފައެވެ.

މުޒާހަރާގެ ތެރެއިން ސްޓެޕް އައްޔަ/ ވަގުތު އިމޭޖަސް : މުހައްމަދު ހައްޔާން

އިދިކޮޅުން މިރޭ ބޭއްވި މުޒާހަރާގެ ތެރެއިން ބަޔަކު ހައްޔަރު ކޮށްފައި ވާއިރު އެފަރާތުން ވަނީ ޔާމީން މިނިވަން ކުރަންދެން ކޮންމެ ރެޔަކުވެސް މާލޭގައި މުޒާހަރާތައް ކުރިއަށް ގެންދާނޭ ކަން ހާމަކޮށްފައެވެ.

މިރޭގެ މުޒާހަރާގެ ތެރެއިން ޗެނަލް13ގެ ނޫސްވެރިއަކު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ވަނީ އެކިވަރުގެ އަނިޔާތައްވެސް ލިބިފައެވެ.

ފުލުހުންގެ ފަރާތުން އަނިޔާ ލިބިފައިވާ ޗެނަލް13 ގެ ނޫސްވެރިޔާ

ޗެނަލް 13ގެ ނޫސްވެރިޔާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު ރޭގެ މުޒާހަރާގައި ފުލުހުން އަނިޔާ ކުރި އަންހެނަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި އެ އަންހެން މީހާގެ އަތް ވަނީ ބިންދައިގެން ގޮސްފައެވެ.

މިރޭ ހައްޔަރު ކުރި އިތުރު މީހުންގެ ތެރޭގައި ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީދު އިބްރާހީމްވެސް ހިމެނެއެވެ.

-ތަފްސީލް އަންނަނީ-

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޔާމީން

    ގޭތެރޭގައި އޮއްވަތަ އަނިޔާކުރީ.. އެއްވަން ހައްޖަށް ދާންވީނު...

  2. އިސްކިން ޓޯޓޯ

    އަހަރެން ތިބާ އަށް ޓަކައި ލަވަ ކިޔަމުން ގެންދާނަމެވެ ރާގުތައްވިރުވާ އަޅާ ދޭނަމެވެ މާޔޫސް ނުވާށެވެ ދިރުމެއް ވަންޏާ އުންމީދެއް އޮންނާނެއެވެ. މަޑުމަޑުން ފިރުކިލަާފައިދާ ވިލާތައް ތިބާއަށްތަކައި ކަރުނައަޅަނީއެވެ އެކަރުނަތައް މޫސުމީ ވިއްސާރައަކަށް ބަދަލުވެ މަގުތަކުގައި ފެން ބޮޑުކޮށްފިއެވެ ޖަހާލި ހޮނު ގުގުރިވެސް ތިބާ ގެ ވަކިވުމަށް އަލްވަދާއު އޭ ބުނާ ކަހަލައެވެ.އަދިވެސް ބުނަމެވެ ދިރުމެއްވަންޏާއުންމީދެއްވެސް އޮންނާނެއެވެ އުންމީދުގެ ކުޑަދޮރުން ބޭރު ބަލާލައިފިނަމަ ތިބާއަށް ފެންނާނީ އެތައްހާސް ބަޔަކު ތިބާގެ އެނބުރި އައުމަށް ތަރަށްގީ ގެ އިންތިޒާރުގައި ތިބި ތަނެވެ.މަގުމަތިވެފައިވާ އެތައް އާއިލާތަކެއް ގެދޮރު ވެރިވުމަށްއެދި ތެޅިފޮޅެނީއެވެ ނުކުޅެދުންތެރި ކުޑަކުދިންތަކެއްގެ ވޭނީ އާހް އެކުދިން ބާކީކޮށްލައިފި ކަމުގެ އިހްސާސް ކުރަނީ އެވެ، ޒުވާން ފިރިހެނުން ތަކެއް އަލަތު ކައިވެންޏަށް ޓަކައި ބިނާ ކުރަމުންދިޔަ އުންމީދުގެ ޝަހަރު އަނިޔާވެރިއަކު ފުޑާ ބިމާ ހަމަކޮށްފިއެވެ އެކުދިން ތިބާއަށް އިންތިޒާރު ކުނީއެވެ،ބޮޑު ބޮޑެތިން ހީހީފައި މަޖާ ކުރަނީ ނިކަމެތިންގެ ހަޒާނާ ދިރުވާލަން ލިބުނީތީއެވެ.ހިތާމައިގެ ކޮޅެއްވެސް ނެތެވެ .އިސްލާމީ ގާނޫނުތަކުގެ މައްޗަށް ޑިމޮކްރަސީގެ ނަމުގައި ޖަންގަލީގެ ގާނޫން އަތްގަދަ ކުރަނީއެވެ .އެނބުރި އަންނާށެވެ ދިވެހި ގައުމު އާދޭސް ކުރަނީއެވެ އުންމީދު ޝަހަރު ބިނާ ކޮށްދޭށެވެ ދިރުމެއްވަންޏަާ އުންމީދެއްވެސްވާނެއެވެ

  3. Anonymous

    ނޫނޭ ހަމަ ސާބަސް އިނގޭ ސޯލިޙަށް .ޔާމީނުގެ އަނިޔާވެރި ކަމުންނޭ ކިޔާފައި އޯގާތެރި ސަރުކާރު އައީ. ނުބައި ކަމެއް ކޮށްފިއްޔާ ހައްތާވެސް ކުރީ ސަރުކާރު. ކީކޭ ދެން ބޮނާނޫ. ސޯލިޙް ގެ ބަހާ ޢަމަލު ދިމާވޭތޯ އަޅެ ރައްޔިތުންނޭ. ދީނަށް ފުރައްސާރަކުރާ ކުރުމުގައިވެސް ލާހައްދެއްނެތް . ޕޯޑިއަމްތަކުގައި އަބަދުވެސް އިސްލާމް ދީން ހިމާޔަތް ކުރުމަށް ވާހަކަތައް. ދުވަހަކު ޢަމަލަކުން ނުފެނެ.

    4
    2
  4. ރޮނޑާ

    ރަނގަޅައް ޒިންމާދާރު ކަމާއިކު ލިޔެބަލަ. ކިޔަމަންނުވެ އަމިއްލަ އައް އަނިޔާލިބިގަންނަނީ. މިކުދިންވެސް ވިސްނަންވެއްޖެ އެއްނުން. ބަސްނާހާ އުޅުނީމަ އަނިޔާވާނެ .އަނިޔާލިބުނީނަ ތަދުވާނެ.

    1
    3
  5. އަހަރެން

    އެމްޑީޕީ ވެރިކަމެއްްގަ މުޒާހަރާކުރެވޭނެ. ހައްޔަރެއްވެސް ނުކުރާނެ. އަނިޔާއެއްވެސް ނުވާނެ އަދި އަނިޔާއެއް ނުވެސްދޭނެ.

    2
    2
  6. ގެރިމޯދީ

    ސޯލިހު އާއި އަންނި މިކަމުގެ ޒިންމާނަގަންޖެހޭނެ ސަބަބަކީ ސޯލިހުގެ ރިޔާސީވައުދު.