ރާއްޖޭގެ ޖަލުތަކުގައި ހުރީ ކުރީގެ ނައިބު ރައީސް، ޑރ. ޖަމީލު އަހުމަދު ހެއްދެވި ގޮޅިތަކެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ބުނެފިއެވެ.

އިބުރާ މިގޮތަށް ބުނެފައިވަނީ ރައީސް ޔާމީން ޖަލު ބަންދަށްލާފައި ހުންނެވި ގޮޅީގެ ފެންވަރު ދަށް ކަމަށް ޑރ. ޖަމީލުގެ އިތުރުން އިދިކޮޅު ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައި އެކަމަށް އިޝާރާތްކުރަމުންނެވެ. މަނީ ލޯންޑްރިންގެ ކުށެއް ސާބިތުވެ، ރާއްޖޭގެ ކުރީގެ ރައީސް، އަބްދުﷲ ޔާމީން މިހާރު ހުންނެވީ 5 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެ މަނިކުފާނު ޖަލު ބަންދުގައި ހުންނެވުމަށް ކަނޑައަޅާފައިވަނީ މާލެ ޖަލެވެ.

ރައީސް ޔާމީންގެ ހާލު ބެއްލެވުމަށް އިއްޔެ މާލެ ޖަލަށް ޒިޔާރަތް ކުރެއްވުމަށްފަހު ޑރ. ޖަމީލު މީޑިއާތަކަށް މަޢުލޫމާތު ދެމުން ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ހުންނަވަން ހެޔޮވާވަރަށްވުރެވެސް ފެންވަރު ދަށް ގޮޅިއެއްގައި ކަމަށެވެ. އަދި ރައީސް ޔާމީނަކީ މީގެ ކުރިންވެސް އެފަދަ ޖަލެއްގައި ހުންނަވައިގެން ހާލު ދެރަވެފައިވާ ބޭފުޅެއް ކަމުން އެފަދަ ތަނެއްގައި ރައީސް ޔާމީން ބަހައްޓާނަމަ އެކަމާއި ވިސްނުން ރަނގަޅު ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

އިބުރާ، ޖަމީލުއާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ސަޢީދު އަށް އަމާޒުކޮށް، މިއަދު ކުރި ޓްވީޓުގައި ބުނީ، ރާއްޖޭގެ ޖަލުތަކުގައި އަދިވެސް ހުރީ ޑރ. ޖަމީލު، އުމަރު ނަސީރު އަދި އަޒްލީންގެ ހޯމް މިނިސްޓަރު ކަމުގައި ހަދާފައިވާ ގޮޅިތަކެއް ކަމަށެވެ. އަދި އެއީ ޑރ. ވަހީދު އާއި ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު އެބޭފުޅުންގެ ބެލުމުގެ ދަށުން އެބޭފުޅުން ހަވާލުވެގެން ތިއްބެވި ތަންތަން ކަމަށް އިބުރާ ފާހަގަކުރެއްވިއެވެ. ޑރ. ޖަމީލު ވަނީ ރައީސް ވަހީދުގެ ވެރިކަމުގައި ރާއްޖޭގެ ހޯމް މިނިސްޓަރުކަން ކުރައްވާފައެވެ.

އިބުރާ ކުރެއްވި އިތުރު ޓުވީޓެއްގައި ބުނެފައި ވަނީ ރާއްޖޭގައި ހުރި ގޮޅިތަކަކީ ޑރ. ޖަމީލުގެ ހޯމް މިނިސްޓަރުކަމުގެ ދައުރުގައާއި، ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި، ބައިނަލްއަޤްވާމީ މިންގަނޑަށް ފެތޭ ކަމަށް ވިދާޅުވަމުން އައި ގޮޅިތައް ކަމަށެވެ. އޭރުވެސް އިދިކޮޅު ފަރާތްތަކުން ގޮޅިތަކުގެ ހާލަތު ގޯސް ކަމަށް ގަދައަޑުން ބުނަމުން ދިޔައިރު، އެފަރާތްތަކުގެ ވެރިކަމަށް އަހަރެއް ވެގެން ދިޔައިރުވެސް، ގޮޅިތަކުގެ ފެންވަރު ރަނގަޅު ވެފައި ނުވުމުން ކުއްވެރި ކުރަނީ ކުރީގެ ވެރިންނާއި ކުރީގެ ސަރުކާރުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

 1. rahyithumeehaa

  ލާދީނީ ބަދަލުހޯދާ ގްރޫޕް ގިޔަރަށްލީދޯ. ﷲސވތ ގެ ދީނާ ރަސޫލުﷲޞޢވ އަށް އިހާނެތި ވާހަކަ ފެތުރި މިނުލަފާ ބައިގަނޑުގެ މުށުތެރެއިން މިޤައުމުގެ ރައްޔިތުން ތާއަބަދަށް މިންޖުކޮށްދެއްވާދޭވެ. އާމީން.

  83
 2. ޣގގގ

  މިސަރުކާރަށް ކަމެއް ކުރާކަށް ނުޖެހޭދޯ. 33 ބިލިއަން ކައްވާލީ ތިކަހަލަ މޫނު ކަަލު އެތެރެ ކުނި މީހުނަށް ބަދަލު ދޭންދޯ. ދިވެހިރައްޔޮތުން ނުޖެހޭނެތާ ދެން މިސަރުކާރުއޮތްހާ ދުވަހަކު ޓެކްސް ފައިސާ ދޭކަށްވެސް.

  64
  • ޒަކް

   ނޫނޭ ޖަލުވިއްޔާ މިވެރިން ކުރާނެ އެހެންކަމެއް ނުކުރިޔަސަ މިއީ ޖަލު މީހުންގެ ހައްޤު އެކަނި ފެންނަ ސަރުކާރެއް.. އެކަން އެނގެއެއްނު މިހާރުވެސް ދޫނިދޫ ގޮޅިތައް ތަޅަންފަށައިފި 5 ސްޓަރ ފެންވަރަށް ހަދަން.. ސުކޫލުގަ ޅަ ދަރިންކޮޅު އޭސީގަނޑެއްނެތި ހޫނުގަ ޖަލު މީހުން މޮޅު ކޮއްތު ކައިގެން އޭސީގަ

   24
   2
   • މަހެބޫބު

    މިބައިގަނޑު ބަލާނީ ޖަލުތައް ތަރައްގީކޮށް ފައްކާކުރެވޭތޯނު އެނގޭވިއްޔާ ވެރިކަން ނިމޭގޮތަށް ވަންނަންޖެހޭނީ ޖަލަށްކަން
    އިބޫވެސް އަންނިވެސް ގާސިމުވެސް ފަހައިރިވެސް އީސީ ޝަރީފުވެސް ލާދީނީ ގުރޫޕްވެސް އަދި މިނޫނަސް ބައިވަރުބައިވަރު ޖެހޭނެ ޖަލަށް ގަޅާލަން

 3. ހހހހ

  ރައްޔިތުންނަށް ކަމެއްކޮށް ނުދޭނެކަމަށް މި ސެކިއުލަރ މީހާ މިބުނަނީ. ދެން ރައްޔިތުން ޖެހޭނެތަ ސަރުކާރަށް ފައިސާދޭން؟ ގައުމަށް ލިބޭ ހުރިހާ ފައިސާ. ރައީސުންނާ މިނިސްޓަރުން ރާއްޖެއިން ބޭރަށް މަޖާކުރަން ދާންދޯ ހުންނާނީ. ސަރުކާރެއް ރައްޔިތުން ގެނައުމުގެ ބޭނުމެއް އެބަފެނޭތަ؟

  56
 4. މާލެ ބޭބެ

  އެމްޑީޕީގެ ކުރީގެ ރައީސް އެއްކަމަކަށް އެއްބަސްވެ ވަޑައިގަންނަވާ ... އެއީ ގޮޅިތަކަކީ ބައިނަލް އަޤްވާމީ މުއާހަދާތަކުގައި ބުނާ ފެންވަރުގެ ގޮޅިތަކެއްނޫންކަމަށް. އަދި ކުރީގެ ރައީސުންނާއި ޖަމީލާއި އުމަރުގެ ބޮލަށް ކަނޑާލީ. އިބުރާ މިނާގާބިލް ސަރުކާރުގެ ހޯމް މިނިސްޓަރ ބާޢީ އެއްކަމަށް ތިބޭފުޅުން ދެކޭ އިމްރާން ސާފް ދޮގެއްތޯ... ނަމަވެސް މާބަޑުވެ ކުއްޖަކު ވިހާ އިތުރު 4 މަސް މިސަރުކާރަށް ވެއްޖެ ނުންތޯ. އިބުރާމެންނަށްވުރެ 4 ގުނަ ނުލަފާ ހޯމް މިނިސްޓަރެއް މިހާރު ހުރީ އަދި ރައީސަކީ ހަމަ 5 ގުނަ ނުލަފާ ބޭފުޅެއް... ވީމާ ހިންގާނީ ލާއިންސާނީ އަމަލް.... އިބުރާވެސް މިމީހުންގެ ލާއިންސާނީ އަމަލްތަކާމެދު ހިތްހަމަ ނުޖެހޭކަމަށް ބެލެވޭ....

  34
  1
 5. ހުމާ

  2019 އަށް ރައ1ޔިތުންގެ ފައިސާއިން ނެގި 33 ބިލިއަނުން ތަނެއް ނުހެދިތާ މަރާމާތުވެސް ކޮށްނުލާ. މިކަލޭގެ މިދައްކާވާހަކައަކީ ރައީސް ތާމީނަށް އެކްނޏޭ ޖެހޭނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭން. މިމީހުންނަކީ ރައީސް ޔާމީން ހަޒާނާއަށް އިތުރުކޯސްދިން 700 މިލިއަންވެސް ކާލަން އައިމީހުނޭ. ގައުމު ދަރުވާލާ ބަނޑަށް ޖައްސާލާފަ ފައިބާނީވެސް.

  42
  1
 6. ބުނަން.....

  ދެން ފަހެ! އެއްއަހަރު ފާއިތުވެގެން ދިޔައިރު މި ސަރުކާރު އޮތީ މައިނިދި މަތުރާފަ ތޯއްޗެއް!
  ހަމަ ގުދޯ ގުދޯ!!!!!

  45
  1
 7. ޖޖޖޖ

  ބަލަ 33 ބިލިއަން 2019 ގެ ބަޖެޓަށް ނަގާ ތަނެއް މަރާމާތުވެސް ކޮށް ނުަލަމޭތަ ތިބުނީ. ނޫނީ ކަލޭމެނަކީ ރައްޔިތުންގެ ފައިސާ ތަޅާ ބުރުވާ އަމިއްލަ އެކައުންޓްތައް ފުރާލަން އައިބައެކޭތަ ތިބުނަނީ؟ 5 އަހަރު ދިވެހިން.މިޖާހިލުންނަށް ފައިސާ ދޭނެކަމެއްނެތް.

  41
 8. ފީބާރޭޑިއޯގަސްދޮށުގެ

  މަށަށް ފެނޭ އިތުރު 50 މިލިއަން "ބަދަލު" މިކަލޭގެއަށް ދޭން. ވަގުކަލޭގެ އެހެރަ ނުލަފާ ނުބައި ސިފައިގަ އަރާއިނދެ ވާހަކަވެސް ދައްކަނީނު. ދަތްޕިލާގަނޑު އުނގުޅޭނެނު ގައިމު. ފަޔަކުން ނޫންވިއްޔަ ދަތް އުނގުޅަނީ. ދުވާ ކުނިވަސް. ޗީޗީ

  29
  • އާޒިމް

   ޝައިޠާނާއަށް އަޅުކަން ކުރާ މީހުން ފެނެއްނުވަރާނެ. ނަޖިސްކޮށްފަ ނުވެސް ދޮންނާނެ. ދެން ތިބުނިވަސްނު ދުވާނީ.

   19
 9. ޕޮގުބާ

  ދެން ކަލޭ ޒިންމާނަގަންޖެހޭ ކަމެއް ކޮބާ ދައްކާކޮސް ވާހަކަތަކަށް ޒިންމާނަގަންވާނެ

  18
 10. ކޮރުކަނބިލި

  މިސަރުކާރުގެ އެއްވެސް ޒިންމާއެއްނެތީދޯ ބައިތުލް މާލު ފެންފޮދަކަާ ނުލާ ދިރުވާލީމަ އެނިމުނީދޯ

  20
 11. އީބުރާ

  ކަލޭ އަމޯޔާ ބަފޯޔާއޭތަ ތިބުނަނި ކަލޯމެންގެ ލާދީނީކަމާވެސް ޒިންމާވާންޖެހޭނި؟ ކަލޯމެން ތިތިބީ ރައްޔިތުން ސިޔާސީ މައިދާނުން ނޫނެކޭ ބުނެފައެ. ކަލޯމެން ކަންކަމަށް ނުކޮފެ މަޑުމަޑުން ތިބެބަލަ.

  19
 12. މައިދަންޑާ

  މީނަމިކިޔަނީ މީނަގެ ބަނޑުހަންގަނޑޭދޯ ކޮންކުރީގެ ސަރުކާރޭކިޔާކައް މީހުންނާ ނުފޮށި ތިމާގެ އާއިލާޔާ ތިމާމީހާޔާ އިސްލާހުވެބަލަ އޭގަފަހުން ދަތުދީދީ ހޯދާފަ ކުރަންޖެހޭ ކަންތައްކޮއްފަ ދެންފެންވަރާގެން މީހުންގެ ކުރިމައްޗަށް ނިކުމެބަލަ

  15
  2
 13. ރާގޭބަންޓަނާ

  މީނަޔަކީ ފެންނުވަރާތަނުގަ އެވަރައް ފޮޑިވެސް ތަޅާމީހެއް ވަރައް ދެކުނު އަތޮޅުތަކުގެ މީހުންދެކެ ރުޅިއަންނާނެ ދެންމީގެ މަޖާކަމަކީ މި ފުރަމާލެއިން ވާލެއްނުވި ދެން އިންނާނެ މީހަކުވީ ހުވަދު އަތޮޅުން މީނަ ވަރައް ރުޅިއަންނާނެ ޑރ މުނައްވަރު އައްޑޫ އަސްލަމްދެކެ މިއާއިލާޔާހުރެ އަހަރުމެން ދުނިޔޭގަ އުޅެންދަތިވޭ

  16
 14. ހުސޭނުބޭ

  މީނަ އެބަޖެހޭ އެތަނުން ގޮޅިއަކަށް ލާން! އަދި ހައްދުޖަހަން!

  17
 15. އެކަމަކުދޯ

  އެކިފެންވަރުގެ ޖަލުތައްވެސް ހައްދަވާ ޔާމީނުހުރީ ފުރިހަމަކޮއްފަ މިސަރުކާރަކައް އެއްކަމެއްވެސް ނުކުރެވޭ ބޭއިންސާފުން ފަނޑިޔާރުންނައްނުފޫޒުފޯވުންނޫންކަމެއްނުކުރެވޭ!

  20
  1
  • Anonymous

   މަކުނުކޮށިތަކަށް ގާސިމް ދޮންކެޔޮ އުކައިގެން މަކުނުތަެް އަރާތިބެ ކުރާ ކަންކަން. ނަރަކައަށް ބިރުނުގަނޭ. ގާސިމަކަށް މިގަެުމުން ވޯޓެއްދޭނެ މީގެއްނުންހުންނާނެ. ލާދީނީ ބައިގަނޑު ސިހުރުހަދާ ކަލޭގެ. އިންޝާ ﷲ މިކަލޭގެ ރިޝްވަތުބަހަބަހާ ހުއްޓާ ފަގީރުކުރައްވާނދޭވެ.

 16. ކޮބާކަލޭ

  ޔާމީނު ޖަލުތައްވެސްހުރީފުރިހަމަކޮއްފަ މިސަރުކާރައްކުރެވުނުކަމަކީ އިބުރާމެނައް ބޭތުލްމާުލުން ފައިސާދީ ފަނޑިޔާރުންނައް ރިސްވަތުދީގެން ނުހައްގުން ހުކުމްކުނު

  21
 17. ހެއު

  ބަލަ ބުރަލާ ރައީސުން ބެހެއްޓީ ކޮންފެންވަރެއްގަ ކަން ކަލެޔަކައް އެގޭނެ ޖަލުކަން އިހުސާސްވެސްނުކުރެވޭ ވަރުގެ ތަންތާގަ އިމުރާނު ސީދާ އަގައިންމިހެންބުނި

  11
 18. މިއަދު

  މިއިބުރާމިއީދެންކާކު ގައިމީކަންކަމިގައި ވާހަކަދައްކަން ބޯގަ

 19. މިއަދު

  މިއިބުރާމިއީދެންކާކު ގައުމީކަންކަމުގައިބަސްބުނަން ބޯގަންވިލާގެ މިބައިގަނޑަކީ މިގައުމުގައި ލާދީނީ ފިކުރު ދިރުވަން ހޭބޯ ނާރާ މަސައްކަތްކުރާބައިގަނޑެއް ދެންކަލޭދޭބަލަ ޖަލުގޮޅިތައް ރަގަޅުކުރަން

 20. ޝާހް، ރ.ވާދޫ

  މި 5 އަހަރު ނިމޭއިރުވެސް މިސަރުކާރު ޒިންމާވާންޖެހޭ ކަމެއް އޮންނާނެބާ؟؟

 21. އަލީ

  ޒިންމާވާންޖެހޭނީ ލާދީނީއިބުރާ

  12
 22. Anonymous

  ﷲ ތަޢާލާ އިންސާނާ ހައްދަވަނީ އެއިންސާނަކަށް އެންމެ ހެޔޮގޮތުގައިކަން ކަށަވަރުވަނީ މިފަ އަޖައިބުތަކުން. ބައިކުޅަ ބައި މީހަކަށް ލެއްވިއިރު މީނަގެ ޖުބައިކަން އިންތިހާ. ފުރިހަމަ އިންސާނެއްގެ ގޮތުގައި ހެއްދެވިނަމަ އިންސާނުންގެ މަސްނޮޅައިގެން ކަށިހަފާ ކާނެކަންނޭނގެ.

 23. ގުނބާ

  އަގަފަޅައިފި. ދީނަށް ކުރާ ފުރައްސާރަޔާ ދެކޮޅު ހަދާ ހުރި ހަމައެކަނި އިދިކޮޅު ލީޑަރ ޖަލަށް ލީމަ ހާދަ އަގައިގެ ވާގި ގަދަވީ. ތިއީ ހަމަ އަބަދުވެސް ވައްތަރު. ބަދަލު ލިބިއްޖެ ޤައުމުގެ ހުރިހާ ފައިސާ އެއް ބަދަލުގެގޮތުގައި ކާއި ހުސްކޮށްފި

 24. Anonymous

  ހާދަދެރަކަމެކޭ އަބަދުވެސް ނުކުރެވޭ ކަމެއްވިއްޔާ އޭ ކުރީ ސަރުކާރު. އަޅެ ބުނެބަލަ ކުރީ ސަރުކާރުތަ ލާދީނީ ރިޕޯޓް ނެރުނީވެސް

 25. Anonymous

  އަންނި ލާން ވެގެން އޭރު ޔާމީނު ވެރިކަމުގައި ވަކިން ގޮޅިއެއް ފައްކާ ކުރި އަންނި ލީކީ އަންނި ވެރިކަމުގައި ޖަލުގައި ހުރި ހާލަތާ އެއްގޮތަށް ހުރި ގޮޅިއަކަށް ނޫން.

 26. ސަޓޯ

  މޮޔައިބުރާ މޮޔައިބުރާ

 27. ކޮރޭ

  އިސްލާމްދީން އޮތީ ކަލޭ ލާދީނީ ފެތުރުމުގެ މާކުރިން އައިސްފަ ދެންކޮން ލާދީއެއް ފަތުރާކަށް ކަލޭ އާއިލާއިން ތިއުޅެނީ

 28. ދެބޯބުރާންތި

  މިހި ރަ ލާދީނީ ބޭބެޔާ ތިބާ އަވަހަށް އީމާން ވެބަލަ ތިމުޅިއާއިލާތީ ﷲ ގެމަތިވެ ރިކަން ހަނދާން
  ނަށްތާލާފާ ވާ އާއިލާއެއް ދެންވެސް ތަވްބާވޭބަލަ
  ކަލޭގައި އެއްވެސް ބާ ރެއްހު ރިނަމަ ތިނުކުޅެދޭކަން
  ރަނގަޅު ކޮށްލަބަލަ ނުވާނެ ޔަޤީން

 29. ކެޔޮޅު

  އިބުރާމެންގައިގާ ޖަހާފާތިހުރީ ދިވެހިރައްޔިތުންގެ މަސް މިހާރުބުންޏަސް ޖެހޭނީ ކަނޑާފަދޭން އެކަމަކު އެބަ އަނގައަރުއެއްނޫން!