ޗައިނާ މޯލްޑިވްސް ފްރެޑްޝިޕް ބްރިޖުގަ ޤާއިމްކުރާނީ އިލެކްޓްރޯނިކް ޓޯލް ނިޒާމެއްކަމަށް ހައުސިންގ މިނިސްޓަރ ޑ.ރމުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމަށް މިނިސްޓަރު މުއިއްޒު ރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މަޝްރޫޢު ނިމޭއިރު ބުރިޖު ހުރަސްކޮށް ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނުވަތަ ޓޯލްއެއް ނެގުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން ޓޯލް ނެގޭގޮތް ހަދަނީ މާލެއިންނާ އަދި ހުޅުމާލެ ކޮޅުންނެވެ. އެކަމަށް ހާއްސަކޮށް ކޮންމެ އުޅަނދަކަށްވެސް ޓޯލް ޑިވައިސެއް ދޭނެއެވެ. އެހެންކަމުން އެތަނުގައި ކިއުގައި މަޑުކޮށްގެން ފީ ދައްކާކަށް ނުޖެހޭނެއެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ބުރިޖުގައި ގާއިމްކޮށްފައި ހުންނާނީ އޮޓޮމެޓިކް އިލެކްޓްރޯނިކް ޓޯލް ނިޒާމެކެވެ.

"ބުރިޖު ބޭނުންކުރާ މަރުޙަލާގައި ބުރިޖު ހުރަސްކޮށް ދަތުރުކުރާއިރު ފީ ނުވަތަ ޓޯލްއެއް ނެގުމަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ކުރާ ކަމެއް. އެކަން ކޮށްގެން މެއިންޓަނެންސް އަދި ދެމެހެއްޓިނިވި ގޮތެއްގައި މިކަން ކުރިއަށްދާނީ. ވަރަށް ކުޑަ ފޯރާ މިންވަރެއްގެ އަދި ފަސޭހައިން ދެއްކޭ މިންވަރެއްގެ ފީއެއް ނަގާނީ. އެއީ މެއިންޓަނަންސް އޮޕަރޭޝަނަށް ނަގާ ފީއެއް. އެއްގޮތަކަށްވެސް އާމްދަނީއެއް ހޯދުމުގެ ގޮތުން ނެގޭ އެއްޗެއް ނޫން" މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

220 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ތަރައްގީ ކުރާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެއެވެ.

މި ބުރިޖްގައި ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާ ދެ ލޭން އާއި، ސައިކަލްތަކަށް ވަކި ލޭން އަކާއި، ބައިސްކަލުގައި އަދި ހިނގާފައި އުޅޭ ފަރާތްތަކަށް ވަކި ލޭންއެއް ވެސް ހިމެނޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހުސޭނުބެ

    ހިނގާ ލޭނެއް ނުހުންނާނެ!!! ދެން ހިނގާ ކޮންމެ މީހުންގެ އަތުގައިވެސް ޓޯލް ޑިވައިސްއެއް އޮންނަނީތަ؟ ހެހެ

    • ސަލްމާ

      ހުސޭނުބެ ތި މަލާމާތް ލިބިގަންނަނީ އަމިއްލައަށް . ދުނިޔޭގެ އެއވެސް ގައުމެއްގައި ހިންގާ މީހުން އަތުން ޓޯލް ފައިސާ ނުނަނގާ ކަން ހުރިހާ މީހުންނަށް އިނގޭ. ހުސޭނުބޭ އަށް އަދި ނޭނގި ތިއޮތީ...

    • އަޒާ

      ތިޔަކަހަލަ ތަންދޮރު އޮޅުންނުފިލާ ގަމާރުން އުޅެތީ ދެރަވޭ... އެކަމު މައްސައެނޫން ގަމާރުންވެސް އުޅެން ޖެހޭނެ..

  2. Anonymous

    މަސްބާނަން ބޭނުންވާމީހާއަށް ފުރުސަތު އޮންނެތަ؟

    • ތަލަބޯ ރަސީދު ބަތްޕެނޭ

      ހޫޫޫނނ!! މަސްބާނަން ވަކިލޭނެއް..މަސްކަނޑަން ވަކިލޭނެއް އަދި މަސްކައްކާ ހިއްކާ ފެކެޓުކުރަން ވަކިލޭނެއް!!! މީ މަސްވެރިކަމަށް ހަދާ ބުރިޖެއްބާ<<؟؟؟؟؟

      • ޡައިރުންފާ

        ޥޕވ

      • ސެކްސް

        ހަހަހަހަހަހަހަހަހަހަހަ

  3. ބީވާ

    ނޫނޭ ރަގަޅުވާނީ ހުޅުމާލެ ފެރީހެން ޓޯލްފީ ނަގަން ބަޔަކު ބޭތިބިއްޔާ. މިއޮތް ފަދަ ޒަމާނެއްގަ އެތަންވެސް ހީވަނީ އިންޑިއާ އަވަށްގަނޑެއް ހެން.

  4. ދެއަރއިޒް

    ބުރިޖުގައި ފީ ނަގާނީ އިލެކްޓްރޯނިކް ސިސްޓަމަކުން ކަމަށް ސަރުކާރުން ވިދާޅުވުން އެއީ އުފާ ކުރަން ޖެހޭނެ ކަމެކޭ. ބްރިޖް އިން ނަގާ ފީ އިންތިހާ އަށް ކޫޑަ ވާނެ ކަމަށް މަމެން މިދެކެނީ އެއީ ސަބަބަކީ މަމެން ބޭނުންވޭ މާލެ އާއި ހުޅުލެ އާއި ދެމެދު ދަތުރު ކުރާ ފެރީސް ތައް އެއްކޮށް ހުއްޓުވާލަން އެކަން ކުރެވޭނީ ބްރިޖް މާލޭން ހުޅުލެ އަށް ކޮޅަކަށް 3 ރުފިޔާ ވަރު ހަދައިގެން ނޭ ބްރިޖް މަތިން ގިނައިން މީހުން ދަތުރު ކުރާނެ ގޮތޭ ސަރުކާރުން ހަދަންވީ ރެއަކާއި ދުވާލު ބްރިޖް މަތިން 1 މިލިއަން ދަތުރު ކުރެވޭނެ ހާ އަގު ހެޔޮ ކޮށް ބްރިޖްގެ ޓެރިފް ހަމަޖައްސަން ޖެހޭނީ. ސޯ މެނީ ވިޝެސް އާރ ކަނެކްޓެޑް ވިދް ބްރިޖް ޓެރިފް އިފް އިޓްސް ޓޫ ހައި ވީ އެން ދޭ ކެނޮޓް ބްރީދް ވިދް އިޓް. އައި ހޮޕް އަވަރ އެވްރީ ވިޝް ވިލް ބީ ޑަން. ލައިފް ގޯސް އޮން އޭޒް އިޓް ނެވަރ އެންޑްސް ސޯ ނުޖެހޭނެއޭ ބްރިޖްގެ ކޮސްޓް ބްރިޖްގެ ޓެރިފް އިން އަތުލަން އޭގެ ބަދަލުގައި މާލެ ސަރަަހައްދުގައި ހުރިއްޔާ ހުރި ހުރިހާ ފަޅު ތައް ހިއްކާ ބިން ތައް ކުޑަ ކުއްޔަކަށް ދީގެން ކުލިން މަހަކު ލިބޭ އާމްދަނީ 20 ބިލިއަން ރުފިޔާ އަށް އެރުވުން އެއީ އޭ ސަރުކާރުން ކުރަން ޖެހޭނެ ކަމަކީ.

  5. ޝައުގީ

    ޓޯލް ސިސްޓަމްގަ ފީ ނަގަނީ ދަތުރުކުރާ މީހުން އަތުން ނެއްނޫން ދަތުރުކުރަ އުޅަނދުން، އެއުޅަނދުގަ ހުންނަ ފުރޮޅުގެ ޢަދަދުން ނުވަތަ އުފުލާ ބުރަދަނަށް ބަލައިގެން.

  6. ހުސޭނުބެ

    ކޮންމެ ކަމަކަށްވެސް ހަޖޫޖެހޭތޯ މިބަލަނީ.

  7. އެދުރުބެ

    ޓޯލް ސިސްޓަމަކުން ފީ ނަގަން ފެށުމުން އެއްވެސް އުޅަނދެއް ފީދައްކަން މަޑުކުރަން ނުޖެހޭ. އިންޑިޔާގައި އަދި ލަންކާގައިވެސް ފީދައްކަން މަޑުކުރުމުން ބޮޑު ކިއޫ އެއް ހެދޭ. ވަރަށް ރަގަޅު ނިންމުމެއް.

    • އަޒާ

      މެލޭޝިއާގަވެސް މެނުއަލް ކޮށް ފީ ނަގާ.. އެކަމު އެއީ ގާތްގަނޑަކަށް 16 ނުވަތަ 12 ވަރަކަށް ލޭން އޮންނަ ތަންތަން، މި ބުރިޖްގަ އެވަރަށް ލޭން ނެތީމާ މެނުއަލްކޮށް ފީ ނަގަނަޏާ ވަރަށް ގިނަ އިރު ނަގާނެ.. އެހެންވީމާ އޮޓަމެޓިކް ސިސްޓަމަކުން ފީ ނެގުން އެއީ އެންމެ ބުއްދިވެރި ގޮތް..

  8. ތިމަންނަ

    " ވަރަށް ކުޑަ ފޯރާ މިންވަރެއްގެ އަދި ފަސޭހައިން ދެއްކޭ މިންވަރެއްގެ ފީއެއް ނަގާނީ." މާބޮޑު އަގެއް ނުނަގާނެ ، އުޅަދަކަށް ކޮޅަކަށް 150 ރުފިޔާ ...

  9. ހަހަހަހަހަހ

    ަހަހަހަހ

  10. ސީލާސީލާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ބްރިޖް ނޭޅޭތޭ ނޫން އެޅިއްޖެ ދޯ. ނޭޅޭތޭ ނޫން އެޅިއްޖެ ދޯ. ނޭޅޭތޭ ނޫން އެޅިއްޖެ ދޯ. ނޭޅޭތޭ ނޫން އެޅިއްޖެ ދޯ. ނޭޅޭތޭ ނޫން އެޅިއްޖެ ދޯ. ނޭޅޭތޭ ނޫން އެޅިއްޖެ ދޯ. ނޭޅޭތޭ ނޫން އެޅިއްޖެ ދޯ. ތަމެން ދެން ސީލަބަލަ. ސީލާ ސީލާ ސީލާ ސީލާ ދަ ސީލާ ދޯ.